ސަލަފީންނާއި ދިމާލަށް "ޖާމީން" "މަދްޚަލީން" ކިޔަނީ އެބައިމީހުންﷲ ގެ ރަސޫލާ ﷺ ގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ ސަބަބުންތޯ އެވެ؟ - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ކެޓަގަރީ ޝެއިޚް ރަބީޢު ބިންހާދީ އަލް މަދްޚަލީ حفظه الله

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


 الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ސަލަފީންނާއި ދިމާލަށް "ޖާމީން" "މަދްޚަލީން" ކިޔަނީ އެބައިމީހުން ކޮންކަމެއްކޮށްގެންތޯ؟

"ތިޔަބައިމީހުން ސަލަފީންނާއި ދިމާލަށް އެ ލަޤަބުތައްދީ އެލަޤަބުތަކުން ގޮވައި ދެރަ ނިކަމެތި ކުރަނީ ހެއްޔެވެ! އެއީ އެބައިމީހުން ﷲ ގެ ފޮތާއި، ﷲ ގެ ރަސޫލާގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ ސަބަބުންތޯ އެވެ؟


އެބައިމީހުންނާއި ދިމާލަށް "މަދްޚަލިއްޔާ" "ޖާމިއްޔާ" އޭ ކިޔާފަ ތިޔަ ގޮވަނީ އެބައިމީހުން ކޮން ބިދުޢައެއް ކޮށްގެން ހެއްޔެވެ؟ އެބައިމީހުން ކޮށްފައިވާ ބިދުޢަތަކަކީ ކޮބައިތޯ އެވެ؟ އަހަރެމެން ތަބްލީޣީ ޖަމާޢަތް ދަންނަމެވެ. އަދި އިޚްވާނުލް މުސްލިމޫން ދަންނަމެވެ. އަދި ޤުޠުބީންވެސް ދަންނަމެވެ. އެބައިމީހުންގެ ތެރޭގައި ދީނުގެ އުޞޫލުގައި އަދި ފުރޫޢުގައި ބިދުޢަތަކާއި މަގުފުރެދުންތައްވެ އެވެ. ފަހެ، އަހަރެމެން އެބައިމީހުންނަށް ބަޔާންކޮށް ނަޞޭޙަތްތެރިވަމެވެ.


ފަހެ، ﷲ އެމީހަކަށް ތަޥްފީޤު ދެއްވި އަޅާ، ޙައްޤަށް އަދި ސަލަފުންްގެ މަގަށް ރުޖޫޢަވެ އެވެ. އަދި އެމީހަކަށް ﷲ ހެޔޮގޮތް މިންވަރު ނުކުރެއްވި އަޅަކީ، ފަހެ ހަމަކަށަވަރުން އަނިޔާވެރިކަމާއި ހައްދުފަހަނައަޅައި ދިއުމުގައި އިތުރުވެފައިވާ މީހެކެވެ.

وصلى الله على نبينا محمد وعلى آله وصحبه وسلم

*****