ފާއިތުވީ ޖީލުތަކުގައި މުސްލިމުންނަށް ލިބިދިޔަ ނުހަނު ބޮޑެތި ގެއްލުންތަކާއި ވޭން ލިބިގެންދިޔައީ މުސްލިމުންގެ ތެރެއަށް ނުކުމެ ފާޅުވެފައިވާ މަގުފުރެދިފައިވާ ޖަމާޢަތްތަކުގެ ސަބަބުންނެވެ. ޙައްޤު ޢަޤީދާއިން ބޭރުވެ، ސުންނީ ޞައްޙަ މަންހަޖުން ވަކިވެގޮސް އެބައިމީހުންގެ ފަރާތުން މުސްލިމުންނަށް އިންތިހާއަށް ވޭން ލިބިގެން ދިޔައެވެ. އަދި އެބައެއްގެ ޙަޤީޤަތް ނޭނގިފައިވި އެތަކެއްމެ ބަޔަކު، އެ ބާޠިލްގެ އަހުލުވެރިންނަށް ތާއީދުކޮށް، އެމީހުންނަށް ނަޞްރުވެރިވަމުން ދިޔައެވެ.
މުސްލިމުންގެ ތެރެއަށް ފިތުނަވެރިކަމާއި ލޭ އޮހޮރުވުން ގެނައުމުގެ ފަހަތުގައިވަނީ މި ޓެރަރިސްޓު ހަވާ ނަފްސުގެ ޖަމާޢަތްތައް:
الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. "މުސްލިމުންގެ ތެރެއަށް (މުސްލިމުންގެ މެދުގައި) ހިނގާފައިވާ ހަނގުރާމަތައް، ހިނގައިގެން ގޮސްފައިވަނީ، އަދި އެބައިމީހުން ބައިބައިވެ ގޮސްފައިވަނީ، (މިކަންތައްތައް) މެދުވެރިވެފައިވަނީ ހަމަކަށަވަރުން ހަވާނަފްސުގެ އަހުލުވެރިންގެ ފަރާތުންނެވެ. މުޢުތަޒިލާއިން، ޚަވާރިޖުން އަދި އެނޫންވެސް ހަވާނަފްސުގެ އަހުލުވެރިންގެ ފަރާތުންނެވެ. ފިތުނަވެރިކަން ގެނައުމުގެ ސަބަބެއްކަމުގައި ވެގެންދިޔައީ މިބައިމީހުންނެވެ. މުޢުތަޒިލާއިން، ޚަވާރިޖުން، ރާފިޟީން އަދި މިނޫންވެސް މީސްތަކުންގެ ފަރާތުންނެވެ. މި މީސްތަކުންގެ ފަރާތުން މެނުވީ ފިތުނަވެރިކަމެއް ނާދެއެވެ. މި މީހުންގެ ސަބަބުން މެނުވީ (ފިތުނަވެރިކަމެއް ނާދެ) އެވެ. ޢުޘްމާން رضي الله عنه ޤަތުލުކުރީ ކޮންބައެއް ހެއްޔެވެ؟ ޢަލީ ބިން އަބީ ޠާލިބް رضي الله عنه ޤަޠުލުކުރީ ކޮންބައެއް ތޯ އެވެ. އެއަށްފަހުންވެސް މުސްލިމުންގެ ތެރޭގައި ފިތުނަވެރިކަމުގެ އަލިފާން ރޯ ކޮށްލީ ކޮންބައެއް ހެއްޔެވެ. މި މީސްތަކުން ނޫންބަޔަކު މިކަމެއް ނުކުރެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެ އެވެ. ސުންނަތުގެ އަހުލުވެރިންގެ މައްޗަށް (ފިތުނަވެރިކޮށް ހެދުމަށް) މައުމޫން -ޢައްބާސީ ދައުލަތުގެ ޚަލީފާ- (ހަލާކުކޮށް، ސުންނަތުގެ އަހުލުވެރިންގެ މައްޗަށް) ގެނައީ ކޮންބައެއް ތޯ އެވެ. އެއަށްފަހު، އަހުލު ސުންނަތުގެ އިމާމް އަޙްމަދު رحمه الله ގެންދެވުނެވެ. (މީސްތަކުންގެ ތެރެއިން ނެރެ، ހައްޔަރު ކުރެވުނެވެ.) އެ އިމާމް