5  އީމާނީ މަޝްވަރާ (interfaith dialogue) ކިޔައި ދީންތައް އެއްކުރަން (Unity of Religion)، ދީނީ މިނިވަންކަމަށް (Freedom of Religion) ގޮވާ ޖަމްޢިއްޔާގެ ސުލްހައިގެ ސަފީރުކަން ޖ.ސ ރައީސް ހޯދައިގަތް އިރު "ލާދީނީ" ކޮބާ ހެއްޔެވެ؟ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އީމާނީ މަޝްވަރާ (interfaith dialogue) ކިޔައި ދީންތައް އެއްކުރަން (Unity of Religion)، ދީނީ މިނިވަންކަމަށް (Freedom of Religion) ގޮވާ ޖަމްޢިއްޔާގެ ސުލްހައިގެ ސަފީރުކަން ޖ.ސ ރައީސް ހޯދައިގަތް އިރު "ލާދީނީ" ކޮބާ ހެއްޔެވެ؟

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ علمانية ލާދީނިއްޔަތު

ރަސޫލުންނާއި ނަބިއްޔުން އަދި ޞަޙާބީންގެ ހިދާޔަތާއި ޚިލާފްވެގެންވާ ބަޔަކަށް ވާގިވެރިވުން އެމީހެއްގެ ބާޠިލްކަމަށް ފުދެ އެވެ. އަދި އެބައެއްގެ ކިބައިން އިންޒާރުލިބިގަނެ ވަކިވުން ހުއްޓެވެ.


الحمد لله رب العالمين والصلاو والسلام على رسول الله و بعد:
ﷲ ވަޙީ ކުރައްވާފައިވެ އެވެ.
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ التوبة 100 "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭފުޅުންނާއި، ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުން (ދަންނާށެވެ!) الله އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތަނުގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެކަލާނގެ އެބައިމީހުންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ. އެތަނުގައި އެބައިމީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ."


الإِماَم ابن كَثِير رحمه الله ވިދާޅުވެފައިވެ އެވެ. "މާތް މަތިވެރިވަންތަ ﷲ ތަޢާލާ އަހަރެމެންނަށް ޚަބަރު ދެއްވާފައިވަނީ، މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭފުޅުންނާއި، ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުންނަށް އެކަލާނގެ ރުއްސަވާވޮޑިގެންފައިވާކަމެވެ. ފަހެ، އެބޭކަލުންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރިމީހާ ނުވަތަ ބަދުބަސް ބުނެފި މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. ނުވަތަ އެބޭކަލުންގެ ތެރެއިން ބައެއްގެ މައްޗަށް ރުޅިވެރިކަން ނުވަތަ ބަދުބަސް ބުނެފި ބައެއްގެ މައްޗަށް (ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ.) އަދި ޚާއްޞަކޮށް އެބޭކަލުންގެ ތެރެއިން ވާ އެންމެ މަތިވެރި ޞާޙިބާއަށް ބަދުބަސް ބުނެފި މީހާއެވެ. އެއީ އެންމެ ބޮޑު ތެދުވެރިޔާ (الصديق الأكبر) ގެ ލަޤަބު ދެވިފައިވާ أَبُو بكر بن أبي قحافة އެވެ. 


ފަހެ، ހަމަކަށަވަރުން (މަކަރުވެރިކަމާއި، އޮޅުވާލުމާއި މަގުފުރެދިފައިވާ) ރާފިޟީންގެ ބައިގަނޑުވަނީ އެންމެ މަތިވެރި ޞަޙާބީގެ އިތުރުން އެންމެހައި ޞަޙާބީންގެ މައްޗަށް ކުޑައިމީސް ބަސްތައް ރައްދުކޮށް ރުޅިވެރިކަން ފައުޅުކޮށްފަ އެވެ. މި (ނުބައިވެގެންވާ ޢަމަލުން) ﷲގެ ޙަޟުރަތުން ރައްކައުތެރިކަމަށް އެދެމެވެ. 


ފަހެ، މިކަމުން ބަޔާންވެގެންވަނީ މިބައިމީހުންގެ ބުއްދި އިދިފުށަށް ޖެހިފައިވާކަމެވެ. އަދި ހިތްތައް ފުށުން ޖެހިފައިވާކަމެވެ. ފަހެ، ﷲ އެބޭކަލުންނަށް ރުއްސަވައިވޮޑިގެންފައިވާ ފަރާތްތަކަށް މިބައިގަނޑުގެ މީހުން އެއްޗެހިގޮވާހިނދު، ޤުރުއާނަށް އީމާންވުން ކޮބައިހެއްޔެވެ؟ 


ދެންފަހެ، ސުންނަތުގެ އަހުލުވެރިންނަކީ ﷲ އެބޭކަލުންނަށް ރުއްސަވާވޮޑިގެންފައިވާ އެންމެހައި ފަރާތްތަކާ މެދު ރުހޭނެ ރުހިގެންވާ ބައެކެވެ. އަދި ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް ބަދުބަސް ރައްދުކުރާ ފަރާތްތަކަށް ބަދުބަސް ބުނާނެ ބައެކެވެ. ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ނަޞްރުވެރިވާ ފަރާތްތަކަށް ނަޞްރުވެރިވާނެ އެވެ. ﷲ އަށް ޢަދާވާތްތެރިވާ ފަރާތްތަކަށް ޢަދާވާތްތެރިވާނެ އެވެ. އެބައިމީހުންނަކީ ތަބަޢަވާނެ ފަރާތްތައް ކަމުގައިވެ އެވެ. އިތުރަށް ކަންތައްތައް ގެންނަ ބައެއް ކަމުގައިނުވެ އެވެ. އެބައިމީހުންނަކީ އިޤްތިދާވާނެ ފަރާތްތަކެއް ކަމުގައިވެ އެވެ. އަލަށް ކަންތައްތައް ގެންނާނެ ބައެއް ކަމުގައިނުވެ އެވެ. އެހެންވުމުން އެބައިމީހުންނަކީ އެ އިލާހުގެ އަޅުތަކުންގެ ތެރޭގައިވާ މުއުމިނުންނެވެ. ﷲ ގެ ޖަމާޢަތުގެ އަހުލުވެރިންނެވެ." تفسير ابن كَثير سورة التوبة آية 100.


ހަމައެފަދައިން ޞަޙާބީންނާމެދު އަހުލުއް ސުންނަތުގެ ޢަޤީދާ ބަޔާންކުރައްވަމުން الإِمَام الطحاوي رحمه الله ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. ނަބިއްޔާ ﷺ ގެ ޞަޙާބީންދެކެ އަހަރުމެން ލޯބިވަމު އެވެ. އަދި އޭގެ ތެރެއިން އެއްވެސް ބޭކަލަކަށް އަދާކުރަންޖެހޭ ލޯބީގެ ޙައްޤުގައި އަހަރެމެން ފަރުވާކުޑަ ނުކުރާނަމެވެ. އަދި އެއިން އެއްވެސް ބޭކަލެއްގެ ކިބައިން ބަރީއަވާނޭ ބައެއްކަމުގައި އަހަރެމެން ނުވާނަމެވެ. އަދި އެބޭކަލުންނަށް ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފާޅުކުރާ ކޮންމެ މީހެއްގެ މައްޗަށް ޢަދާވާތްތެރިކަން ފާޅުކުރާ ބައެއްގެ ގޮތުގައި އަހަރެމެން ވާނަމު އެވެ. އަދި ހެޔޮގޮތުގައި މެނުވީ އަހަރެމެން އެޞަޙާބީން ޛިކުރެއް ނުކުރާނަމެވެ. އަދި އެބޭކަލުންދެކެ ލޯބިވުން ވަނީ ދީނުގެ ތެރެއިންނެވެ. ހަމައެފަދައިން އީމާންކަމާއި އިޙްސާންކަމުގެ ތެރެއިންނެވެ. އަދި އެބޭކަލުންނަށް ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފާޅުކުރުންވަނީ ކުފުރާއި ނިފާޤާއި އަނިޔާވެރިވުމުގައި ޙައްދުފަހަނައަޅައި ދިއުމުގެ ތެރެއިންނެވެ."


އަޚުންނޭވެ! އެންމެ ކުރިންސުރެ ފަށައިގެން ޙައްޤު އަދި ބާޠިލް ވަކިކުރުމުގެ މިންގަނޑަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން ދީނުގައި ދެމި ތިއްބެވި ގޮތުގައި ޤާއިމްވެ އެގޮތުގައި ދެމިތިބުމާއި، އެ ގޮތްތައް ދޫކޮށް ވަކިވެ، އަލަށް ދީނަށް ކަންތައްތައް ގެނައުމުގެ މައްޗަށް މީޒާން ކުރުމެވެ. ޙަޤީޤަތުގައި ސުންނަތަކީ، އަހުލުއް ސުންނަތަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ.   الإِمَامُ البَربَهَاريُّ ވިދާޅުވެފައިވެ އެވެ. "الجَمَاعَة އެ އެއްޗެއްގެ މަތީގައި ބިނާވެގެންވާ އަސާސަކީ مُحمَّدٍ ﷺ އަޞްޙާބުންނެވެ. أَهْلُ السُنَّةِ وَالجَمَاعَةِ އަކީ އެބައި މީހުންނެވެ. އެބައިމީހުންގެ ފަރާތުން ދީން ނުހޯދި މީހާއަކީ މަގުފުރެދި، ބިދުޢަ ހަދާފައިވާ މީހެކެވެ. އެންމެހައި ބިދުޢަތަކަކީ މަގުފުރެދުމެކެވެ......" شَرَحُ السُّنَّة 65 


މި އަޞްލު ބިނާވެގެންވާ ގިނަ އާޔަތްތަކެއް އަދި ޙަދީޘްތަކެއް ބަޔާންވެގެންވެއެ އެވެ. އެއީ އެއްތަނެއްގައި ޖަމަޢަކުރެވޭނެ ވަރަށްވުރެ ޢަދަދު މާގިނަ މިންވަރެކެވެ. މި ޢަޤީދާ ބަޔާންކުރައްވާ الإِمَامُ الأَوزَاعِي ވިދާޅުވެފައިވެ އެވެ. "ސުންނަތުގެ މަތީގައި އަޅާ ކެތް ކުރާށެވެ. އެބޭކަލުން ހުއްޓިވަޑައިގެންނެވި ފަދައިން ތިޔަބައިމީހުން ހުއްޓޭށެވެ. އެބޭކަލުން ވިދާޅުވެފައިވާ ފަދައިން ތިޔަބައިމީހުން ބުނާށެވެެ. އެބޭކަލުން ދޫކުރައްވާފައިވާ ކަމެއް ކަމުގައިވާނަމަ ތިޔަބައިމީހުން އެކަމެއް ދޫކޮށްލާށެވެ. ތިބާ ގެ ކުރީގައިވާ ސަލަފުއް ޞާލިޙުންގެ މަގު ޚިޔާރު ކުރާށެވެ. އެބޭކަލުންނަށް ފުދުނު މިންވަރުން ފުދިގަންނާށެވެ." الشريعة للآجري 58


ޞަޙާބީންގެ ހިދާޔަތް ދޫކޮށް، އޭގެ އިތުރަށް ޞަޙާބީންނަށް ބަދުބަސް ބުނުމުން އެމީހެއްގެ ފާސިޤު ކަމާއި، މުޑުދާރުކަން އަދި މަގުފުރެދިފައިވާ މިންވަރު ފުދެ އެވެ. އެފަދަ މީހަކު ދިފާޢު ކުރާނީ އެފަދަ މުޑުދާރު ނަޖިސް މީހެކެވެ. އެފަދަ މިޘާލުފަދަ މީހެކެވެ. ބަޔަކު މީހުން އެއީ އިމާމެއްގެ ގޮތުގައި ނަގާފައިވާ ބިދުޢަތަކާއި ފާސިޤު ޢަމަލުތަކުން ފޯވެފައިވާ މަގުފުރެދި، މަގުފުރެއްދުމުގައި ދެމިހުރި سيِّد قُطب ބުނެފައިވެ އެވެ. "ފަހެ مُعَاوِية އާއި އޭނާގެ އެކުވެރިޔާ (عَمرو بن العَاص) ދޮގުހެދުމާއި، މަކަރުވެރިކަމާއި، ހީލަތްތެރި ރޭވުންތައް ރާވައި، ރިޝްވަތު ކެއުމާއި، މުނާފިޤުކަމުގައިވެ އަދި މީސްތަކުން ފައިސާއަށް ގަނެލުން ފަދަ ކަންތައްތައް ކޮށްފައި ވިޔަސް، عَلِي އަކީ މި ދަށުދަރަޖައިގެ ޢަމަލުތަކަށް ދާނެ ފަރާތެއް ގޮތުގައި ނުވި އެވެ. ފަހެ عَلِي ނާކާމިޔާބުވެ އެ ދެމީހުން މޮޅުވުމަކީ އެއްވެސް އަޖައިބެއްއޮތް ކަމެއް ނޫނެވެ." كتب و شخصيات 242 


މުސްލިމް އުއްމަތެވެ. މިއީ ރާފިޟީންގެ ޢަޤީދާ ނޫން ކޮން ޢަޤީދާއެއް ހެއްޔެވެ؟ މި މީހާގެ ފަރާތުން އުއްމަތް އެދެނީ ކޮން ހެވަކަށް ހެއްޔެވެ؟ ދީން އަދި ދީނުގެ އަސާސް މުގުރައި، ހަލާކުކޮށްފައިވާ މި ބާޠިލް ޢަޤީދާއިން ނުކުންނާނީ ފަސާދަ އާއި ހަލާކުވުމާއި، މުޖުތަމަޢު ފިތުނަވުން ނޫން ކޮންއެއްްޗެއް ހެއްޔެވެ. 


