5 ނަބިއްޔާގެ މަންމަ އަދި ބައްޕަ ވަނީ ސުވަރުގޭގައި ނުވަތަ ނަރަކައިގައި ހެއްޔެވެ؟ - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޤިޔާމާތް ދުވަހަށް އީމާންވުން

ނަބިއްޔާގެ މަންމަ އަދި ބައްޕަ ވަނީ ސުވަރުގޭގައި ނުވަތަ ނަރަކައިގައި ހެއްޔެވެ؟ - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ނަރަކައާއި ސުވަރުގެ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ނަބިއްޔާގެ މަންމަ އަދި ބައްޕަ ވަނީ ސުވަރުގޭގައި ނުވަތަ ނަރަކައިގައި ހެއްޔެވެ؟.

ސުވާލު: ނަބިއްޔާ صلى الله عليه وسلم ގެ ބައްޕަގެ މަޤާމަކީ ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނަރަކަ ހެއްޔެވެ؟
ޖަވާބު: ނަބިއްޔާ صلى الله عليه وسلم ގެ ބައްޕަ އަދި މަންމަ އަކީ ޖާހިލިއްޔަތުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ. އަދި މަރުވެފައިވަނީ ވެސް ޖާހިލިއްޔަތުގައެވެ. ޙަދީޘްގައިވެ އެވެ. (إِنَّ أَبِيْ وَ أَباَكَ في النَّارِ) "ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ބައްޕަ އާއި ތިބާގެ ބައްޕަ ވަނީ ނަރަކައިގަ އެވެ." އަދި ނަބިއްޔާގެ މަންމަ އަށް ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ އިޛުނަފުޅަށް ﷲ ގެ ޙަޟުރަތުގައި ދެންނެވި އެވެ. އެހިނދުގައި ﷲ އިޛުނަފުޅެއް ނުދެއްވަ އެވެ. ސަބަބަކީ މަންމަ މަރުވެފައިވަނީ ޖާހިލިއްޔަތުގައި، މަންމަގެ ޤައުމުގެ އަހުލުވެރިންގެ ދީނުގެ މަތީގައި ވުމުންނެވެ. އެއީ ބުދަށް އަޅުކަން ކުރުމެވެ.


ސުވާލު: އަހުލުލް ފަތްރަ (ދެ ރަސޫލުންގެ ދެމެދުގައި ހިނގައިދާ މުއްދަތު) ގެ އަހުލުވެރިންގެ ތެރެއިންވާ ފަރާތެއްގެ ގޮތުގައި އެބައިމީހުން ނުވާނެ ހެއްޔެވެ؟
ޖަވާބު: ޙަދީޘްގެ ޟާހިރު މާނައަކީ، މަންމަ އަކީ ކާފަރު އަހުލުވެރިންގެ ތެރޭގައިވާ ފަރާތެއް ކަމެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم މަންމަ އަށް ފާފަފުއްސަވާ ދެއްވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދެންނެވުމަށް އިޛުނަފުޅަށް އެދިވަޑައިގެންނެވުމުން، އިޛުނަފުޅު ލިބިވަޑައި ނުގެންނެވި އެވެ. އަދި ފަތްރަތުގެ އަހުލުވެރިންގެ ތެރެއިން ފަރާތެއްކަމުގައިވުން ވެސް އެކަށީގެންވެ އެވެ. އެހެނަސް ބައެއް ިވާޔަތްތަކު ގައި ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ފަރާތެއް ކަމުގައި ރިވާކުރެވިފައިވެ އެވެ. މިޘާލަކަށް މި ޙަދީޘް އެވެ. (إِنَّ أَبِيْ وَ أَباَكَ في النَّارِ) "ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ބައްޕަ އާއި ތިބާގެ ބައްޕަވަނީ ނަރަކައިގަ އެވެ." މި ޙަދީޘް مُسلِم، صَحِيْحُ ގައި ރިވާކުރެއްވި އެވެ.  


ސުވާލު: އިސްވެ ގޮސްފައިވާ ދީންތަކުގެ ވާހަކަ އެބައިމީހުންނާ ހަމައަށް ވާޞިލްވެފައިވޭތޯ އެވެ؟
ޖަވާބު: އުއްމީދު ކުރެވެނީ އެބައިމީހުންނާ ހަމައަށް إِبْراَهِيم عليه السلام ގެ ދީނުގެ ޚަބަރު ވާޞިލްވެ، އެބައިމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމްވެފައި ވުމެވެ.


ސުވާލު: ابن هِشَام ލިޔުއްވާފައިވާ ސީރަތުގައި، ނަބިއްޔާ صلى الله عليه وسلم މަންމަގެ ޤަބުރަށް ޒިޔާރަތް ކުރެއްވި އެވެ. މިއީ ޘާބިތުވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު: ޘާބިތުވެގެންވެ އެވެ. މިކަން ޘާބިތެވެ. މަންމަގެ ޤަބުރަށް ޒިޔާރަތް ކުރެއްވި އެވެ. އަދި ހަމަކަށަވަރުން މަންމަ އަށް ޒިޔާރަތް ކުރެއްވުމަށް ﷲ ގެ ޙަޟުރަތުގައި އިޛުނަފުޅަށް އެދި ދެންނެވުމުން އިޛުނަފުޅު ލިބިވަޑައިގެންނެވި އެވެ. ފަހެ، މިކަމުން ދަލީލު ކުރެވެނީ ޖާހިލިއްޔަތުގައި މަރުވެފައިވާ ކާފަރުންގެ ޤަބުރަށް ޢިބްރަތަށްޓަކައި ޒިޔާރަތްކުރުން ހުއްދަވެގެންވާކަމެވެ. ފާފަފުއްސެވުމަށް އެދުމަކަށް ނޫނެވެ. މަންމަ އަށް ޒިޔާރަތްކުރެއްވުމަށް ﷲ ނަބިއްޔާއަށް އިޛުނަފުޅު ދެއްވި އެވެ. އެހެނަސް މަންމަ އަށް އިސްތިޣްފާރު ކޮށްދެއްވުމަށް އިޛުނަފުޅެއް ނުދެއްވަ އެވެ.


ސުވާލު: މަންމަ އިސްލާމްވި ކަމުގައި ޛިކުރު ކުރެވިގެންވެ އެވެ. މިކަމުގައި ޝެއިޚް ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯ އެވެ؟
ޖަވާބު: ތިޔައީ އެއްވެސް އަޞްލެއްނެތް ވާހަކަ އެވެ. ރަސޫލާ صلى الله عليه وسلم ގެ ބައްޕަ އަދި މަންމަ އިސްލާވި ކަމުގައި ބުނެފިނަމަ، އެ ހުރިހައި ރިވާޔަތްތަކަކީ ބާޠިލް ރިވާޔަތްތަކެކެވެ.

****
ފަތުވާ ނަގާފައިވަނީ : شرح كشف الشبهات ص 68

Like what you see?

Close

Hit the buttons below to follow us, you won't regret it...