ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުން
ސުވާލު: މިސާލަކަށް ޝައްވާލު ހަ ރޯދައާއި ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޯދައާއި އަދި އާޝޫރާދުވަހު ރޯދަ ހިފުމެވެ. ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟
ޖަވާބު: މިފަދަ މީހަކަށް ވާޖިބު ވެގެންވަނީ ރަމަޟާން މަހުގެ ރޯދަ އެންމެ ފުރަތަމަ ޤަޟާ ކުރުމެވެ. އެއަށް ފަހުގައި ސުންނަތް ރޯދަ ހިފުމެވެ. ސަބަބަކީ ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު އެންމެ ޞައްޙަގޮތަކީ ފަރުޟުކަންތަކަށް އަހަމިއްޔަތުކަން ދިނުމަށްފަހުގައި ސުންނަތް ކަންތަކަށް އިސްކަން ދިނުމެވެ.
މަޞްދަރު: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين رَحِمَه الله