އެންމެހައި ރަސޫލުން އަދި ނަބިއްޔުން ގޮވައިލެއްވީ ތަޥްޙީދަށް އަދި ކުފުރާއި ޝިކުރުން ދުރުވުމަށެވެ. ﷲ ފިޔަވައި އަޅުކަން ކުރެވޭ އެންމެހައި ޠާޣޫތުންނަށް ކާފަރުވުމަށް، ފަހެ އެހެންވުމުން މި ޢަޤީދާގައި އެންމެފަހުގެ ރަސޫލާގެ އަޞްޙާބުން ޤާއިމްވާނެ މިންވަރު ބަޔާންވެގެންވެ އެވެ. :


އަޚުންނޭވެ! ﷲ އެންމެހައި ނަބިއްޔުންނާއި ރަސޫލުންނަށް ބާވައިލެއްވި ސަމާވީ ޝަރީޢަތުގެ އަޞްލަކީ ތަޥްހީދެވެ. އެއީ ﷲ އެއްކައުވަންތަ ކޮށް އެއިލާހަށް ދީން އެކުއެކީގައި ޚާލިޞްކޮށް، އެންމެހައި ކުފުރާއި ޝިރުކުން އެއްކިބާވުމެވެ. މިއީ ﷲއަށް އީމާންވުމުގެ މާނައެވެ. މީގެ މަޤާމާއި މަތިވެރިކަން ދަންނަ ހުއްޓެވެ. އެއްވެސް އުއްމަތަކަށް އެއްވެސް ޒަމާނެއްގައި މި ނޫންގޮތުގައި މެނުވީ ﷲ ރަސޫލުންނެއް ނުފޮނުއްވަ އެވެ. ﷲ އެއްކައުވަންތަކޮށް އެންމެހައި ޠާޣޫތުންނަށް ކާފަރުވުމެވެ. ﷲ ވަޙީކުރެއްވި އެވެ.
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ "އިބަ ނަބިއްޔާގެ ކުރިންވެސް ކޮންމެ ރަސޫލަކަށް އެކަލާނގެއީ ޙައްޤު އިލާހު ކަމަށާއި، އެކަލާނގެ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ވަޙީކުރެއްވުމަށް ފަހުގައި މެނުވީ އެރަސޫލުން ރަސޫލުކަމައިގެން ތިމަން الله ނުފޮނުއްވަމެވެ." الأنبياء: 25 


އަދިވެސް ވަޙީބަސްފުޅުގައިވެ އެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ "ހަމަ ކަށަވަރުން ތިމަން الله ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވީމެވެ. އެއީ ތިމަން الله އަށް އަޅުކަން ކުރުމަށާއި، އަދި الله ފިޔަވައި އަޅުކަން ކުރެވޭ ކޮންމެ ޠާޣޫތަކުން ދުރުވެގަތުމަށެވެ." النحل: 36  
މިއީ ﷲ އެއިލާހުގެ ރަސޫލުންނަށް، ނަބިއްޔުންނަށް ކަނޑައަޅުއްވާފައިވާ މަންހަޖެވެ. އިސްލާމް ދީނެވެ. ތަޥްޙިދެވެ. އެއަށްފަހު ތަޥްޙީދުގައި ދެމިހުރުމަށްޓަކައި އެންމެހައި ބާޠިލް ދީންތަކާއި، ޢަޤީދާތަކަށް އަދި އެފަދަ އެންމެހައި ޠަޣޫޠުންނަށް ކުފުރުވުމެވެ. އެއިން އެއްވެސް ދީނަކީ އެދީނެއްގެ ކުފުރާއި ޝިރުކުގެ މައްޗަށް ސުލްޙަ ޤާއިމް ކުރެވޭނެ އެއްެޗެއް ނޫނެވެ. އަދި މުސްލިމެއްގެ ގޮތުގައި ހުރެ، މި ބާޠިލާއި ކުފުރުގެ މައްޗަށް ހަނުހުންނާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟


އިސްލާމީ ސަމާވީ މަންހަޖުގައި ބަޔާންވެގެންވާ، ކުފުރަށް، ތާޣޫތަށް ކާފަރު ވުމަކީ ޝަހާދަތް ޤާއިމް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ރުކުނެކެވެ. ދަންނަންޖެހެ އެވެ. އިސްލާމް ދީން ބާވައިލެއްވުމަށްފަހު، މި ކާއިނާތުގައި، އުޑުދަށުގައި ޞައްޙަ އެއްވެސް ދީނެއް ނުވާނެ އެވެ. އަދި ޙައްޤު އެއްވެސް މިއްލަތެއް ނޯންނާނެކަން މުސްލިމުން ޤަބޫލުކުރަން ޖެހޭނެ އެވެ. އެނޫން އެންމެހައި މިއްލަތްތަކުގެ އަހުލުވެރިންނަކީ އެމިއްލަތްތަކުގެ މަތީގައި މަރުވެއްޖެނަމަ ތާއަބަދަށް ނަރަކައިގައި ދެމިތިބޭނެ ބައެއްކަން ކީރިތި ޤުރުއާނުގައި ޞަރީޙަކޮށް ބަޔާންވެގެންދެ އެވެ.
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ "ހަމަކަށަވަރުން ފޮތުގެ އަހުލުވެރިންގެ ތެރެއިންނާއި، މުޝްރިކުންގެ ތެރެއިން ކާފަރުވީމިހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައި އެވެ. އެތަނުގައި އެބައިމީހުން ދެމިތިބެނެވި ގޮތުގަ އެވެ. އެބައިމީހުންނީ މީސްތަކުން ކުރެ ހަމައެންމެ ނުބައި މީހުންނެވެ." البينة: 6


العَلاَّمَة صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "ޝިރުކު އަދި ޝިކުރުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުން" : ފަހެ، އިންސާނަކު ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކުރުމުން އެއްކިބާވުން ނުފުދެ އެވެ. ކޮންމެހެންވެސް އޭނާއަކީ ޝިކުރު އަދި ޝިކުރުގެ އަހުލުވެރިންގެ ކިބައިން ބަރީއަވެގެންވާ ފަރާތެއް ކަމުގައިވާންޖެހެ އެވެ. އަދި އެއީ ބާޠިލް ކަމުގައި ޤަބޫލުކުރަންޖެހެ އެވެ. މުޝްރިކުންނަކީ ކާފަރުން ކަމާއި، އެބައިމީހުންގެ މައްޗަށް ﷲ އަށްޓަކައި ރުޅިވެރިކަން ފާޅުކުރުމާއި، ޢަދާވާތްތެރިކަން ފާޅުކުރުމެވެ. ﷲގެ ޢަދުއްވުންގެ މައްޗަށް ތިބާ ޢަދާވާތްތެރިކަން ފާޅުކުރުން ވާޖިބުވެގެންވެ އެވެ. އަދި ﷲގެ ވަލިއްޔުން ދެކެ ލޯބިވާންޖެހެ އެވެ. ފަހެ، ﷲ ލޯބިވެވޮޑިގަންނަވާ ފަރާތްތައް ދެކެ ލޯބިވުމާއި، ﷲ ދެކެ ލޯބިވާ ފަރާތްތައް ދެކެ ލޯބިވުންވެ އެވެ. އަދި ﷲ ކޯފާވެވޮޑިގަންނަވާ ފަރާތްތަކަށް ރުޅިވެރިކަން ފާޅުކުރުމާއި، ﷲ ގެ މައްޗަށް ރުޅިވެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ރުޅިވުމެވެ. "ޝިރުކު އަދި ޝިކުރުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުން" ގެ މާނައަކީ މި އެވެ." شرح نواقض الإسلام ص 15  


ކުފުރުގެ މައްޗަށް ނަފްރަތުކޮށް ކުފުރުން ބަރީއަވުމަކީ ތަޥްޙީދުގެ އިމާމުންގެ ހިދާޔަތެވެ. ﷲ ބާވައިލެއްވި އެއިލާހުގެ ދީން "ޙަނީފިއްޔަތުގެ" އެންމެ ވަރުގަދަ ރުކުނާއި އަސާސެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ.
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ  "إِبْرَاهِيمَ އަދި އެނަބިއްޔާގެ އަރިހުގައިވީ މީސްތަކުންގެ ކިބައިގައި ތިޔަބައިމީހުންނަށް ނުހަނު ރިވެތިވެގެންވާ ނަމޫނާއެއް ވާކަން ކަށަވަރެވެ. އެއީ، އެބައިމީހުން، އެބައިމީހުންގެ ޤައުމުގެ އަހުލުވެރިންނަށް ބުނި ހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ އެންމެހައި ތަކެތީން ތިމަންމެން ބަރީއަވެގެންވަމު އެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމު އެވެ. ތިމަންމެންނާއި ތިޔަބައިމީހުންގެ ދެމެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އަބަދަށް ފާޅުވެގެންވެ އެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެނެވެ.." 


މިއީ އެބޭކަލެއްގެ ކިބައިން ރިވެތި މިޘާލު ނެންގެވުމަށް އަހަރެމެންގެ ނަބިއްޔާއަށް ﷲ އަމުރުކުރެއްވި ފަރާތުގެ ޢަމަލުފުޅު ބެހެއްޓެވި ގޮތެވެ. ޝިރުކާއި ކުފުރު އަދި އޭގެ އަހުލުވެރިންގެ މައްޗަށް ނަފްރަތާއި ޢަދާވާތްތެރިކަން ފާޅުކޮށް، ދީނުގައި ތަޥްޙީދުގައި ދެމިހުރުމެވެ. އެންމެހައި ރަސޫލުންނާއި އަޞްޙާބު ބޭކަލުންގެ މަންހަޖާއި ދަޢުވަތަކީ މި އެވެ. 


މި މަންހަޖާ ޚިލާފަށް ކާފަރުންނަށް ޢަދާވާތްތެރިކަން ފާޅުކުރުމުގެ ބަދަލުގައި އެމީހުންދެކެ ލޯބިވުމަކީ، މުއުމިނެއްގެ ކިބައިން ފެނުން އެކަށީގެންވާނޭ ކަމެއް ނޫންކަން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެ އެވެ.
لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ  "މުއުމިނުން، މުއުމިނުން ފިޔަވައި ކާފިރުން އެއީ، އެހީތެރިން ކަމުގައި ނުހަދާހުށި ކަމެވެ. އެކަންތައް އެގޮތަށް ކުރާ މީހާ ދަންނާށެވެ. ފަހެ، ﷲގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސް ކަމެއްގައި އެމީހަކު ނުވެތެވެ. އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން މަޖުބޫރު ވެއްޖެ ޙާލެއްގައި މެނުވީ އެވެ. އަދި ﷲ އެކަލާނގެ ޢުޤޫބާތަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ ﷲގެ ޙަޟުރަތަށެވެ."


ފަހެ، ޠާޣޫތުން، ﷲ އަށް ޝަރީކު ކުރުމަށް ދަޢުވަތުވޭ ލީޑަރުން ރަޙްމަތްތެރިންގެ ގޮތުގައި ހެދުންވާނީ ކޮންފަދަ ބޮޑުވެގެންވާ ކަމަކަށްތޯ އެވެ؟

20191021-alfredo1.jpg


ހަމައެފަދައިން ކާފަރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތްތެރި މީހެއްކަމުގައިވުންވަނީ އީމާންކަމުގެ ސިފަތަކުގެ ތެރެއިން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީން ދޫކޮށް މުރުތައްދުވާ މީހާ ދަންނާށެވެ. ފަހެ، އެބައިމީހުންގެ ބަދަލުގައި އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ. އެއީ، މުއުމިނުންގެ މައްޗަށް އޯގާވެރި މަޑުމައިތިރި ބައެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތްތެރި ބައެކެވެ. ﷲގެ މަގުގައި އެބައިމީހުން ޖިހާދު ކުރާނެތެވެ. އަދި މަލާމާތް ކުރާ މީހެއްގެ މަލާމާތަކަށް އެބައިމީހުން ބިރެއް ނުގަންނާނެތެވެ."


އެގޮތުން މިމަންހަޖާ ޚިލާފްވެ ޔަހޫދީންނާއި ނަޞާރާއިންނަކީ އެކުވެރިން ކަމުގައި ބަލައިގަންނަ މީހުންވަނީ އަނިޔާވެރީންގެ ތެރެއިންކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. 
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެއީ އެކުވެރިން ކަމުގައި ނުބަލާށެވެ. އެބައިމީިހުންގެ ތެރެއިން އެއްބަޔަކީ އަނެއްބައެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުންނަކީ އެކުވެރިން ކަމުގައި ބަލައިފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ."

 
އަދި ކިޔެއްހެއްޔެވެ؟ އެއީ ގާތްތިމާގެ ގޮތުން ކިތަންމެ ގާތް މީހެއްކަމުގައިވީ ނަމަވެސްމެ އެވެ. އެކަން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެ އެވެ. 
لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހުންނަކީ، ﷲ އަށާއި އެކަލާނގެ ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައިވާތީ ތިބާއަށް ނުފެންނާނެ އެވެ. އެބައިމީހުންނަކީ އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެ އެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ ހަޟުރަތުން ލިބިފައިވާ ރޫޙަކުން އެބައިމީހުންނަށް ގަދަކަން ދެއްވި މީހުންނެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެބައިމީހުން ވައްދަވާނެ އެވެ. އެތާނގައި އެބައިމީހުން އަބަދަށް ދެމިތިބެނިވި ގޮތުގަ އެވެ. ﷲ އެބައިމީހުންނަށް ރުއްސަވާވޮޑިގެންވި އެވެ. އަދި އެބައިމީހުން އެކަލާނގެއާމެދު ރުހިގެންވެ އެވެ. އެބައިމީހުންނަކީ ﷲ ގެ ޖަމާޢަތުގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނީ ހަމަ، ކާމިޔާބު ލިބޭނެ މީހުންނެވެ."


އަޚުންނޭވެ! މިއަދު އުއްމަތުގެ ތެރެއަށް "މޮޑާން އިސްލާމް" "އިސްލާމް ދީނުގެ މެދުމިން" "އެންމެނަށް އުޅެވޭ މާހައުލު ޤާއިމްކުރުން" ގެ ޝިޢާރު ތަކުގައި ކުފުރާއި، ޝިރުކު، ފާޅުކޮށް ދުލުން ބަޔާންކުރުމުގެ ބަދަލުގައި، ކުފުރާއި ޝިރުކުގެ އަހުލުވެރިންނަށް ހެޔޮއެދި އެމީހުންގެ މައްޗަށް ދީނުގައިނެތް "ރިވެތި" ގޮތުގައި މުޢާމަލާތް ކުރުން ކަމުގައި ބަލައިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ ކުފުރާއި ޝިރުކު، މުޝްރިކުންނާއި ލާދީނިއްޔަތަށްޓަކައި އަހަރެމެންގެ ދީނާއި، ރަސޫލުންގެ މަންހަޖު ޤުރުބާންކޮށްލަންވީ ހެއްޔެވެ؟ އެއްވެސް ޝައްކެތްނުވާ ގޮތުގައި މިއީ މާސޫނީން މުސްލިމުން އެބައިމީހުންގެ ދީނުން ދުރުކޮށް، ދީނުން އެއްކިބާ ކުރުމަށް ހޯދާފައިވާ ވަޞީލަތެކެވެ. އަދި މި ވަޞީލަތަށް ވާޞިލްވުމަށް މުސްލިމުންނަށް ނިޞްބަތްވާ ބަޔަކު ހޯދާފައިވެ އެވެ. 


މިކަމުގެ ފުރަގަހުން އެބައިމީހުން ޙާޞިލް ކުރަންބޭނުންވާ ލަނޑުދަނޑި ތަކުގެ ތެރޭގައި ޙައްޤާއި ބާޠިލް މެދުގައިވާ ފަރަޤު ނައްތާލުން ހިމެނެވެ. އަދި ކުފުރުގެ މައްޗަށް އިތުރު މަތިވެރިކަމެއް ނުވަތަ ޢިއްޒަތެއް ލިބިގެންވާ ދީނެއްކަމުގައި އިސްލާމްދީން ވިޔަނުދިނުން ހިމެނެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. 
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ  "އެބައިމީހުން އެދެނީ ﷲގެ ނޫރުފުޅު (އެބަހީ : އިސްލާމްދީން) އެބައިމީހުންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި ކާފަރުން ނުރުހުނުކަމުގައިވީ ނަމަވެސް، ﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަ ކުރައްވާހުއްޓެވެ." 


އެހެނަސް ހަމަހިލާ އެހެނަކުން ނުވާނެ އެވެ. އެއާއި ވިދިގެން ޖެހިގެންއަންނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. 
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ "އެކަލާނގެއީ ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި އިލާހެވެ. އެއީ، އެންމެހައި ދީންތަކެއްގެ މައްޗަށް އެދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނު ކަމުގައިވިޔަސްމެ އެވެ."  


މީގެ އިތުރަށް ޙާސިލްކުރުމަށް ބޭނުންވާ މަޤްޞަދުތަކުގެ ތެރޭގައި، އެމީހުންގެ ދީންތަކާއި ދޭތެރޭގައި މުސްލިމުން ދެކޭގޮތް ބަދަލުކޮށް، މުސްލިމުންނަކީ އެމީހުންގެ ދީންތަކަށްވެސް އިޢުތިރާފުވެ އެދީންތަކުގެ ރަނގަޅުކަން ބަލައިގަންނަ ބަޔަކު ކަމުގައި ހެދުން ހިމެނެ އެވެ. އެގޮތުން މުސްލިމުންގެ ހިތްތަކުގައި އޮންނަ ރުޅިވެރިކަމާއި ނަފްރަތު ނައްތާލުން ހިމެނެ އެވެ. އަދި ހަމައެފަދައިން އެބައިމީހުން ބޭނުންވާ ކޮންމެ ކަމެއްގައި ދޫދީގެން އެމީހުންނާ ގުޅިގެން މަސައްކަތްކުރާ ބައެއްކަމުގައި މުސްލިމުން ހަދައި މުސްލިމުންގެ ދީނާއި ޢަޤީދާ ހަލާކުކޮށް ސުންނާފަތިކޮށްލުމުގެ ނުބައި ރޭވުން ހިމެނެ އެވެ.

