ސުންނަތުގެ ދިފާޢުގައި: ހުރިހާ ބާވަތެއްގެ މުޒާހަރާ ޙަރާމް ވެގެންވެ އެވެ. - العَلاَّمة صَالِح الفَوْزَان الفَوزان حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

އުންމަތުގެ ބޮޑެތި މަޝައިޚުން މުޒާޙަރާ ގެ އެންމެގައި ބާވަތްތައް ޙަރާމް ކަމުގައި ފަތުވާ ދޭއިރު ދީނަށް ސުންނަތަށް ސަލަފުންނަށް ނިޞްބަތްވާ މީހުންގެ ޢަމަލު

ސުވާލު: ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން މުޒާހަރާ ކުރުމަކީ ޙަރާމްވެގެންވާ ކަމެއްކަމާއި އޭގެ ފަސާދަ ބަޔާންކުރުމުން، ބަޔަކު ބުނަން ފައްޓައިފި އެވެ. "މުޒާހަރާތް އޮތީ 2 ބާވަތެކެވެ. ސުލްޙަވެރި މުޒާހަރާތްތަކެވެ. އޭގައި އެއްވެސް ފަސާދައެއް، ދެ ޖިންސު މައްސުނި ވުމެއް ތަންތަން ހަލާކު ކުރުމާއި ތަންތަން ޚަރާބް ކޮށްލުމެއް ނުވެ އެވެ. އެހެނަސް އެ މުޒާހަރާ ތަކުގައިވަނީ ރައްޔިތުން އެބައިމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލުމެވެ. ފަހެ، އެ ހިނދު އެއީ ހުއްދަވެގެންވާ ކަމެކެވެ. ދެވަނަ ބާވަތަކީ، ދެކޮޅުވެރިކަމުގެ މައްޗަށް، ތަންތަން ހަލާކުކޮށް ޚަރާބު ކޮށް ކުރެވޭ މުޒާހަރާ އެވެ. އެފަދަ މުޒާހަރާތައް ކުރުން ޙަރާމްވެގެންވެ އެވެ."
މި ބަސްތަކަށް ޝެއިޚް ދެއްވާ ރައްދަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: އޭނާއާ ސުވާލު ކުރުން ހުއްޓެވެ. މުޒާހަރާ ކުރުމަށް ދީނުގައި އެއްވެސް އަޞްލެއް (ދަލީލެއް) އެބައޮތް ހެއްޔެވެ؟ މުސްލިމުންގެ އަތުގައި އެކަމަށް ކުރީގައި އަދި ފަހުގެ ޒަމާނުގައި އެއްވެސް އަޞްލެއްވޭ ހެއްޔެވެ؟
ހުޅަގުން މެނުވީ މުޒަހާރާ އެނގިފައެއް ނުވެ އެވެ. އިސްލާމް ދީނުގައި ދުވަހަކުވެސް މުޒާހަރާ އެއް އެނގިފައެއް ނުވެ އެވެ.
އިސްލާމްދީނުގައި ބާރުއަޅުވާފައިވާ ޤަވާޢިދުތަކަށާއި އުޞޫލްތަކަށެވެ. އިސްލާމްދީން ހިތްވަރު ދެއްވާފައިވަނީ މަޑުމައިތިރި ކަމަށެވެ. މަސްރަހު ހަލަބޮލި ކޮށްލުމަށް އިސްލާމް ދީނުގައި ބާރު އަޅުވާފައެއް ނުވެ އެވެ.
ޙައްޤުތައް ހޯދުންއޮތީ މަސްރަޙު ހަލަބޮލިކޮށް އަޑުގަދަކޮށްގެން ނޫނެވެ. އެހެނަސް ޙައްޤު ހޯދުންވަނީ ޝަރުޢީ ޤަވާޢިދުތަކާއި ޝަރުޢީ އުޞޫލްތަކުގެ މަތީގަ އެވެ. ޙައްޤުތައް ހޯދުންއޮތީ މުޒާހަރާކޮށްގެން ނޫނެވެ........
އެހެނަސް މުޒާހަރާއަކީ އިސްލާމްދީނުގައިވާ އެއްޗެއް ނޫނެވެ. އަހަރެން މިފަދައިން ބުނަމެވެ. ތަކުރާރުކޮށް ބުނަމެވެ. އެއީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫނެވެ. އަދި މުޒާހަރާތަކީ މުސްލިމުންގެ އަޚްްލާޤެއް ނޫނެވެ. އެހެނަސް މުޒާހަރާ އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ މުޖުތަމަޢު ބައިބައިކޮށް، މީސްތަކުން ބައިބައި ކުރުމަށްޓަކަ އެވެ. އަދި ޢަދާވަތްތެރިކަން އުފެއްދުމަށްޓަކަ އެވެ. އާނއެކެވެ.

***

ފަތުވާ ނަގާފައިވަނީ : https://goo.gl/tvCuY1
އަޚުންނޭވެ! މިއަދު މައްކާ އަދި މަދީނާއިން ކިޔަވައިގެން އައިސް މުޒާހަރާކޮށް، މުޒާހަރާގައި ބައިވެރިވެ، އެކަމަށް ހިތްވަރުދީ ހަދާ "ދަންނަބޭކަލުން" ކިޔަވައި ދަރިވަރު ވެފައިވަނީ އުއްމަތުގެ އިމާމުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ތޯ އެވެ؟ އެ "ދަންނަބޭކަލުންގެ" އަޚްލާޤަކީ މުސްލިމުންގެ އަޚްލާޤު ހެއްޔެވެ؟ މިއީ އެ "ދަންނަބޭަލުން" ދުނިޔެ މަތީގައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކާއި މަންހަޖާއި އެއްވެސް ގުލުމެއް ނުވާކަން ނުހަނު ފާޅުކަންބޮޑު ގޮތުގައި ބަޔާންވެގެންދާ ހެއްކެތް ނޫން ހެއްޔެވެ؟
ދީނުގައި ޙަރާމްކުރެވިފައިވާ މި ޢަމަލު ހިންގުމުގައި ޤާއިމްވެފައިވާ މި އެންމެހައި ބައެއްގެ ޙަޤީޤަތް ﷲ ތަޢާލާ އެންމެހައި މުސްލިމުންނަށް ކަޝްފުކޮށްދެއްވައި ޙަޤީޤަތް ބަޔާންކޮށްދެއްވާނދޭވެ.

މުޒާހަރާކުރުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله | 04 ޖެނުއަރީ 2018

 އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله | 24 ޑިސެމްބަރ 2017

 މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله | 02 އޮގަސްޓު 2017

 ހަނދާނާއި ތާރީޚައްޓަކައި؛ 23 ޑިސެންބަރ މުޒާހަރާ ކުރި އިޚުވާނީ ޢަދާލަތު އަދި ޖޭއެސް ފިކުރަށް ރައްދު (30-12-2011) - أُسْتَاذ أبو أنس محمد حسن حفظه الله | 14 މެއި 2017

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله | 22 އޭޕްރީލް 2016

މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله | 21 އޭޕްރީލް 2016

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله | 11 ޖެނުއަރީ 2016

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 26 ނޮވެމްބަރ 2015

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله | 12 ސެޕްޓެމްބަރ 2015

ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله | 27 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...