ހައްޔަރުކޮށް، ޖަލަށްލެވުނެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެ އެވެ. ޝެއިޚުލް އިސްލާމް އިބްން ތައިމިޔާ ޖަލަށްގެންގޮސް (ހައްޔަރުކުރީ) ކޮންބައެއް ތޯ އެވެ. އެގޮތުގައި رحمه الله ދުނިޔެ ދޫކުރެއްވި އެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެއެވެ. ފަހެ، އަހަރެމެންނަށް (ވާޖިބުވެގެންވަނީ) މި މީސްތަކުންގެ ފަރާތުން އިންޒާރު ލިބިގަތުމެވެ. ސަބަބަކީ، އެބައިމީހުންގެ ނުބައިކަމުގެ ނިމުން ވެގެންދާނީ، މުސްލިމުން ބައިބައިވެ ވަކިވަކި ވެގެންދިއުމެވެ. (އަދި ނިމުން ވެގެންދާނީ) މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމެވެ. އަދި މުސްލިމުންގެ ޖަމާޢަތް ބައިބައިވެ ދިއުމެވެ. އަދި އެއް އުއްމަތެއްގެ ގޮތުގައި ދެމިތިބުމުގެ ބަދަލުގައި މީސްތަކުން، ބައިގަނޑުތަކަށް އަދި ޕާޓީ ތަކަށް ބެހިގެން ދިއުމެވެ. އާއެކެވެ." އަޑުއައްސަވާ : http://goo.gl/LuUe2i
ކޮންމެ މުސްލިމަކުވެސް، އޭނާގެ ދީނުގެ ޞައްޙަ ޢަޤީދާ ރައްކާތެރިކުރުން އެއީ އެންމެ ބޮޑުވެގެންވާ ރައުސްމާލު ކަމުގައިވާން ޖެހޭނެ އެވެ. އެ ޞައްޙަ އަޤީދާ ޚިލާފްވެގެންވާ އެންމެހައި ފަރާތްތަކުން ރައްކާތެރިވެ ހުރުމަށެވެ. އެބައެއްގެ ބާޠިލް އަޤީދާ ބަޔާންކުރުމަކީ ޔަހޫދީންނަށް ނުވަތަ ނަޞާރާއިންނަށް ނުވަތަ އެނޫންވެސް ކާފަރުންނަށް ސަޕޯޓްކުރުން ކަމުގައި ނުވާނެ އެވެ. އެބައެއްގެ އަޤީދާގެ ބާޠިލްކަން ބަޔާންކޮށްދެނީ އެބާޠިލް އަޤީދާއިން ރައްކާތެރިވެ ހުރުމަށެވެ.
މިއަދު ދުނިޔޭގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންގެންދާ ލޭއޮހޮރުވުންތަކަކީ އަދި ޢުދުވާނީ ޙަމަލާތަކަކީ އެއްވެސް މުސްލިމަކު އެކަމަށް ރުހޭނެ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. މުސްލިމް އަޚުންނާއި އުޚުތުން ކަތިލެވި، އެބައިމީހުންގެ ލޭއޮހޮރުވިގެން ދިއުމުން ސަލާމަތްކޮށްދިނުމަށް އެމީހަކަށް ކުރެވުނުހައި މަސައްކަތެއް ކުރުން ވެ އެވެ. އަދި ހަމަފަދައިން މުސްލިމުން އެބައިމީހުންގެ އަޤީދާ ސަލާމަތްކޮށްދިނުމަކީވެސް ވާޖިބުވެގެންވާ ކަމެކެވެ. މިއަދު ހަމާސްގެ އަޑު ދުނިޔޭގެ ކަންކޮޅުތަކުގައި އިވިގެން ދިއުމުން، އެބައިމީހުންގެ ގޮތްނޭނގޭ މީހަކު އެއީ ޙައްޤުގައި، ޙައްޤުމަގުގައި ޢަމަލު ކުރަމުންދާ ބައެއްކަމުގައި ދެކުމަކީ ނުހަނު ގާތްކަމެކެވެ. އެކަން ބަޔާންވެ އެނގިގަންނަން ޖެހެއެވެ.
الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް އުއްމަތަށް ބަޔާންކޮށްދިނުން، ޢަދުއްވުންގެ މައްޗަށް ކަނޑި ހިފައިގެން ނިކުމެ އެ ޢަދުއްވުން ޤަޠުލުކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ ޢަދުއްވުންގެ މައްޗަށް (ހަނގުރާމަކުރުން) އެއީ ނުހަނު ގިނަބަޔަކު ކުރަމުން ގެންދާ ކަމެކެވެ. އެހެނަސް އެ އުއްމަތްތަކަށް ސުންނަތް ބަޔާންކޮށްދިނުން، ނަބިއްޔުންގެ ވާރުތަވެރިން މެނުވީ އެކަމެއް ނުކުރެ އެވެ. ﷲ އަހަރެމެން އެފަދަ މީސްތަކުންގެ ތެރެއިން ލައްވާށި އެވެ." جلاء الأفهام 415
كثير بن زياد رحمه الله ވިދާޅުވެފައިވެ އެވެ. "ބުނެވެ އެވެ. ހަވާނަފްސުގެ އަހުލުވެރިންނަށް އެއްވެސް ޙުރުމަތެއް ލިބިގެން ނުވެ އެވެ." للالكائي في السنة 1-159
ހަމާސްގެ ބޭނުމަކީ މުސްލިމުން ޤަތުލުވެދިޔުން އަދި އެއީ ޔަހޫދީ ރާފިޟާއިންނަށް ބައިޢަތު ހިފާފައިވާ ބައެއް:
ޙަމާސް ޖަމާޢަތުގެ ލީޑަރ އީރާނުގައި، ޝީޢީ، ރާފިޟީ ޚުމައިނީ އަދި ޚާމަނާއި ގެ ފޮޓޯ ފަހަތުގައި ބަހައްޓައިގެން.
(މިއީ ﷲ ގެ ދީން، އަދި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އުއްމަތަށް ހެޔޮ ހޯދައިދިނުން ތޯ އެވެ.)
الشيخ محمد بن عمر بازمول حفظه الله ވިދާޅުވެފައިވެ އެވެ. ".... ޔަހޫދީން މުސްލިމުން ޤަތުލުކުރާކަން އެނގިތިބެ، އަދި އަމިއްލަ އަތުގައި އެމީހުންނާއި ދެކޮޅަށް ނުކުތުމުގެ ކުޅަދާނަކަން ނެތްކަން އެނގިހުރެ، ފަހެ، އެހެންވުމުން މިކަމުން ދޭހަވެގެންދަނީ، ތިޔަބައިމީހުން (ޙަމާސް) ބޭނުންވަނީ، މުސްލިމުން މަރުވެގެން ދިއުމެވެ. އެ ޔަހޫދީން ހިންގުމަށް ބޭނުންވާ ކަންތައްތަކުގައި ތިޔަބައިމީހުން (ޙަމާސް) ވަނީ އެމީހުންނަށް ވާގިވެރިވެފަ އެވެ."
ﷲ ބާވައިލެއްވި ދީން ފަހުމްވެފައިވާ އެކަކުވެސް، ޝީޢީ، ރާފިޟީން ގެ ފަހަތުގައި ނުހުންނާނެ އެވެ. އެހެނީ އިސްލާމްދީން ހަލާކުކޮށްލުމަށް ބަޔަކަށް ކުރެވޭނެހާ އެންމެ ނުބައިކަން ބޮޑުވެގެންވާ ކަންތައް ޝީޢީ، ރާފިޟީން ވަނީ ކޮށްފަ އެވެ.

ޙަމާސް ޖަމާޢަތުގެ އެންމެ އިސް ލީޑަރުން ޚާލިދް މަޝްޢަލް، އިސްމާޢިލް ހަނިއްޔާ، އާޔަތުއްﷲ ޚުމައިނީ ގެ ޤަބުރަށް (ﷲ ނޫން ފަރާތަކަށް ޝީޢީ ރާފިޟީން) އަޅުކަން ކުރާ ޤަބުރަށް އިޚްތިރާމްގެ ޒިޔާރަތް ކުރުން.
ޝީޢީ ރާފިޟީންގެ އަޞްލަކީ ޔަހޫދީންނެވެ. އިބްން ސަބައަ އަލް-ޔަހޫދީ އެއީ އެމީހުންގެ މަޛްހަބުގެ އަސާސެވެ. ޝީޢީ ރާފިޟީން ވަނީ ﷲ ގެ ދީން އެގޮތް މިގޮތަށް ބަދަލުކޮށް އިސްލާމީ ތާރީޚު ނުދެކޭފަދަ ޖަރީމާތައް އިސްލާމުންގެ ނަމުގައި ނުކުމެ ހިންގާފަ އެވެ.