 

ދީންތަކުގެ މެދުގައި ބޭއްވޭ ޑައަލޮގް ގެ ޙުކުމް


މިފަދަ އެއްވަބާއަކީ މިއަދު ބަޔަކު މީހުން ފާޅުކޮށްފައިވާ "ދީންތަކުގެ މެދުގައި ބޭއްވޭ ޑައަލޮގް" ގެ އަހުލުވެރިންގެ ޢަމަލުތަކެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ޝިރުކު އަދި ކުފުރު އަދި އިސްލާމްދީން އެއް ތަޅުމަކަށް އެރުމެވެ. އަދި ނަޞާރާއިން އެބައިމީހުންގެ ދީނުގެ "ހެޔޮ، ރަނގަޅު" ވާހަކަތައް ދެއްކުމުން، މުސްލިމުން އެބައިމީހުންގެ ދީނުގެ ހެޔޮ، ރަނގަޅު ވާހަކަ ދެއްކުމުން، އެތަނުގައި ޙާޒިރުވެފައިވާ އެހެން ދީނުގެ މީހުން އެބައިމީހުންގެ ދީނުގެ ހެޔޮ ރަނގަޅުވާހަކަވެސް ދެއްކުމެވެ. މިބައިމީހުންގެ މި ޢަމަލާމެދު ޙައިރާން ކުރުވަނިވި އެތައް ސުވާލެއް އުފެދެ އެވެ. ޔަހޫދީންނާއި ނަޞާރާއިންނަކީ ކަނޑައެޅިގެން ބާޠިލެއްގެ މަތީގައިވާ ކާފަރުން ކަމާމެދު ހިތުގައި ޝައްކެތްވަނީ ހެއްޔެވެ؟ ފަހެ، އެންމެ ޢާންމު މީހާއަށްވެސް އޮޅުން ނާރާނޭފަދައިން އެމީހުންގެ ކުފުރު ކީރިތި ޤުރުއާނުން ބަޔާންވެގެންދާ ޞަރީޙަ އާޔަތްތައް ނުފެންނަނީ ހެއްްޔެވެ؟ 
لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۚ  "ހަމަކަަށަވަރުން ﷲ އީ مَرْيَمَގެ ދަރިކަލުން އަލްމަސީޙު عِيسى ކަމުގައި ބުނިމީހުން ކާފަރުވެއްޖެކަން ކަށަވަރެވެ." އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ.  وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّهُ ۚ أَنَّىٰ يُؤْفَكُونَۚ  "ޔަހޫދީން ބުންޏެވެ. عُزَيْرٌ އަކީ ﷲގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުންޏެވެ. އަލްމަސީޙް عِيسى އަކީ ﷲ ގެ ދަރިކަލުންނެވެ. އެއި ހަމައެކަނި އެބައިމީހުންގެ އަނގައިން ބުނެލާ ބަހެކެވެ. އެބައިމީހުން އެ ތަޤްލީދުކުރަނީ އެބައިމީހުންގެ ކުރިން ކާފަރުވީ މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. ﷲ އެބައިމީހުންނަށް ލަޢުނަތް ލައްވާހުއްޓެވެ. އެބައިމީހުން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟"

 
ނުވަތަ އެބައިމީހުންނަކީ ކާފަރުންކަން ކަނޑައެޅިގެން އެނގިދިއުމަށްފަހުގައިވެސް ނުބައިކަމެއްގެ ގޮތުގައި އެކަން ނުފުދެނީތޯ އެވެ؟
إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ "ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." 
 

ކޮންމެ ނަމާދެއްގައި އެބައެއްގެ މަގުން އެއްކިބާކޮށްދެއްވުމަށް އެދި، ﷲ ގެ ޙަޟުރަތުގައި ދެންނެވުމަށްފަހު، އެމީހުންނާ އެކު އެއްމޭޒުދޮށަށް ޖަމަޢަވުމަށް ބުއްދި ޖާގަދޭނީ ކިހިނެތް ހެއްޔެވެ؟ ނަމާދުކުރާ ކޮންމެ މުސްލިމަކު ކޮންމެ ރަކުޢަތެއްގައި اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَۚ "އަޅަމެނަށް ސީދާވެގެންވާ މަގަށް މަގު ދައްކައިވައިފާނދޭވެ. އެއީ އެބައިމީހުންނަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެބައިމީހުންގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުންގެ (ޔަހޫދީންގެ) މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ (ނަޞާރާއިންގެ) މަގެެއްވެސް ނޫނެވެ." މިފަދައިން ކިޔާނެކަން ކަށަވަރެވެ. ކޯފާލެއްވުނު މީހުންނަކީ ޔަހޫދީން ކަމާއި އަދި ސީދާމަގު ގެއްލިދިޔަ މީހުންނަކީ ނަޞާރާއިންކަން ނޭނގެނީތޯ އެވެ؟ އަދި ހަމައެފަދައިން އެމީހުންނާ މަޝްވަރާ ކުރުމަށް ތިޔަ ޖަމަޢަވަނީ އެމީހުންނަކީ ދުވަހަކުވެސް އަހަރެމެންނަށް ހެޔޮއެދޭނެ ބައެއް ނޫންކަމަށް ﷲ ތަޢާލާ ދެއްވާފައިވާ ޚަބަރުގެ ތެދުކަން ޤަބޫލުނުކުރަނީ ހެއްޔެވެ؟  وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ "އަދި ޔަހޫދީންވެސް އަދި ނަޞާރާއިންވެސް، އެބައިމީހުންގެ ދީނަށް އިބަނަބިއްޔާ ތަބަޢަވެވަޑައިގެންފުމަށް ދާންދެން އިބަނަބިއްޔާގެ މައްޗަށް ނުރުހޭނެތެވެ." 


އަދި އެބަޔަކާ އެކު ތިޔަ މަޝްވަރާކުރާ މީސްތަކުންގެ މުޤައްދަސް ފޮތްތައް ކަމުގައި އެބައިމީހުން ދަޢުވާކުރާ ތައުރާތާއި އިންޖީލްވަނީ އެމީހުންގެ އަމިއްލަ އަތްތަކުން ބަދަލުކޮށްފައިވާކަން ތެދުނުކުރަނީ ހެއްޔެވެ؟ 
فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ  "ފަހެ އެބައިމީހުންގެ އަތްތަކުން ފޮތްލިޔެ، މިއީ ﷲ ބާއިވައިލެއްވި ފޮތްތަކޭ ބުނާމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެބައިމީހުން އެކަން ކުރަނީ ކުޑައަގެއް އެއަށް ގަތުމަށްޓަކަ އެވެ. ފަހެ، އެބައިމީހުންގެ އަތްތަކުން ލިޔުނު އެތީގެ ސަބަބުން އެބައިމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެބައިމީހުން ހޯދައިގަންނަ ތަކެތީންވެސް އެބައިމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ."


އަދި އަހަރެމެންގެ މައްޗަށް ބާވައިލެއްވުނު، އަހަރެމެން އީމާންވެގެން މިތިބި ޤުރުއާނަކީ ކުރިން ބާވައިލެއްވުނު އެންމެހައި ފޮތްތަކެއް މަންސޫޚްކޮށް އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްކަމުގައި ވުމުން، އެކަން ތިޔަބައިމީހުންނަށް ނުފުދެނީ ހެއްޔެވެ؟
وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ "އަދި ތިމަންއިލާހު ޙައްޤުގޮތުގައި، އިބަނަބިއްޔާގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވުނު ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގަ އެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގަ އެވެ."


އަދި އަހަރެމެންގެ ރަސޫލާއަކީ އެންމެހައި މީސްތަކުންނަށް ފޮނުއްވިގެންވާ އެންމެ ފަހުގެ ރަސޫލާ ކަމުގައިވާހިނދު އެކަން ހިދާޔަތެއްގެ ގޮތުގައި ތިޔަބައިމީހުންނަށް ނުފުދެނީ ހެއްޔެވެ؟ 
وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ  "އުފާވެރިކަމުގެ ޚަބަރު ދެއްވާ ފަރާތެއް ކަމުގައްޔާއި، ބިރުވެރި ކަމުގެ ޚަބަރު ދެއްވާ ފަރާތެއް ކަމުގައިމެނުވީ  ތިމަންއިލާހު އެންމެހައި މީސްތަކުންގެ ގާތަަށް އިބަނަބިއްޔާ ނުފޮނުއްވަމެވެ."
އަދި އެހެންދީންތަކުގައި ކަންތައްތަކުގެ ހައްލު އޮވެދާނެކަމަށް ތިޔަބައިމީހުން އިއުތިރާފު ތިވަނީ ކޮންދަލީލެއްގެ މައްޗަށް ބުރަވެހެއްޔެވެ؟ الإِمام النسَّائي رحمه الله ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެ އެވެ. عن النبي ﷺ أنه رأى في يد عمر بن الخطاب رضي الله عنه ورقة من التوراة فقال: (أمتهوكون يا ابن الخطاب؟ لقد جئتكم بها بيضاء نقية، لو كان موسى حيا واتبعتموه وتركتموني ضللتم)، وفي رواية: (لو كان موسى حياً ما وسعه إلا اتباعي، فقال عمر: رضيت بالله رباً وبالإسلام ديناً وبمحمد نبيا) ތައުރާތު ލިޔެފައިވާ ގަނޑެއް عمر رضي الله عنه އަތްޕުޅުގައިވަނިކޮށް ރަސޫލާ ﷺ އަށް ފެނިވަޑައިގެންނެވި އެވެ. އެހިނދު ހަދީޘްފުޅު ކުރެއްވިއެވެ. އޭ الخطَّاب ގެ ދަރިކަލުންނޭވެ. ޝައްކު ކުރާ މީހުންގެ ތެރެއިން ވެވަޑައިގަންނަވަނީ ތޯއެވެ. ހަމަކަށަވަރުން ތިމަންނަބިިއްޔާ ވަޑައިގަތް މިއްލަތް ވަނީ ހުދުކަމާއި ސާފުކަން މަތީގައެވެ. (އެބަހީ: އެއްވެސް ޝައްކެއް ނެތް މިންވަރަށް ބަޔާންވެގެންވާ ސާފު ޝަރީޢަތަކާއިގެންނެވެ.) ފަހެ مُوسى عليه السلام ދިރިހުންނެވި ޙާލަތެއްގައިވެސް ތިމަން ނަބިއްޔާ ދޫކޮށް އެކަލޭގެފާނަށް ތަބަޢަވެއްޖެ ކަމުގައިވާނަމަ މަގު ފުރެދިގެން ގޮސްފައިވާ ބައެއްކަމުގައި މެނުވީ ތިޔަބައިމީހުން ނުވާނެއެވެ. އެހެން ރިވާޔަތެއްގައިވެ އެވެ. "مُوسى عليه السلام ދިރިހުންނެވި ކަމުގައިވީނަމަވެސް ތިމަންނަބިއްޔާ އަށް ތަބަޢަވުން މެނުވީ އިޚްތިޔާރެއް ނުކުރައްވާނެ އެވެ. ފަހެ، އެހިނދު عمر ވިދާޅުވި އެވެ. ރައްބަކީ ﷲ ކަމަށާއި، ދީނަކީ އިސްލާމް ކަމަށް އަދި ނަބިއްޔާ އަކީ محمد ކަމުގައި ރުހިއްޖައީމެވެ."  
 

20191021-alfredo2.jpg


އަޚުންނޭވެ! އިސްވެދިޔަ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށްލުމުން ތަޥްޙީދަށް ހެކިވެ، ޝިރުކާއި ކުފުރަކީ ބާޠިލްކަމަށް ދެކޭބައެއްގެ ޢަމަލުތައް މިފަދައިން ހުރުމުން އެކަމާ ޢަޖައިބުވެ އަންތަރީސް ނުވާނީ ކާކުހެއްޔެވެ؟ އެހެނީ، އިސްލާމް ދީނުގެ އަސާސަކީ ތަޥްޙީދުގެ ކަލިމަ ކަމުގައިވާ لا إِله إلا الله މި ކަލިމަ އެވެ. މިކަލިމައަށް ޙައްޤުވެގެންވާ އެންމެހައި ޙައްޤުތައް އަދާކޮށް، މިކަލިމައިގެ މައްޗަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކެއްގެ މައްޗަށް ޢަމަލުކުރުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. 
لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ  "ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން ޟަލާލަތުގެ އަނދިރިކަމުން ހިދާޔަތުގެ ސާފު އަލިމަގު ފާޅުވެއްޖެ އެވެ. ފަހެ، طاَغُوت އަށް ކާފަރުވެ، ﷲ އަށް އީމާންވާ މީހާ ދަންނާށެވެ. ފަހެ، އެމީހާ އެންމެ ވަރުގަދަވެގެންވާ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތިދިޔުމެއް އެއަކަށް ނުވެ އެވެ. ﷲއީ މޮޅަށް އައްސަވާ ވޮޑިގަންނަވާ އަދި ދެނެވޮޑިގަންނަވާ އިލާހެވެ." ބިރުވެރި ކަމުގެ ޚަބަރު ދެއްވާ ފަރާތެއް ކަމުގައިމެނުވީ  ތިމަންއިލާހު އެންމެހައި މީސްތަކުންގެ ގާތަަށް އިބަނަބިއްޔާ ނުފޮނުއްވަމެވެ." މިއާޔަތުގައި الرُّشْدُ ގެ މުރާދަކީ محمد ގެ ދީނެވެ. އަދި بِالْعُرْوَةِ الْوُثْقَىٰ އަކީ ނަފީކުރުމާއި ޘާބިތުކުރުން މިދެރުކުނުގެ މައްޗަށް ބިނާވެގެންވާ لاإله إلا الله ގެ މިކަލިމައެވެ. 


ﷲ ފިޔަވާ އެހެންފަރާތްތަކަށް ކުރެވޭ އެންމެހައި އަޅުކަމެއް މިކަލިމަ ނަފީ ކުރެއެވެ. މުސްލިމަކު ނަމަ އެކަން ޤަބޫލުކުރުން ނޫން އިތުރުގޮތެއްނޯންނާނެ އެވެ. އެހެންކަމުން ނޭނގުމެއްގެ ތެރޭގައި ނަމަވެސް މިފެންނަ ޢަމަލުތަކަކީ އިންތިހާއަށް ނުރައްކައުތެރި ޢަމަލުތަކެއްކަން މިކަމުން ހާމަވެގެންދެއެވެ. 


