5 ނަމާދު އަޅާޙާލުގައި ހުރެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އެމީހާގެ ރޯދަ ޞައްޙަ ވާނެހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަމާދު އަޅާޙާލުގައި ހުރެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އެމީހާގެ ރޯދަ ޞައްޙަ ވާނެހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރޯދަ

 

ސުވާލު: ނަމާދު އަޅާޙާލުގައި ހުރެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އެމީހާގެ ރޯދަ ޞައްޙަ ވާނެހެއްޔެވެ؟


ޖަވާބު: ޞައްޙަ ގޮތަކީ ނަމާދު ގަސްތުގައި އަޅާ މީހާ އިސްލާމްދީނުން ބޮޑު ކުރުފުރުގައި ބޭރުވާނެއެވެ. އެފަދަ އިންސާނާ الله އަށް ތައުބާވުމަށް ދާންދެން އޭނާގެ ރޯދައެއް އަދި އެހެންނިހެން އެއްވެސް އަޅުކަމެއް ސައްޙައެއް ނުވާނެއެވެ. އެއީ الله ވަޙީ ކުރަށްވަނީ وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ "އެބައިމީހުން ޝިރުކުކޮށްފި ކަމުގައިވާނަމަ ހުރިހާ ޢަމަލެއް ނެތިގެން ގޮސްދާނެއެވެ". އަދި މިމާނައިގައިވާ އެތައް އާޔަތްތަކެއް އަދި ޙަދީޡްތަށްވެއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ނަމާދުއެޅުމުން ކާފިރުނުވާނެކަމުގައި ބުނެފައިވެއެވެ. ރޯދަ އަދި އެހެނިހެން އަޅުކަންތައް ވާޖިބުކަމުގައި ދެކޭނަމަ އޭނާގެރޯދަ އަދި އެހެނިހެން އަޅުކަންތަށް ބާޠިލްނުވާނެކަމުގައި ދެކެއެވެ. މިގެތެރެއިން ޞައްޙަގޮތަކީ ފުރަތަމަ ބަޔާންކުރިބަހެވެ. އެތަށްދަލީލުތަކެއްގެ މަށްޗަށް ބުރަވެ ބުނެވެނީ ވާޖިބުކަމުގައި ދެކުނުކަމުގައިވިޔަސް ގަސްތުގައި ނަމާދުއަޅާމީހާއަކީ ކާފަރެއްކަމުގައެވެ. އިމާމް މުސްލިމް جابر بن عبد الله  رضي الله عنهما ގެ ފަރާތުން ރިވާކޮށްފައިވާ ރިވާޔަތެއްގައިވެއެވެ.

 

ރަސޫލާ صلى الله عليه وسلم حديث ކުރެއްވިއެވެ. " بين الرجل و بين الكفر و الشرك ترك الصلاة" "އިންސާނާއާއި ކާފިރުކަމާއި ޝިރުކާއި މެދުގައިވަނީ ނަމާދުއެޅުމެވެ."

 

އަދިވެސް އިމާމު އަޙުމަދު އަދި ސުނަނުގެ އަހުލުވެރިން ޞައްޙައިސްނާދުން ބުރެއިދާބިން ޙުސައިން އަލްއަސްލަމީ رضي الله ގެ ފަރާތުން ރިވާކޮށްފައިވާ حديث އެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ " "އަހަރުމެންނާއި އެބައިމިހުންނާއި ދެމެދު ލެވިފައިވާ އަހުދަކީ ނަމާދެވެ. އެނަމާދު އަޅައިފިމީހާ ފަހެ ކާފަރުވެއްޖެއެވެ." އިމާމް އިބްން ޤައްޔިމް رحمه الله މިކަމުގެ މައްޗަށް ވަރަށްވެސް ފައިދާކުރަނިވި ފޮތެއް ލިޔުއްވާފައިވާނެއެވެ. أحكام الصلاة و تركها މަންފާ ހޯދުމަށް މިފޮތްކިޔުން ހުއްޓެވެ.


މަޞްދަރު: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين رَحِمَه الله

ރޯދަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله | 12 މެއި 2020

ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله كتب بوا | 01 މެއި 2020

ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 01 މެއި 2020

 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله | 30 އޭޕްރީލް 2020

 ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله | 30 އޭޕްރީލް 2020

العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް | 23 އޭޕްރީލް 2020

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 22 އޭޕްރީލް 2020

ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން - الإِمَامُ محمد ابن العثيمين رَحِمَه الله | 25 އޭޕްރީލް 2019

 ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله | 15 ޖޫން 2018

 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 15 ޖޫން 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...