ބޮލޮގް

އާ އަހަރެއް ބައްދަލު ކުރުމުން، އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގެ ޙުކުމް - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ އާ އަހަރު ފާހަގަކުރުމުގެ ޙުކުމް

ހިޖުރީ އާ އަހަރެއް ބައްދަލު ކުރުމުން، އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގެ ޙުކުމް

ސުވާލު: އަހަރުމެން މިހާރު މިވަނީ ހިޖުރީ އާ އަހަރެއް ފެށުމުގަ އެވެ. ހިޖުރީ އާ އަހަރަށް މީސްތަކުން ތަހުނިޔާ ކިޔުމަށްޓަކައި އެކަކު އަނެކަކަށް (كل عام وأنتم بخير) މިފަދައިން ކިޔަ އެވެ. ޝަރީޢަތުގައި މިފަދަ ތަހުނިޔާއެއް ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު: ޢާލަމްތަކުގެ ވެރި އިލާހަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ހެއްދެވި އަޅުތަކުންގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ އަޅާ އަދި އެކަލާނގެ ވަޙީގެ މައްޗަށް އަމާނާތްތެރި ފަރާތް، އަހަރެމެންގެ ނަބިއްޔާ އަދި އިމާމް محمد بن عبد الله އަށް އަދި އެނަބިއްޔާގެ އާލުންނާއި އަޞްޙާބުންނަށް އަދި އެ މަގު ހޯދައި އެމަގުގައި ދެމިތިބި، އެ ހިދާޔަތުގައި ޤިޔާމަތާއި ޖެހެންދެން ޤާއިމްވެ ތިއްބެވި އެންމެހައި ފަރާތްތަކަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.


އެއަށްފަހު ބުނަމެވެ. ހިޖުރީ އާ އަހަރަށް ތަހުނިޔާ ކިޔުމަށް މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން އަހަރެމެންނަށް އެއްވެސް އަޞްލެއް އޭގެ މައްޗަށް ފެންނާކަށެއް ނެތެވެ. އެއީ ޝަރުޢު ވެގެންވާ ކަމެއްގެ ގޮތުގައި ޤުރުއާނުން ނުވަތަ ސުންނަތުން އެއްވެސް ދަލީލެއް އަހަރެން ނުދަންނަމެވެ. އެހެނަސް ތިބާގެ މައްޗަށް މީހަކު (އެފަދަ ތަހުނިޔާއެއް ކިޔުމުން) "ތިބާއަށްވެސް އެފަދައިން ހުއްޓެވެ." މިފަދައިން ބުނެލުން މައްސަލައެއް ނެތެވެ. އެހެންމީހަކު ތިބާއަށް "كل عام وأنت بخير" މިފަދައިން ބުނެފި ހިނދުގައި، އެފަދައިން ބުނިމީހާއަށް (ނިޞްބަތްކޮށް) "ތިބާއަށްވެސް ހަމަ އެފަދަ އެވެ." އަހަރެމެންނަށާއި ތިބާއަށް އެންމެހައި ހެޔޮކަންތަކެއް ލިބުމަށް ﷲ ހަޟުރަތުގައި ދަންނަވަމެވެ." މިފަދައިން ބުނެލުން މަނާވެގެން ނުވެ އެވެ. އެހެނަސް (ފުރަތަމަ ތަހުނިޔާ ކިޔަން ފެށުން) އެކަމަށް އެއްވެސް އަޞްލެއް ވާރިދުވެގެންވާކަމެއް ނުދަންނަމެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީން ދެއްވާފައިވާ ފަތުވާ އެއް:


ސުވާލު: މީލާދީ އާ އަހަރުގައި ޣައިރު މުސްލިމުންނަށް ތަހުނިޔާ ކިޔުމާއި، ހިޖުރީ އާ އަހަރު އައުމުން ތަހުނިޔާ ކިޔުމާއި އަދި ނަބިއްޔާ ﷺ ގެ ޢީދު މީލާދު އައުމުން ތަހުނިޔާ ކިޔުމަކީ ހުއްދަވެގެންވާ ކަމެއްތޯ އެވެ؟

ޖަވާބު:  ތިއިން އެއްވެސް މުނާސަބަތެއްގައި ތަހުނިޔާކިޔުން ހުއްދަ ނުވާނެ އެވެ. ސަބަބަކީ، އެއްވެސް ގޮތަކަށް ތިއިން ދުވަހެއް ފާހަގަ ކުރުމަކީ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ

ފަތުވާ ނަންބަރ 20795

Like what you see?

Close

Hit the buttons below to follow us, you won't regret it...