ފައިސާ ކުރިން ނަގައި ފަހުން ޑޮލަރު ދިނުމަކީ ރިބާގެ މުޢާމަލާތެއް - الشَّيْخ عَبْدُ اللهِ بِنْ صلقيق الظفيري حفظه الله

ކެޓަގަރީ ރިބާ الربا

ސުވާލު: އަހަރުމެންގެ ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. އަހަރެމެންގެ ޤައުމުން ބޭރަށް ދަތުރުކުރާ މީހުން އެބައިމީހުން ފުރާއިރު ގެންދަނީ ޑޮލަރެވެ. މި ވަޤުތުގައި ޑޮލަރު ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށްވަނީ ވެފަ އެވެ. މި މައްސަލަ ޙައްލުކުރުމަށް ބެންކު އިން ވަނީ ނިޒާމެއް ކަނޑައަޅާފަ އެވެ. އެއީ އަންނަނިވި ގޮތުގަ އެވެ. ފުރާމީހާ އޭނާއަކީ ދަތުރު ކުރާ މީހެއްކަން އަންގައިދޭން އެކަން ޘާބިތުކުރާނެ ލިޔުން (މިޘާލަކަށް ޓިކެޓް) ހުށަހަޅަންޖެހެ އެވެ. އަދި އަހަރެމެންގެ ޤައުމުގެ ފައިސާއިން ޑޮލަރު ގަތުމަށް ބޭނުންވާ މިންވަރަށް ދަތުރު ކުރުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ފައިސާ ދައްކަން ޖެހެ އެވެ.
 

ޖަވާބު: "ތިޔައީ ރިބާ އެވެ. ތިޔައީ ހުއްދަވެގެންވާނެ ޢަމަލެއް ނޫނެވެ. ސަބަބަކީ ތިޔައީ ފައިސާ ގަނެވިއްކުން (ބަދަލު ކުރުމެވެ.) ކޮންމެހެންވެސް އެ ހިނދުގައި އަތުން އަތަށް ބަދަލުވާންޖެހޭނެ އެވެ. ފަހުން ދެވޭގޮތަށް ހަދައިފި ހިނދުގައި އެއީ ރިބާ އެވެ."    

20170113-abduladufairee-usd-ex.jpg

Like what you see?

Close

Hit the buttons below to follow us, you won't regret it...