5 އިޚްވާނުލް މުސްލިމޫން (އިޚްވާނުލް މުފްލިސޫން) (އިޚްވާނުލް މުޖްރިމޫން) - الشيخ محمد سعيد رسلان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިޚްވާނުލް މުސްލިމޫން (އިޚްވާނުލް މުފްލިސޫން) (އިޚްވާނުލް މުޖްރިމޫން) - الشيخ محمد سعيد رسلان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އިޚްވާނުލް މުސްލިމޫން

މަޤާމާއި، މަންޞިބު ހޯދުމަށް މިވަރު ބަސްތަކެއް ބުނެފާނެ ކަމަށް ޝައްކުކުރެވޭތޯ އެވެ؟

މިސްރުގެ ވެރިކަން ވައްޓާލުމަށް މައިދާނަށް އެއްވެ ތިބި މީހުންނާ މުޚާތަބުކޮށް އަލް- މުޖްރިމް جمال عبد الهادي (އިޚްވާނުލް މުސްލިމޫންގެ) އެންމެ ވަރުގަދަ ޝެއިޚުންގެ ތެރެއިން "ޝެއިޚެއް" މުޒާހަރާގެ އަހުލުވެރިންނާ މުޚާޠަބުކޮށް ބުނެފައިވެ އެވެ.

"އެތަނަށް ޖިބްރީލް ފައިބާ ވޮޑިގެންނެވި އެވެ. އަދި އެތަނަށް ﷲ ތަޢާލާ ތަޖައްލީ ވޮޑިގެންނެވި އެވެ."

الشيخ محمد سعيد رسلان  މި ހަލާކުވެފައިވާ މުޖްރިމް އިޚްވާނީގެ ބަސްތަކުގެ މައްޗަށް ވިދާޅުވި އެވެ. "ﷲ ފަރުބަދައަށް ތަޖައްލީވޮޑިގެންނެވުމުން އެފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންދިޔަ އެވެ. (ޙުސްނީ މުބާރަކު) ވެރިކަން ވައްޓާލުމަށް އެމީހުން އެއްވިތަން ރާބިޢަ އަށް ﷲ ތަޖައްލީ ވޮޑިގެންނެވި ހިނދުގައި އެތަން އޮތީ، އެތަން އޮތް ޙާލަތުގަ އެވެ. سبحان الله! އަދި އެމީހުން ބުނެ އެވެ. ހަމަކަށަވަރުން ޖިބްރީލް އެތަނަށް ފައިބާވޮޑިގެންނެވި އެވެ. ކީއްކުރަންތޯ އެވެ؟ މި މީހުން ވާހަކަ މިދައްކަނީ ބުއްދި ފިލާފައިވާ ބަޔަކާ ތޯ އެވެ؟"

އިޚްވާނުލް މުފްސިދޫން ގެ "ޝެއިޚެއް" فوزي سعيد ބުނެފައިވެ އެވެ.

"މުރުސީ އަނބުރާ (ދެވަނަ ފަހަރަށް) އަންނާނެކަމާ މެދުގައި ޝައްކު ކޮށްފި މީހާ، އޭނާ އަކީ ﷲ މައްޗަށް ޝައްކު ކުރާ މީހެކެވެ."

الشيخ محمد سعيد رسلان  މި ހަލާކުވެފައިވާ މުޖްރިމް އިޚްވާނީގެ ބަސްތަކުގެ މައްޗަށް ވިދާޅުވި އެވެ. "އަދި މިފަދަ ބަސްތައް ބުނެފައިވާ މީހުންގެ ތެރޭގައި، އެމީހުންގެ މުޖުރިމުންގެ ތެރެއިން މުޖުރިމެއް ކަމުގައިވާ މިސްތަކުން މަގުފުރައްދަމުންދާ މީހުންގެ ތެރެއިން މަގުފުރެދިފައިވާ އެކަކު، އޭނާ ދަޢުވާކުރަނީ އޭނާއަކީ ޙައްޤުގައި އަދި ސަލަފިއްޔަތުގައިވާ މީހެއް ކަމުގަ އެވެ. މީނާއަކީ ބޮޑުވެގެންވާ ތަކްފީރީ އެކެވެ. ﷲ، އެކަލާނގެ ޢަދުލުވެރިކަމުގައި މީނާ ހިއްޕަވާނދޭވެ. ﷲ، މީނާގެ ދޫ ބަންދު ކުރައްވާނދޭވެ. މި މަގުފުރެދިފައިވާ މުޖުރިމް ބުނެ އެވެ.

މުރުސީ އަނބުރާ (ދެވަނަ ފަހަރަށް) އަންނާނެކަމާ މެދުގައި ޝައްކު ކޮށްފި މީހާ، އޭނާ އަކީ ﷲ މައްޗަށް ޝައްކުރުރާ މީހެކެވެ.

އޭ މިހިރަ އިންސާނާ އެވެ. ތިބާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ތިބާގެ ސިކުނޑި ކޮބާހެއްޔެވެ؟"
http://t.co/bJIG46xBbw
*****


ފައިސާ އާއި މަޤާމާއި، ގޮނޑިއަށް ޓަކައި މި ދީނީ ޕާޓީ ތަކުގެ އަހުލުވެރިން ނުކުރާނެ ކަމެއް އޮންނާނެ ހެއްޔެވެ؟
****


އިޚްވާނުލް މުފްސިދޫން ގެ "ޝެއިޚެއް" محمد حسان ފަޚުރުވެރި ކަމާއެކު، އޭނާއަށް ކުރެވުނު މޮޅުކަމެއްގެ ގޮތުގައި ބުނެ އެވެ.

"ﷲ ޤަންދީ ބުނަމެވެ. އަހަރެންގެ އަނބިމީހާވެސް ނުކުތެވެ... އަދި އަހަރެންވެސް ނުކުތީމެވެ."


އަނބިމީހާ ނެރެ، ހިލޭ ފިރިހެނުން ކައިރީ ބައިންދައި، ޒީނަތްތެރި ކަމުގެ އިންތިހާއަށް ގޮސްފައިވާ ހެދުންލައިގެން އަންހެން ފިރިހެން އިންތިހާއަށް މައްސުނިވެފައިވާ ތަނެއްގައި ދަންނަބޭކަލެއް އިންނާނެތޯ އެވެ!

Like what you see?

Close

Hit the buttons below to follow us, you won't regret it...