ޖިމާޢުވާ ހިނދުގައި ކިޔާ ދުޢާ ކިޔުމުން ލިބޭ ފައިދާތައް - رسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ

ابن عَبَّاس رضي الله عنهما ވިދާޅުވި އެވެ. رسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ.
القاضـي عيـاض رحمه الله ވިދާޅުވި އެވެ. "ބުނެވިފައިވެ އެވެ. ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަކަށް ގެއްލުމެއް ނުދެވޭނެ އެވެ. ބުނެވެ އެވެ. ޝައިޠާނާ އެދަރިއަކާ އަވަނުލާނެ އެވެ. އަދިވެސް ބުނެވެ އެވެ. ޝައިޠާނާ އެދަރިއަކު އެނޫން ދަރިންނާ ޚިލާފަށް، ވިހެއުމުގައި ގެއްލުމެއް ނުދޭނެ އެވެ. އަދި ވިދާޅުވި އެވެ. ޢިލްމުވެރިންގެ ތެރެއިން އެއްވެސް ޢިލްމުވެރިއެއް މި ޙަދީޘްގެ މާނައަކީ ޢާންމުވެގެންވާ ގޮތުގައި އެންމެހައި ގެއްލުންތަކުންނާއި، ވަސްވާސްއިން އަދި މަގު އޮޅުވާލުމުން ރައްކާތެރިވެގެންވުން ކަމުގައި ވިދާޅުވެފައެއް ނުވެ އެވެ." نقله النووي في شرح مسلم 10/5
العلّامــة ابن عُثيمين رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު: އަންހެންމީހާ މި ޛިކުރު ކިޔުންވޭ ހެއްޔެވެ؟
ޖަވާބު: ނޫނެކެވެ. ޙަދީޘްގެ މާނައިން ދޭހަވަނީ މި ޛިކުރު ކިޔުންއޮތީ ފިރިހެންމީހާއަށް ކަމަށެވެ. (އަދި ބުނަމެވެ.) ސަބަބަކީ ދަރިފުޅު އުފެދެނީ ފިރިހެންމީހާގެ ފެނުންނެވެ. ފަހެ، ވުމާއެކު މިއީ ފިރިހެން މީހާއަށް ޚާއްޞަވެގެންވާ ޛިކުރެކެވެ." شـرح صـحيح المسلم ٣١/٥
العلّامــة الامـام الالبـاني رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : މި ދުޢާ ކިޔުމަށް ހަނދާންނެތިއްޖެ މީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : އަބަދުވެސް ދުޢާ ކިޔުމަށް ފަރުވާތެރިވެ ހަނދާންބަހައްޓައި ދުޢާކުރާމީހާ، ދުޢާ ކުރުމަށް ހަނދާންނެތުނު ކަމުގައިވީނަމަވެސް، އަހަރެންނަށް ބުރަވެވެނީ (ދުޢާ ކިޔުމަށް ފަރުވާކުޑަ ކުރާ މީހާއާ ޚިލާފަށް) އޭނާގެ އަނބިމިހާއާ ޖިމާޢު ވުމުގައި ޝައިޠާނާ ބައިވެރި ވުމުން ﷲ އެބައިމީހުން ރައްކާތެރި ކުރައްވާނެ ކަމެވެ. މި ޙުކުމް އޮތީ ޢާންމުކޮށް ކަން ހިނގާގޮތުގެ މައްޗަށެވެ." سلسلة الهدى والنور 12 ب
****