5 ފަރުޟު ޒަކާތް ޙައްޤުވެގެންވާ މީސްތަކުން - فضيلة الشيخ الإِمَامُ محمد بن صالح العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފަރުޟު ޒަކާތް ޙައްޤުވެގެންވާ މީސްތަކުން - فضيلة الشيخ الإِمَامُ محمد بن صالح العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒަކާތް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ޢިލްމުވެރިން އަރިހުން ޢިލްމު ހަޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ފަރުޟު ޒަކާތް ޙައްޤުވެގެންވާ މީސްތަކުން

މިއީ ފަހުގެ އަހަރުތަކުގައި މި އުއްމަތައް ފާޅުވި އެއްމެ ފުންނާބުއުސް ފިޤްހު ޢިލްމުވެރިޔާ فضيلة الشيخ محمد بن صالح العثيمين رحمه الله ފަރުޟު ޒަކާތް ބެހިގެންދާ ބައިތަކާބެހޭގޮތުން ގުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ އާޔަތާމެދުގައި ބަޔާންކޮށްފައިވާ ބަސްތަކެވެ.

 

"ޒަކާތުގެ އަހުލުވެރިންނަކީ ޒަކާތް އެބަޔަކަށް ލިބުމަށް ދީނުގައި އެނގިގެންވާ މީސްތަަކުންނެވެ. ހަމަކަށަވަރުން الله تعالى އެކަލާނގެ އަމިއްލަ ނަފްސް މިކަމުގެ ވެރިފަރާތް ކަމުގައިވެވަޙީކުރެއްވިއެވެ".

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

 

އެންމެ ފުރަތަމައީ: لِلْفُقَرَاءِ "ފަޤީރުންނެވެ." އެމީހުންނީ ބަލަހައްޓާނެ މީހަކުނެތިފައިވާ ކުޑައެއްޗެއް މެނުވީ ނުލިބޭ މީސްތަކުންނެވެ. އަހަރެއްގެ ދެބައިކުޅަ އެއްބައިގަައި ބޭނުންކުރެވޭނެ ކާބޯތަކެތީގެ ތަނަވަސްކަންނެތް މީހުންނެވެ.  އެއްވެސް މީހަކަށް އޭނާ އާއި އޭނާގެ އަނބިދަރީން އަހަރުގެ އެއްބައިގައި ކާންބޯން ބޭނުންތަކެތި ނުލިބޭނަމަ އެއީ ފަޤީރެއްކަމުގައި ވާނެއެެވެ. އެގޮތުން ޒަކާތުން އެފަދަމީހަކަށް އޭނާއަށާއި އޭނާގެ ޢާއިލާއަށް އެއްއަހަރުގެ ހާޖަތް ފުއްދޭމިންވަރަށް ދެވިދާނެއެވެ.

 

ދެވަނައީ: الْمَسَاكِينِ "މިސްކީނުންނެވެ." މިމީހުންނަކީ އެބައިމިހުންނަށް އަހަރުގެ އެއްބައިގައި ނޫނީ އެއަށްވުރެ ގިނަދުވަހު ބަލަހައްޓާނެ ފަރާތެއް ލިބިފައިވާ މީހުންނެވެ. ނަމަވެސް މުޅިއަހަރުގައި ބެލެހެއްޓޭނެ ފަރާތެއް ނުވާމީހުންނެވެ. އެހެންވުމުން މުޅިއަހަރު ހަމަކުރެވޭ މިންވަރަށް ޒަކާތް ދެވިދާނެއެވެ. އަތުގައި ނަގުދުފައިސާ ނެތްމީހާ ނަމަވެސް އެހެނިހެން ވަސީލަތްތަކަށް އާމްދަނީ ލިބޭމީހާއަށް ޒަކާތުގެ ފައިސާއެއް އެފަދަމީހަކަށް ނުދެވޭނެއެވެ. ނުދެވޭނެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޡްގައި ވާފަދައިންނެވެ. " لَا حَظَّ فِيهَا لِغَنِيٍّ وَلَا لِقَوِيٍّ مُكْتَسِبٍ "ހަށިގަނޑުގައި ބާރުހުރެ މަސައްކަތްކޮށް އާމްދަނީ ހޯދާނެޤާބިލުކަން ލިބިފައިވާ މީހުނަށް ޒަކާތުގެ އެއްވެސް މިންވަރެއް ނުވެއެވެ،"

ތިންވަނައީ: وَالْعَامِلِينَ عَلَيْهَا "ޒަކާތުގެ މަސައްކަތުގައިވާ ޢާމިލުން." އެމިހުންނީ ދައުލަތުގެ ހާކިމާ ޒަކާތް ޖަމަޢަކޮށް ރައްކާތެރިކޮށް އޭގެއަހުލުވެރިންނަށް ޒަކާތްދިނުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކޮށްފައިވާ މިސްމީހުންނެވެ. އެމިހުންނަށް އެމިހުންކުރި ޢަމަލުގެ މިންވަރަށް ޒަކާތުގެ ފައިސާއިން ދެވިދާނެއެވެ. އެބައިމިހުންނީ މުއްސަނދިން ކަމުގައިވިޔަސް އެޢަމަލުގެ މިންވަރަށް ޒަކާތްދެވިދާނެއެވެ.

 

ހަތަރުވަނައީ: وَالْمُؤَلَّفَةِ قُلُوبُهُمْ މުޢައްލިފަތު ޤުލޫބުހުމް." އެބައިމީހުންނީ އެމީހުންގެ އީމާންތެރިކަން ބަލިކަށިވެފައިވާ އެހެނަސް ޒަކާތް އެބައިމީހުންނަށް ލިބުމުން، އެމިހުންގެ ނުފޫޒުދަށުގައިވާ އެތައްބަޔަކު އެމީހުންނާއެކީގައި ދީނަށް ލޯބިޖެހި އީމާންކަމުގެ ގަދަފަދަ އަހުލުވެރީން ކަމުގައިވާފަދަ ޙާލުގައިވާ މީހުންނެވެ. އެއާއިއެކު ދީނަށް ދައްވަތުދީ މީސްތަކުންގެ ތެރޭގައިވާ ހެޔޮފެތުރުމަށް މިސާލެއްކަމުގައިވާ ބައެއްކަމުގައި ވެދާނެ މިހުންނެވެ.

ފަސްވަނައީ: الرِّقَابِ "އަޅުން." މިބައިގެތެރެއަށް އަޅުން މިނިވަންކުރުމަށް ހޭދަކުރުން ވަންނާނެއެވެ. އަދި އަޅުން މިނިވަންކުރުމުގައި އެހީވާ މީސްތަކުންނަށް އެހީވުމުގެ ގޮތުންވެސް ހޭދަކުރެވިދާނެއެވެ. އެގޮތުން މުސްލިމުންގެގޮތުގައިވާ އަޅުން މިނިވަންކުރުމުގައި ޒަކާތުގެ ފައިސާއިން ހޭދަކުރުމެވެ.

 

ހަވަނައީ: وَالْغَارِمِينَ "ދަރަނިވެރިވެފައިވާ މީހުން." މިބައިމީހުންނަކީ ދަރަނިވެރިވެ އެހެނަސް ދަރަނިއަދާކުރުމުގެ ޤާބިލުކަން ލިބިފައިނުވާ މީހުންނެވެ. މިބައިމިހުންނަށް ޒަކާތުގެ ފައިސާއިން ދަރަނި އަދާކުރުމުގެ ގޮތުން ފައިސާދެވިދާނެއެވެ. އެއީ ކުޑަ ނޫނީ ބޮޑު ދަރަނި ކަމުގައިވިޔަސްމެއެވެ. ކާބޯތަކެތީގެ ގޮތުން މުއްސަނދިމީހެއް ކަމުގައިވިޔަސް ފައިސާގެގޮތުން ދަރަނިވެރިވެފައިވާ ނަމަވެސް ޒަކާތުން ދެވިދާނެއެވެ. މިސާލަކަށް މީހެއްގެ އަތުގައި އޭނާއަށް އޭނާގެ ޢާއިލާއަށް ފުދޭވަރަށް ކާބޯތަކެތި ހުރިކަމުގައި ވިޔަސް އޭނާ ދައްކަންޖެހޭ ދަރަންޏެއް ދެއްކުމުގެ ގާބިލުކަން ނެތްނަމަ ޒަކާތުގެ ފައިސާއިން އެމީހާގެ ދަރަނި ދެއްކިދާނެއެވެ. އަދި އޭނާ ﷲއަށް ޓަކައި ކާބޯތަކެތިން ނެރޭޒަކާތް ދަރަނިދެއްކުމުގެ ނިޔަތުގައި ކާބޯތަކެތީގެ ޒަކާތް ނުދެވޭނެއެވެ.


