5  އިސްބާލު ކުރުމާއި މެދުގައި ޢިލްމުވެރިންގެ ފަތުވާތައް - الإِمَامُ عَبْدُ العَزِيْز بِن بَاز رحمه الله ، الإِمَامُ محمد بن صالح العثيمين رحمه الله އަދި الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އިސްބާލު ކުރުމާއި މެދުގައި ޢިލްމުވެރިންގެ ފަތުވާތައް - الإِمَامُ عَبْدُ العَزِيْز بِن بَاز رحمه الله ، الإِمَامُ محمد بن صالح العثيمين رحمه الله އަދި الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ތަނބިކަށްޓަށް ވުރެ ތިރީގައި އިޒާރު ބެހެއްޓުން

އިސްބާލު ކުރުމަކީ ޙަރާމްވެގެންވާ ކަމެއް، މުންކަރާތެއް - الإِمَامُ عَبْدُ العَزِيْز بِن بَاز رحمه الله

"އިސްބާލު ކުރުމަކީ ޙަރާމްވެގެންވާ އަދި މުންކަރާތް ތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެއީ ތަނބިކައްޓަށް ވުރެ ތިރިއަށް އޭނާގެ ފޭރާން ފައިބައިފައި ވުމެވެ. އެހިނދުގައި އެ ޢަމަލަށް އިސްބާލު ބުނެވެ އެވެ. އެއީ ލައިގެން ހުންނަ ޢަބާޔާ ކަމުގައިވިޔަސް، ޤަމީސް ކަމުގައިވިޔަސް، ފަޓްލޫނު ކަމުގައިވިޔަސް ނުވަތަ މުންޑު ކަމުގައިވިޔަސްމެ އެވެ. މިއިން އެއްވެސް އެއްޗެއް ތަނބިކައްޓަށްވުރެ ތިރިއަށް ފައިބައިފައި ވުން ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގައިވާ ފަދައިންނެވެ. (ما أسفل من الكعبين من الإزار فهو في النار) "ތަނބިކައްޓަށްވުރެ ތިރީގައިވާ ފޭރާމުގެބައި ވަނީ ނަރަކައިގެ އަލިފާނުގަ އެވެ."


ފަހެ، އޭނާ އިސްބާލު ކޮށްފައިވަނީ ބޮޑާވެރިކަމާއި ކިބުރުވެރިކަމުގައި ވާ ހިނދުގައި އޭގެ ފާފަ އަދި އެއަށްވުރެ ބޮޑުވެ، ގަދަފަދަ ވެގެންދެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްބަސްފުޅުގައިވެ އެވެ. (ثلاثة لا يكلمهم الله، ولا ينظر إليهم يوم القيامة، ولا يزكيهم، ولهم عذاب أليم: المسبل إزاره، والمنان فيما أعطى، والمنفق سلعته بالحلف الكاذب) "ﷲ އެބަޔަކަށް ބަސް ވަޙީ ނުކުރައްވާނެ، އެބަޔަކަށް ޤިޔާމަތް ދުވަހުގައި ބައްލަވާ ވޮޑިނުގަންނަވާނެ، އެބައެއްގެ ފާފަ ނުފުއްސަވާނެ އަދި ޤިޔާމަތް ދުވަހުގައި ގަދަފަދަ ޢަޒާބުން ޢަޒާބުދެއްވާނެ 3 މީހަކުވެ އެވެ. އޭނާގެ އިޒާރު ތަނބިކައްޓަށްވުރެ ތިރީގައި ބަހައްޓާ އިސްބާލު ކޮށްފައިވާ މީހާ އެވެ. ދެބައޮޑުވުމުގައި ދެމިހުންނަ މީހާ އެވެ. އަދި އޭނާގެ އަތުގައިވާ އެއްޗެހި ދޮގު ބަސްތަކެއްބުނެ ވިއްކާމީހާ އެވެ."
ފަތުވާ ނަގާފައިވަނީ : http://goo.gl/7AK9aU

******

 

ކިބުރުވެރިކަމެއް ނެތި އިސްބާލު ކުރުމަކީ ޙަރާމްވެގެންވާ ކަމެއް - الإِمَامُ محمد بن صالح العثيمين رحمه الله

ސުވާލު :  އިސްބާލު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު :  އިސްބާލު ކުރުން ދެ ބަޔަކަށް ބެހިގެންދެ އެވެ.


