ހައްޤުގައިވާ ހަމައެކަނި ޖަމާޢަތަކީ ސަލަފީން - العلامة صالح ابن فوزان الفوزان حفظه الله

ކެޓަގަރީ ސަލަފިއްޔަތު

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإمام العلامة الشيخ صالح الفوزان حفظه الله

ސުވާލު: ބައެއްމީހުން ދަޢުވާކުރާގޮތުގައި ސަލަފިއްޔަތަކީ މިއަދު ދަޢުވަތުގެ މައިދާނުގައި އުޅޭ ޖަމާޢަތްތައް ފަދައިން، އުފެދިފައިވާ ޖަމާޢަތެކެވެ. އަދި އެ ޖަމާޢަތުގެ ޙުކުމަކީވެސް އެހެނިހެން ބާކީތިބި ޖަމާޢަތްފަދަ ބައެކެވެ. މިކަމަށް ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟

 

ޖަވާބު: ތިއަށް އޮތް ޖަވާބަކީ ކުރިންވެސް އަހަރެން ބަޔާންކުރި ފަދައިންނެވެ. ސަލަފީ ޖަމާޢަތަކީ، ހަމައެކަނި ޙައްޤުގައިވާ ޖަމާޢަތެވެ. އެ ޖަމާޢަތަކީ، އެ ޖަމާޢަތަކަށް ނިސްބަތްވުމަށް ވާޖިބުވެގެންވާ ޖަމާޢަތެވެ. އަދި ހަމައެކަނި އެބަޔަކާ އެކުގައި ޢަމަލުކުރުން އޮތީ ސަލަފީ ޖަމާޢަތާ އެކުގަ އެވެ. ނިސްބަތްވުން އޮތީ މި ޖަމާޢަތަށެވެ. މި ޖަމާއަތަކީ ދެންހުރި އެންމެހައި ޖަމާޢަތްތަކެއް ފަދައިން ދަޢުވަތް ދިނުމަށް ނިކުމެފައިވާ ޖަމާޢަތެއް ކަމުގައި ދެކިގެން ނުވާނެ އެވެ. (އެޖަމާޢަތް ތަކަކީ އެއްވެސް ޢިބުރަތެއް ލިބިފައިވާ ބައެއް ނޫނެވެ.) ސަބަބަކީ އެބައިމީހުންނަކީ (ޙައްޤުގޮތާއި) ޚިލާފްވެގެންވާ ބައެކެވެ. ސަލަފުއް ޞާލިޙުންގެ ހިދާޔަތާއި، އަހުލުއްސުންނަތް ވަލްޖަމާޢަތާއި ޚިލާފްވެފައިވާ ބަޔަކަށް ތަބަޢަވާނީ ކިހިނަކުން ހެއްޔެވެ؟

 

ސަލަފިއްޔަތާއި ޚިލާފްވެފައިވާ ކޮންމެބަޔަކީ، ރަސޫލާ صلي الله عليه وسلم ގެ މަންހަޖާއި ޚިލާފްވެފައިވާ ބައެކެވެ. އެބައިމީހުންވަނީ ރަސޫލާ صلي الله عليه وسلم އަދި އެ ރަސޫލާގެ ޞަޙާބީންނާއި ޚިލާފްވެފަ އެވެ. (އެބައިމީހުން ބުނާގޮތުން) ސަލަފިއްޔަތަކީ އިސްލާމްދީނަށް ދަޢުވަތު ދިނުމަށް އުފެދިފައިވާ ޖަމާޢަތްތަކުގެ ތެރެއިން ޖަމާޢަތަކޭ ބުނާ ބުނުމަކީ ގޯހެކެވެ. (ނުބައިވެގެންވާ ބަހެކެވެ.)

ސަލަފިއްޔަތަކީ އެއީ ހަމައެކަނި އޮތް ޙައްޤު ޖަމާޢަތެވެ. އެ ޖަމާޢަތަށް ތަބަޢަވުން ވާޖިބުވެގެންވެ އެވެ. އަދި އެބައިމީހުންގެ ހިދާޔަތް ހޯދައި، އެބައިމީހުންގެ މަންހަޖުގައި ޤާއިމްވެ ދެމިތިބުމާއި، އެއަށް ވަންނަން ޖެހެ އެވެ. އަދި ޖިހާދުކުރަންޖެހެނީ އެބައިމީހުންނާއި އެކުގަ އެވެ.

އެބައިމީހުންނޫން ބައެއްގެ ތެރެއަށް މުސްލިމަކު ވަނުން ހުއްދައެއް ނުވާނެ އެވެ. އެއީ (ޙައްޤުގޮތާއި) ޚިލާފްވެފައިވާތީ އެވެ. ފަހެ، އެއްވެސް އިންސާނަކު ޙައްޤުގޮތާއި ޚިލާފްވެފައިވާ ބަޔަކާއި އެކުގައި ވުމަށް ލޯބިކުރާނެ ހެއްޔެވެ؟ މިކަމަށް އެވެސް މުސްލިމަކު ނުރުހޭނެ އެވެ.

ރަސޫލާ . ޙަދީޘްކުރެއްވީ، (عليكم بسنَّتي وسنَّةِ الخلفاءِ الراشدينَ المهديِّينَ بعدي) "ތިޔަބައިމީހުންނަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަންނަބިއްޔާގެ ހިދާޔަތުގައިވި ޚަލީފާއިންގެ ސުންނަތެވެ."
އަދިވެސް صلي الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ފިރުޤަތުއް ނާޖިޔާއަކީ "ތިމަންނަބިއްޔާ އަދި ތިމަން ނަބިއްޔާގެ ޞަޙާބީން ތިއްބެވިގޮތުގައި ދެމިތިބި މީސްތަކުންނެވެ."

ކާމިޔާބު ބޭނުންވާ އިންސާނާ މިމަގު ނޫން މަގެއް ހޯދައިގަންނާނެ ހެއްޔެވެ؟ ސަލާމަތްކަން ބޭނުންވެ، އެބައިމީހުންގެ މަގު ހޯދައިނުގަންނަނީ ހެއްޔެވެ؟
އާއެކެވެ. އެއްވެސް އޮޑިއެއް ހިކިފަސްތަކެއްގައި ދަތުރެއް ނުކުރާނެ އެވެ.


ފަތުވާ ނަގާފައިވަނީ : http://goo.gl/IpJw5S