ޚަވާރިޖުންނަކީ ހަމައެކަނި ޢަދުލުވެރި ވެރިޔާއާއި ދެކޮޅަށް ނުކުންނަ މީހުންތޯއެވެ؟ - الشيخ أبومحمد ربيع بن هادي المدخلي حفظه الله

ކެޓަގަރީ ވެރިންނާއި މެދު ސަލަފުންގެ މަންހަޖު


ތަރުޖަމާކުރީ: އަބޫ ޢައްމާރު ޢަބްދުލް ފައްތާޙް ޢަބްދުލް ޙަމީދު


ސުވާލު: "ހަމަކަވަރުން ޚަވާރިޖުންނޭ ބުނެވެނީ ހަމައެކަނި ޢަދުލުވެރި މުސްލިމް ވެރިޔާއާއި ދެކޮޅަށް ނުކުންނަ މީހުންނަށެވެ. އަނިޔާވެރި ވެރިޔާ ދެކޮޅަށް ނުކުންނަ މީހާ ދަންނައެވެ! ފަހެ، އޭނާ ޚަވާރިޖުންގެ ތެރެއިން ނުވެއެވެ." މިފަދައިން ބުނާ މީހަކާއިމެދު ޝެއިޚް ދެކިލައްވަނީ ކިހިނަކުންތޯއެވެ؟

 

ޖަވާބު: ޢަބްދުލް މަލިކް ބިން މަރްވާން ވެގެންދިޔައީ އަނިޔާވެރި ވެރިއެއް ކަމުގައެވެ. އޭނާ ޢަބްދުﷲ ބިން ޒުބައިރް މަރާލިއެވެ. އަދި އޭނާގެ އަމީރު ކަޢުބާވެސް ތަޅާލިއެވެ. މިހުރިހައި ކަމެއް ހިގައިގެން ދިޔައިރުވެސް عبد الله بن عمر رضي الله عنه އަދި އެހެނިހެން ޞަހާބީން ބައިޢަތު ހިއްޕަވައިގެންތިބީ އޭނާގެ އަތްމައްޗަށެވެ. ﷲ ޤަންދީބުނަމެވެ. އޭނާވެގެންދިޔައީ އަނިޔާވެރިއެއް ކަމުގައެވެ. ﷲ އޭނާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާވަނީ ހެޔޮކަންތައްތަކެއްވެސް ލިބިގެންފައެވެ. އޭނާވަނީ ބައެއް ހެޔޮކަންތައްތައް ކޮށްފައެވެ. އަދި އޭނާވަނީ އެތައް ބިންތަކެއް ފަތަޙަކޮށްފައެވެ. އަދި އޭނާވަނީ ޝަރުޢީ ޖިހާދުކޮށްފައެވެ. އެހެނައްކަމަކު ﷲ ޤަންދީ ބުނަމެވެ. އޭނާ ވެގެންދިޔައީ އަނިޔާވެރިއެއްކަމުގައެވެ. ޢަދުލުވެރި މީހެއްކަމުގައި ނޫނެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ވަނީ މިކަންތައްތަކާއި ބެހޭގޮތުން އެތައް ފަހަރުތަކެއްގެ މަތިން އުގަންނަވައިދެއްވާފައެވެ. އެކަމުގެ މައްޗަށް ދެ ޞަހީހުގައި އަދި އެނޫންވެސް ފޮތްތަކުގައި ނައްޞުތައް ވާރިދުވެގެން އައިސްފައިވެއެވެ. އޭގެ މިސާލަކީ އަންނަނިވި ހަދީޘްފުޅެވެ.

 

أطيعوهم ما أقاموا فيكم الصلاة

"ތިޔަބައިމީހުންގެ ތެރޭގައި އެބައިމީހުން ނަމާދު ޤާއިމްކުރާހާ ހިނދަކު ތިޔަބައިމީހުން އެމީހުންނަށް ކިޔަމަންތެރިވާށެވެ."

تعرفون وتنكرون

"އެއީ ހެޔޮކަންތައްތަކެއްކަން ތިޔަބައިމީހުން ދަންނަ ކަންތައްތަކާއި އަދި ތިޔަބައިމީހުން ނުރުހޭނެ ކަންތަތައްތަކެއް ތިޔަބައިމީހުންނަށް އެމީހުންގެ ކިބައިން ފެންނާނެތެވެ."