  ޢިލްމުވެރިންގެ ތެރޭގައި ދަރަނިދީފައިވާ މިހާއީ ބައްޕަ ނުވަތަ ދަރިފުޅުކަމުގައި ވަނީނަމަ ޒަކާތުގެ ފައިސާއިން އެދަރަނި އަދާކުރުމަށް ދެވިދާނެކަމާމެދުގައި ޚިލާފްއުފެދިފައި ވެއެވެ. މިކަމުގެ ސައްޙަގޮތަކީ ދައުލއތުގެ ޒަކާތުގެ ފައިސާއިން އެފަދަމީހަކަށްވެސް ދެވިދާނެއެވެ. ދައުލަތުގެ ޒަކާތުގެ އަހުލުވެރިޔާއަށް ދަރަނި އަދާކުރަންޖެހިފައިވާ މީހާއެއީ އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހެއް ކަމުގައި ވާނަމަ ދަރަނި އަދާކުރުމުގެ ގޮތުން ދަރަނި ދިންމީހާއަށް ފައިސާދިނުމަކި ހުއްދަކަމެކެވެ.

ހަތްވަނައީ: سَبِيلِ اللَّهِ "މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ހޭދަކުރުމެވެ." އެގޮތުން މުޖާހިދުންނަށް އެމީހުން ޖިހާދުކުރުމަށްޓަކައި ފުދޭމިންވަރަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެއެވެ. އަދި އެގޮތުން ޒަކާތުގެ ފައިސާއިން ﷲގެ މަގުގައި ޖިހާދުކުރުމަށް ބޭނުންވާ އެކިއެކި ހަތިޔާރުގަތުމަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެވެ. މިގޮތުން ޝަރުޢީޢިލްމު ޙާސިލްކުރުމަށް އެޢިލްމު ހޯދުމަށްޓަކައި މަސައްކަތްކުރާ ދަރިވަރަށް އޭނާ ތަޢުލީމު ހޯދުމަށާއި އަދި ފޮތްގަތުމަށް ދެވިދާނެއެވެ. އެހެނަސް އެއީ އޭނާގެ އަމިއްލަނަފްސަށް ފުދިގެން ނުވާނަމައެވެ.

އަށްވަނައީ: وَابْنِ السَّبِيلِ އެއީ ދަތުރުމަތީގައި ވާމީހާ އޭނާގެ ދަތުރު އޭނާގެ ދަތުރު އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކުރުމުގެ ކުޅަދާނަކަން ނުލިބުމުން ޒަކާތް ލިބިދޭ މީހާއެވެ. އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކޮށް އޭނާގެ އަމިއްލަ ރަށަށް ދިއުމަށް ޒަަކާތުގެ ފައިސާއިން އޭނާއަށް ދެވިދާނެއެވެ.


މިއަށް ބަޔަކީ ﷲ ބަޔާންކޮށްފައިވާ ޒަކާތުގެ އަހުލުވެރިންނެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްތެރި އިލާހުގެ ޢިލްމުން ޚަބަރު ދެއްވާފައިވާ ބައިތަކަކީމިއެވެ. އެކަލާނގެ ފޮތުގައިމިވަނީ މިބައިތަށް ބަޔާންކޮށްދެއްވާފައެވެ. މިސްކިތް އެޅުމަށާއި، މަގުތަށް ހެދުމަށާއި ކަންކަމުގައި ޒަަކާތުގެ ފައިސާ ޚަރަދު ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ މިތަނުގައި ﷲ ތަޢާލާ ޒަކާތުގެ އަހުލުވެރިން ޒިކުރުކޮށްދީފައިވަނީ ޙަސްރު ކުރުމުގެ ގޮތުގައެވެ. ޙަސްރު ކުރުމުން އެގެގެން ދަނީ އެނޫން އެހެން ހުރިހާއެއްޗެއްގެ މައްޗައް ޙުކުމް ނަފީވެގެންދާ ކަމެވެ."

Like what you see?

Close

Hit the buttons below to follow us, you won't regret it...