5  ޙައްޖުވެރިޔާ ދުވާލުގެ ވަގުތުގައި މިނާއިން ނުކުތުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޙައްޖުގެ ވާޖިބުތައް

 ޙައްޖުވެރިޔާ ދުވާލުގެ ވަގުތުގައި މިނާއިން ނުކުތުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޙައްޖު

 

ސުވާލު: ސުވާލުކުރާ މީހާ އަހައެވެ: سَمَاحَةُ الشَّيخ އެވެ. އަޅުގަނޑުމެން މިދިޔަ އަހަރު ޙައްޖުވީމެވެ. އަދި އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ދުވަހުގެ ދުވާލު ވަގުތު އަޅުގަނޑުމެން ހޭދަކުރީ މައްކާގައެވެ. އަދި ރޭގަނޑު ވަގުތު މިނާގައި ރޭކުރީމެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މައްޗަށް ކަމެއް (ވާޖިބުވެގެން) ވޭތޯ އެވެ؟
 

ޖަވާބު: إِنْ شَاءَ الله ތިޔަބައިމީހުންގެ މައްޗަށް ކަމެއް ނުވެއެވެ. އެންމެ ހެޔޮ ގޮތަކީ ތިޔަބައިމީހުން މިނާގައި މަޑުކުރުމެވެ. އެހެން ނަމަވެސް ތިޔަބައިމީހުން ނުކުމެއްޖެ ނަމަ މައްސަލައެއް ނެތެވެ. މުހިންމު ކަމަކީ ތިޔަބައިމީހުން މިނާގައި ރޭކުރުމެވެ.
ސުވާލު: ސުވާލުކުރާ އަންހެން މީހާ އަހައެވެ: ހަމަކަށަވަރުން ޙައްޖުގެ ފަރުޟު އަދާކުރުމުގައި އޭނާ ޤާއިމްވި އެވެ. އަދި ރޭގަނޑުގެ ދެބައިކުޅަ އެއްބައި ހަމަވުމުން، ޖަމާޢަތާ އެކު މިނާ ދޫކޮށްލަ (މިނާއިން ނުކުމެ) އެވެ. އަދި ޖަމާޢަތުގެ މަސްއޫލުވެރިން ބުންޏެވެ: ހަމަކަށަވަރުން އެވަރުން ރޭކުރުމަށް ފުދޭނެ އެވެ. ފަހެ އޭނާގެ ޙައްޖު ޞައްޙަތޯ އެވެ؟

 

ޖަވާބު: އާއެކެވެ. އޭނާގެ ޙައްޖު ޞައްޙަ އެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އަދި މިނާގައި ރޭގަނޑުގެ ގިނަ ވަގުތު ހޭދަކޮށްފި ނަމަ ފުދޭނެ (ވާޖިބު އަދާކުރި ކަމުގައި ބެލެވޭނެ) އެވެ. އެހެން ނަމަވެސް އެންމެ ހެޔޮކަން ބޮޑީ، ނަބިއްޔާ ﷺ އާއި ނަބިއްޔާގެ އަޞްޙާބުން ޢަމަލުފުޅުކުރެއްވި ފަދައިން މިނާގައި ރޭކޮށް އެތަނުގައި މަޑުކުރުމެވެ. ދެން ފަހެ، ރޭގަނޑުގެ ދެބައިކުޅަ އެއްބައިގެ ފަހުބައިގައި މައްކާއަށް ނުވަތަ އެނޫން ތަނަކަށް ދިޔަ މީހާގެ ރޭކުރުން ޞައްޙަ އެވެ. އަދި އޭނާއަށް އެކަމުގެ ސަބަބުން ގެއްލުމެއް ނެތެވެ. އެބަހީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ހަމަވުމަށް ފަހު އެވެ. ނުވަތަ މިސާލަކަށް ރޭގަނޑުގެ ކުރީކޮޅު ޠަވާފު ނުވަތަ އެނޫން ކަމެއް ކުރުމަށް މައްކާއަށް ގޮސްފައި، އެއަށްފަހު މިނާއަށް އެނބުރި އައިސް، މިނާގައި ރޭގަނޑުގެ ގިނަވަގުތު ހޭދަކޮށްފި ނަމަ ފުދޭނެ އެވެ.
 