لا، ما صلوا

"ނޫނެކެވެ! އެބައިމީހުން ނަމާދު ޤާއިމްކުރާހާ ހިނދަކު (އެބައިމީހުންނާއި ދެކޮޅަށް އެފަދައިން ނުކުމެގެން ނުވާނެ) އެވެ."

 

މި ނައްޞުތައް ވާރިދުވެފައިހުރީ މުޅިންވެސް އަނިޔާވެރި ވެރިންނާ މެދުގައި ކަމުގައި ވީއިރު ނަބިއްޔާ صلى الله عليه وسلم އަމުރު ކުރައްވާފައިވަނީ އެބައިމީހުންނާއިމެދު ކެއްތެރިވުމަށެވެ. އެބައިމީހުންގެ މައްޗަށް ނުކުމެ އެބައިމީހުންނާއި ދެކޮޅުވެރި ވެގަތުން ނަބިއްޔާ صلى الله عليه وسلم ހުއްދަ ކުރައްވާފައެއް ނުވެއެވެ. މުސްލިމް ވެރިޔާއާއި ދެކޮޅުވެރިވެގަނެ އޭނާގެ މައްޗަށް ނުކުމެގަންނަ ހިނދު އެފަދައިން ކަންތައް ކޮށްފި މީހާ އެކަން އެކުރީ މުސްލިމުންގެ މައްޗަށެވެ. ފަހެ، އެފަދައިން ކަންތައް ކޮށްފި މީހާގެ ހުކުމަކީ (ޝަރުޢީ ހަމަތަކުގެ މަތިން) މަރާލުމެވެ. އޭނާ އެވެރިއެއްގެ މައްޗަށް ދެކޮޅުހަދައި ނުކުމެގަތް ވެރިމީހާއަކީ ހަޤީޤަތުގައި އަނިޔާވެރިއެއް ކަމުގައި ވީނަމަވެސްއެވެ.

 

ތިޔަބުނި ޖުމްލަތަކަކީ ޚަވާރިޖުންގެ ފިޤުހުގެ ތެރެއިން ހިމެނޭ ޖުމްލަތަކެކެވެ. އެބައިމީހުން ބުނެއެވެ. "ވެރިޔާއަކީ ޢަދުލުވެރި ވެރިއެއްކަމުގައި ނުވާނަމަ އެވެރިމީހާ ދެކޮޅަށް ނުކުންނަ މީހާއަކީ ޚަވާރިޖުންގެ ތެރެއިންވާ މީހެއް ކަމުގައި ނުބުނެވޭނެއެވެ. އެބައިމީހުން علي رضي الله عنه އަދި عثمان رضي الله عنه މި ދެބޭކަލުންނަކީ ޢަދުލުވެރި ދެ ބޭކަލުންކަމުގައި ނުދެކެއެވެ.

 

