ބަލިތަކުން ޝިފާ ލިބުމަށް އެންމެ ފައިދާކުރަނިވި ބޭސްފަރުވާގެ ތެރޭގައި ދުޢާ - الإمام ابن القيم رحمه الله

ކެޓަގަރީ ބޭސްވެރިކަމާއި ސިއްޚަތު

 

الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "އެންމެ ފައިދާކުރާ ބޭސްފަރުވާ ތެރޭގައި؛ ދުޢާ ކުރުމުގައި އާދޭހާ (އާދޭސްކޮށް، ދެރަނިކަމެތި، މޮޅިވެރިއެއްގެ ގޮތުގައި ހުރެ) އެކުގައި ހުރެ ދުޢާކުރުން ހިމެނެއެވެ." الدعاء دواء 12


الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "
ދުނިޔޭގައި އެކިމުޞީބާތްތަކާއި އުނދަގޫތައް ދިމާވުމުން ތަޥްޙީދުން އެކަންތައް ފިއްލަވައި ދެއްވާ މިންވަރަށް އެހެން އެއްވެސް އެއްޗަކުން ފިއްލަވައި ނުދެ އެވެ. ފަހެ، އެ ގޮތުން މުޞީބާތްތައް ދިމާވުމުން ކިޔާ ދުޢާއަކީ ތަޥްޙީދު އެކުލެވިގެންވާ ދުޢާއެއްގެ ގޮތުގަ އެވެ. އަދި ذِيْ النُّون  (ޔޫނުސް عليه سلام) ކޮށްފައިވާ ދުޢާ (لا إله إلا أنت سبحانك إني كنت من الظالمين)، ތަޥްޙީދުގެ މި ދުޢާ އަކީ، އެމީހަކަށް މުޞީބާތެއް ދިމާވުމުން މިދުޢާއިން ﷲ އަށް ދެންނެވުމުން، އެކަލާނގެ އެމީހެއްގެ މުޞީބާތް ނުފިއްލަވާ ދޫނުކުރައްވާނެ ދުޢާއެކެވެ.


ފަހެ، ބޮޑެތި މުޞީބާތްތަކުގެ ތެރެއަށް ޝަރީކު ކުރުމުގެ ސަބަބުން މެނުވީ ވެއްޓިގެން ނުދެ އެވެ. އަދި އެ އެންމެހައި ކަންތައްތަކުން ތަޥްޙީދު މެނުވީ ސަލާމަތްކޮށެއް ނުދެ އެވެ. ފަހެ، ތަޥްހީދަކީ އޭގައި ހިފަހައްޓައިގެން ދެމިހުރުމަށް އޮތް އަދި ކިއްލާއެއް ކަމުގައިވާ އެއްޗެކެވެ." الفوائد ص 96

 

ތަޥްޙީދަށް މިފަދަ މަޤާމެއް އިސްލާމްދީނުގައި ދެވިގެންވާ ހިނދުގައި، މީސްތަކުންގެތެރެއިން ކިހާމެ ބަޔަކަށް މި ތަޥްޙީދު އޮޅުންފިލައިފައިވޭ ތޯ އެވެ؟

Like what you see?

Close

Hit the buttons below to follow us, you won't regret it...