     ފުރަތަމައީ : ފަޚުރުވެރިކަމުގައި، ބޮޑާވެރި ކިބުރުވެރި ކަމުގައި އިސްބާލު ކުރުމެވެ. ފަހެ، މިއީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މިކަމުގެ ޢުޤޫބާތް ގަދަފަދަ ވެގެންވެ އެވެ. ފަހެ، البخاري އަދި مسلم ގައި ނަބިއްޔާ صلى الله عليه وسلم އަރިހުން ابن عمر ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (من جر ثوبه خيلاء لم ينظر الله إليه يوم القيامة) "ބޮޑާވެރިކަމާ އެކުގައި އެމީހެއްގެ ފޭރާން އިސްބާލުކޮށްފި މިހާއަށް ޤިޔާމަތް ދުވަހުގައި ﷲ ބައްލަވާވޮޑިއެއް ނުގަންނަވާނެ އެވެ." ... ފަހެ، މިތަނުގައި ބަޔާންކުރެވިފައިވާ އިސްބާލް ބަޔާންވެގެންވަނީ ކިބުރުވެރިކަމާއި އެކުގަ އެވެ. އަދި އެހިނދުގައި މި ގަދަފަދަ ވެގެންވާ ވަރުގަދަ ޢަޒާބު ލިބިގެންދާނެ ކަން ބަޔާންވެގެންވެ އެވެ. ﷲ އެ ޢަމަލު ކޮށްފި މީހާއަށް ބައްލަވައިވޮޑި ނުގަންނަވާނެ ކަމާއި، އެ ޢަމަލުކުރާ މީހާއަށް އެކަލާނގެ ބަސްވަޙީ ނުކުރައްވާނެކަމާއި، އޭނާގެ ފާފަ ނުފުއްސަވާނެ ކަމާއި އަދި އޭނާއަށް ޤިޔާމަތްދުވަހުގައި ގަދަފަދަވެގެންވާ ޢަޒާބަށް ހުށަހެޅިގެންދާނެ ކަމެކެވެ.....