ހަމައެފަދައިން ސައްޔިދު ޤުތުބް ތަޤްދީސްކޮށް މަތިވެރިކުރާ މީހުން - އެމީހުން އެކަން ފޮރުވަން މަސައްކަތް ކުރިޔަސް - ދެކޭގޮތުގައި عثمان رضي الله عنه އަކީ ޢަދުލުވެރި ބޭކަލެއް ނޫނެވެ. އެހެން ނޫންކަމުގައިވާނަމަ عثمان رضي الله عنه ގެ ޢަދުލުވެރިކަމަށް ފާޑުކިޔައި އެކަލޭގެފާނުގެ ޚިލާފަތައް އިންކާރުކުރާ ސައްޔިދު ޤުތުބް ތަޤްދީސްކޮށް މަތިވެރިކުރަންވީ ކީއްވެހެއްޔެވެ؟ ވެރިއެއްގެ ވެރިކަމަށް އިސްލާމްދީނުގައި އިންކާރު ކުރެވޭނީ އެވެރިމީހާގެ ކިބައިން ފާޅުވެގެންވާ ކުފުރެއް ފެނިދިއުމަށް ފަހުގައެވެ. ކަންމިހެން ހުރި އިރު ސައްޔިދު ޤުތުބް عثمان رضي الله عنه ގެ ޚިލާފަތައް އިންކާރު ކުރަނީ ތަކްފީރު (ކާފަރުކުރުމުގެ) ތެރެއިންނެވެ. އެހެނީ އޭނާއަކީ ތަކްފީރީ (ހައްޤަކާއިނުލައި މުސްލިމުން ކާފަރުކުރާ މީހެ) ކެވެ. އަދި ކިއެއްތަ އޭނާއަކީ ތަކްފީރީންގެ އެންމެ ބޮޑު މީހާއެވެ. އިމާމެވެ. ތަކްފީރީންގެ ރައީސްއެވެ. އެހެނަސް ފާޅުކަންބޮޑު ގޮތުގައި عثمان رضي الله عنه އާއި ހައްދުފަހަނައަޅައިފައިވާ ރާފިޟީން (ސަޙާބީންނަށް ބަދުބަސްބުނާ ހައްދުފަހަނައަޅައިފައިވާ ޝިޔަޢީން) ތަކްފީރު ކުރުމުގައި އޭނާވަނީ ނުކުޅެދިފައެވެ. ހަޤީޤަތުގައި އޭނާވަނީ ޚަވާރިޖުންގެ ފިކުރާއި ރާފިޟީންގެ ފިކުރު އެއްކޮށް މަސްހުނިކޮށްފައެވެ. އޭނާވަނީ ޚަވާރިޖުންގެ ދިދައާއި ރާފިޟީންގެ ދިދައާއި އެނޫންވެސް ހައްޤުން އެއްކިބާވެފައިވާ ބައިގަނޑުތަކުގެ ދިދަ އުފުއްލާފައެވެ. އޭނާވަނީ عثمان رضي الله عنه އަކީ އަނިޔާވެރި ވެރިއެއް ކަމުގައި ހަދާފައެވެ. އެއީ އަހަރެމެން އެ އަޞްހާބް ބޭކަލުންނާއި ދެކޮޅުވެރިވެ އެބޭކަލުންނާ ދެކޮޅަށް ނުކުތުމަށްޓަކައެވެ. ސައްޔިދު ޤުތުބުގެ ކަންތައް ހުންނަނީ މިފަދައިންނެވެ.

 

އަދި ޛުލް ޚުވައިސިރާ ނިބިއްޔާ صلى الله عليه وسلم ގެ ޢަދުލުވެރިކަމާއި މެދު ސުވާލު އުފެއްދި ގޮތްވެސް ތިޔަބައިމީހުންނަށް ވާނީ ފެނިފައެވެ. މި މައްސަލަ ބޮޑުވެގެންގޮސް މި މައްސަލަ ކިރާލާނެ ތިލަފަތެއް ވެސް ނުވާހާލަތައް މިހާރުވަނީ މި މައްސަލަ ވާޞިލްވެފައެވެ. ތިބާގެ ކައިރީގައި ޢަދުލުވެރި ވެރިޔާއަކީ އެ ވެރިމާއާ ދެކޮޅަށް ނުކުންނަ މީހުންގެ ކައިރީގައި ޢަދުލުވެރިއެއް ނޫނެެވެ. އެހެންކަމުން، މިކަންތަކުގެ ޙައްލަކީ، ވެރިމީހާ އިސްލާމްދީނުގެ ދާއިރާގެ ތެރޭގައިވާހާ ހިނދަކު އެވެރިމީހާއަކީ ނުބައި ނުލަފާ އަނިޔާވެރި ވެރިއެއް ކަމުގައި ވިޔަސް އޭނާއާއި ދެކޮޅުވެރިވެ އޭނާގެ މައްޗަށް ނުކުމެގަތުން ހުއްދަވެގެން ނުވެއެވެ. މިއީ ﷲ ގެ ހުކުމްފުޅެވެ. އަދި އެކަނލާންގެ ރަސޫލާ صلى الله عليه وسلم ގެ ހުކުމްފުޅެވެ. މަންމަން ނުވަތަ މޮޔަ މީހެއްގެ ހުކުމެއް ނޫނެވެ.

 

******

ފަތުވާގެ އަޞްލު ބައްލަވާ: http://www.rabee.net/show_fatwa.aspx?id=160

 

އެންމެހައި މީސްތަކުންނޭވެ! 

