ޚަވާރިޖުން ވެރިންނަށް ނަޞޭޙަތް ދިނުމޭ ބުނެ ޢަމަލު ކުރާ ގޮތާއި، ސުންނަތުގެ އަހުލުވެރިން ޢަމަލުކުރާ ގޮތް - الشيخ العلامة صالح الفوزان حفظه الله

ކެޓަގަރީ ވެރިންނަށް ނަޞޭހަތް ދިނުން

ސުވާލު: ޝަރުޢީގޮތުން ވެރިންނަށް ނަޞޭޙަތްދިނުން އޮތީ ކޮންގޮތަކަށް ހެއްޔެވެ؟


ޖަވާބު: ވެރިންނަށް ނަޞޭޙަތްދިނުން އޮތީ އެކިގޮތްތަކުންނެވެ. އޭގެ ތެރޭގައި :
އެބައި މީހުން އިޞްލާޙުވުމަށާއި ދީނުގެ ޙައްޤުމަގުގައި ދެމިތިބުމަށް ދުޢާ ކުރުމެވެ. ސަބަބަކީ ސުންނަތުގައި ވާރިދުވެގެންވަނީ މުސްލިމް ވެރިންނަށް ދުޢާކޮށްދިނުމެވެ. ޚާއްޞަ ގޮތެއްގައި ދުޢާ އިޖާބަ ކުރެވޭ ވަޤުތު ތަކުގައި އަދި ދުޢާ އިޖާބަ ކުރެވޭ ތަންތަނުގައި ވެރިންނަށް ދުޢާކޮށްދިނުން ހުއްޓެވެ. الإمام أحمد އަދި الفضيل بن عياض ވިދާޅުވެފައިވެއެވެ. "
ތިމަންނައަށް ﷲ ގެ ހަޟުރަތުގައި އިޖާބަ ކުރެވޭނެ ދުޢާއެއް ލިބިއްޖެ ކަމުގައި ވާނަމަ އެ ދުޢާ ކުރާނީ ވެރިޔާއަށްޓަކައެވެ." ފަހެ، ވެރިޔާގެ އިޞްލާޙު ވުމަކީ މުޅި މުޖުތަމަޢު އިޞްލާހު ވުމެވެ. ވެރިޔާ ފަސާދަ ވުމަކީ މުޖުތަމަޢު ފަސާދަ ވުމެވެ. އަދިވެސް ވެރިޔާއަށް ނަޞޭޙަތްތެރި ވުމުގައި، މުވައްޒަފުންނާއި ޙަވާލު ކުރެވިފައިވާ ޢަމަލުތަކުގައި ދެމިހުރުން ވެސް ހިމެނެއެވެ. އަދިވެސް ވެރިންނަށް ނަޞޭޙަތްތެރިވުމުގެ ތެރޭގައި މުޖްތަމަޢުގައި ހިނގާ ކުށްތަކާއި މުންކަރާތްތައް ބަޔާންކޮށްދިނުން ވެއެވެ. ބައެއްފަހަރުގައި ވެރިންނަށް އެކަންތައް ނޭނގި އޮވެދާނެއެވެ. އެހެނަސް މިގޮތުގައި ދެވޭ ނަޞޭޙަތް ވާންޖެހެނީ ނަޞޭޙަތްތެރިވާ މީހާއާއި ވެރިޔާއާ ދެމެދުގައެވެ. ސިއްރުގައެވެ. މީސްތަކުންގެ ކުރިމައްޗަށް ނިކުމެ ހުރެ ދެވެނީ ނަޞޭޙަތެއް ނޫނެވެ. ނުވަތަ ޕޯޑިއަމްތަކުގެ މަތީގައި ދެވެނީ ނަޞޭޙަތެއް ނޫނެވެ. ސަބަބަކީ މިއީ މީސްތަކުންގެ ތެރޭގައި ނުބައިކަންތައް ފެތުރި، މީސްތަކުންގެ މެދުގައި ވެރިންނާ މެދުގައި ޢަދާވާތްތެރިކަން ފާޅުވެދާނެ މަގުތަކެވެ. ޕޯޑިއަމްތަކުގެ މަތީގައި ވެރިންގެ ކުށްތައް މީސްތަކުންނަށް ކިޔައިދިނުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. ނުވަތަ މަޖްލިސް ތަކުގައި މީސްތަކުންގެ ތެރޭގައި ވެރިންގެ ވާހަކަ ދެއްކުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. މިއީ ހެޔޮކަންތަކަށް ޚިދުމަތްކުރި މީހެއް ނޫނެވެ. މިފަދަ މީހާ ބޭނުން ވަނީ ނުބައިކަންތައް ނުބައިކުރުމަށެވެ.


