ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله

ސުވާލު: ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން އަދި އެހެނިހެން ތަންތަނުގައި އުޅޭ ބައެއް މީހުން ހަމައެކަނި ރަމަޟާން މަހުގައި ނަމާދުކުރާތަން އަހަރެމެން ދެކެމެވެ. އަދި ބައެއް މީހުން އެއްގޮތަކަށްވެސް ނަމާދެއް ނުކުރެ އެވެ. އެހެނަސް ރޯދަ ހިފަ އެވެ. މިފަދަ މީސްތަކުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އަދި މުސްލިމުންނާ މެދުގައި މުޢާމަލާތްކުރާ ފަދައިން މިބައިމީހުންނާ މެދުގައި މުޢާމަލާތް ކުރުންވޭ ހެއްޔެވެ؟
ޖަވާބު: "ނަމާދު ނުކުރާ މީހާގެ މައްޗަށް އޮތް ޞައްޙަ ޙުކުމަކީ އޭނާއަކީ ކާފަރެކެވެ. އޭނާއަކަށް ޝަފާޢަތަކުން، އޭނާ ހިފާ ރޯދައަކުން، ޙައްޖުއިން އަދި އެހެނިހެން އަޅުކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. ސަބަބަކީ އޭނާއަކީ މުރުތައްދުވެފައިވާ މީހެކެވެ. އޭނާގެ ޢަމަލުތަކަކީ ބާޠިލް ޢަމަލުތަކެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
ފަހެ، ނަމާދު ކުރުން ދޫކޮށްލުމަކީ، ކުފުރެކެވެ. އަދި އެއީ ﷲ އަށް ޝަރީކުކުރުމެކެވެ. އަދިވެސް ﷲ ވަޙީކުރެއްވި އެވެ.
ނަމާދު ނުކުރާ އިންސާނާގެ ޙާލަތު ހުންނާނީ ކިހިނަކުން ކޮންފަދައަކުން ހެއްޔެވެ؟ ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އަދި އެއީ ދެ ޝަހާދަތައް ފަހުގައިވާ އެންމެ ބޮޑުވެގެންވާ ރުކުނެވެ. ނަމާދު އަޅައިފި މީހާގެ މައްޗަށް ތިބާ ހެޔޮގޮތުގައި އުއްމީދު ކުރަނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ރޯދަހިފި ކަމުގައިވީނަމަވެސް އޭނާއާ މެދު ރަނގަޅު ނަޟަރަކުން ދެކޭނީ ކިހިނަކުން ހެއްޔެވެ؟
މިއީ އޭނާގެ މައްޗަށް (މަރުވެ ދިއުމުގެ ކުރިން) ފޮނުއްވިގެންވާ ޢަޛާބެކެވެ. ސަބަބަކީ ނާމާދު ދޫކޮށްފައިވުމުގެ ސަބަބުން އޭނާހިފާ ރޯދައަކުން އޭނާއަށް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
ފަހެ މިފަދަ މީހާގެ މައްޗަށް މުޢާމަލާތްކުރުން ވާޖިބުވެގެންވަނީ ކާފަރުންނާ މުޢާމަލާތްކުރާ ފަދައިންނެވެ. ވަޒީފާގައި އުޅޭކަމުގައިވާނަމަ އޭނާ ވަޒީފާއިން ވަކިކުރުން ހުއްޓެވެ. ކިޔަވާ ދަރިވަރެއް ކަމުގައި ވެއްޖެހިނދު ތަޥްބާނުވާ ހިނދެއްގައި ކިޔަވާތަނުން ވަކިކުރުން ހުއްޓެވެ. އަދި ދުރުކުރަން ޖެހޭނެ އެވެ. ސަބަބަކީ އޭނާއަކީ ފާސިޤެކެވެ. އަދި އޭނާގެ ވާހަކަ މުސްލިމްވެރިޔާގެ އަރިހަށް އުފުލުން ހުއްޓެވެ. އޭނާއަށް އޮތީ ތަޥްބާވުމެވެ. އެހެން ނޫނީ އޭނާގެ މައްޗަށް އޮތީ ޤަތުލުކުރުމެވެ. ﷲ ވަޙީކުރެއްވި އެވެ.
ފަހެ، މިއާޔަތުން ދަލީލުކުރެވެނީ ނަމާދު ނުކުރާމީހާ މިނިވަންކަމާއެކު ދޫކޮށްލައިގެން ނުވާނެ ކަމެވެ. އެފަދަ މީހާއޮތީ ޤަތުލުކޮށްލުމެވެ. އަދި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إِنِّي نُهِيت عنْ قَتْل المُصلِّين) "ނަމާދުކުރާ މީހުން ޤަތުލުކުރުން ތިމަން ނަބިއްޔާއަށް ނަހީކުރެވިގެންވެ އެވެ." ފަހެ، މި ޙަދީޘްއިން ދަލީލު ކުރެވެނީ، ނަމާދު ނުކުރާމީހުންގެ މައްޗަށް އޮތް ޙުކުމަކީ އެމީހުން ޤަތުލުކުރުމެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، مَالك، أحمد އަދި الشافعي رحمهم الله ދެކެވަޑައިގަންނަވަނީ އަދި ސަލަފުއް ޞާލިޙުންގެ ޖުމްހޫރުން ވިދާޅުވަނީ، ހަމަކަށަވަރުން ނަމާދު އަޅައިފި މީހާ، ނަމާދު ވާޖިބުކަމުގައި ދެކޮޅު ނެހެދިކަމުގައިވީ ނަމަވެސް، ނަމާދު ވާޖިބުވެގެންވާ ކަމުގެ މައްޗަށް ދެކޮޅު ނެހެދިކަމުގައި ވީނަމަވެސް އޭނާއަށް އޮތީ ތަޥްބާވުމެވެ. ތަޥްބާ ނުވެއްޖެހިނދު އޮތީ ޤަތުލުކުރުމެވެ. އެއްގޮތަކީ، އޭނާ ޤަތުލުކުރުންއޮތީ ކުފުރުވުމުންނެވެ. ނުވަތަ ޤަތުލުކުރުން އޮތީ ޙައްދެއްގެ ގޮތުގަ އެވެ.
މިކަމުގައި ޞައްޙަ ގޮތަކީ، އޭނާ ޤަތުލުކުރަނީ ކާފަރެއްގެ (ކުފުރު) ގޮތުގަ އެވެ. أبُو حَنِيفة އަދި ޖަމާޢަތެއްގެ ޢިލްމުވެރިން رحمهم الله ނަޤުލުކުރައްވާފައިވެ އެވެ. ނަމާދު އަޅާ މީހާގެ މައްޗަށް އޮތް (ޙުކުމަކީ) އޭނާ ހައްޔަރު ކުރުމެވެ. (ޖަލަށް ލުމެވެ.) އަދި އެކަމުގެ މައްޗަށް އޭނާއަށް ޢުޤޫބާތް ދިނުމެވެ. ހަށިގަނޑަށް އަނިޔާ ދިނުމާއި އަދި އެނޫންވެސް އެކިބާވަތްތަކުގެ އަޛާބު އޭނާއަށް ދިނުމެވެ. އެއީ އޭނާ ނަމާދުކުރުމަށް ދާންދެނެވެ. ނުވަތަ މަރުވެގެން ދާންދެނެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/NUFKTS