ސަރުކާރުގައި ރިބާ ބެންކުތައް ހުރުމަކީ އެބައިމީހުން އެކަން ހަލާލުކަމެއްގެ ގޮތުގައި ހެދުން ކަމުގައިވާނެތޯއެވެ؟ - الشيخ صالح بن فوزان الفوزان حفظه الله

ކެޓަގަރީ ޝަރުޢީ ސިޔާސަތު


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ صالح الفوزان حفظه الله

ސުވާލު: ދައުލަތުގައި ރިބާ މުޢާމަލާތްކުރާ ބޭންކުތައް ގިނަވުމަކީ އެބައި މީހުން އެކަން ޙަލާލު ކޮށްފައިވާ ނުވަތަ ހުއްދަކޮށްފައިވާ ކަމުގައި ބުނެވޭނެތޯއެވެ؟

ޖަވާބު: ރިބާ ކެއުމަކީ، ރިބާ ޙަލާލުކޮށްފައިވުމޭ ނުބުނެވޭނެއެވެ. ރިބާ ކެއުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ރިބާގެ މުޢާމަލާތް ކުރުމަކީ އެންމެ ބޮޑުވެގެންވާ ކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެހެނަސް މިއީ ރިބާގެންގުޅޭ މީހާ ކާފަރެއްގެ ގޮތުގައި ވާނެ ކަމެއްނޫނެވެ. އޭނާ ކާފަރެއްގެ ގޮތުގައި ވާނީ ރިބާއަކީ ޙަލާލު އެއްޗެއްގެ ގޮތުގައި ދެކުމުންނެވެ. އެއީ ޙަލާލު އެއްޗެއްގެ ގޮތުގައި ދެކި ރިބާގެ މުޢާމަލާތް ނުކުރި ކަމުގައިވިޔަސް، އޭނާ ރިބާއަކީ ޙަލާލު އެއްޗެކޭ ބުނުމުން އޭނާ ކާފަރެއްގެ ގޮތުގައި ވާނެއެވެ. ޙަލާލުކޮށް އޭގެ މުޢާމަލާތް ކޮށްފިނަމަ ބޮޑުވެގެންވާ ދެ ޖަރީމާއަށް އޭނާ އަރައިފިއެވެ. و العياذ بالله. ރިބާ ކެއުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި ފާސިގު ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ޙަލާލުކުރުމަކީ ކާފަރުވާނެ ކަމެކެވެ.
الفتاوى الشرعية في القضايا العصرية ص 68