ހަމަކަށަވަރުން ނަޞޭޙަތަކީ އަމިއްލައަށް ވެރިޔާއާ މުޚާޠަބުކޮށް ވާހަކަ ދެއްކުމެވެ. ނުވަތަ ލިޔުމުން ބަޔާންކޮށްދިނުމެވެ. ނުވަތަ ވެރިޔާއާ ގުޅުން އޮންނަ މީސްތަކުން މެދުވެރިކޮށް ބަޔާން ކޮށްދިނުމެވެ. އަދި ބަޔާންކޮށްދޭ ނަޞޭޙަތް ނަޞޭޙަތްދޭ މީހާއާއި ވެރިޔާއާ ދެމެދުގައި ސިއްރިޔާތުގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދުމެވެ.
ނަޞޭޙަތެއް ލިޔެ، މީސްތަކުން އެކަކުގެ އަތުން އަނެކަކު އުފުލައި މީސްތަކުން އޭގައި ސޮއިކޮށް ހަދައި ހެދުމަކީ ނަޞޭޙަތްތެރިވުން ކަމުގައި މިބައި މީހުން ބުނެއެވެ. މިއީ ނަޞޭޙަތެއް ނޫނެވެ. އެހެނަސް މިއީ ފަޟީޙަތެވެ. މިކަންތަކަކީ ފިތުނަ ފަސާދަ ގެނެސްދޭ ސަބަބުތަކެވެ. އަދި އެކަންތަކާމެދު ކާފަރުން އުފާކުރާނެ ކަންތަކެވެ. އަދި ހަވާނަފްސުގެ އަހުލުވެރިން ވަދެގަތުމަށް އޮތްގޮތްތަކެވެ.

*****
الأجوبة المفيدة عن الأسئلة المناهج الجديدة ص 112-117

ވެރިންނަށް ނަޞޭހަތް ދިނުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުސްލިމް ވެރިންނަށް ނަޞޭޙަތްތެރި ވުމަށް ﷲގެ ޝަރީޢަތުގައި ދަލީލުތަކުން ބަޔާންވެގެންވާ މަންހަޖު - الشَّيخ العَلاَّمَة عُبَيد بن عَبد الله الجَابِري حفظه الله | 16 ފެބުރުއަރީ 2018

 އަޚާއެވެ! ތިބާ މިތަނުން އިޚްތިޔާރު ކުރާނީ ކޮން ވަޞިއްޔަތެއް ހެއްޔެވެ؟ ނަބިއްޔާ ގެ ޞަހާބީންގެ ވަޞިއްޔަތްތޯ ؟ ނުވަތަ ޔަޙޫދީންގެ ވަޞިއްޔަތްތޯ؟ | 19 ޖުލައި 2017

 އަނިޔާވެރި ވެރިޔާ ކުރިމަތީގައި ހައްޤުބަސް ބުނުމަށް އޮތް ހަދީޘް "أفضل الجهاد كلمة حق عند سلطان جائر" ގެ މާނަ - الإمام العلامة الشيخ صالح الفوزان حفظه الله | 04 މެއި 2017

 މުސްލިމް ވެރިޔާއަށް ދެވޭ ނަޞޭހަތް ފަޟީހަތް ކުރުމާއި ޕެޓިޝަން ހުށައެޅުން ޙަރާމް (ޢަދާލަތު އަދި ސަލަފު ޖަމާޢަތުން އެކަން ކޮށްފަައިވާ ގޮތް) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن | 29 ޑިސެމްބަރ 2016

މުސްލިމް ވެރިޔާ ނެރޭ ޤަރާރުތަކުގައި ކުށެއް އެކުލެވޭ ކަމުގައި ވާނަމަ ވެރިޔާއަށް ސިއްރިޔާތުގައި ނަޞޭހަތް ދިނުމުގެ ބަދަލުގައި ދަރުސްތަކުގައާއި ޚުތުބާތަކުގައި އެކަންތައްތައް ޒިކުރުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. - الشيخ صالح بن فوزان الفوزان حفظه الله | 12 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...