ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله

މާނައަކީ، މި ދުވަހުގައި އިންސާނާއަށް މިދުނިޔެ މަތީގައި އޭނާއާ އެންމެ ގާތްމީހާ ފެނި، އެ މީހާގެ ކިބައިން ފިލަން ދުވާނެ ކަމެވެ. އަދި ދުރުވެ ވަކިވާނެ ކަމެވެ. ސަބަބަކީ އެދުވަހުގައި އެބައިމީހުންނަށް ދިމާވެފައިވާ މުޞީބާތާއި ވޭންތައް ނުހަނު ބޮޑުވެގެންވެ އެވެ.
عِكرِمة ވިދާޅުވެފައިވެ އެވެ. "ފިރިމީހާއަށް އޭނާގެ އަނބިމީހާއާ އެދުވަހުގައި ބައްދަލުވެ ބުނާނެ އެވެ. އޭ އަންހެނާ އެވެ. ތިޔަ އަންހެނާގެ ފިރިއެއްގެ ގޮތުގައިވީ ކާކު ހެއްޔެވެ؟ ފަހެ، އަންހެން މީހާ ބުނާނެ އެވެ. އާނއެކެވެ. ތިބާއަކީ އަހަރެންގެ ނުހަނު ހެޔޮލަފާ ފިރިމީހާ އެވެ. އަދި ވަރަށްވެސް ހެޔޮ ރިވެތި ޘަނާގެ ބަސްތައް ކުޅަދާނަވެގެންވީ މިންވަރަކުން ބުނާނެ އެވެ. ފަހެ، ފިރިހެންމީހާ އެހިނދު ބުނާނެ އެވެ. މިއަދު ތިބާގެ ކައިރިން އަހަރެން މިއެދެނީ އެންމެ ހެޔޮކަމަކަށެވެ. ތިބާއަށްވެސް ތި ފެންނަ ކަންތަކުން ސަލާމަތްކަން ލިބުމަށްއެދި އެވެ. އެހިނދު އަންހެންމީހާ ބުނާނެ އެވެ. ތިބާ ތިޔަ އެދުނީ ކޮންފަދަ ފަސޭހަ ކަމަކަށްއެދި އެދި ހެއްޔެވެ؟ އެހެނަސް ތިޔައީ މިއަދު އަހަރެންނަށް ތިބާއަށް ހެޔޮކަމެއް ނުދެވޭނެ އެވެ. ތިބާ ދެކޭ ބިރުވެރި ނާމާންކަމާ އެއްފަދައިން އަހަރެންވެސް މިވަނީ އެ ބިރުވެރިކަމާއި ނާމާން ކަމުގަ އެވެ.
އަދިވެސް ވިދާޅުވެފައިވެ އެވެ. އެދުވަހުގައި ބައްޕަ އޭނާގެ ދަރިފުޅާއި ބައްދަލުވެ، ދަރިފުޅު ހަށިގަނޑުގައި އެލިގެންއޮވެ ބުނާނެ އެވެ. އޭ ދަރިއާ އެވެ. ތިބާގެ ބައްޕަ ކަމުގައިވީ ކާކު ހެއްޔެވެ؟ ފަހެ، އެހިނދު ނުހަނު ހެޔޮ ޘަނާގެ ބަސްތައް ބުނާނެ އެެވެ. އަދި އެހިނދު ބައްޕަ ބުނާނެ އެވެ. އޭ ދަރިޔާ އެވެ! ރެވިއޮށްޓަރެއްގެ ބަރުދަންފަދަ މިޘްޤާލެއްގެ ހެޔޮކަމުގެ މިންވަރަށް ބައްޕަ މިވަނީ ޙާޖަތްޖެހިފަ އެވެ. ތިޔަ ފެންނަ މުޞީބާތުން ސަލާމަތްވާނެ ކަމުގައި އުއްމީދު ކުރަމެވެ. ފަހެ، އެހިނދު ދަރިފުޅު ބުނާނެ އެވެ. އޭ ބައްޕާ އެވެ! ތިޔަ އެދުނީ ކޮންފަދަ ފަސޭހަކަމަށް ހެއްޔެވެ؟ އެހެނަސް ތިބާ އެއެއްޗެއްގެ މަތިން ބިރުވެރި ކަމުގައިވާ އެތީގެ މައްޗަށް އަހަރެންވެސް އެފަދައިން ބިރުގަނެ އެވެ. އެއްވެސް މިންވަރެއް މިއަދަކު އަހަރެންނަށް ދެވޭކަށް ނެތެވެ."
ބަސްތައް ނަގާފައިވަނީ : الخطب المنبرية 3-29