ދަޢުވަތު ދިނުމުގައި ސަލަފީންގެ އެންމެ އިސް މައުޟޫ އަކީ ތައުޙީދެވެ. އިޚުވާނީންގެ މައުޟޫއަކީ ވެރިކަމާއި ސިޔާސަތެވެ. އަދި ޤައުމު ހަލަބޮލި ކުރުމެވެ. - الشَّيْخ العلامة محمد بن عُمر بازمول حَفِظِه الله

ކެޓަގަރީ ސަލަފީ ދައުވަތް


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشَّيْخ العلامة محمد بن عُمر بازمول حَفِظِه الله ވިދާޅުވެފައިވެ އެވެ.

"ސަލަފީއަކީ އޭނާ ދަޢުވަތު ދިނުމުގައި އެންމެ ދަށްފަންތީން ފަށައިގެން މައްޗަށް އަންނަމީހެކެވެ. އަދި ސަލަފީންގެ މައުޟޫ ކަމުގައިވާހުށީ ތަޥްޙީދެވެ. އިޚްވާނީ އަކީ ވެރިންނަށް (ޙާކިމުންނަށް) ދަޢުވަތުދޭން ފަށައިގަންނަ މީހެކެވެ. އަދި އެބައިމީހުންގެ ދަޢުވަތުގެ މައުޟޫއަކީ ސިޔާސަތަށްވަދެ، އޭގައި ބައިވެރިވުމެވެ. އަދި މަސްރަހު ހަލަބޮލި ކުރުމެވެ. ތަބްލީޤީންނަކީ ދަޢުވަތް ދިނުމުގައި އޭނާގެ ނަފްސު ހަދާންނައްތާލައި އެހެން މީސްތަކުންނަށް ދަޢުވަތް ފަށައިގަންނަ މީހެކެވެ. އޭނާގެ މައުޟޫއަކީ ތަންތަނަށް ދަތުރުހަދައިގެން ދިއުން ތައްޔާރު ކުރުމެވެ. ޞޫފީއަކީ އޭނާގެ އަމިއްލަ ނަފްސާއި މެދުގައި މަޝްޣޫލުވެ ހުރެ، ފަލްސަފާތަކުގެ މައުޟޫގައި ދެމިހުންނަ މީހެކެވެ." http://goo.gl/KcLBD9

Like what you see?

Close

Hit the buttons below to follow us, you won't regret it...