މިއީ، ތަޥްޙީދު ޤަބޫލުކުރާ، ޝިރުކު އަދި ކުފުރު އެއީ ބާޠިލް އެއެްޗެއްގެ ގޮތުގައި ޤަބޫލުކުރާނެ މީހެއްގެ ޢަމަލު ކަމުގައިވާނެ ހެއްްޔެވެ؟ މިއީ ކޮން ނަބިއްޔެއްގެ ހިދާޔަތެއް ހެއްޔެވެ؟ ހެޔޮ ޤަރުނު ތަކުގެ ތެރެއިން ކޮންބޭކަލެއްގެ ހިދާޔަތެއް ހެއްޔެވެ؟


މިއީ އިސްލާމް ދީނަށް ދަޢުވަތު ދިނުމެއް ނޫނެވެ. އެހެނަސް އޭގެ ބަދަލުގައި މުސްލިމުން ނަޞާރާއިންގެ ގާތަށް ގެންގޮސް މުސްލިމުންނަށް ނަޞާރާ ދީނުގެ ހެޔޮކަންތައްތައް ފާދިރީން ލައްވާ އުނގަންނައި ދިނުމެވެ. ނުކުތް ނަތީއްޖާއަކީ ކޮބައިހެއްޔެވެ؟ ނަޞާރާއިންނާއި ޔަހޫދީންގެ ދީނަކީ ހެޔޮ ރަނގަޅު، ހެޔޮ ސިފަތަކެއް ހުރި ދީންތަކެއް ކަމުގައިވެ މުސްލިމުން އެދީންތަކަށް ވަނުން މައްސަލައަކަށް ނުވަނީ ހެއްޔެވެ؟ އެއީ، ކުފުރާއި ޝިރުކާއި، މުރުތައްދުވެ ޖަހަންނަމައިގެ ތެރެއަށްވަނުމަށް ދޮރެއްހުޅުވި މީސްތަކުންނަށް ކުފުރާއި ޝިކުރުގެ މަގަށް މަގުދެއްކުން ނޫން ފިތުނައެއް މި ޢަމަލުން ފެންނާނެ ހެއްޔެވެ؟ އަދި ކިޔެއް ހެއްޔެވެ؟ އެކަން ވެގެންދާނީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. 
وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ  "އެ ނަބިއްޔާ އެބައިމީހުންނަށް ދުލެއް ދެއްވާނަމަ، ކޮންފަދަހޭ، އެބައިމީހުންގެ ހިތައް އަރައި އެކަމަށް އެބައިމީހުން އެދެ އެވެ. އެއީ އެބައިމީހުންވެސް އެނަބިއްޔާއަށް ދުލެއް ދިނުމަށްޓަކަ އެވެ." 
ފަހެ ދީނުގައި ލުއި ދިނުމަކީ ނަހީވެގެންވާ ކަމެކެވެ. އެހެނަސް މުސްލިމުންގެ ބަލިކަށިކަމާ ހުރެ ކާފަރުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުން މަޖުބޫރު ވެއްޖެ ޙާލުގައި ދީނީގޮތުން ލުއި ދިނުމަކާއި ނުލާ ދުނިޔަވީ ގޮތުން ކާފަރުންނަށް ވާގިވެރިވުމަކީ އިޒުނަ ދެވިގެންވާކަމެކެވެ. މިދެކަންތައް އެއްކޮށްލުމަކީ ވަރަށްބޮޑު ކުށެކެވެ. އެހެނީ ދީނީ ކަމެއްގައި އެއްގޮތަކަށްވެސް އެއްވެސް ބަޔަކަށް ލުއި ދިނުން އަހަރެމެންނަށް ހުއްދަވެގެނެއްނުވެ އެވެ.


މީހަކު ބުނެފާނެ އެވެ. މިއީ އިސްލާމް ދީނަށް ދަޢުވަތު ދިނުމަށްއޮތް ހެޔޮ މަގެކެވެ. ބުނަމެވެ. އިސްލާމް ދީނަށް ދަޢުވަތު ދެނީ ނަޞާރާއިންގެ ދީނާއި ޔަހޫދީ ދީނުގެ ހެޔޮކަން ކިޔައިދީގެން ހެއްޔެވެ؟ އަދި ޙަރާމްވެގެންވާފަދަ ލުއި ދިނުމަކުން ލުއި ދީގެންހެއްޔެވެ. ކާފަރުންނާ ދެކޮޅަށް ދުލާއި ކަނޑިން ކުރެވޭ ޝަރުޢީ ޖިހާދަކީ އިސްލާމްދީނުގައި ނެތް އެއްޗެއްކަމުގައި އަހަރެމެން ހަދަންވީހެއްޔެވެ؟ އަދި އެ ކުފުރެއްގެ މަތީގައި އެމީހުން އެތިބި ކުފުރަށް ރުޅިވެރިވެ ނަފްރަތު ކުރުމުގެ ބަދަލުގައި އެކަންތައްތައް ބަލައިގަންނަ ފަދަ ބީދައަކުން އެމީހުންނާ މެދު ޢަމަލު ބެހެއްޓުމަކީ އަހަރެމެންގެ ދީނުގައި ދޫދިނުން ނޫން އިތުރު ކޮންކަމެއްބާވައެވެ.

 
ޙަޤީޤަތުގައި މިފަދައިން ބުނާމީހާގެ ބުނުމަކީ، ތިމަންމެންނަށް ރަސޫލާ ދަޢުވަތްދެއްވި ގޮތަށްވުރެ ފުރިހަމައަށް ދަޢުވަތްދޭން އިނގެ އެވެ. މިއީ ކުފުރުވެ ރަސޫލާ  އަށް ޖާހިލުކަން ނިޞްބަތް ކުރުމެކެވެ. شَيخ الإِسْلام محمد بن عَبد الوهاب رحمه الله ވިދާޅުވެފައިވެ އެވެ. "ރަސޫލާ ގެ ހިދާޔަތަށްވުރެ އެހެން މީހެއްގެ ހިދާޔަތް މޮޅުއިތުރުވެގެންވާކަން ޤަބޫލުކޮށްފި މީހާއަކީ ކާފަރެކެވެ." نواقض الإسلام

 
މި ޢަމަލުގެ ޙަޤީޤަތް ބަޔާންކުރައްވާ މިއަދު އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة الشَّيخ عُبَيد الجَابِري حفظه الله ވިދާޅުވެފައިވެ އެވެ. "ދީންތަކުގެ މެދުގައި ބޭއްވޭ ޑައަލޮޤް އަކީ (އުއްމަތުގެ މައްޗަށް ފާޅުވެފައިވާ) ބަލާވެރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބަލާ އެކެވެ. އެއީ ސަލަފުންގެ މަންހަޖެއް ނޫނެވެ. އަދި ކިޔެއްތަ! އިޚްވާނުލް މުސްލިމޫންގެ ޖަމާޢަތް ފާޅުވުމުގެ ކުރިން ދީންތަކުގެ މެދުގައި ބޭއްވޭ ޑައަލޮޤް އެއީ (އިސްލާމީ އުއްމަތް) ދަންނައެއްޗެއް ނޫނެވެ...." (މިފަތުވާގައި، މި ބިދުޢަވެރި ދޮރު ހުޅުވުމުން ނުކުންނާނެ ގިނަ ގުނަ ބިދުޢަވެރި ޢަމަލުތަކާއި، ކުފުރަށް ގެންގޮސްދޭނެ ގޮތް ބަޔާން ކުރެއްވި އެވެ.) https://goo.gl/8XDE42

   
އަޚުންނޭވެ! ފަހުޒަމާނުގައި ފިތުނަ، ފަސާދަ، ދީނަށް ގެނެސްފައިވާ ކަންތައްތައް ގިނަވުމާއެކު، ޙައްޤު އަދި ޙައްޤުގައި ޤާއިމްވެގެންވާ އަހުލުވެރިންގެ ސިފަކަމުގައިވާހުށީ އުއްމަތުގެ ޢިލްމުވެރިން، މުޖްތަހިދުން، ރައްބާނިއްޔަ ފަރާތްތަކުގެ ބަސްފުޅުތަކަށް ރުޖޫޢަވުމެވެ. އެހިނދު އެއީ ﷲ ރުއްސަވާވޮޑިގެންފައިވާ މަގަށް މަގުހޯދައި ދެމިތިބުމަށްޓަކަ އެވެ. މިއީ އެފަދަ އެއްމަޤާމެވެ. 


ދީން ތަކުގެ މެދުގައި ބޭއްވޭ ޑައަލޮޤްއަށް ގޮވާލާ ގޮވާލުމާ މެދު ސުވާލު ކުރެވުނުހިނދުގައި العَلاَّمَة د. الشَّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "ތިޔައީ ބާޠިލް ޤައުލެކެވެ. ދީންތަކުގެ މެދުގައި ބާއްވާ ޑައަލޮޤް، މިޒަމާނުގައި ދީންތަކެއް ނެތެވެ. ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އިސްލާމް ދީން މެނުވީ ޞައްޙަވެގެންވާ އެއްވެސް ދީނެއް ނުވެ އެވެ. އިސްލާމް ދީން ފިޔަވައި ދީނެއް އޮތްކަމުގައިވެއްޖެހިނދު އެއީ ބާޠިލް ދީނެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. 
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا  "ނަބިއްޔާ ވިދާޅުވާށެވެ! އޭ އެންމެހައި މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ނަބިއްޔާއަކީ ތިޔަބައިމީހުންގެ އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާ އެވެ." އެ ރަސޫލާއަކީ އެންމެހައި މީސްތަކުންގެ ގާތަށް، ޔަހޫދީންނާއި ނަޞާރާއިންގެ ގާތަށްވެސް ފޮނުއްވުނު ރަސޫލެކެވެ. ސަބަބަކީ، محمد ފޮނުއްވުމަށްފަހު މި ދުނިޔެމަތީގައި ﷲ ގެ ރަސޫލާ ގެނެސްދެއްވި ދީން ފިޔަވައި ޞައްޙަވެގެންވާ އެއްވެސް ދީނެއް ނޯންނާނެ އެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެ އެވެ. (والذِّي نَفْسِي بيده، لا يِسمع بي أحد من هذه الأمة يَهُودي ولا نَصْرَني ثُم لا يؤمن الذي جِئت به إلا دَخَل النَّار) "ތިމަން ނަބިއްޔާގެ ފުރާނަފުޅު، އެ ފަރާތުގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. މި އުއްމަތުގެ ޔަހޫދީއެއް އަދި ނަޞާރާއެއް ކަމުގައިވިޔަސް، ތިމަންނަބިއްޔާގެ ޚަބަރު އިވުމަށްފަހު، ތިމަން ނަބިއްޔާއަށް އީމާން ނުވެއްޖެހިނދު އޭނާ ނަރަކަ ވަނުން މެނުވީ ނުވެ އެވެ." 


އިސްލާމްދީން ފިޔަވައި، އެ ދީނަކާ އެކު ޙިވާރު ބާއްވަން ހުއްދަވެގެންވާ ޞައްޙަ އެއްވެސް ދީނެއް ނުވެ އެވެ. 
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ  "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނެއްކަމުގައިވަނީ އިސްލާމް ދީނެވެ." އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ.  وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ  "އިސްލާމް ދީން ނޫން އެހެން ދީނެއް ހޯދައިފިމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރެވޭނެ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." އިސްލާމް ދީނަކީ އެދީނަކާއިގެން ރަސޫލުން ވަޑައިގެންނެވި ދީނެވެ. އެންމެހައި ރަސޫލުން ގެނައީ އިސްލާމް ދީނެވެ. އެއަށްފަހު ރަސޫލާ އިސްލާމް ދީނާއިގެން ވަޑައިގެންނެވުމަށްފަހު، ރަސޫލާ އެ ދީނަކައިގެން ވަޑައިގެންނެވި ދީނެއްގެ ގޮތުގައި އިސްލާމްދީން ކަމުގައިވި އެވެ. އެއްވެސް މީހެއްގެ ކިބައިން އެނޫން ދީނެއް ޤަބޫލެއް ނުކުރެވޭ ހުއްޓެވެ. ރަސޫލާ ހަދީޘް ކުރެއްވި އެވެ. (كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا وَمَنْ يَأْبَى يَا رَسُولَ اللهِ قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى) "ތިމަން ނަބިއްޔާގެ އުއްމަތުގެ ކޮންމެ މީހަކުވެސް ސުވަރުގެއަށް ވަންނާނެ އެވެ. އެކަމަށް ދެކޮޅުހަދައިފި މީހަކު މެނުވީއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެކަމާ ދެކޮޅުވެރިވާނީ ކާކުތޯ އެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންނަބިއްޔާއަށް ކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަން ނަބިއްޔާއަށް ނުކިޔަމަންތެރިވެއްޖެ މީހާ ފަހެ، ހަމަކަށަވަރުން އޭނާ (ސުވަރުގެ ވަނުމަށް) ދެކޮޅު ހަދައިފިއެވެ."


ފަހެ، ޔަހޫދީންނާއި ނަޞާރާއިންނަކީ ރަސޫލާ އަށް ކިޔަމަންތެރިކަން އަދާކުރުމުގައިވާ ބައެއްތޯ އެވެ؟ ނުވަތަ އެމީހުންނަކީ އެ ރަސޫލާއަށް ކާފަރުވެގެންވާ ބައެއްތޯ އެވެ؟ (ޖަވާބަކީ) އެމީހުންނަކީ ރަސޫލާއަށް ކާފިރުވެގެންވާ ބައެއް ކަމެވެ.  އެބައިމީހުން ރަސޫލާއަށް އުރެދުނީ އެއް ނޫނެވެ. އޭގެ އިތުރަށް ރަސޫލާއަށް ކާފަރުވީ އެވެ. އަހަރެމެން ޙިވާރު (ޑައަލޮޤް) ބާއްވަނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެން ޙިވާރު ބާއްވަނީ ކުފުރާއި އިމާންކަމާ އެއްކޮށްގެން ހެއްޔެވެ؟ (ޙިވާރު) ބާއްވަނީ ތަޥްޙީދާއި ޝިކުރު އެކުގައި ހެއްޔެވެ؟ (ޙިވާރު) ބާއްވަނީ ހިދާޔަތާއި މަގުފުރެދުމާ ދެމެދު ހެއްޔެވެ؟ މީގެ މާނައަކީ، ދީންތަކުގެ މެދުގައި ހަމަހަމަ ކުރުމެވެ. ޙައްޤާއި ބާޠިލް ހަމަހަމަ ކުރުމެވެ. އެންމެން އެކުގައި އުޅެންވީ އެވެ. ކޮންމެ މީހަކުވެސް އެމީހަކު ޤަބޫލުކުރާ ޢަޤީދާއެއްގައި އުޅެންވީ އެވެ. އެމީހަކު ބޭނުންވާ ދީނެއްގައި އުޅެންވީ އެވެ. ބޭނުންކަމުގައިވާނަމަ ޔަހޫދީއަކަށް ވާށެވެ. ބޭނުންނަމަ ނަޞާރާއަކަށް ވާށެވެ. ބޭނުންވާމީހާ މުސްލިމަކަށްވާށެވެ. އެންމެންނަކީ މުސްލިމުންނެވެ. އެންމެންނަކީ މުއުމިނުންނެވެ. އެމީހުންގެ ބުނުމަކީ މިއެވެ. އަހަރެމެން ބުނަމެވެ. ނޫނެކެވެ. محمد ގެނެސްދެއްވި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނެއް ނޯންނާނެ އެވެ. މި ދީނާ ޚިލާފްވެއްޖެ ކޮންމެ އެއްޗަކީ ކުފުރެވެ. މަގުފުރެދުމެވެ. އަދި އޭގެ އަޞްޙާބުން ވާހުށީ އަބަދުގެ އަބަދަށް ނަރަކައިގަ އެވެ. އެމީހުން ޤަބޫލުކުރި ކަމުގައިވީނަމަވެސް ނުވަތަ ޤަބޫލު ނުކުރި ކަމުގައިވީނަމަވެސް އެވެ. އެމީހުން ބޭނުންވަނީ މުސްލިމުން އެބައިމީހުންނާ އެކުގައި ވުމަށެވެ. އިސްލާމް ދީން ދޫކޮށްލައި އެބައިމީހުންނާ އެކުގައި ވުމަށެވެ. އެހެނަސް މި މަކަރުވެރި މަގު ހޯދައި އެގޮތުގައި (ލަނޑުދަނޑި) ޙާޞިލް ކުރުމަށް ޚިޔާރުކޮށްފައިވަނީ މިމަގެވެ. އެމީހުން މުސްލިމުންނާ އެކުގައި އައުމަށް ބޭނުން ނުވެ އެވެ. ނޫނެކެވެ. އެމީހުން ބޭނުންވަނީ އިދިކޮޅު ގޮތެވެ. މި ދަޢުވާކުރާ ދަޢުވާގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. މި ދަޢުވާ ޕްރޮމޯޓުކުރާ އެންމެހައި ފަރާތްތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. ހިތާމައަކީ، އިސްލާމް ދީނަށް، ދަޢުވަތަށް ނިސްބަތްވާ ބައެއް މީހުން މިކަމުގައި ވުމެވެ. އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު، އެބައެއްގެ ޖާހިލު ކަމުން، ޙައްދުފަހަނައަޅައިފައި ވުމުގެ ސަބަބުން މިކަމުގައި އުޅޭކަމެވެ. އާނއެކެވެ." https://goo.gl/tHmFVH 


އަޚުންނޭވެ! ވިސްނާލުން ހުއްޓެވެ. މި ޖަމުޢިއްޔާތަކާއި، ސަފީރުންނަށް މި ފަތުވާތައް ކޮބައިހެއްޔެވެ؟ 

20191021-alfredo3.jpg


މި ޢަމަލުތަކުން އަދި ބަސްތަކުން ފެންނަ މަންޒަރަކީ، އަލްފްރޭޑޯ އަދި އޭނާގެ ޖަމުޢިއްޔާ އަދި އެބައިމީހުންގެ ޢައުވާނުން ޔަހޫދީންނާއި ނަޞާރާއިން އަދި އެފަދަ ދީންތަކުގެ އަހުލުވެރިންގެ ވާހަކަތައް ދެއްކުމަށް ބޭނުން ނުވުމެވެ. ޔަޤީނެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ބަސްތައް ފާޅުކޮށްފިހިނު މިފަދަ ޑައަލޮޤް ބޭއްވުމަށް އަދި ގާތްގުޅުމުގައި ވުމަށް އެމީހުން ބޭނުމެއް ނުވާނެ އެވެ.


