މުޢާހަދާއެއްގެ ދަށުން އައިސްފައވާ ޣައިރު މުސްލިމުން ޤަތުލުކުރުން

މުސްލިމު ޤައުމެއްގެ ބަޔަކާއި ހަގުރާމަކުރާ ކާފަރު ޤައުމެއްގެ އެންމެހައި މީސްތަކުން ޤަތުލުކުރުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله

ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

ސުވާލު: އެންމެހައި ޤައުމުތަކެއްގައިވާ އެމެރިކާ މީހުން ޤަތުލުކުރުމަށް ފަތުވާ ދިންބަޔަކު ފަތުވާ ދީފައިވެއެވެ. އެބައި މީހުން ބުނަނީ އެމެރިކާ މީހުންނަކީ ހަނގުރާމަވެރިން ކަމުގައެވެ. ފަޟީލަތުއް ޝެއިޚް މިކަމާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟
 

ޖަވާބު: ތިއީ ތަންދޮރު ފިލައިފައި ނުވާ ޖާހިލު މުފްތީއެކެވެ. ތިޔައީ އެކަމެއްގައި ތަފްސީލު އެކުލެވިގެންވާ ކަމެކެވެ. އަހަރެމެން އެބައި މީހުންނަށް އަހަރެމެންގެ ޤައުމަށް ވަނުމުން އަމާންކަން ލިބިގެންވާ ކަމުގައި އަދި އެކަމަށް އެބައި މީހުންނާ އެއްބަސްވީމެވެ. ނުވަތަ އަހަރެމެން އެބައިމީހުން އެކިއެކި ޢަމަލުތަކަށްޓަކައި، އެކަންތަކަށް އަހަރުމެން ބޭނުން ޖެހިފައި ވުމުން އަހަރެމެންގެ ޤައުމަށް ގެނައީއެވެ. އެހިނދު އެބައި މީހުންވަނީ އަހަރެމެންގެ އެއްބަސްވުމުގެ ދަށުގައެވެ. މިގޮތުން އެބައި މީހުންގެ މައްޗަށް މަކަރުހަދާ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އެބައި މީހުން ޤަޠުލުކޮށްގެން ނުވާނެއެވެ. އަހަރުމެންނާ އެހެނިހެން ދައުލަތްތަކާ ދެމެދުގައި ސިޔާސީ  ގުޅުންތަކުން ގުލިފައިވާ އެއްވެސް ބަޔަކަށް އަހަރެމެން އަނިޔާވެރިވެ، އެ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އަހަރެމެންގެ އިޒުނައާ އެކުގައި އަހަރެމެންގެ ޤައުމުގެ ތެރެއަށް ވަދެފައިވާ އެއްވެސް ކާފަރަކަށް އަހަރެމެން އަނިިޔާ ވެރިވެގެން ނުވާނެއެވެ.

ﷲ ވަޙިީކުރައްވާފައި ވެއެވެ. وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ذَلِكَ بِأَنَّهُمْ قَوْمٌ لا يَعْلَمُونَ "އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު އިބަ ނަބިއްޔާގެ އަރިއަހުން ރައްކައުތެރިކަމަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲ ގެ ކަލާމްފުޅު އަހައިފުމަށް ދާންދެން އެމީހަކަށް ރައްކައުތެރިކަން ދެއްވާށެވެ. ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ."

މުސްލިމުންގެ އިޒުނައާ އެކުގައި މުސްލިމުންގެ ޤައުމުތަކަށް ވަދެފައިވާ އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. ނުވަތަ މުސްލިމުން އެބައި މީހުންގެ ޤައުމަށް ގެނެސްފައިވާ އެކަކަށްވެސް އަނިޔާވެރި ވެގެން ނުވާނެއެވެ. މިފަދަ ބަސްތަކަކީ ބުނުން ހެޔޮވެގެންވާ ބަސްތަކެއް ނޫނެވެ. ފަހެ، ހަނގުރާމަ ވެރިންނަކީ އަހަރެމެންނާ ި އެބަޔަކާއި ދެމެދުގައި އެއްވެސް އެއްބަސްވުމެއް އަދި އަމާންކަމެއް ލިބިދީފައި ނުވާ މީހުންނެވެ. ހަގުރާމަވެރިންނަކީ މިއެވެ.
الفتاوى الشرعية في القضايا العصرية ص 89

 

ނޯޓް: 19 ޑިސެންބަރ 2016 ގައި ރަޝިއާ ސަފީރަކު ތުރުކީގައި އިންޓަވިއު ދެނިކޮށްވަނީ ﷲ އަކްބަރު ކިޔަމުން ބަޑި ޖަހައި ޤަތުލު ކޮށްފައެވެ. އެހެނަސް، ހިތާމައަކީ މީސްތަކުން ޤަތުލުކޮށް، ބޮޑުވެގެންވާ ޙަރާމްކަންތައް ކުރާއިރު ﷲ ތަޢާލާގެ ނަން ޒިކުރު ކުރުމެވެ. އަދި އެ ޢަމަލު އެފަދަ މީހުންވަނީ އިސްލާމްދީނަށް ނިޞްބަތްކޮށް މި ދީނުގެ ޞޫރަ ހަލާކުކުރުމުގައެވެ.

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު | 17 މާރޗް 2019

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله | 29 ޑިސެމްބަރ 2017

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި އިޚްވާނުލް މުސްލިމީން ލީޑަރު ޤަރަޟާވީގެ ޓެރަރިސްޓު ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...