އިޚުވާނީންގެ ސިފަތައް - د. هشام الحوسني حفظه الله
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : الشيخ الألباني رحمه الله އަކީ މުރުޖީއެއް ކަމުގައި ބުނުން. މިކަމުގެ ސަބަބަކީ الشيخ الألباني رحمه الله ނަމާދު ފަރުވާކުޑަކަމުގައި ދޫކޮށްލާ މީހާއަކީ ކާފަރެއް ކަމުގައި ނުބުނުމެވެ. އެހެނަސް الشيخ الألباني رحمه الله ގެ މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. މިގޮތުން ސަފަރު ޙަވާލީ އަދި ބައެއް ތަކްފީރީން الشيخ الألباني އަކީ މުރުޖީއެއް ކަމުގައި ބުނެފައިވެ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : އެއްވެސް އެހެން އެއްޗަކަށް ބަލާލުމެއް ނެތްގޮތުގައި، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހުން އެއީ ކާފަރުން ކަމުގައި ބުނުން. މިގޮތުން سلمان العودة އަކީ ﷲ ގެ ޙުކުމް ނޫން އެހެން ޙުކުމަކަށް "އެކަން ޙަލާލު ނުކޮށް" ޙުކުމް ކުރިކަމުގައިވިޔަސް އެފަދަ މީހާއަކީ ކާފަރެކޭ ބުނާބަހުގައި ވަރުގަދައަކަށް ޤާއިމްވެގެން ހުރި މީހެކެވެ. (މިފަދައިން އޭނާ ބުނާއިރު) މިބަހުގައި އޭނާވަނީ އުއްމަތުގެ ސަލަފުންގެ އިޖްމާޢު އާ ޚިލާފްވެފަ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : މުސްލިމް ޒުވާން ދަރިން ޖޯޝާއި ފޯރީގައި އެ ޒުވާނުން ދީންވެރިކޮށް، އެތަނުގައިވާ މުސްލިމްވެރިޔާގެ މައްޗަށް ދެކޮޅަށް ނެރުން. އަދި އެ ވެރިޔާއަކީ ޚިޔާނާތްތެރިއެއް ކަމުގައި ތުހުމަތުކޮށްހަދަ އެވެ. ފަހެ، މިފަދަ ޒުވާނެއްގެ ފަރާތުން މިއަށްފަހު ދެން ނުކުންނާނެ ކަމަށް ދެކެނީ ކޮންއެއްޗެއްތޯ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : އުއްމަތަށް ހެޔޮވެގެންވާ ނަޞޭޙަތް ދިނުމުގައިވާ ޢިލްމުވެރިން އެއީ ވެރިންނަށް ވިކިފައިތިބި ޢިލްމުވެރިން ކަމުގައި ހެދުން. އަދި ފިތުނަވެރިކަމާއި، ސުންނަތުގައި ދެމިތިބި މި ޢިލްމުވެރިންގެ ދަޢުވަތުން މީސްތަކުން އެއްކިބާ ކުރެ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : މުސްލިމް ޒުވާން ދަރިން، އެބައިމީހުން ދަޢުވާކުރާ "ޖިހާދޭ" ބުނާ ތަންތަނަށް ފޮނުވުން. އަދި އެގޮތުން އެ ޒުވާނުން ފިތުނަވެރިކަމުގެ ތެރެއަށް ގަންބުވާލަ އެވެ. އަދި އެފަދަ ފިތުނަވެރިކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާ އެކަމަށް އިންޒާރު ދިނުމުގައިވާ ޢިލްމުވެރިންގެ ކިބައިން މި ޒުވާނުން ދުރުކުރެ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : އެމީހުންގެ އިމާމުންލިޔެފައިވާ ފޮތްތަކުގައި އުއްމަތުގެ ފަރުދުންނާއި މުޖުތަމަޢުތައް ކާފަރުކޮށްފައިވުން. ޚާއްޞަގޮތެއްގައި އިޚްވާނީންގެ އެއްލީޑަރު ކަމުގައިވާ ސައްޔިދު ޤުޠުބް އޭނާ ލިޔެފައިވާ ފޮތްތަކުގައި، ދުނިޔެމަތީގައި އެއްވެސް އިސްލާމީ ދައުލަތެއް އަދި މުޖުތަމަޢުއެއް ނެތް ކަމުގައި ސިފަކޮށްފައިވެ އެވެ.
އިޚުވާނީންގެ ސިފަތަކުގެ ތެރޭގައި : އިންޤިލާބުތައް ގެނައުމާއި އެކަމަށް ދަޢުވަތްދީ އެ އިންޤިލާބުތަކުގައި ބައިވެރިވުން. އަދި މީގެ އިތުރަށް މިސްރުގައި ކަންތައް ކުރިފަދައިން، ދައިލަތުގެ ސިފައިންގެ ލަޝްކަރުގެ ބައެއް ފަރުދުން މަރާލުމަށްގޮވަ އެވެ.
މި އެންމެހައި ބަސްތަކެއް ނަގާފައިވަނީ : د. هشام الحوسني ވިދާޅުވެފައިވާ ބަސްތަކުންނެވެ.