العَلاَّمَة د. الشَّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "ޔަހޫދީންނާއި ނަޞާރާއިންނަކީ އަހުލު ކިތާބީންނެވެ. އެބައިމީހުންނަށް ޚާއްޞަވެގެންވާ ޙުކުމްތަކެއްވެ އެވެ. އެބައިމީހުންނަކީ މުއުމިނުންނާއި ހަމަހަމަވެގެންވާ ބައެއް ނޫނެވެ. އަދި ޔަހޫދީންނާއި ނަޞާރާއިން އިސްލާމް ދީނާއި ހަމަހަމަވެގެން ނުވެ އެވެ. ހަމައެކަނި ޙައްޤު ދީނަކީ އިސްލާމް ދީނެވެ. ކާފަރު އެހެން ދީންތަކުގެ މައްޗަށް ޔަހޫދީންނާއި ނަޞާރާއިން ޚާއްޞަ ޙުކުމްތަކެއް ލިބިފައިވީ ކަމުގައި ވީނަމަވެސް، ފަހެ، އިސްލާމް ދީނާއި ހަމަހަމަ އެއް ނުވާނެ އެވެ. އެހެނަސް އޭގޭ މާނައަކީ އެ ދެ ދީނާއި އިސްލާމް ދީން ހަމަހަމަ ކޮށްގެން ނުވާނެ އެވެ. ފަހެ، އިސްލާމް ދީނާއި ޔަހޫދީންނާއި ނަޞާރާއިންގެ ދީންނާއި ހަމަހަމަ ކޮށްފި މިހަކީ ކާފަރެކެވެ. 


ކީރިތި ޤުރުއާނުގައި ބާވައިލައްވާފައިވާ، އަލް-ވަލާ ވަލް-ބަރާ (ﷲއަށްޓަކައި ލޯބިވުން، ﷲއަށްޓަކައި ނަފްރަތު ކުރުން) ޛިކުރު ކުރެވިގެންވާ އާޔަތްތައް ހަނދުމަކުރުމަށް އެބައިމީހުން ބޭނުމެއް ނުވެ އެވެ. ޔަހޫދީންނަށް ލަޢުނަތް ލެއްވިފައިވާ، ކުޑައިމީސް ކުރެވިފައިވާ، އެމީހުންގެ ނަޖިސް މުޑުދާރު މަޛްހަބު ބަޔާންވެގެންވާ އާޔަތްތައް ހަނދުމަކުރުމަށް އެބައިމީހުން ބޭނުން ނުވެ އެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ރުޅިވެރިކަން ފާކުރުމަށް ބަޔާންވެގެންވާ އާޔަތްތައް އަޑުއެހުމަށް އެބައިމީހުން ބޭނުމެއް ނުވެ އެވެ. މިއީ، ﷲ އެއިލާހުގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ނަފްރަތު ކުރުން ނޫން ހެއްްޔެވެ؟ މިއީ ވަރަށް ބޮޑުވެގެންވާ ނުރައްކަލެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. 
ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ  "އެއީ އެބައިމީހުން ﷲ ކޯފާވެވޮޑިގަންނަވާ މަގަށް އެބައިމީހުން ތަބަޢަވީކަމަށްޓަކަ އެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެބައިމީހުން ނުރުހުންވީ ކަމަށްޓަކަ އެވެ. ފަހެ، އެކަލާނގެ އެބައިމީހުންގެ ޢަމަލުތައް ބާޠިލް ކުރެއްވި އެވެ." ފަހެ، މުސްލިމްއަޅާއަށް ވާޖިބުވެގެންވަނީ ﷲއަށް ބިރުވެތިވުމެވެ." شرح نواقض الإسلام ص 116

   
މި ޖަމުޢިއްޔާތައް އަދި މިތަނުގެ އަހުލުވެރިން ކޮށްފައިވާ މި ޢަމަލަކީ، ދިވެހި ޤައުމުގެ "އެހެން މައިދާނެއްގެ" މީހަކު ކޮށްފައިވާ ޢަމަލެއްނަމަ، އެންމެން ނުކުމެ އޭނާއަށް "ލާދީނިއްޔަތަށް ގޮވައި" "ޔަހޫދީންނާއި ނަޞާރާއިންނަށް ވިކިފައިވާ މީހެއް" ނުވަތަ "ދީން ޤަބޫލުނުކުރާ މީހެއްގެ" މިފަދަ އެތަކެއް ސިފައެއް ދޭނެ އެވެ. އެހެނަސް މިއަދު ތިމާމެން މަޤާމާއި، ޝަރަފާއި، ދުނިޔޭގެ ދަހިވެތިކަމަށްޓަކައި މިފަދަ ޢަމަލުތައް ހިންގުމުން މުޚްލިޞުންނަކީ ކޮންބައެއް ކަމާއި، ޙަޤީޤަތުގައި ޙައްޤާއި ބާޠިލް ހޯދުމުގައިވާ އަހުލުވެރިންނަކީ ކޮންބައެއްކަން ސާފުވާނެ ކަމާމެދު ޝައްކެތްނެތެވެ.


ތަޥްޙީދާއި، ޝިރުކަކީ ކޮބައިކަން އޮޅުންފިލައިފައިވާ މުސްލިމް އަޅާއަށް މިކަމުގައި ހުރި ނުރައްކާ ޝައްކެތްނުވާ ގޮތުގައި ބަޔާންވެގެންވެ އެވެ. ޝިރުކާއި، ކުފުރުގެ މައްޗަށް ޢަދާވާތްތެރިކަން ފާޅުކުރުމާއި، ޝިރުކާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ބަރީއަ ވުމާއި، ޠާޣޫތުންގެ މައްޗަށް ކުފުރުވުމެވެ. އެމީހުންނާ ދިމާލަށް ތިޔައީ ކާފަރުންނޭ، މުޝްރިކުންނޭ، ޖަހަންނަމައަށް ޤިޔާމަތް ދުވަހު ހުށަހެޅޭނެ ބައެއް، މިފަދަ ބަސްތައް ބުނުމަކީ އެ ކުފުރާއި ޝިރުކުގެ އަހުލުވެރިން އެދޭނެ އެއްޗެއް ނޫނެވެ. ޝެއިޚް ވިދާޅުވެފައިވާ ފަދައިން، މިފަދަ ޝިޢާރުތައް ބޭނުންކޮށް، އެބައިމީހުންގެ މަކަރުވެރި ރޭވުންތައް ކުރިއަށް ގެންދިއުމަށް އެމީހުންވަނީ މަގުތައް ހޯދާފަ އެވެ. އެހިނދު މުސްލިމުންގެ ހިތުގައި ކުފުރާއި ޝިރުގެ މައްޗަށް އޮންނަންޖެހޭ ޢަދާވާތްތެރިކަމާއި ނަފްރަތު ލުއިވެ ނުވަތަ ނެތިވެ ހަމައެކަނި ނަމެއްގައި ތިބި މުސްލިމުންނަށް އިސްލާމުންވެ އެވެ.

 
ޝެއިޚް ވިދާޅުވެފައިވާ ފަދައިން މިއަދު އިސްލާމް ދީނަށް ނިސްބަތްވެފައިވާ ބަޔަކު މިކަމުގައިވެ އެވެ. މިއީ އެ ޔަހޫދީންނާއި ނަޞާރާއިން ތައްޔާރު ކޮށްފައިވާ އެމީހުންގެ ގޮނޑިކޮށްކޮ ކަމުގައި ނުވާނެކަމީ ދުރުގައިވާ ކަމެއް ނޫނެވެ. 


އަޚުންނޭވެ! މިފަދަ މަޤްޞަދު ޙާޞިލް ކުރުމަށް ޖަމުޢިއްޔާތައް އުފައްދާފައިވާކަން އެއީ ކޮންފަދަ ޙައިރާންކަމެއް ގެނުވާ ކަމެއް ހެއްޔެވެ؟ އޭގެ އެންމެ ބޮޑު އެއް ޖަމުޢިއްޔާއަކީ "ޔޫރަޕިއަން މުސްލިމް ލީޤް" އެވެ. 


މި ބައިމީހުންގެ ޙަޤީޤަތް ބަލާލުން ހުއްޓެވެ.
20191021-alfredo4.jpg 


އަޚު
ނޭވެ! މިފަދަ މަންޒަރެއް ފެނުމުން ތަޥްޙީދުގެ އަހުލުވެރިއެއްގެ ނަފްސަށް ތަޞައްވުރުވަނީ މިއީ ޔަހޫދީންނާއި ނަޞާރާއިން އަދި މުސްލިމުންގެ ތެރެއިން އެމީހުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށް ތައްޔާރުކޮށްފައިވާ ފަރާތްތަކެއް އެއްބައިވެގެން ހިންގާ ޢަމަލުތަކެއް ނޫންހެއްޔެވެ؟ ﷲ އާއި ރަސޫލާގެ މައްޗަށް ބަދުބަސްބުނެ، ﷲ އަށް އެންމެ ބޮޑުވެގެންވާ ދޮގުބަސްތައް ބުނެ، ޝިރުކާއި ކުފުރު ފާޅުކޮށް ޞަލީބު އުފުލައިފައިވާ އަހުލުވެރިންނާ އެކު މުސްލިމުން ޞުލްޙަ ފާޅުކުރަން ނުކުތުމަކީ، މި ބިންމަތީގައި އިސްލާމްދީން ނޫން އެހެން ދީނެއް  ނުވާނެކަމަށް މުސްލިމުން އިޖްމާޢުވެފައިވާ އިޖުމާޢުއާ ފުށުއަރާ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ.  وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ  "އިސްލާމް ދީން ނޫން އެހެން ދީނެއް ހޯދައިފިމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރެވޭނެ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." 


މުސްލިމުން ނުކުމެ އެބަޔަކާ އެކުވެ ބައްދަލުވުން ބޭއްވޭނެ އެހެން ދީނެއް އެބައޮތް ހެއްޔެވެ؟
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا  "މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށްޓަކައި ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."
މި ޢަމަލުތަކުން ބަޔާންވެގެންދަނީ އިސްލާމް ދީނާއި އެހެނިހެން ދީންތައް ހަމަހަމަވެގެންވާ ކަމެވެ. ކުފުރާއި ޝިރުކު އަދި ތަޥްޙީދު އެއްފަދަ ކަމެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ދީނަކީ އެއީ "ޞުލްޙަ" ދީނެއްކަމުގައި އެދީނުގެ ޙަޤީޤަތް ދަންނަ އެކަކުވެސް ނުބުނާނެ އެވެ. އެހެނަސް ހިތްތައް ކަނުވެ، ތަޥްޙީދު ވީރާނާވެ، ޝަހުވަތުގެ ބައްޔަކީ ޙަޤީޤަތް ވަންހަނާކޮށްލާނެ އެއްޗެކެވެ.   
 
ހިތަށްއަރަނީ އަލްފްރޭޑޯ އަކީ މުސްލިމެއް ބާވަ އެވެ. މި ޢާލަމުގައިވާ އެންމެ ބޮޑެތި ކުފުރާއި ޝިރުކު، ޠާޣޫތުންނާ އެކު އިސްލާމް ދީނަށްވަނުމަށް ދަޢުވަތު ދިނުމުގެ ބަދަލުގައި، ދީންތަކުގެ މެދުގައި ޞުލްޙަ ޤާއިމް ކުރުމޭ ބުނުމުން، އެއީ ސަމާވީ ޙައްޤު ދީންތަކެއް ކަމުގައި އަލްފްރޭޑޯ ޤަބޫލުކުރަނީ ބާއެއެވެ. ނުވަތަ އޭނާއަކީ ޔަހޫދީން އަދި ނަޞާރާއިން ތައްޔާރުކޮށްފައިވާ އެމީހުންގެ ގޮނޑިކޮށްކޮއެއް ނޫންތޯ އެވެ؟ 


ﷲ ޤަންދީ ބުނަމެވެ. މިއީ ދިވެހި ރާއްޖޭގެ "ވަކިމީހަކު" ކޮށްފައިވާ ޢަމަލެއް ކަމުގައިވެއްޖެހިނދު، އޭނާއާ ދެކޮޅަށް ބަސްބުނާނެ، ޙުކުމް ކުރާނެ އެތައްބަޔަކު ވާނެ އެވެ. އަދި އެފަދަ މީހަކު ދިފާޢުކޮށް އެފަދަ ޖަމުޢިއްޔާއަކަށް ވާގިވެރިވެއްޖެ މީހަކީވެސް އިސްލާމްދީނަށް އޮތް ނުރައްކަލެއް ކަމުގައި ނުދެކޭނެ އެކަކުވެސް ނުހުންނާނެ އެވެ. 


ކުފުރު ފެތުރުމުގެ ލީޑަރުން، ޝިރުކަށް ދަޢުވަތް ދިނުމުގައިވާ ޠާޣޫތުން، ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް، އިސްލާމް ދީނަށް މީސްތަކުން ވަނުމުގެ މަގު ބަންދުކުރާ ކުފުރުގެ ލީޑަރުންނާއެކު "ޞުލްޙަ ޠަޙައްމަލުކުރުން" މިއީ މުސްލިމުންގެ ހިތްތަކުގައި އޮންނަންޖެހޭ ތަޥްޙީދު އަދި ޝިރުކަށް، ޝިރުކުގެ އަހުލުވެރިންގެ މައްޗަށް ޢަދާވާތްތެރިކަމާއި ނަފްރަތު ބަލިކަށިކުރުން ނޫން ކޮންއެއްޗެއް ހެއްޔެވެ؟ 


މުސްލިމުން ޠަޙައްމުލު ކުރަންޖެހެނީ ކުފުރާއި ޝިރުކުގެ މައްޗަށް ހެއްްޔެވެ؟ މިއީ ކަނޑައެޅިގެން، ނަބީބޭކަލުން ﷲއަށް އެއިލާހުގެ ދީން ޚާލިޞްކޮށް އަދި އޭގެ މައްޗަށް ރުޅިވެރިކަމާއި ނަފްރަތު ޤާއިމްކޮށް ބިނާކޮށްފައިވާ ދަޢުވަތާއި މި ޢަމަލުތައް ފުށުއަރާކަން ގިނަ ދަލީލުތަކުން ބަޔާންވެގެންވެ އެވެ. 


يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُمْ مِنَ الْحَقِّ  "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހުގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ. ތިޔަބައިމީހުން އެބައިމީހުންނަށް ލޯތްބާއި އެކުވެރިކަން ހުށަހަޅަމު އެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި ޙައްޤުދީނަށް އެބައިމީހުންވަނީ ކާފަރުވެފަ އެވެ."