ސުވާލު: އަޟްޙާ ޢީދު ދުވަހު މިނާގައި ޖަމްރާއަށް އަޅުގަނޑު ހިލަ އުކީމެވެ. ދެން މައްކާއަށް ގޮސް، ކަޢުބާ ވަށައި ޠަވާފުކުރީމެވެ. ދެން މިނާއަށް ގޮސް ހަމައެކަނި އިރު އޮއްސެންދެން އެތަނުގައި މަޑުކުރީމެވެ. ދެން މައްކާއަށް ދިޔައީމެވެ. އަދި އަޅުގަނޑު މިނާގައި ރޭ ނުކުރަމެވެ. އެއީ އަޅުގަނޑު ބަލިވެ އުޅުނީމަ އެވެ. އަދި އަޅުގަނޑާ އެކު މަޙްރަމެއް ނެތެވެ. އަދި އަޅުގަނޑުގެ ފަހަރި އާއި އޭނާގެ ފިރިމީހާ ގެއްލުނެވެ. އަދި މިނާގައި އަޅުގަނޑު ރޭ ނުކުރުމުގެ ޙުކުމް ދެނެގަތުމަށް ބޭނުމެވެ. جزاكم الله خيرا.
 

ޖަވާބު: އަޟްޙާ ޢީދު ދުވަހު ޖަމްރާއަށް، ޖަމްރަތުލް ޢަޤަބާއަށް ހިލަ އުކުމަކީ ޙައްޤު ގޮތެވެ. އަދި ޝަރުޢުކުރެވިގެންވާ ގޮތަކީ ވެސް އެއީ އެވެ. އަދި ޢީދު ދުވަހު ތިބާ ޠަވާފުކުރުން، އެއީ ވެސް ހެޔޮ ގޮތެވެ. އަދި ޙައްޖުގެ ޠަވާފުކުރުން އެންމެ ހެޔޮވެގެންވާ ވަގުތަކީ ޤުރުބާންކުރުމުގެ ދުވަހެވެ. (އެބަހީ ޙައްޖުމަހުގެ 10 ވަނަ ދުވަހެވެ.)
 

ދެން ފަހެ، ތިބާ ޛިކުރުކުރި ބަލިކަމުގެ ސަބަބުން މިނާގައި ރޭ ނުކޮށް މައްކާގައި ރޭކުރުމުން إِنْ شَاءَ الله ތިބާގެ މައްޗަށް ފާފައެއް ނެތެވެ. އަދި ބަލިކަމުގެ ސަބަބުންނާއި، ތިބާ ޛިކުރުކުރި ކަންތައް ޙާޞިލު ނުވުމުގެ ސަބަބުން، މިނާގައި ރޭކުރުމަށް މަގުފަހި ނުވެއްޖެ ނަމަ، ތިބާއަކީ އުޒުރުވެރިއެކެވެ.


◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الثامن عشر، كتاب الحج وكتاب الجهاد، حكم خروج الحاج من منى أثناء النهار، ج18، ص80-82، فتوى رقم: 44.
ސައިޓް ލިންކް: http://goo.gl/Z3SxLk

ޙައްޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކުގެ މެދުގައިވާ ފަރަޤު ބަޔާންކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 29 ޖުލައި 2019

 އިރު އެރުމަށްފަހު މުޒްދަލިފާއަށް ވާޞިލުވި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 28 އޮގަސްޓު 2017

 އަންހެނަކު ޙައްޖާއި ޢުމްރާ އަދާކުރާ ހިނދު ދުވަސްވަރުގެ ލޭ މަނާކުރާ ބޭސް ބޭނުންކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 28 އޮގަސްޓު 2017

 އަޚާ އެވެ! ތިބާވަނީ ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ކަމުގައި ދަންނަމު ހެއްޔެވެ؟ - الإِمَام ابن رَجب الحَنبَلِي رحمه الله | 05 އޮގަސްޓު 2017

ޕީޑީ އެފް: ހައްޖުގެ ފަތުވާ | ތަރުޖަމާ ކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله | 16 ސެޕްޓެމްބަރ 2016

ޖަމްރާތަކަށް ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 11 ސެޕްޓެމްބަރ 2016

މުޒްދަލިފާގައި ރޭކުރާއިރު ވާޖިބު އުފުލޭ މިންވަރު ބަޔާންކުރުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 10 ސެޕްޓެމްބަރ 2016

ފޮޓޯ: ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން އަދި އޭގެ އަޙްކާމްތައް | 23 ސެޕްޓެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...