ތަރުޖަމާކުރީ: އިސްމާޢީލް ބިން ރަފީޤު މުޙައްމަދު
الإمام العلامة الشيخ صالح الفوزان حفظه الله
الِانْتِسَابُ إِلَى السَّلَفِ الشَّيْخُ صَالِحُ بْنُ فَوْزَانَ الْفَوْزَانُ حَفِظَهُ اللَّهُ
ސަލަފުންނަށް ނިސްބަތްވުން
އައްޝައިޚް ޞާލިޙު ބުން ފައުޒާން އަލްފައުޒާން حَفِظَهُ اللَّهُ
السُّؤَالُ يَقُولُ: فَضِيلَةَ الشَّيْخِ، وَفَّقَكُمُ اللَّهُ، نَسْمَعُ بَعْضَ النَّاسِ يَقُولُونَ: لَا يَجُوزُ الِانْتِسَابُ إِلَى السَّلَفِ، وَيَعُدُّ السَّلَفِيَّةَ حِزْبًا مِنَ الْأَحْزَابِ الْقَائِمَةِ فِي الْوَقْتِ الْحَالِيِّ، فَمَا رَأْيُكُمْ بِهَذَا الْكَلَامِ؟
ސުވާލު އޭނާ [ސުވާލުކުރާ ފަރާތުން] ބުނެއެވެ: ފަޟީލަތުއްޝައިޚެވެ! ﷲ ތިޔަބޭފުޅާއަށް ތައުފީޤު ދެއްވާށިއެވެ. ސަލަފުންނަށް ނިސްބަތްވުން ހުއްދަ ނުވާނެ ކަމަށް ބުނާ ބައެއް މީހުންގެ އަޑު އަޅުގަނޑުމެންނަށް އިވެއެވެ. އަދި ސަލަފިއްޔަތަކީ މިހާރުގެ ވަގުތުގައި ޤާއިމުވެފައިވާ ޙިޒްބުތަކުގެ [ޕާޓީތަކުގެ / ޖަމާޢަތްތަކުގެ] ތެރެއިން ޙިޒްބެއް ކަމުގައި [އެފަދަ މީހަކު] ދެކެއެވެ. ފަހެ، މި ވާހަކައާ މެދު ތިޔަބޭފުޅާގެ ރައުޔަކީ ކޮބައިތޯއެވެ؟
فَأَجَابَ فَضِيلَةُ الشَّيْخِ صَالِحٌ الْفَوْزَانُ حَفِظَهُ اللَّهُ
ފަހެ، ފަޟީލަތުއްޝައިޚް ޞާލިޙު އަލްފައުޒާން حَفِظَهُ اللَّهُ ޖަވާބު ދެއްވިއެވެ:
نَعَمْ، السَّلَفُ حِزْبُ اللَّهِ. السَّلَفُ حِزْبٌ، لَكِنَّهُمْ حِزْبُ اللَّهِ. اللَّهُ جَلَّ وَعَلَا يَقُولُ: ﴿أُولَٰئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ﴾ [الْمُجَادَلَةِ: ٢٢].
އާދޭހެވެ، ސަލަފުންނަކީ ﷲގެ ޙިޒްބެވެ [ޖަމާޢަތެވެ]. ސަލަފުންނަކީ ޙިޒްބެކެވެ، އެހެންނަމަވެސް އެބޭކަލުންނަކީ ﷲގެ ޙިޒްބެވެ.
ﷲ ޖައްލަ ވަޢަލާ ވަޙީކުރައްވައެވެ: ﴿أُولَٰئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ﴾ [ސޫރަތުލް މުޖާދަލާ: 22] — (މާނައީ: "އެއުރެންނީ ﷲގެ ޙިޒްބެވެ [ޖަމާޢަތެވެ]. ދަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބު ލިބޭނޭ [ދިންނަވާނޭ] މީހުންނީ ހަމަ ﷲގެ ޙިޒްބެވެ.")
السَّلَفُ انْحَازُوا إِلَى الْكِتَابِ وَالسُّنَّةِ وَإِلَى الصَّحَابَةِ، فَصَارُوا حِزْبَ اللَّهِ. وَأَمَّا مَنْ خَالَفَهُمْ فَهُمْ أَحْزَابٌ ضَالَّةٌ مُخَالِفَةٌ.
ސަލަފުން އެއްކޮޅަށް ޖެހިވަޑައިގަތީ [ލެނބިވަޑައިގަތީ] ޤުރުއާނާއި ސުންނަތާއި ޞަޙާބީންގެ ފަރާތަށެވެ. ފަހެ، އެބޭކަލުން ﷲގެ ޙިޒްބު ކަމުގައި ވެވަޑައިގަތެވެ. އަދި އެބޭކަލުންނާ ޚިލާފުވީ މީހުން ދަންނައެވެ! ފަހެ، އެބައިމީހުންނަކީ މަގުފުރެދިފައިވާ، ޚިލާފުވެގެންވާ ޙިޒްބުތަކެކެވެ.