 
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ  "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެއީ އެކުވެރިން ކަމުގައި ނުބަލާށެވެ. އެބައިމީިހުންގެ ތެރެއިން އެއްބަޔަކީ އަނެއްބައެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުންނަކީ އެކުވެރިން ކަމުގައި ބަލައިފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ." 


ދެންފަހެ، މިފަދަ މަހާސިންތާ ބާއްވައި، އެމީހުންނާ އެކުގައި މައްސުނިވެ، އެބައިމީހުންނާއެކު މިފަދަ ބައްދަލުވުންތަކަށް އިޖާބަދިނުމުން އެމީހެއްްގެ ހިތުގައި ކުފުރާއި، ޝިރުކުގެ ބޮޑުންނަށާއި ފާދިރީންނަށް އޮތް ނަފްރަތާއި، ރުޅިވެރިކަން އޮތްނަމަ އޮތް މިންވަރު ބަޔާންވެގެންދެ އެވެ.

 

ކާފަރުންނަށް، މުޝްރިކުންނަށް ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމާއި ރަޙްމަތްލެއްވުމަށް އެދި ދުޢާކުރުން 
 

20191021-alfredo5.jpg

 
ކާފަރުން އެބައިމީހުންގެ ކުފުރާއި ޝިރުކުގެ މަތީގައި މަރުވުމުން، އެފަދަ ކާފަރުންނަށް ރަޙުމް ކުރުމަކީ، އިސްލާމްދީނުގައި ކީރިތި ޤުރުއާނާއި ސުންނަތް އަދި ޞަޙާބީންގެ ބަސްފުޅުތަކުންނާއި އުއްމަތުގެ އިޖްމާޢުއިން ޙަރާމްވެގެންވާ ކަމެކެވެ.


މިފަދަ ސާފު، ވަންހަނާ ކަމެއް ނުވާ ކަމެއްގައި، ތިމާގެ ދީން ދުނިޔެވީ ފައިދާއަށްޓަކައި ޤުރުބާންކޮށްފައިވާ މީހެއްގެ ދީންވެރިކަމާއި މެދު މުސްލިމަކު ބުނާނީ ކީކޭ ހެއްޔެވެ؟ މިދަފަ ޢަޤީދާއެއްގެ މަތީގައިވާ ޖަމުޢިއްޔާއެއްގެ މައްޗަށް ބުނާނީ ކޮންފަދަ ބަސްތަކެއް ހެއްޔެވެ؟


ކާފަރުންނަށް ރަޙްމަތްލެއްވުން އަދި އެކަމަށް ދުޢާކުރުން ޙަރާމްވެގެންވާކަމަށް ޤުރުއާނުގެ ދަލީލުތަކުގެ ތެރޭގައި ﷲ ވަޙީކުރެއްވި އެވެ.
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ التوبة 113 "ނަބިއްޔާއަކަށްވެސް އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެބައިމީހުންނަކީ ގާތްތިމާގެ މީހުންކަމުގައިވީނަމަވެސް އެވެ. ހަމަކަށަވަރުން، އެބައިމީހުންނަކީ ނަރަކައިގެ އަހުލުވެރިންކަން އެބައިމީހުންނަށް ފާޅުވެ އެނގުމަށްފަހު އެވެ."


އަލްފްރޭޑޯ އަދި އޭނާގެ ޖަމުޢިއްޔާގެ އަހުލުވެރިންނަށް "ވެޓިކަން ސިޓީގެ ބާބާ" އޭ ބުނުމުން، ﷲއަށް ކުފުރުވުމަށް، ޝަރީކު ކުރުމަށް، މީސްތަކުންނަށް ކުފުރަށް ގޮވައިފައިވާ ކޮންފަދަ ޠާޣޫތެއް ކަމެއް ނޭނގޭ ހެއްޔެވެ؟ އެފަދަ މީހެއްގެ ޖަނާޒާގައި ބައިވެރިވެ، ގައިގޯޅިވެ، އެ ކުފުރުގެ ލީޑަރުންނާ އެކުގައި އުޅުމުން ދީނުގައި އޮންނަންޖެހޭ، ކުފުރު އަދި ޝިރުކުގެ އަހުލުވެރިންނަށް އޮންނަ ނަފްރަތާއި ޢަދާވާތްތެރިކަން ކޮބައިތޯ އެވެ؟


މި ޢަޤީދާގައި މާތް ނަބިއްޔާ ގެ އަޞްޙާބުން ދެމިތިއްބެވި އެވެ. އަދި އެފަދައިން މި ޢަޤީދާ ފާޅުކުރައްވައި ބަވާންކުރައްވާފައިވެ އެވެ. އެފަދަ އަޘަރުތަކުގެ ތެރޭގައި ޞަޙާބީ عقبة بن عامر الجهني رضي الله عنه އަރިއަހުން ރިވާކުރެވިގެންވެ އެވެ. أنه مر برجل هيأته هيأة مسلم فسلم فرد عليه وعليك ورحمة الله وبركاته فقال له الغلام إنه نصراني فقام عقبة فتبعه حتى أدركه فقال إن رحمة الله وبركاته على المؤمنين لكن أطال الله حياتك وأكثر مالك وولدك "މުސްލިމެއްގެ ސިފައިގައިހުރި ފިރިހެނަކު ހުރަސްކޮށް ޞަހާބީވަޑައިގެންނެވިހިނދު، އެމީހާ ސަލާމްގޮވި އެވެ. އޭނާއަށް އެސަލާމުގެ ރައްދުގައި ﷲ ގެ ރަޙްމަތާއިބަރަކާތް ލެއްވުންއެދި ދެންނެވިއެވެ. އެހިނދު (އަރިހުގައިހުރި) ޒުވާނާ އެއީ ނަޞާރާދީނުގެ މީހެއްކަމުގައި ދެންނެވި އެވެ. ފަހެ، އެހިނދު عقبة بن عامر ވަޑައިގަންނަވާ އޭނާއާ އަރާ ހަމަކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ހަމަކަށަވަރުން ﷲ ގެ ރަޙްމަތާއި ބަރަކާތްއޮތީ މުއުމިނުންނަށެވެ..." حَسنه الألباني، الادب المفرد 1112


މިއީ ޢާންމު މީހަކާ މެދު މުޢާމަލާތްކުރައްވާފައިވާ ގޮތެވެ. ޙަޔާތުގައި ކުފުރަށް ގޮވައި، ޝިރުކަށް ދަޢުވަތުދީ، ﷲ ގެ ދީނުން، އެ އިލާހުގެ މަގުން މީސްތަކުން އެއްކިބާކޮށް ޠާޣޫތެއްގެ ގޮތުގައިވެއްޖެ މީހާއަށް، ހެޔޮކޮށް ހިތުމާއި، ހެޔޮއެދުމުން ކޮންފަދައިން އިސްލާމްދީނުގެ އަހުލުވެރިން ބަރީއަވާނެ ހެއްޔެވެ؟
އަދިވެސް ކާފަރުންނަށް ރަޙުމް ކުރުމާއި ދުޢާކޮށްދިނުން މަނާކުރެވިގެންވާ ޤުރުއާނުގެ އާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ. ﷲ ވަޙީކުރެއްވި އެވެ.
وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ  إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ التوبة 114 "إِبْرَاهِيم  އަށް އެކަލާނގެ ކުރައްވާފައިވާ ވަޢުދެއްގެ މަތިން މެނުވީ إِبْرَاهِيم عليه السلام އެނަބިއްޔާގެ ބަފައިކަލުންނަށް އިސްތިޣްފާރު ކުރެއްވުމެއްނުވެ އެވެ. ފަހެ، އޭނާއަކީ ﷲގެ ޢަދާވާތްތެރިޔެއްކަން އެނަބިއްޔާއަށް ބަޔާންވެ އެނގިވަޑައިގަތްހިނދު إِبْرَاهِيم عليه السلام އޭނާގެ ކިބައިން ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން إِبْرَاهِيم عليه السلامއަކީ ދުޢާކުރެއްވުން ގިނަ ކޯފާ މަޑު ބޭކަލެކެވެ."


ކާފަރުންނަށް، މުޝްރިކުންނަށް ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމާއި ރަޙްމަތްލެއްވުމަށް އެދި ދުޢާކުރުން ޙަރާމްވެގެންވާކަން ބަޔާންވެގެންވާ ޙަދީޘްފުޅު ތަކުގެ ތެރޭގައި ހިމެނެވެ.


ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (استأذنتُ ربِّي أن أستغفرَ لأمِّي فلم يأذنْ لي. واستأذنتُه أن أزورَ قبرَها فأذِن لي) مسلم 20315  "ތިމަންނަބިއްޔާ، ތިމަން ނަބިއްޔާގެ ވެރި ރައްބުގެ ޙަޟުރަތުން، ތިމަންނަބިއްޔާގެ މަންމާފުޅަށް ފާފަފުއްސެވުމަށް އެދި ދެންނެވުމަށް އިޛުނަފުޅު ދެއްވުން އެދި ދެންނެވުމުން، އެކަމަށް ﷲ އިޛުނަފުޅު ނުދެއްވި އެވެ. އަދި މަންމާފުޅުގެ ޤަބުރަށް ޒިޔާރަތް ކުރެއްވުމަށް އެދި ދެންނެވުމުން އެކަމަށް ﷲ އިޛުނަފުޅު ދެއްވި އެވެ."

 

ދީނީ މިނިވަންކަމަށް ގޮވުމަކީ މީހާ ދީނުން ބޭރުވާނެ ބޮޑު ކުފުރުކަން
 

20191021-alfredo6.jpg

 
ބޭނުން ދީނެއް އިޚްތިޔާރު ކުރުމަކީ، އެކަމުގެ މިނިވަންކަން ލިބިގެންވާކަން ޤަބޫލުކުރުމަކީ އިސްލާމް ދީނުން މީހާ ކުފުރުވެ، މުރުތައްދުވާނެ ކަމެއްކަމުގައިވެ އެވެ. މާތް ނަބިއްޔާ އިސްލާމް ދީނާއިގެން ވަޑައިގެންނެވުމަށްފަހު، އެއްވެސް ފަރާތަކަށް، އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނެއްގައި ހުރުމުގެ އިޚްތިޔާރެއް ނޯންނާނެ އެވެ. އަދި އެކަން ހުއްދަކޮށްފި މީހަކީ ނަބިއްޔާ ގެ ރިސާލަތަށް ކުފުރުވެއްޖެ މީހެކެވެ. 
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ  "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނެއްކަމުގައިވަނީ އިސްލާމް ދީނެވެ." އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ.  وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ  "އިސްލާމް ދީން ނޫން އެހެން ދީނެއް ހޯދައިފިމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރެވޭނެ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."


العَلاَّمة الشَّيخ ابن العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ. "އިންސާނާ އޭނާ ބޭނުން ދީނެއް ޤަބޫލުކުރުމުގެ މިނިވަންކަން އިންސާނާއަށް ލިބިގެންވާކަމަށް ހުއްދަ ކުރާ މީހާއަކީ ކާފަރެކެވެ." فتاوى العثيمين ٩٩/٣


العَلاَّمة الشَّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުން ބޭނުންވާ ޢަޤީދާއެއްގެ މައްޗަށް މީސްތަކުން ދޫކޮށްލާށެވެ. މީސްތަކުން ދުރުކޮށް އެއްކިބާ ނުކުރާށެވެ. ކޮންމެ މީހަކަށްވެސް އޭނާގެ ޢަޤީދާވެ އެވެ. ފަހެ، މިފަދައިން ބުނާ ބުނުމަކީ، ހުއްދަވެގެންވާ ބުނުމެއް ނޫނެވެ. މިއީ ބާޠިލް ބަސްތަކެވެ. ކޮންމެ މީހަކަށް އޭނާއަށް ލިބިގެންވާ މިނިވަންކަމުގައި ބޭނުން ޢަޤީދާއެއް އިޚްތިޔާރު ކުރުމަށް ހުއްދަވެގެންވާ ކަމުގައި ބުނެފިމީހާވަނީ (އިސްލާމް ދީނުން) މުރުތައްދުވެފަ އެވެ." دروس في شرح نواقض الإسلام ص 103


މިފަދަ ޖަމުޢިއްޔާއެއްގެ ނުރައްކާ މުސްލިމުންނާއި އެމީހުންގެ ދީނުގެ މައްޗަށް ކޮންފަދަ ބޮޑުކަމާ އެވެ! މިފަދަ ބޮޑުވެގެންވާ ނުރައްކަލުގެ ތެރެއަށް ވެއްޓި، އެތަކެތީގައި ޖެހިފައިވާހިނދު، އެބައިމީހުންނާއި ގުޅި އަދި ބައިވެރިވުން އެއީ ބާތިލް އަދި މުންކަރާތަށް ވާގިވެރިވުން ނޫން ހެއްްޔެވެ؟ ސަފީރުކަން ކުރަނީ މިކަމުގައި ވާގިވެރިވުމަށް ނޫން ކޮންކަމަކަށް ހެއްްޔެވެ؟

 

މުސްލިމުންނަށް އޮތޯ ކުފުރާއި ބުދަށް އަޅުކަންކުރުމަށް އިޙުތިރާމް ކުރުންތޯ؟
 

20191021-alfredo7.jpg

 
އިސްލާމް ދީނާއި އެހެނިހެން ދީންއޭ ބުނާއިރު، އެ ބާޠިލް ދީންތަކުގައި އޮތީ ޝިރުކާއި ކުފުރު މެނުވީ ކޮން އެއްޗެއްް ހެއްޔެވެ؟ މުސްލިމުންނަށްއޮތީ ޝިރުކު އަދި ކުފުރުގެ މައްޗަށް އިޚްތިރާމު ކުރުން ހެއްޔެވެ؟ 


العَلاَّمة الشَّيخ اللحَيدَان حفظه الله ވިދާޅުވެފައިވެ އެވެ. "
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ  "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނެއްކަމުގައިވަނީ އިސްލާމް ދީނެވެ." އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ.  وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ   "އިސްލާމް ދީން ނޫން އެހެން ދީނެއް ހޯދައިފިމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރެވޭނެ ހުއްޓެވެ." އިސްލާމްދީން ފިޔަވައި، އެ ދީނަކަށް އިޙްތިރާމް ލިބިގެންވާ އެއްވެސް ދީނެއް މިދުނިޔެ މަތީގައި ނޯންނާނެ އެވެ." https://goo.gl/DgvxK3 


އިސްލާމް ދީން ނޫން ދީންތަކުގެ އަހުލުވެރިންނާ މެދު މުޢާމަލާތްކުރަންޖެހޭނެ ގޮތް ﷲ އަންގަވާފައިވާ ގޮތާ ޚިލާފް މަންހަޖެއް، އެއްވެސް ޖަމުޢިއްޔާކުން ނެގުން ހުއްދާވާނެ ހެއްޔެވެ؟ ނަޞާރާއިންނާއި ޔަހޫދީންގެ ނުބައިކަމާއި ނުރައްކާ އަދި ދޮގުވެރިކަމާއި، އެ ދީންތަކުގައިވެ މަރުވެއްޖެހިނދު އެއީ ޖަހަންނަމައިގެ އަހުލުވެރިންކަމުގައި މުސްލިމުން ޤަބޫލުކުރުން ލާޒިމްވެގެންވެ އެވެ. މި ޢަޤީދާގެ މަތީގައި މުސްލިމުން ތަރުބިއްޔަތުވެ، އެ ދީންތަކުގެ މައްޗަށް ބޮޑުވެގެންވާ، ގަދަފަދަ އިންޒާރެއް ހޯދަންޖެހެ އެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅާ އަލްފްރޭޑޯގެ ބަސްތަކާ ދެމެދު ހުރި ތަފާތު ވިސްނާލުން ހުއްޓެވެ. ޔަހޫދީންގެ ނުބައިކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެ އެވެ.
تَرَى كَثِيرًا مِنْهُمْ يَتَوَلَّوْنَ الَّذِينَ كَفَرُوا لَبِئْسَ مَا قَدَّمَتْ لَهُمْ أَنْفُسُهُمْ أَنْ سَخِطَ اللَّهُ عَلَيْهِمْ وَفِي الْعَذَابِ هُمْ خَالِدُونَ وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَكِنَّ كَثِيرًا مِنْهُمْ فَاسِقُونَ  لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا  "އޭގެ ތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ އިބަނަބިއްޔާ ދެކެވަޑައިގަންނަވާނެ އެވެ. އެބައިމީހުންގެ ނަފްސުތައް އެބައިމީހުންނަށްޓަކައި ކުޅަ ކަންތަކުގެ ނުބައިކަމާ އެވެ. އެއީ ﷲ އެބައިމީހުންގެ މައްޗަށް ކޯފާ ލެއްވުމެކެވެ. އަދި އެބައިމީހުންނަކީ ޢަޛާބުގެ ތެރޭގައި ދެމިތިބޭނެ ބައެކެވެ. އެބައިމީހުން ﷲ އަށާއި، ނަބިއްޔާއަށް އަދި ނަބިއްޔާއަށް ބާވައިލެއްވުނު ފޮތަށް އީމާންވާ ބަޔަކު ކަމުގައިވީނަމަ، އެކާފަރުންނީ އެކުވެރިން ކަމުގައި ނުހިފީ އެވެ. އެހެނެއްކަމަކު އޭގެތެރެއިން ގިނަ މީހުންނަކީ ފާސިޤުންނެވެ. އީމާންވި މީހުންނަށް މީސްތަކުންކުރެ ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ ޔަހޫދީންނާއި އަދި ޝަރީކު ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން އިބަނަބިއްޔާ ދެކެވަޑައިގަންނަވާނެ އެވެ."

