މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާ ފިރިމީހާގެ ކައިރިން ވަރިއަށް އެދުން - الإمام العلامة الشيخ صالح الفوزان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العلامة الشيخ صالح الفوزان حفظه الله
މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާ ފިރިމީހާގެ ކައިރިން ވަރިއަށް އެދުން
ސުވާލު: އުޚުތެއް ބުނެފައިވެ އެވެ. އަހަރެންގެ ފިރިމީހާ މުސްލިމުންނާ އެކުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާނަމަ، ފަހެ އަހަރެންނަށް (އެ ޙާލަތުގައި) އޭނާ ކައިރިން ވަރިވުމަށް އެދެވޭނެ ހެއްޔެވެ. އަދި އޭނާގެ ކިބައިން ދުރުވާން ޖެހޭނެ ހެއްޔެވެ؟
ޖަވާބު: އާއެކެވެ. މެދުނުކެޑި އޭނާ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާ ކަމުގައިވާނަމަ، އަދި ނަޞޭޙަތް ދިނުމަށްފަހުގައި، ތަކުރާރުކޮށް ބަޔާން ކުރުމަށްފަހުގައި އޭނާ (ޖަމާޢަތުގައި ނަމާދުނުކުރާނަމަ)، ފަހެ އެހިނދުގައި އޭނާގެ ކިބައިން ވަރިއަށް އެދުންް، ތިޔަ އުޚްތަށް ޙައްޤުވެގެންވެ އެވެ. ސަބަބަކީ ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބެކެވެ. ފަހެ، މިސްކިތްތައް ބިނާ ކުރެވިފައިވަނީ އެ ސަބަބަަށްޓަކަ އެވެ. ދީނުގައި ބަންގި ޝަރުޢު ކުރެވިގެންވަނީ އެގޮތުންނެވެ. ބަންގި ގޮވާމީހުންނާއި އިމާމުން އައްޔަނު ކުރެވިފައިވަނީ އެގޮތުންނެވެ. ފަހެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނުހަނު ބޮޑުވެގެންވާ ކަމެކެވެ. އަދި ޙަދީޘްގައިވެ އެވެ. (من سمع النِّداء ولم يأته فلا صلاة له إلا من عُذر) "ބަންގީގެ އަޑު އިވުމަށްފަހުގައި، މިސްކިތަށް ޖަމާޢަތުގައި ނަމާދުކުރަން ނުއަންނަ މީހާއަށް ނަމާދެއްނުވެ އެވެ. ޢުޛުރުވެރި ޙާލުގައިވާ މީހެއް ފިޔަވަ އެވެ."
❆❆❆
ފަތުވާ ނަގާފައިވަނީ : http://goo.gl/Wo2W5V