މިއީ މިމައްސަލައިގައި ހައްޤުގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ ފަތުވާކަމުގައި ވީއިރު، މިއަދު ސައްޔިދު ޤުތުބް މަތިވެރިކުރާ ސަލަފުންކަމުގައި ދަޢުވާކުރާ އިޚްވާނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އަހުލުވެރިންނާއި ޢަދުލު އިންސާފު ކަމުގައި ދަޢުވާކުރާ ޕާޓީތަކުގެ އަހުލުވެރިން އެބައިމީހުންގެ ޞަފުހާތަކުގައި ފަތުވާ ދެއްވާފައިވަނީ ބަޣާވާތް ކުރުމަކީ ޢަދުލުވެރި ވެރިޔަކާއި ދެކޮޅަށް ނުކުތުން ކަމުގައެވެ. އަދި ޚުރޫޖަކީ ޢަދަލުވެރި ވެރިންނާއި ދެކޮޅަށް ނުކުތުން ކަމުގައިއެވެ. މަޤްޞަދަކީ އެބައިމީހުންގެ ބާޠިލު އަޤީދާތަކަމާއި އެބައިމީހުން ދީނުގެ ނަމުގައި (ވެރިކަން ވައްޓާލުމަށް) ހިންގާފައިވާ ޖަރީމާތައް ދިފާޢުކުމުވެ. ތިބާ އެބައިމީހުންގެ ހީލަތްތެރި އޮޅުވާލުންތަކުގައި ނުޖެހޭށެވެ. ﷲ އަށް ޓަކައި، ތިބާ ހައްޤު ހޯދައިގަނެ ހައްޤުގެ އަހުލުވެރިން ފަރަޤު ކުރުންހުއްޓެވެ. އަދި ބާޠިލުގެ އަހުލުވެރިން ދަނެގަތުން ހުއްޓެވެ.

20.jpg

 

ވެރިންނާއި މެދު ސަލަފުންގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޢިލްމުވެރިންނާއި ވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަނުން ހުއްދަވެގެން ނުވޭ - العَلاَّمَة الشَّيْخ صَالح الفَوْزَان حفظه الله | 03 ޖެނުއަރީ 2018

ވެރިންގެ މައްޗަށް ބަސްބުނެ އެބައިމީހުންގެ މައްޗަށް (ނުކުމެ، ބަސްތައްބުނުމަށް) ހިތްވަރުދޭ މީހާއަކީ ޚަވާރިޖުންގެ ތެރޭގައިވާ މީހެކެވެ. - الشيخ العلامة صالح الفوزان حفظه الله | 24 އޭޕްރީލް 2015

ސިޔާސީ ކަންތައްތައް މީސްތަކުންގެ ތެރެއަށް ފާޅުކޮށް ޢާންމު މީސްތަކުންގެ މަޖްލިސްތަކުގެ ތެރޭގައި ދެއްކުމަކީ ސަލަފުންގެ ހިދާޔަތާއި ޚިލާފްކަމެއް - الشيخ محمد بن صالع العثيمين رحمه الله | 20 އޭޕްރީލް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ހަމައެކަނި ކަނޑި ހިފައިގެން ނުކުތުކުން ކަމަށް ބުނާ މީހުންނަށް ރައްދު - الشيخ العلامة ربيع بن هادي المدخلي حفظه الله | 31 މާރޗް 2015

ސަލަފުން އެބައި މީހުންގެ ޒަމާނުގައި އުޅުނު އަނިޔާވެރި ޚަލީފާއިންނާއި މެދުގައި މުޢާމަލާތް ކުރައްވާފައިވަނީ ކިހިނެތް؟ - الشيخ العلامة محمد بن صالح العثيمين رحمه الله | 31 މާރޗް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަށް ގޮވާ މީހުންނަކީ ނަރަކައަށް މީސްތަކުން ވަނުމަށް ގޮވާ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 07 މާރޗް 2015

ވެރިންނާއި ދެކޮޅަށް ނުކުންނަ މީހުންނަކީ ޖާހާއި މަޤާމާމުގެ ބޭނުމުގައި ނުކުންނަ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 26 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...