 
މިއެންމެހައި ކަންކަމާ އެކުގައި މުސްލިމުން އިޚްތިރާމް ކުރަންޖެހޭ ބައެއްގެ ގޮތުގައި ޔަހޫދީންނާއި ނަޞާރާއިން އަދި މުޝްރިކުން އަދި ޚާއްޞަކޮށް އެ ދީންތަކުގެ ފާދިރީން ބަލައިގަތުންވޭ ހެއްޔެެވެ؟

    
މިއީ މި ޖަމުޢިއްޔާއިން އިސްލާމް ދީނުގެ ނަމުގައި ކޮށްފައިވާ، ކުރަމުންދާ، އަދި ފަތުރަމުންދާ ނުރައްކަލުން ފުރިފައިވާ ނުހަނު ބޮޑެތި މުންކަރު ބިދުޢަތަކެވެ. ހިތާމައަކީ މިފަދަ ބޮޑެތި މުންކަރާތައް ދީނުގެ ނަމުގައި ފަތުރައި، މުސްލިމުން މި އަދަވަޅުގެ ތެރެއަށް ލަމުންދާހިނދު މިކަންތައްތައް އިންކާރު ކުރުމުގެ ބަދަލުގައި ވާގިވެރި ވުމާއި އެމީހުންނަށް ހެޔޮ އެދުމުގައި ބަޔަކު ކުރަމުންގެންދާ މަސައްކަތެވެ. 

 

ދީނުގައި ބިދުޢަތަކަށް އިންޒާރު ދީފައިވުމާއި، ބިދުޢަތަކާ ވަކިވުން


އިސްލާމް ދީނުގެ ތެރެއަށް ބިދުޢަތައް ވަންނާނެ ކަމާއި، ބިދުޢަތައް ގެނެސް އެއަށް ދަޢުވަތުދޭނެކަން ނަބިއްޔާ ވަނީ ޚަބަރު ދެއްވަވާފަ އެވެ. ފަހެ، އޭގެ ނުރައްކާތެރިކަން ބޮޑުވެގެންވާކަން އެނގިގެންދަނީ، އެއްވެސް ބިދުޢައެއް އަދި ބިދުޢަވެރިއެއް ނުވާ ހިނދު ނަބިއްޔާ އެންމެ ތަޤްވާވެރި ކަމާއި ހިދާޔަތުގައި ތިއްބެވި ނަބިއްޔާގެ އަޞްޙާބު ބޭކަލުންނަށް ބިދުޢައިގެ މަތިން އިންޒާރުދެއްވާ ސަމާލުކަމަށް ގެނެސް ދެއްވާފައިވުމެވެ. އެގޮތުން ކޮންމެ ޚުޠުބާއެއްގައި ނުވަތަ ގިނަ ޚުޠުބާތަކުގައި ޙަދީޘް ކުރައްވަ އެވެ. (إِيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ) "ދީނަށް އަލަށް ވެއްދޭ ކަންތަކާ މެދު ތިޔަބައިމީހުން ސަމާލުވެތިބޭށެވެ. ފަހެ ހަމަކަށަވަރުން ދީނަށް ވެއްދޭ ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." 


العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله ވިދާޅުވެފައިވެ އެވެ. "رَسُول الله ޚުޠުބާ ދެއްވެވިހިނދު، ކުރިފުޅުމަތީގައި ތިއްބެވި ބޭފޮޅުންގެ ތެރޭގައި އެއްވެސް ބިދުޢަވެރިއެއް ނުވެ އެވެ. ފަހެ، ކޮންމެ ހުކުރު ދުވަހަކު ނުވަތަ ގިނަ ހުކުރު ދުވަސްތަކުގައި ޙަދީޘްފުޅު ކުރައްވަ އެވެ. "ފަހެ، ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ ﷲގެ ބަސްފުޅެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ محمد ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ އެއްޗަކީ އިސްލާމްދީނަށް އަލަށްގެނެވޭ (ބިދުޢަތަކެވެ.) ކަންްތައްތަކެވެ." ކުރިފުޅުމަތީގައި އެއްވެސް ބިދުޢަވެރިއަކު ނެތްހިނދުގައި މިފަދައިން ތަކުރާރު ކުރައްވާ ވިދާޅުވެ އެވެ. އެއީ ކީއްވެތޯ އެވެ؟ ބިދުޢައިގެ ނުރައްކަލުގެ ބޮޑުކަމުންނެވެ. مرحبا يا طالب العلم ص 35


އަޚުންނޭވެ! ވިސްނާލުން ހުއްޓެވެ. ރަސޫލާ ކުރިފުޅުމަތީގައި އެންމެ ބިދުޢައެއްވެސް ނުވެ އެވެ. ބިދުޢައިގެ އަހުލުވެރިއަކުވެސް ނުވެ އެވެ. އެހެނަސް އިންކާރުކުރައްވާ އިންޒާރު ދެއްވި މިންވަރުން މިއަދު އިންކާރު ކުރަންޖެހޭނެ މިންވަރާއި، އެބަޔަކަށް އިންޒާރު ދެއްވާނެ މިންވަރު ނަފްސަށް ގެނެސްގަތުން ހުއްޓެވެ. ދީނުގެ އަސާސް ކަމުގައިވާ ތަޥްޙީދުގެ ތެރެއަށް ވައްދާފައިވާ ބިދުޢަތަކެވެ. ތަޥްޙީދުގެ ފާރުގައި ރެނދު އަޅުވާފައިވުމެވެ. އޭގެ ޙަޤީޤަތް ގެއްލުވާފައިވުމެވެ. ދަޢުވަތުގެ މައިދާނުގައި ބާޠިލް މައްސުނިކޮށް، ﷲގެ ދީން އޮޅުވާލާފައިވުމެވެ. އެހެނަސް އިންޒާރުދީ ބަޔާންކޮށް ދިނުމުގެ ބަދަލުގައި އެފަދަ އަހުލުވެރިންގެ ޖަމުޢިއްޔާތަކަށް ވާގިވެރިވެ، ހިތްވަރުދީ މީސްތަކުންނަށް އެއީ ދީން ކަމުގައި ދައްކައިދިނުމުގެ ހުރި ނުރައްކަލެއްގެ ބޮޑު ކަމާއެވެ. މާތް ނަބިއްޔާގެ ސުންނަތުގެ ރަހައެއްވެސް ދަންނަ ބަޔަކު މިފަދައިން ޢަމަލު ކުރާނެ ހެއްްޔެވެ؟ نَسأل الله السلامة و العافية. 


الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. "ދަޢުވަތުދޭ މީހުންގެ ތެރެއިން މަގުފުރެދިފައިވާ ދާޢީންގެ މައްޗަށް އިންޒާރު ނުދޭ މީހާ ވެގެންދާނީ ޢިލްމު ވަންހަނާ ކުރާ މީހުންގެ ތެރެއިންނެވެ." شرح إغاثة اللهفان 


ސުވާލަކީ ޙަޤީޤަތުގައި ތަޥްޙީދަކީ ކޮބައިކަމާއި ޝިރުކަކީ ކޮބައިކަން ދަންނަ މީހަކު ތަޥްޙީދާއި ޝިރުކުގެ މައްޗަށް ބާޠިލް ވައްދާފައިވާ މީހަކަށް ވާގިވެރިވާނެ ހެއްޔެވެ؟ އެބަޔަކު ދަޢުވާކުރާ ޔުނިވާސިޓީތަކުން ކިޔަވައިފައިވަނީ ކޮންކަހަލަ ތަޥްޙީދެއް ހެއްޔެވެ؟


ބިދުޢަތަކުގެ އަހުލުވެރިންނަށް ވާގިވެރިވުމުގެ ބަދަލުގައި އެބައިމީހުންގެ މައްޗަށް މީސްތަކުންނަށް ޙައްޤުބަޔާންކޮށް އަންގައިދިނުމަކީ އެންމެ ހެޔޮވެގެންވާ ޢަމަލެވެ. الإِمَامُ شيخ الإسلام ابن تيمية رَحِمَه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުންނަށް ދީނަށް ދަޢުވަތު ދިނުމުގައިވާ އަހުލުވެރިޔާއަކީ ބިދުޢަ ތަކަށް މީސްތަކުންނަށް ދަޢުވަތު ދިނުމުގައިވާ މީހެއްގެ ގޮތުގައިވުމުން، އޭނާގެ ނުބައިކަން މީސްތަކުންނަށް ބަޔާންކޮށްދިނުން ވާޖިބުވެގެންވެ އެވެ. ހަމަކަށަވަރުން މިފަދަ މީހާގެ ނުބައިކަމުން ސަލާމަތްކުރުމަކީ މަގުފޭރޭ މީސްތަކުންގެ ކިބައިން ސަލާމަތްކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ." المنهاج 5-146 
އިސްލާމް ދީނުގެ ތެރެއަށް މިޖަމުޢިއްޔާތަކުން ގެނެސްފައިމިވަނީ ކޮންފަދަ ނުރައްކަލެއްގެ ތެރެއަށް މީސްތަކުން ގެންދިއުން ހެއްޔެވެ. މިފަދަ ބަޔަކާއި އެކު ތިމާއަކީ އެމީހުންގެ ސަފީރެއް ކަމުގައި ބުނުމަށް ނިކުތް މީހަކު އުގެނިފައިވާ ތަޥްޙީދެއް، ޝިރުކަކީ ކޮބައިހެއްޔެވެ؟
الإِمَامُ ابن القيم رَحِمَه الله ވިދާޅުވެފައިވެ އެވެ. "ބިދުޢައިގެ އަހުލުވެރިންނަށް ފުރަގަސްދިނުމާއި، އެބައިމީހުންނަށް ސަލާމް ނުގޮވުމަށާއި އަދި ހިނިތުންވެގެންވާ  މޫނެއް އެބައިމީހުންނަށް ނުދެއްކުމަށް ހިތުގެ ޑަކްޓަރުން ވަޞިއްޔަތްކޮށްފައިވެ އެވެ." إغاثة اللهفان ١٢٠/١


މިފަދަ އެންމެ ބޮޑެތި މުންކަރު ޢަމަލުތަކުގެ ޙަޤީޤަތް ބަޔާން ނުކޮށްދީ، އޭގެ ބަދަލުގައި އެ ނުބައިކަން ބޮޑުވެގެންވާ ޢަމަލުތަކަށް ހިތްވަރުދިނުމަކީ ސުންނަތަށް ޚިދުމަށް ކުރުން ހެއްޔެވެ؟ ދީނަށް ޝަރީޢަތަށް އޮތް ޣީރަތާއި ލޯބި ކޮބައިހެއްޔެވެ؟ ތިފަދަ އަހުލުވެރިން އަމިއްލަ މަޞްލަޙަތުނެތި ދީނަށް، ސުންނަތަށް ކުރާނެ ޚިދުމަތެއް އޮންނާނެ ހެއްޔެވެ؟ ﷲ ގެ ޝަރީޢަތުގެ އަޞްލު، ނަބިއްޔުންގެ ދަޢުވަތް ވީދައި، ކުދިކުދި ކޮށްލާހިނދު، އަމިއްލަ މަޞްލަޙަތަށް އެމީސްތަކުންނަށް ވާގިވެރިވާ ބަޔަކު ނުކުރާނެ، ނުހިފާނެ މުންކަރެއް އޮންނާހެއްޔެވެ؟ ދީނުގެ މަންހަޖުގައި އޮތީ ކިހިނެތްތޯ ލޯހުޅުވައިގެން ބަލާލުން ހުއްޓެވެ. 


الإِمَامُ الإِمَامُ ابن رجب الحنبلي رَحِمَه الله ވިދާޅުވެފައިވެ އެވެ. "ފަހެ، ހަވާ ނަފްސުގެ އަހުލުވެރިންނާއި، މަގު ފުރެދިފައިވާ ބިދުޢަވެރިން އަދި ޢިލްމުވެރިންކަމުގައި ނުވެ ޢިލްމުވެރިންގެ ލިބާސްލައިގެން ތިބި އަހުލުވެރިންގެ ޖާހިލުކަން ބަޔާންކޮށްދިނުން ހުއްދަވެގެންވެ އެވެ. އަދި އެބައިމީހުނަށް މީސްތަކުން ތަބަޢަވާނެ ކަމަށްޓަކައި އެބައިމީހުންނަށް އިންޒާރު ދިނުމާއި އެބައިމީހުންގެ ޢައިބުތައް ފާޅުކުރުން ހުއްޓެވެ." النصيحة و التعبير


ދަންނަން ޖެހެ އެވެ. ކިތަންމެ ޢަމަލެއް ކުރި ކަމުގައިވީނަމަވެސް، ނުވަތަ ދަޢުވަތް ދިނުން ފަދަ ހެޔޮކަމުގެ ޢަމަލެއްގައި ފެނުނަސް ޤުރުއާނާއި ސުންނަތާއި ޚިލާފްވެއްޖެ ހިނދު އެއީ ބިދުޢަ އެވެ. الإِمَامُ البرَبَهَاري رَحِمَه الله ވިދާޅުވެފައިވެ އެވެ. "ކިތަންމެ ރިވާޔަތްތަކާއި ފޮތްތައް ގިނަވި ކަމުގައިވިޔަސް، ޤުރުއާނާއި ސުންނަތާއި ޚިލާފްވެއްޖެ މީހަކީ ބިދުޢަވެރިއެކެވެ." طبقات الحنابلة ٣٠/٢


ﷲ އަށްޓަކައި ބުނަމެވެ. ދީނަށްޓަކައި، މިފަދަ ފަސާދަ ގެންނަ އަހުލުވެރިންގެ ކިބައިން ދުރުވުން އެއީ ﷲއަށްޓަކައި ކުށްތަންވެވޭ ކުއްތަންވުމެވެ. އެއީ، ﷲ ރުއްސަވާވޮޑިގެންވާނެ ކަމެކެވެ. ފަހެ، ބާޠިލްއަށް ވާގިވެރިވުން އެއީ ޙައްޤަށް ވާނެ ގޮތެއް ނޯންނާނެ އެވެ. ބަޔާންވެގެންދަނީ ރީތި ނަންތަކުން ނަން ދީފައިވާ މި ޖަމުޢިއްޔާތަކާއި އަހުލުވެރިންގެ ފަސާދައިގެ މަގެވެ. 


