5 މުސްލިމުން ބައިބައިވަނީއޭ ކިޔާފައި ސައްޔިދު ޤުތުބް، ހަސަން އަލް-ބަންނާ އަދި އިޚްވާނުލް މުސްލިމީންގެ ވާހަކަ ނުދައްކާށޭ ބުނުމަކީ ކިހާވަރެއްގެ ކަމެއްބާ؟ - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މުސްލިމުން ބައިބައިވަނީއޭ ކިޔާފައި ސައްޔިދު ޤުތުބް، ހަސަން އަލް-ބަންނާ އަދި އިޚްވާނުލް މުސްލިމީންގެ ވާހަކަ ނުދައްކާށޭ ބުނުމަކީ ކިހާވަރެއްގެ ކަމެއްބާ؟ - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ أهل البدع والأهواء (ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން)

ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ހަނުހުރުމާއި، އަދި އެމީހުންގެ ބިދުޢަތައް ބަޔާން ނުކޮށްދިނުމަކީ މުސްލިމުންނަށް އޮޅުވާލުމުގެ ތެރެއިންވާ ކަމެކެވެ.

الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ޖަވާބު: ތިޔައީ މުސްލިމުންނަށް އޮތް އެންމެ ބޮޑު އޮޅުވާލުމުގެ ތެރެއިންވާ ކަމެކެވެ. ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ހަނުހުރުމާއި، އެމީހުންގެ ބިދުޢަތައް ބަޔާން ނުކޮށްދިނުމަކީ މުސްލިމުންނަށް އޮޅުވާލުމުގެ ތެރެއިންވާ ކަމެކެވެ. އަދި މިކަމުގެ އިތުރުން (އެބަހީ ހަނުހުރުމުގެ އިތުރުން) އެމީހުންނަށް ތަޢުރީފުކޮށް އަދި ސަނާގެ ބަސްތައް ރައްދު ކުރާނަމަ، ފަހެ އޭގެ ނުބައިކަން ބޮޑެވެ. އަދި މުންކަރާތްކަން ބޮޑެވެ. وَالعِيَاذُ بِاللهِ (މާނައީ: الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ). ފަހެ އެމީހެއްގެ ކިބައިގައި ޢިލްމު ހުރި މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ ބިދުޢަތަކާއި ދީނަށް އަލަށް ގެނެވޭ ކަންތައް ބަޔާން ކޮށްދިނުމެވެ. އަދި އެކަންތައް މަނާ ކުރުމާއި، އެކަންތަކާ ބެހޭގޮތުން އިންޒާރު ދިނުމާއި، ހަނު ނުހުރުމެވެ.

 

ހަނުހުރުމަކީ (ޙައްޤު) ފޮރުވުމުގެ ތެރެއިންވާ ކަމެކެވެ. ﴿ إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ (159) إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ ﴾ މާނައީ: "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަން އިލާހު ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަން އިލާހު އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެބައިމީހުންނަށް الله ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދޭނެތެވެ. ތައުބާވެ، (އެބައިމީހުންގެ އަމަލުތައް) އިސްލާހުކޮށް، (ވަންހަނާކުރި ކަންތައް) ބަޔާން ކުޅަ މީހުން މެނުވީ އެވެ. ފަހެ، އެބައިމީހުންނަށް ތިމަން އިލާހު ތައުބާ ލައްވާހުށީމެވެ. ތިމަން އިލާހީ، التَّوَّاب، الرَّحِيم އެވެ."

 

ބިދުޢަތަކާއި، ދީނާ ޚިލާފުވާ ކަންތަކާ ބެހޭ ގޮތުން ހަނުހުރެ، އެކަންތައް ބަޔާން ނުކޮށްދިނުމަކީ ޢިލްމު ހުރި މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ އޭނާ ހަނުހުރެއްޖެ ނަމަ، މީސްތަކުން އޭނާ ހުއްޖަތެއްގެ ގޮތުގައި ނަގާނެތީ އެވެ. އެމީހުން ބުނާނެ އެވެ: "އެއީ ޙަރާން ކަމެއް ނުވަތަ މަނާ ކަމެއް ކަމުގައިވާ ނަމަ، މިވެނި އެވެނީ ޢިލްމުވެރިއަކަށް ފެންނަ ހިނދުވެސް ހަނު ނުހުރީހެވެ." އާއެކެވެ.
◇  ◇  ◇

އޯޑިއޯ ލިންކް: https://salafi.mv/assets/uploads/Sukooth-Fawzaan.mp3

 

أهل البدع والأهواء (ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން): މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 03 - ނައްޞުތައް ފަހުމްކުރުމުގައި ޞަޙާބީ ބޭކަލުންނާއި އުއްމަތުގެ ސަލަފުއް ޞާލިޙުންނާ ޚިލާފްވުން | 23 ފެބުރުއަރީ 2019

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 02 - ކަމެއް އިޢުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދުން | 20 ޖެނުއަރީ 2019

ފާފަވެރިންނަށް ވުރެ ބިދުޢަވެރިންގެ ޢަޛާބު ބޮޑެވެ. އަދި ބިދުޢަވެރިން ތައުބާވުމަކީ ނާދިރުކަމެކެވެ. - الشَّيْخ صَالِح بنُ فَوْزَان الفَوْزَان حفظه الله | 27 އޮކްޓޯބަރ 2016

أَهْلُ السُّنَّةِ وَالجَمَاعَة އާ ޚިލާފުވެއްޖެ ކޮންމެ މީހަކީ މަގުފުރެދިފައިވާ، ހަވާނަފްސުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. - الشَّيْخ فَوْزَان حفظه الله | 26 ސެޕްޓެމްބަރ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...