بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:
ތިނަދޫ ސަލަފީ މަރުކަޒުން އިންތިޒާމްކޮށް ބާއްވާ އަހަރީ ދަޥްރާ ޢިލްމިއްޔާ މި އަހަރުގެ ޖޫން 4 - ޖޫން 8 އަށް إن شاء الله ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އުފަލާއެކު ޢިޢުލާނު ކުރަމެވެ.
މި ދަޥްރާގައި ބައިވެރިވާ އުސްތާޛުން:
1. އުސްތާޛް ޢަބްދުﷲ ފިރުޝާން حفظه الله (މަދީނާ ޔުނިވާސިޓީގެ ކުއްލިޔަތުލް ހަދީޘް އިން ޑިގްރީ ހާޞިލްކޮށްފައިވާ އަދި މިހާރު މާސްޓާރސް ޑިގްރީއަށް ކިޔަވަމުންދާ)
2. އުސްތާޛް އަބޫ އަނަސް މުހައްމަދު ހަސަން حفظه الله (މަދީނާ ޔުނިވާސިޓީގެ ކުއްލިޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
3. އުސްތާޛް އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله (މަދީނާ ޔުނިވާސިޓީގެ ކުއްލިޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
4. އުސްތާޛް މުހައްމަދު ރިފާދު حفظه الله (މަދީނާ ޔުނިވާސިޓީގެ ކުއްލިޔަތުއް ޝަރީޢާ އިން ޑިގްރީ ހާޞިލްކޮށްފައި)
ދަރުސްތައް އޮންނަ ތަން އަދި ވަގުތު:
ދަރުސް އޮންނާނީ ކޮންމެ ދުވަހަކު ފަތިސް، ޢަސުރު އަދި ޢިޝާ ނަމާދު ފަހުން މަސްޖިދުއް ތަޤްވާ އަދި މަސްޖިދުލް މަރްޔަމްގައެވެ. ދަރުސްތަކުގެ ތާވަލް ހޯދެއްވުމަށް ތިނަދޫ ސަލަފީ ބޮލޮގް އަށް ޒިޔާރަތް ކޮށްލައްވާށެވެ. އަދި ފަހުގެ އަޕްޑޭޓްތަކަށް @ThinadhuSalafi ޓްވިޓާރ އިން ފޮލޯ ކޮށްލައްވާށެވެ.
އަދި މަކްތަބާ ސަލަފިއްޔާ ރޭޑިއޯއިން (www.salafi.mv) އިން މި ދަރުސްތައް ވަގުތުން إن شاء الله ބޮރަޑްކާސްޓް ކުރެވޭނެއެވެ.

وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين