5  ތުނބުޅި ކޮށާ މީހުންނަކީ ޢިލްމުވެރިނެއް ނޫން - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ތުނބުޅި ކޮށާ މީހުންނަކީ ޢިލްމުވެރިނެއް ނޫން - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ތުނބުޅި ކޮށުމާއި ބޭލުން

ސުވާލު: ކިޔަވާ ކުދިންގެ މެދުގައި ތުނބުޅި ކޮށުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ. ފަހެ، މިކަމަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯއެވެ؟


ޖަވާބު: "ތިފަދައިން ކަންތައް ކުރާ މީހުންނަކީ ޢިލްމުގެ ދަރިވަރުންނެއް ނޫނެވެ. ތުނބުޅި ކޮށުމަކީ ސުންނަތުގައިވާ ގޮތެއް ނޫނެވެ. ޢިލްމުގެ އަހުލުވެރިންނަކީ ސުންނަތަށް ޢަމަލުކުރާ ބައެކެވެ. ސުންނަތުގައި ވަނީ ތުނބުޅި ދޫކޮށްލުމެވެ. އެމީހެއްގެ ތުނބުޅި ކޮށާ މީހުންނަކީ ޢިލްމުގެ އަހުލުވެރިންނެއް ނޫނެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/xs7mTN

 

ޢިލްމުގެ އަހުލުވެރިންނަކީ ﷲ އަށް ހައްޤުގޮތުގައި ބިރުވެތިވާނެ، ރަސޫލާގެ ސުންނަތް މަތިވެރި، މާތްކޮށް، ޤަދަރުދޭނެ ފަރާތްތަކެވެ. ސުންނަތަށް ފުރަގަސް ދިނުމާއި، ސުންނަތުގެ އަމުރުފުޅުތައް ދޫކޮށްލުމަކީ ޢިލްމުގެ އަހުލުވެރިންގެ ސިފައެއް ނޫނެވެ. އެންމެ ޙަދީޘެއް ތުނބުޅި ތުނިކޮށްލުމަށް ވާރިދުވެފައިނެތް ހިނދު، މި ޢަމަލުވަނީ އުއްމަތަށް ޢާންމުވެގެންވާ މުޞީބާތެއްފަދައިން ޢާންމުވެފަ އެވެ. ޢިލްމަށް ދަޢުވާކުރާ ބައެއްގެ ތެރޭގައި ޢާންމު ވުމަކީ ކޮންފަދަ ފަސާދައަކުން ފަސާދަވެގެންވާ ކަމުގެ ބުރުހާނެއް ހެއްޔެވެ؟ އަމިއްލަ ނަފްސަށް ވިސްނާލުން ހުއްޓެވެ! ތިބާ ޢިލްމު ހޯދުމަށް ބުނެ ދަނީ ﷲއަށް އުރެދި ރަސޫލާގެ ސުންނަތަށް އުރެދި ދީނުގެ ޙުކުމްތަކުގެ މައްޗަށް ފަރުވާކުޑަވެފައިވާ އަހުލުވެރިއެއްގެ ކައިރިއަށް ހެއްޔެވެ؟ އެކަމުގައި އޮޅުވާލައިފައިވާ ފަދައިން އަނެއްމައްސަލައިގައި އޮޅުވައި ނުލާނެ ކަމުގެ މައްޗަށް އިތުބާރު ކުރެވޭނީ ހިކިނަކުން ހެއްޔެވެ؟

Like what you see?

Close

Hit the buttons below to follow us, you won't regret it...