އުއްމަތުގެ ސަލަފުއް ޞާލިޙުން ޢަމަލުފުޅު ކުރައްވާފައިވާ ގޮތަކީ މީހާއަށް އޭނާ އެކުވެ އުޅޭ މީހުންގެ ޙުކުމުން އެމީހަކަށް ޙުކުމް ކުރުންކަން ބަޔާންކޮށްދިނުން 

 

20191021-alfredo8.jpg
އިންސާފުން އެއްކިބާވެ، އަމިއްލަ ޖަޒުބާތުގައި ޖެހިފައިވާ މީހަކު ބުނެފާނެ އެވެ. ތިޔަ ބާޠިލް މަގުތައް އިޚްތިޔާރު ކޮށްފައިވަނީ "ޔޫރަޕްގެ ޖަމުޢިއްޔާ" އެވެ. އަނެއްމީހުންނެއް ނޫނެވެ. އާނއެކެވެ! ތިޔައީ ކަންއޮތްގޮތް ކަމުގައި ވުމަކީ އެށީގެންވާ ކަމެކެވެ. އެހެނަސް ދީނުގައި ޝަރުޢުގައި ޙުކުމް ކުރެވިފައިވަނީ ތިޔަ ޖަޒުބާތަކަށް ނޫނެވެ. 


أَبُو هُرَيرة رضي الله عنه ރިވާކުރައްވާފައިވެ އެވެ. رَسُول الله ޙަދީޘް ކުރެއްވި އެވެ. (المرء على دِين خَليله، فلينظر أحدكم من يخالل) صحيح أبي داود  4833 "ކޮންމެ މީހަކުވެސްވަނީ އޭނާ އެކުގައިވާ މީހާގެ ދީނުގަ އެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އޭނާ އެކުގައި އުޅެނީ ކާކުތޯ ބެލުން ހުއްޓެވެ." 
ތާބިޢީ ބޭކަލުންގެ ތެރެއިން މަޝްހޫރު ބޭކަލެއް ކަމުގައިވާ أبُوقِلابة رحمه الله މި ބައިތު ވިދާޅުވެފައިވެ އެވެ. މި ބައިތަކީ عَدي بن زَيد العبَادي ބުނެފައިވާ ބަހެކެވެ. عَن المرء لا تَسأل وسل عن قَرينه   فكل قَرين بالمقارن يقتدي މާނައީ : އެމީހަކީ ކާކުތޯ ތިބާ ސުވާލު ނުކުރާށެވެ. އެހެނަސް އޭނާގެ ޞާޙިބާ (އެކުގައިވަނީ) ސުވާލުކޮށް ކާކުތޯ ބަލާށެވެ. ފަހެ، އެކުގައި އުޅޭ މީހާވާނީ އެނާ އިޤްތިދާވާ ފާރާތުގެ ގޮތުގަ އެވެ. 


الإِمام الأصمِعي رحمه الله މި ބައިތަށް އިޝާރާތް ކުރައްވާ ވިދާޅުވެ އެވެ. "عَدي ބުނެފައިވާ މިބަސް ފިޔަވައި ސުންނަތުގައި ބަޔާންވެގެންވާ ގޮތާ އެއްފަދައަށް ބުނެފައިވާ ބައިތެއް ދުވަހަކުވެސް ނުދެކެމެވެ." الإبانة 2-439   މާނައަކީ، ސުންނަތުގައި ބަޔާންވެގެންވާ މަންހަޖު މި ބައިތުގައި ބަޔާންވެގެންވުމުން، އެގޮތުން މިބައިތު ދަލީލެއްގެ ގޮތުން ވިދާޅުވެ އެވެ. 


އަހުލުއް ސުންނަތުގެ އިމާމް الإِمام أَحمد بن حَنبل رحمه الله އަރިއަހުން ބަޔާންވެގެންވެ އެވެ. مُوسى بن عُقبة الصوري ބަޣުދާދަށް އައުމުން އޭނާއާ މެދު الإِمام أَحمد بن حَنبل رحمه الله އަރިއަހުގައި ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ. "އޭނާ ފައިބަނީ ކޮންތާކަށްތޯ ބަލާށެވެ. އަދި އޭނާ ދުވަސްތައް ހޭދަކުރަނީ ކޮންތާކުތޯ ބަލާށެވެ." الإبانة 2-479  މިއަދު ތަޥްޙީދުގެ ތެރެއަށް ބިދުޢަތައް ގެނެސް، ރަސޫލުންނާއި ނަބިއްޔުންގެ ދަޢުވަތާ ޚިލާފް މަންހަޖެއް އިޚްތިޔާރުކޮށް، ކުފުރު އަދި ޝިރުކު ވަކިނުވާ ފަސާދަ މަގެއް ހޯދައިފައިވާ މީހަކީ އެއީ އޭނާގެ ޞާޙިބާ، އޭނާ މަޑުކުރާ ގެ ކަމުގައިވެ އޭނާއަށް އޭނާގެ ހިތްރުހުން ދީފައިވެއްޖެ ހިނދު ބުނާނީ ކީކޭ ހެއްޔެވެ؟  
الإِمام الأوزاعي رحمه الله ވިދާޅުވެފައިވެ އެވެ. "އެމީހެއްގެ ބިދުޢަތައް އަހަރެމެންނަށް ވަންހަނާވެފައިވާ މީހާ، އޭނާގެ އެކުވެރިންގެ ގޮތުގައި އުޅޭ މީހުން އަހަރެމެންނަށް ވަންހަނާއެއް ނުކުރެވޭނެ އެވެ." الإبانة 2-472  އެމީހަކު ޤަބޫލުކުރާ ކަންތައްތަކެއް ވަންހަނާ ކުރެވިދާނެ އެވެ. ޢަޤީދާވެސް ފޮރުވައިގެން ހުރެވިދާނެ އެވެ. އެހެނަސް އެކުވެރިންނާއި، ހިތުގައި، ނަފްސުގައި އެބަޔަކަށް ލޯބި ދިނުމާއި، އެކުވެރިންގެ ގޮތުގައި އުޅޭ ފާރާތްތައް ވަންހަނާއެއް ނުކުރެވޭނެ އެވެ. ވުމުން، އޭނާގެ ޙުކުމަކީ އޭނާ އެކުވެ އުޅޭ މީހުންގެ ޙުކުމެވެ. 


الإِمام ابن عَون رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢައިގެ އަހުލުވެރިންނާ އެކު އިށީނދެއިންނަ މީހާއަކީ، ބިދުޢައިގެ އަހުލުވެރިންނަށްވުރެ އަހަރެމެންގެ ގާތުގައި ނުބައިކަން ބޮޑުވެގެންވާ މީހެކެވެ." الإبانة 2-273  


އަލްފްރޭޑޯ އަދި އޭނާގެ ބާޠިލް ޢަމަލުތަކާއި ނުބައިކަންބޮޑު ޢަމަލުތަކާއި، ތަޥްޙީދާއި ޝިރުކު، ޠާޣޫތުންގެ މައްޗަށް ގެނެސްފައިވާ މުޑުދާރު ޢަމަލުތަކަކީ މީސްތަކުން ދަންނަ އެއްޗެއް ކަމުގައިނުވެ އެވެ. އެހެނަސް އޭނާގެ ޖަމުޢިއްޔާއަށް ވާގިވެރިވެ، އޭގެ ބައިވެރިއެއްގެ ގޮތުގައިވެ، އޭގެ ޞޫރަތައް ފަތުރައި މީސްތަކުންގެ ތެރެއަށް މި މުޞީބާތް ގެނެސް ވެއްދީ އޭނާ ކައިރީގައި އިށީނދެއިން މީހުންނޫން ކޮންބައެއް ހެއްޔެވެ؟ އެތައް ބަޔަކަށް އަލްފްރޭޑޯ ގެ ޢަމަލުތައް ނޭނގި ވަނިކޮށް އެނގުމަށް ސަބަބު ކަމުގައިވީ ކައިރިގައިވި މީހުންނެވެ. ބާޠިލް ފެތުރި ތަޥްޙީދުގައިވާ އެންމެ ނަފްސެއްވެސް މި ޝުބުހަތްތަކުގެ ތެރެއަށް ދިއުމުން އޭގެ ހުރި ނުރައްކާގެ ހިތިކަން ވިސްނޭނެ ހެއްޔެވެ؟ ﷲއަށްޓަކައި ދުރުވާން ނުވޭ ހެއްޔެވެ؟ ﷲ އަށްޓަކައި، އެ އިލާހުގެ ދީން ރައްކާތެރި ކުރުމަށްޓަކައި މީ މީސްތަކުންގެ ކިބައިން ދުރުވުން ނުވޭ ހެއްޔެވެ؟ 


الإِمام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "އެމީހުންނާމެދު ހެޔޮކޮށް ދެކުނު މީހާ އަދި އެބަޔަކީ ކޮން ޙާލަތެއްގައިވާ ބައެއްކަން ނުއެނގޭކަމަށް ދަޢުވާކޮށްފި މީހާއަށް، އެބައެއްގެ ޙާލަތު މަޢުރިފާކޮށްދިނުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން (އެއަށްފަހު) އެބައިމީހުންނާ އޭނާ ދުރުނުވެ އެވެ. އަދި އެބައިމީހުންގެ މައްޗަށް އިންކާރުކޮށް ބަސް ފާޅެއްނުކުރެ އެވެ. ފަހެ، އެހިނދު އެބައިމީހުންގެ ތެރެއިންވާ މީހެއް ކަމުގައި ހެދުން ހުއްޓެވެ." مجموع الفتاوى 2-133  
އާނއެކެވެ. ތިބާގެ ބަސްތަކަކީ ޙަޤީޤަތުގައި ﷲއަށްޓަކައި ބުނި ހެޔޮބަސްތަކެއް ކަމުގައިވާނަމަ، އެބައެއްގެ ޙާލަތު ބަޔާންކުރުމުން އެއީ ދީނާއި، ޝަރުޢުގައި، ދަޢުވަތުގައި، މަންހަޖުގައި އެތަކެއް އައުކަންތައްތަކެއް ވައްދާފައިވާ ބައެއްކަން ދަލީލުތަކާއި ޙުއްޖަތްތަކުން އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވުމުން އެބަޔަކު ދޫކޮށް ﷲގެ ދީނުގައި ޙައްޤު މަގުގައި ދެމިހުންނާނެ އެވެ. ނަމަކީ އެއީ ޢިބްރަތެއް ނޫނެވެ. ސަލަފުންނޭ ބުނުމަކީ އެބޭކަލުންގެ ކިބައިން އޮއްޓަރެއްގެ މިންވަރުގެ ނަޞީބެއް ޙާޞިލް ވުމެއް ނޫނެވެ. އެހެނަސް އެ އުޞޫލްތަކާއި ޤަވާޢިދުތަކާ ޚިލާފްވުމުން އެބަޔަކަށް އެކަށީގެންވާ މައިދާނަށް އެބަޔަކަށް ނަން ދިނުން ހުއްޓެވެ. ތަޥްޙީދާއި ދަޢުވަތުގައި، ރަސޫލުންނާއި ނަބިއްޔުން އުނގަންނަވައި ދެއްވި ޝަރުޢުގެ އެއތައްކަމެއް އޮޅުން އަރުވާފައިވާ މިފަދަ ޖަމުޢިއްޔާގެ ސަފީރަކަށް ނުވަތަ އެނުންވެސް މަޤާމެއްގައި އެބަޔަކަށް ވާގިވެރިވާން ހުރުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟


އެއަށްފަހުވެސް އޭނާ ތަޢައްޞުބު ފާޅުކުރުމަކީ، ﷲ އަށް އެއިލާހުގެ ރަސޫލާއަށް އަދި މާތް ޞަޙާބީންނަށް އަދި ސަލަފުއް ޞާލިޙުންނަށް ނަފްސުގައި ޤަދަރެއް ނުވާކަން އަންގައިދޭ ފާޅުވެގެންވާ ސިފައެކެވެ.

 
ދީންތަކުގެ މެދުގައި މިފަދަ ޑައަލޮޤް ފެތުރުމަކީ ސުންނަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުން، އެތަކެއް ބިދުޢަތަކަށް ހުޅުވިގެންދާ ނުރައްކާތެރި ދޮރެކެވެ. އިސްވެ ބަޔާންކުރި ފަދައިން މި މީސްތަކުންގެ ހިތުގައި ޔަހޫދިއްޔަތާއި ނަޞާރާ ދީނަކީ މީސްތަކުން އެމީހުންގެ ދީނީ ވާހަކަ އަޑުއެހުމަށްއޮތް ރަނގަޅު އެއްޗެއް ބާވަ އެވެ. އެހެން ކަމުގައިވާނަމަ، ރަސޫލާ އެނަބިއްޔާގެ ޞަޙާބީ عُمَر رضي الله عنه އަށް އަހުލު ކިތާބީންގެ ފޮތް ކިޔުން ނަހީކުރެއްވެވީ ކީއްވެ ހެއްޔެވެ؟ عُمَر رضي الله عنه ގެ ދީންވެރިކަމާއި، ޝައިޠާނާގެ މައްޗަށް ގަފަދަ ފަރާތެއްގެ ގޮތުގައި އަދި އިސްލާމް ދީނުގެ މައްޗަށް ޝައްކެތް ނުކުރާނެކަން ދެނެވަޑައިގަންނަވާ ޙާލުގައިވެސް އިންކާރު ކުރެއްވާ ޙަދީޘްފުޅު ކުރެއްވި އެވެ. "ޚައްޠާބުގެ ދަރިކަލުންނޭވެ! ޝައްކުވަނީ ހެއްޔެވެ....." މިއަދު ނަޞާރާއިން އަދި އެނޫން ދީންތަކުގެ އަހުލުވެރިންގެ ވާހަކަތައް އަޑުއަހަން ބުނާ ފަރާތްތައް ޤަބޫލުކުރަނީ އެއީ ޙައްޤު ބާވަ އެވެ. މިއީ ކޮންފަދަ ބާޠިލެއް ހެއްްޔެވެ؟ މުސްލިމުން އެބައިމީހުންގެ ދީނާއިމެދު އުފެދޭނެ ކޮންފަދަ ބޮޑު ޝައްކެއް ހެއްޔެވެ؟ މި ޢަމަލުތައް އިންކާރުކުރައްވާ، މި މީސްތަކުންގެ ބަސްތަކަށް ރައްދު ދެއްވާ ވިދާޅުވެފައިވާ ފަތުވާތައް އިސްވެ ބަޔާންކުރެވިފައިވާނެ އެވެ.

 
الإِمام ابن بَاز رحمه الله އަރިއަހުގައި ސުވާލު ކުރެވުނެވެ. "ބިދުޢަވެރިންނަށް ޘަނާކިޔައި، މަދަޙަ ކިޔާ މީހާއަކީ އެފަދަ ބިދުޢަވެރިންގެ ތެރެއިންވާ މީހެއް ކަމުގައި ހެދޭނެ ހެއްޔެވެ؟


ވިދާޅުވި އެވެ. "އާއެކެވެ. ތިކަމުގައި އެއްވެސް ޝައްކެތްނެތެވެ. ބިދުޢައިގެ އަހުލުވެރިންނަށް ޘަނާކިޔައި މަދަޙަ ކިޔާ މީހަކީ އެއަށް ދަޢުވަތުދޭ މީހެކެވެ. އަދި އެފަދަ މީހާއަކީ އެއަށް ދަޢުވަތު ދިނުމުގައިވާ (ދާޢީ އެކެވެ.) نسأل الله العافية" 


ﷲ އަޅަމެންނަށް ޙައްޤު ޙައްޤު ގޮތުގައި ދައްކަވައި އެއަށް ތަބަޢަވުމަށް އަޅަމެނަށް މަގު ދައްކަވާށި އެވެ. އަދި ބާޠިލް އާއި ބާޠިލްގެ އަހުލުވެރިންގެ ކިބައިން ދުރުވެ ސަލާމަތް ވުމުގެ މަގު ދައްކަވާށި އެވެ. والحمد لله رب العالمين

******

Like what you see?

Close

Hit the buttons below to follow us, you won't regret it...