5  ރޭގަނޑުގެ ފުރަތަމަ ކޮޅު ވިތުރި ކުރި މީހާ ރޭގަނޑުގެ އެންމެ ފަހު ކޮޅު ދަމުނަމާދު ކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަމާދުގެ ސުންނަތްތައް سنن الصلاة

 ރޭގަނޑުގެ ފުރަތަމަ ކޮޅު ވިތުރި ކުރި މީހާ ރޭގަނޑުގެ އެންމެ ފަހު ކޮޅު ދަމުނަމާދު ކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވިތުރި الوتر

ސުވާލު: މި ސުވާލުކުރާ މީހާ އަހައެވެ: سماحة الشيخ އެވެ. ރޭގަނޑުގެ ފުރަތަމަ ކޮޅު އަޅުގަނޑު ވިތުރި ނަމާދު ކޮށްފައި، އެއަށްފަހު ރޭގަނޑުގެ ފަހުކޮޅުގައި އެ ވިތުރި ފުރިހަމަކުރުން ޞައްޙަވެގެންވޭތޯ އެވެ؟

ޖަވާބު: ތިކަން ފުޅާވެގެންވެ އެވެ. ތިބާ ރޭގަނޑުގެ ފުރަތަމަ ކޮޅު ވިތުރި ނަމާދު ކޮށްފި ނަމަ، ތިބާއަށް ފަސޭހަވީ މިންވަރަކުން ރޭގަނޑުގެ ފަހުކޮޅުގައި ތިބާ ނަމާދުކުރާށެވެ. އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ސަބަބުންނެވެ: {لَا وِتْرَانِ في لَيْلَةٍ} (1)، މާނައީ: "އެއް ރެއެއްގައި ދެ ވިތުރިއެއް ނުވެ އެވެ." ތިބާ ދެ ރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނުވަތަ ހަ ރަކުޢަތް ނުވަތަ އެއަށް ވުރެ ގިނައިން ކުރާނީ އެވެ. ކޮންމެ ދެ ރަކުޢަތަކުން ތިބާ ސަލާމް ދޭނީ އެވެ. އަދި ތިބާއަށް ފުރަތަމަ ވިތުރި ނަމާދު ފުދިގެންވެ އެވެ. އެހެން ނަމަވެސް އެންމެ ހެޔޮ ގޮތަކީ ތިބާ ވިތުރި ނަމާދު ފަސްކުރުމެވެ. ރޭގަނޑުގެ އެންމެ ފަހުކޮޅުގައި ކުރުމެވެ. ފަހެ الله ތިބާއަށް ފަސޭހަކޮށްދެއްވި މިންވަރަށް ތިބާ ނަމާދުކޮށްފި ނަމަ، ތިބާ އެއް ރަކުޢަތުން ވިތުރި ކުރާނީ އެވެ. އެންމެ ހެޔޮކަން ބޮޑު ގޮތަކީ މިއީ އެވެ. ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ސަބަބުންނެވެ: {صَلَاةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُم الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى}(2)، މާނައީ: "ރޭގަނޑުގެ ނަމާދު ވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު ފަތިސް ވަގުތަށް ބިރު ހީވެއްޖެ ނަމަ، އޭނާ އެއް ރަކުޢަތް ކުރުން ހުއްޓެވެ. އޭނާ ހަމަކަށަވަރުން ކުރި ނަމާދުތަކުގެ ވިތުރިއެއްގެ ގޮތުގައި އެ ވާނެ އެވެ." ޝަރުޢުކުރެވިގެންވާ ގޮތަކީ މިއީ އެވެ.
◇   ◇   ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد العاشر، كتاب الصلاة القسم الخامس، حكم الصلاة في آخر الليل لمن أوتر في أوله، ج10، ص148، فتوى رقم: 51.
ސައިޓް ލިންކް: https://goo.gl/60quxw

*****

(1) ރިވާކުރެއްވީ: أبو داود، كتاب صلاة، باب تفريغ أبواب الوتر، باب في نقض الوتر، برقم (1439)، والترمذي أبواب الوتر، باب ما جاء لا وتران في ليلة، برقم (470)، والنسائي في المجتبى في كتاب قيام الليل وتطوع النهار، باب نهي النبي عن الوترين في ليلة، برقم (1679).
(2) ރިވާކުރެއްވީ البخاري في كتاب الصلاة، باب الحلق والجلوس في المسجد، برقم (472)، ومسلم، كتاب صلاة المسافرين وقصرها، باب صلاة الليل مثنى مثنى، رقم (749).

 

Like what you see?

Close

Hit the buttons below to follow us, you won't regret it...