ކަށުނަމާދުގެ ތަކްބީރުތަކަށް އަތް އުފުލުން - الشَّيْخُ العلامة رَبِيْع بِن هَادي المَدْخَلِي حفظه الله

ކެޓަގަރީ ޖަނާޒާ އަދި ޤަބުރުތަކުގެ އަޙްކާމްތައް

الشيخ ربيع ވިދާޅުވެފައިވެ އެވެ.: "އަހަރެން الألباني رحمه الله އެކުގައި ކަށުނަމާދެއް ކުރީމެވެ. ތަކްބީރު ތަކުގައި އަތްޕުޅު ނުއުފުއްލަވަ އެވެ. އަހަރެން الألباني رحمه الله ޖެހިގެން އެއްފަރާތުގައި ހުރީމެވެ. އަދި ކޮންމެ ތަކްބީރަކަށް އަތް އުފުލީމެވެ. ނަމާދުކޮށް ނިމުމުން އަހަރެން ބުނީމެވެ. "އަހަރެންގެ ޝެއިޚް އެވެ. (ކަށުނަމާދުގައި އަތް އުފުއްލަން ޖެހޭކަމުގައި ރައުޔުގައި ހުންނަވާފައި، އެ ރައުޔުއާ ޚިލާފްވެވަޑައިގެންނެވީތޯ އެވެ؟"
 

الإمام الألباني رحمه الله  ވިދާޅުވި އެވެ. "އާއެކެވެ. (ރަނގަޅެވެ.)" ފަހެ އެހިނދުގައި އަހަރެން އަތުގައި އެކަމަށް ހުރި ޙުއްޖަތްތައް (ދަލީލުތައް) ބަޔާންކޮށްދީނީމެވެ. ފަހެ، އެހިނދުގައި އަދަބުވެރިކަމާއި އިޙްތިރާމާ އެކުގައި އެ ދަލީލުތައް ޤަބޫލު ކުރެއްވި އެވެ."

****

ބަސްތައް ނަގާފައިވަނީ : المجموع 15-228

Like what you see?

Close

Hit the buttons below to follow us, you won't regret it...