އިސްލާމީ ދައުލަތްތަކަށް އަންނަ ފަތުރުވެރިންނާއި، ޒިޔާރަތްކުރާ ބޭރުގެ ސަފީރުންނަށް ގެއްލުން ދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ - سماحة الشيخ عبدالعزيز بن باز رحمه الله

ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

ސުވާލު: އިސްލާމީ ދައުލަތްތަކަށް އަންނަ ފަތުރުވެރިންނާއި، ޒިޔާރަތްކުރާ ބޭރުގެ މީސްތަކުންނަށް ގެއްލުން ދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު: މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއްވެސް ފަރުދަކަށް މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ މަސައްކަތް ކުރުމަށް ނުވަތަ ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރި ބައެއް ކަމުގައި ވިޔަސްމެއެވެ. ސަބަބަކީ އެބައިމީހުންނަކީ އަމާންކަން ލިބިގެންވާ ބައެކެވެ. ޤައުމަށް އެބައި މީހުންވަންނަނީ އަމާންކަން ލިބިގެންވާ ޙާލުގައިއެވެ. އެގޮތުން އެމީހުންގެ މައްޗަށް އެއްވެސް ގޮތެއްގައި އަނިޔާވެރިވުން ހުއްދައެއް ނުވާނެއެވެ. އެހެނަސް ތިޔަބައި މީހުންނަށް އޮތީ އެ ފަތުރުވެރިންގެ ފަރާތުން ފާޅުވެގެން ނުވާނެ އެއްޗެހި ފާޅުކުރާ ކަމުގައި ވާނަމަ ދައުލަތަށް ނަޞޭޙަތްތެރި ވުމެވެ. މިގޮތާ ޚިލާފަށް އެއިން އެއްވެސް މީހަކަށް އަނިޔާވެރިވުން ހުއްދައެއް ނުވާނެއެވެ. މީސްތަކުންގެ ތެރޭގައިވާ ފަރުދީ އެކިއެކި ފަރުދުން އެމީހުން ޤަތުލުކޮށް ނުވަތަ އެމީހުން ގައިގައި ޖަހާ ނުވަތަ އެމީހުންނަށް އުނދަގޫ ކޮށްގެން ނުވާނެއެވެ. އެއާ ޚިލާފަށް އެބައި މީހުންނަށް އޮތީ އެކަންތައް ވަލިއްޔުލް އަމްރާ ހިސާބަށް  އަރިހަށް ގެންދިއުމެވެ. ސަބަބަކީ އެއިން އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެވޭ ކަމުގައި ވާނަމަ އެހިނދުގައި އަނިޔާވެރިވެވެނީ އެބައިމީހުންގެ ތެރެއަށް އަމާންކަމާ އެކު އައިސްފައިވާ ބަޔަކަށެވެ. އެބައިމީހުންނަށް އޮތީ އެކަމަށް ކުޅަދާނަ ވެގެންވާ ބަޔަކަށް އަރިހަށް އެކަންތައް ބަޔާންކޮށްދިނުމެވެ. އެ މުންކަރާތްތައް ފާޅުކުރާ މީސްތަކުން ދައުލަތަށް ވަނުމަށް މަނާކުރުމަށްޓަކައި އެކަމުގެ އަހުލުވެރިންގެ ކައިރިއަށް ދިއުމެވެ. އެބައި މީހުންނަށް އިސްލާމް ދީނަށް ވަނުމަށް ނަޞޭޙަތްތެރިވުން ނުވަތަ މުސްލިމުން ކަމުގައިވާނަމަ އެމީހުންނަށް އެ މުންކާރާތްތައް ދޫކޮށްލުމަށް ނަޞޭޙަތްތެރިވުމަކީ ބޭނުން ކަމެކެވެ. ޝަރުޢީ ދަލީލުތައް ބަޔާންކޮށްދިނުމެވެ. و الله المستعان . ولاحول ولا قوة إلا بالله . و صلى الله و سلم على نبينا محمد و آله و صحبه. (الفتاوى الشرعية في القضايا العصرية ص 78)
 

ނޯޓް: 19 ޑިސެންބަރ 2016 ގައި ރަޝިއާ ސަފީރަކު ތުރުކީގައި އިންޓަވިއު ދެނިކޮށްވަނީ ﷲ އަކްބަރު ކިޔަމުން ބަޑި ޖަހައި ޤަތުލު ކޮށްފައެވެ. އެހެނަސް، ހިތާމައަކީ މީސްތަކުން ޤަތުލުކޮށް، ބޮޑުވެގެންވާ ޙަރާމްކަންތައް ކުރާއިރު ﷲ ތަޢާލާގެ ނަން ޒިކުރު ކުރުމެވެ. އަދި އެ ޢަމަލު އެފަދަ މީހުންވަނީ އިސްލާމްދީނަށް ނިޞްބަތްކޮށް މި ދީނުގެ ޞޫރަ ހަލާކުކުރުމުގައެވެ.

 

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު | 17 މާރޗް 2019

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله | 29 ޑިސެމްބަރ 2017

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި އިޚްވާނުލް މުސްލިމީން ލީޑަރު ޤަރަޟާވީގެ ޓެރަރިސްޓު ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...