الْأَحْزَابُ تَخْتَلِفُ. هُنَاكَ حِزْبُ اللَّهِ، وَهُنَاكَ حِزْبُ الشَّيْطَانِ، كَمَا فِي آخِرِ سُورَةِ الْمُجَادَلَةِ. هُنَاكَ حِزْبُ اللَّهِ، وَهُنَاكَ حِزْبُ الشَّيْطَانِ، فَالْأَحْزَابُ تَخْتَلِفُ.
ޙިޒްބުތައް ތަފާތުވެއެވެ. ﷲގެ ޙިޒްބު އެބައޮތެވެ. އަދި ޝައިޠާނާގެ ޙިޒްބު ވެސް އެބައޮތެވެ؛ އެއީ ސޫރަތުލް މުޖާދަލާގެ ފަހުކޮޅުގައި ވާ ފަދައިންނެވެ. ﷲގެ ޙިޒްބު އެބައޮތެވެ. އަދި ޝައިޠާނާގެ ޙިޒްބު ވެސް އެބައޮތެވެ. ފަހެ، ޙިޒްބުތައް ތަފާތުވެއެވެ.
فَمَنْ كَانَ عَلَى مَنْهَجِ الْكِتَابِ وَالسُّنَّةِ فَهُوَ حِزْبُ اللَّهِ. وَمَنْ كَانَ عَلَى مَنْهَجِ الضَّلَالِ فَهُوَ حِزْبُ الشَّيْطَانِ.
ފަހެ، ޤުރުއާނާއި ސުންނަތުގެ މަންހަޖުގެ މަތީގައި ވާ މީހަކީ ﷲގެ ޙިޒްބެވެ. އަދި މަގުފުރެދުމުގެ މަންހަޖުގެ މަތީގައި ވާ މީހަކީ ޝައިޠާނާގެ ޙިޒްބެވެ.
وَأَنْتَ تَخَيَّرْ، تَكُونُ مِنْ حِزْبِ اللَّهِ، أَوْ تَكُونُ مِنْ حِزْبِ الشَّيْطَانِ. تَخَيَّرْ!
އަދި ތިބާ [އަމިއްލައަށް] އިޚްތިޔާރުކުރާށެވެ! ﷲގެ ޙިޒްބުގެ ތެރެއިން ވާނީ ހެއްޔެވެ؟ ނުވަތަ ޝައިޠާނާގެ ޙިޒްބުގެ ތެރެއިން ވާނީ ހެއްޔެވެ؟ އިޚްތިޔާރުކުރާށެވެ!
الْمَصْدَرُ شَرْحُ الْفَتْوَى الْحَمَوِيَّةِ، الدَّرْسُ الثَّالِثُ، قِسْمُ الْأَسْئِلَةِ وَالْأَجْوِبَةِ. الْمَقْطَعُ ٦٨ مِنْ ١٠٢٤، نَشْرُ مَشْرُوعِ كِبَارِ الْعُلَمَاءِ.
މަޞްދަރު «شَرْحُ الْفَتْوَى الْحَمَوِيَّةِ» (އަލްފަތުވާ އަލްޙަމަވިއްޔާގެ ޝަރަޙަ)، ތިންވަނަ ދަރުސް، ސުވާލާއި ޖަވާބުގެ ބައި. 1024 ގެ ތެރެއިން 68 ވަނަ ކްލިޕް [މަޤްޠަޢު]، މަޝްރޫޢު ކިބާރުލް ޢުލަމާއިން ޝާއިޢުކޮށްފައި.
الشيخ صالح بن فوزان الفوزان حفظه الله
السؤال
يقول: فضيلة الشيخ، وفقكم الله، نسمع بعض الناس يقولون: لا يجوز الانتساب إلى السلف، ويعدّ السلفية حزبًا من الأحزاب القائمة في الوقت الحالي، فما رأيكم بهذا الكلام؟
فأجاب فضيلة الشيخ صالح الفوزان حفظه الله
نعم، السلف حزب الله. السلف حزب، لكنهم حزب الله. الله جل وعلا يقول:
﴿أُولَٰئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ﴾ [المجادلة: ٢٢].
السلف انحازوا إلى الكتاب والسنة وإلى الصحابة، فصاروا حزب الله. وأما من خالفهم فهم أحزاب ضالة مخالفة.
الأحزاب تختلف. هناك حزب الله، وهناك حزب الشيطان، كما في آخر سورة المجادلة. هناك حزب الله، وهناك حزب الشيطان، فالأحزاب تختلف.
فمن كان على منهج الكتاب والسنة فهو حزب الله. ومن كان على منهج الضلال فهو حزب الشيطان.
وأنت تخيّر، تكون من حزب الله، أو تكون من حزب الشيطان. تخيّر!
المصدر
شرح الفتوى الحموية، الدرس الثالث، قسم الأسئلة والأجوبة. المقطع ٦٨ من ١٠٢٤، نشر مشروع كبار العلماء.