     ދެވަނައީ : ބޮޑާވެރިކަމެއް، ކިބުރުވެރިކަމެއް ނެތް ގޮތުގައި އިސްބާލު ކުރުމެވެ. ފަހެ މިއީ ޙަރާމްވެގެންވާ ކަމެކެވެ. އަދި މިއީ ބޮޑުފާފައިގެ ތެރޭގައި ހިމެނިގެންދާނެ ކަމެއް ކަމާއި މެދުގައި އަހަރެން ބިރުވެތިވަމެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އެފަދަ މީހާއަށް ނަރަކައިގެ ވަޢީދު ލިބިގެންދާނެ ކަމުގައި ޙަދީޘް ކުރައްވާފައިވުމެވެ. أبوهريرة رضي الله عنه ގެ އަރިހުން އިމާމް البخاري ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ما أسفل من الكعبين من الإزار فهو في النار) "ތަނބިކައްޓަށްވުރެ ތިރީގައިވާ ފޭރާމުގެބައި ވަނީ ނަރަކައިގެ އަލިފާނުގަ އެވެ." މި ޙަދީޘް އަކީ (ކުރީގައި ބަޔާންކުރެވުނު) ابن عمر ގެ ޙަދީޘަށް ޚާއްޞަ ވެގެންވާ ޙަދީޘެއްގެ ގޮތުގައި ނުބުނެވޭނެ އެވެ. ސަބަބަކީ ޢުޤޫބާތް ތަފާތު ވެފައިވުމެވެ. އަދި މިކަން (މިގޮތުގައިވާ ކަމަށް) ދަލީލުކޮށްދެނީ أبو سعيد الخدري رضي الله عنه ރަސޫލާ صلى الله عليه وسلم އަރިހުން ރިވާކޮށްފައިވާ އެހެން ޙަދީޘަކުންނެވެ. އެ ޙަދީޘްގައިވެ އެވެ. (أزرة المؤمن نصف الساق ولاحرج أو قال : لاجناح عليه فيما بينه و بين الكعبين، وما كان أسفل من ذالك فهو في النار، ومن جر إزاره بطرا لم ينظر الله إليه) "މުއުމިނު އަޅާގެ އިޒާރުވަނީ އޭނާގެ ފައިގެ މެދާ ހަމައަށެވެ. އެގޮތުގައި މައްސަލައެއް ނެތެވެ. ނުވަތަ ޙަދީޘް ކުރެއްވި އެވެ. ފައިގެ މެދާ ހަމައިން ފެށިގެންގޮސް ތަނބިކައްޓާ ހަމައަށް ބެހެއްޓުން މައްސަލައެއް ނޫނެވެ. އޭނާގެ ތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓިފައިވާ ބައި ވަނީ ނަރަކައިގަ އެވެ. އަދި އެމީހަކު އިޒާރު ބޮޑާވެރިކަމާ އެކުގައި އިސްބާލުކޮށްފި މީހާއަށް، ﷲ ބައްލަވައިވޮޑި ނުގަންނަވާނެ އެވެ." ... ފަހެ، ނަބިއްޔާ . ބޮޑާވެރިކަމާއި އެކުގައި އިސްބާލު ކުރާމީހާ އަދި ތަނބިކައްޓަށްވުރެ ތިރީގައި (ބޮޑާވެރިކަމެއްނެތި) އިޒާރު ބަހައްޓާމީހާގެ ޙުކުމް ތަފާތުކޮށްފައި (ފަރަޤު) ކުރެއްވި އެވެ.

ފަތުވާ ނަގާފައިވަނީ : مجموع فتاوى ج 12

 

ކޮންމެ ގޮތަކަށް އިސްބާލުކުރިއަސް އެއީ ޙަރާމްވެގެންވާ ކަމެއް ބޮޑު ފާފަ އެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ސުވާލު :  ކިބުރުވެރި ކަމެއްނެތި އިސްބާލުކުރުމުގެ (ލައިގެން ހުންނަ އެއްޗެއް ތަނބިކަށްޓައްވުރެ ތިރީގައި ބެހެއްޓުން) ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު :  އިސްބާލު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޙަރާމްވެގެންވާ ކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލާ صلى الله عليه وسلم‏ ޙަދީޘް ކުރައްވާފައިވާ ފަދައިން، ތަނބިކަށްޓަށް ވުރެ ތިރީގައިވާ ބަޔަކީ، ނަރަކައިގެ އަލިފާނުގައިވާ ބައެކެވެ.


އިސްބާލު ކުރުމުގައި އޭގެތެރެއަށް ބޮޑާވެރިކަން ވަދެއްޖެ ހިނދުގައި، އޭގެ ޢުޤޫބާތް އެއަށްވުރެ ގަދަފަދަ ވެގެންވެ އެވެ.
އިސްބާލުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم‏ ޙަދީޘް ކުރައްވާފައިވާ ފަދައިން އެމީހަކުވާނީ ނަރަކައިގަ އެވެ. އިސްބާލު ކުރުމާ އެކުގައި ބޮޑާވެރިކަން ވެއްޖެހިނދުގައި، އޭގެ ޢުޤޫބާތް އެއަށްވުރެ ގަދަފަދަ (ބޮޑުވެގެން) ވެގެންވެ އެވެ. (އެއީ) އިސްބާލު ކުރުމުގެ ޢުޤޫބާތް އަދި ބޮޑާވެރިކަމުގެ ޢުޤޫބާތެވެ.
*****
ފަތުވާ : http://goo.gl/a9qMVm

Like what you see?

Close

Hit the buttons below to follow us, you won't regret it...