މިފަދަ އަނބިން ކޮބައިތޯ އެވެ؟ - الإِمَام شَمْسُ الدِّيْن الذَّهَبِي رحمه الله

"އަންހެންމީހާއަށް ވާޖިބުވެގެންވެ އެވެ.
ފިރިމީހާގެ މައްޗަށް އަބަދުމެއަބަދަށް ލަދުވެތިވުމުގައި ދެމިހުރުން.
ފިރިމީހާގެ ކުރިމަތީގައި ހުންނަ ހިނދުގައި އިސްދަށަށް ޖަހައިގެން އިނުން.
ފިރިމީހާގެ އަމުރުތަކަށް ކިޔަމަންގަތުން.
ފިރިމީހާ ބަސްތައް މުޚާތަބުކުރާ ހިނދުގައި ހަނު ހުރުން.
ފިރިމީހާ އަންނަ ހިނދުގައި ފިރިމީހާއަށް (އިޙްތިރާމް) ކުރުމަށްޓަކައި ތެދުވުން.
ފިރިމީހާ އެކަންތައްތަކާ ނުރުހޭ އެންމެހައި ކަންކަމުން ވަކިވެ ދުރުވެ ހުރުން.
ފިރިމީހާ ގެއިން ނުކުންނަ ހިނދުގައި ފިރިމީހާ އެކުގައި ތެދުވެގެން ދިއުން.
ފިރިމީހާ ނިދަން އެނދުދާނަށް އެރުމުން ފިރިމީހާއަށްޓަކައި އޭނާގެ ނަފްސު ހުށަހެޅުން.
ފިރިމީހާ ދުރުގައި ހުންނަ ހިނދުގައިވެސް، އެދު އެނދުދާނަށާއި، ފިރިމީހާގެ ގެދޮރަށާއި މުދަލަށް ޚިޔާނާތްތެރި ނުވުން.
މީރު، ހިތްހަމަޖެހޭ ވަސް ދުއްވުން. (އަނބިމީހާގެ ހަށިގަނޑުން އަބަދުވެސް ފިރިމީހާއަށް މީރުވަސް ދުއްވުން.)
ސިވާކު ބޭނުންކޮށް ދަތްއުނގުޅައި އަނގަ ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުން.
މިސްކު އަދި އަތަރު ބޭނުންކޮށް ހަށިގަނޑުން މީރުވަސް ދުއްވުން.
ފިރިމީހާ ޙާޟިރުވެ ހުންނަ ހިނދުގައި އަބަދުވެސް ޒީނަތްތެރިވެ ހުރުން.
ޣީބަ ބުނުމުގެ ނުބައިކަމުން ދުރުވެ ހުރުން.
ފިރިމީހާގެ އަހުލުވެރިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން.
ފިރިމީހާގެ ފަރާތުން ލިބޭ މަދު މިންވަރަކީ އެއީ ވަރަށްވެސް ގިނަ މިންވަރެއްކަމުގައި ދެކުމެވެ."
***
ފަތުވާ ނަގާފައިވަނީ : كتاب الكبابر 1-66