ބޮލުގެ އިސްތަށިތައް ދިގުކުރުމަކީ ސުންނަތެއް ނޫނެވެ. - العَلاَّمَة الشَّيْخُ مُحمَّدُ بِن صَالِح العُثَيْمِيْن رحمه الله

ކެޓަގަރީ ސުންނަތް


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


العَلاَّمَة الشَّيْخُ مُحمَّدُ بِن صَالِح العُثَيْمِيْن رحمه الله ދެއްވާފައިވާ ފަތުވާއެއް.

ސުވާލު : ބޮލުގެ އިސްތަށިތައް ދިގުކުރުމަކީ، އެއީ ސުންނަތުގައިވާ (ސުންނަތެއް) ތޯ؟ ނުވަތަ އެއީ ސުންނަތުގައިވާ ކަމެއް ނޫންތޯ؟


ޖަވާބު : އެއީ ސުންނަތެއް ނޫނެވެ. އެއީ ސުންނަތެއް (ސުންނަތުގައިވާ ކަމެއް ނޫނެވެ.) ސަބަބަކީ ނަބިއްޔާ  صلى الله عليه وسلم އެފަދައިން (އިސްތަށިފުޅު) ދިގު ކުރެއްވީ، އެ ޒަމާނުގައި މީސްތަކުން އެބައިމީހުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކުރުމުގައިވާތީ އެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ކުޑަކުއްޖެއް، އެކުއްޖާގެ ބޮލުގެ ބައެއް ބާލަފައިވާތަން ފެނިވަޑައިގެންނެވުމުން ވިދާޅުވި އެވެ. "ބޯ ބާލާކަމުގައިވާނަމަ އެކީގައި ބޯ ބާލާށެވެ. ނުވަތަ އެކީގައި ބޯ ދޫކޮށްލާށެވެ." 


ފަހެ، ބޮލުގެ އިސްތައްޓަކީ، ދިގުކޮށްފައި ބަހައްޓަންޖެހޭ ކަމެއްގެ ގޮތުގައިވާނަމަ، ނަބިއްޔާ صلى الله عليه وسلم "އިސްތަށިތައް ދިގުކުރާށޭ" ޙަދީޘް ކުރައްވާނެ އެވެ. އެހެންވުމުން، މިކަމުގައި އަހަރެމެން ބުނަމެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ސުންނަތެއް ނޫނެވެ.


އެހެނަސް މީސްތަކުން އެފަދައިން ޢަމަލު ކުރާނަމަ އެގޮތުގައި ޢަމަލު ކުރާށެވެ. އެހެންނޫނީ، ތިބާއަށްއޮތީ މީސްތަކުން ޢަމަލުކުރާގޮތަށް ޢަމަލު ކުރުމެވެ. ސަބަބަކީ،
އިޚްވާނުންނޭވެ.ސުންނަތް ބައެއްފަހަރުގައި އޭގެ ޛާތުގައި އެއީ ސުންނަތެއްގެ ގޮތުގައިވެ އެވެ. ބައެއްފަހަރު ސުންނަތް އޭގެ ޖިންސުން އެއީ ސުންނަތެއްގެ ގޮތުގައިވެ އެވެ.

 

މިކަމުގެ މިޘާލަކީ، އަހަރެމެން ބޭނުންކުރާ ހެދުން، އެއީ ބޭނުން ކުރުން ޙަރާމްވެގެންވާ ހެދުމެއް ނޫން ކަމުގައިވާނަމަ، އެ ބައްޓަން ކުރެވިފައިވާގޮތް އެއީ ޙަރާމް ގޮތެއް ނޫންނަމަ، އެހިނދުގައި ސުންނަތަކީ، އެތަނެއްގެ އަހުލުވެރިން ޢަމަލުކުރާ ގޮތުގައި ވުމެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ބެހެއްޓެވީ، މީސްތަކުންގެ ޢާދަކާދައާ އެއްގޮތްވެވޭ ގޮތަށެވެ. 


ފަހެ، އެހެންވުމުން އަހަރެމެން މިހާރު ބުނަމެވެ. މިހާރު ބޮލުގެ އިސްތަށިގަނޑު ދިގު ނުކުރުމަކީ، މީސްތަކުން މިހާރު ޢާދަކާދަ އެއްގެ ގޮތުގައި ޢަމަލުކުރާގޮތެވެ.
މިހެންވުމުން، އަހަރެމެންގެ އެންމެ ބޮޑެތި ޢިލްމުވެރިން، އަހަރެމެންގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އަހަރެން އެންމެ ފުރަތަމަ ހަނދާންކުރަނީ، އަހަރުމެންގެ ޝެއިޚް عبد الرحمن بن ناصر السعدي އަދި ހަމައެފަދައިން އަހަރެމެންގެ ޝެއިޚް عبد العزيز بن باز  އަދި އަހަރެމެންގެ އެހެނިހެން ޝެއިޚުންވެސް، الشيخ محمد بن إبراهيم  އަދި މި ޝެއިޚުގެ އިޚްވާނުން އަދި އެނޫންވެސް އެންމެ ބޮޑެތި ޢިލްމުވެރިން، އެބޭކަލުން އިސްތަށިފުޅު ދިގު ނުކުރައްވަ އެވެ. ސަބަބަކީ އެބޭކަލުން އެއީ ސުންނަތެއްކަމުގައި ދެކިވަޑައި ނުގަންނަވަ އެވެ.


އަހަރެމެންނަށް އިނގޭ އެއްޗަކީ، އެބޭކަލުން އެއީ ސުންނަތެއް ކަމުގައި އެނގިވަޑައިގެންފައި ވާނަމަ، އެބޭކަލުން ވެގެންދާނީ އެންމެ ވަރުގަދައަށް ސުންނަތައް ޢަމަލު ކުރެއްވުމުގައި ދެމިތިއްބަވާނެ ބައެއްގެ ގޮތުގަ އެވެ.


ފަހެ، މިކަމުގައި ޙައްޤުގޮތަކ،ީ މިކަމުގައި ތަބަޢަވާންޖެހެނީ އެތަނެއްގެ ޢާދަކާދަ އަށެވެ. ތިބާ އުޅޭ ތަނަކީ، އެތަނުގެ އަހުލުވެރިން ބޮލުގެ އިސްތަށި ދިގުކުރުމުގައިވާ ތަނެއްގެ ގޮތުގައިވާނަމަ، އެހިނދުގައި ބޮލުގެ އިސްތަށިގަނޑު ދިގުކުރާށެވެ.
އެހެން ނޫނީ (ބޯދިގު) ނުކުރާށެވެ.

❆  ❆  ❆
އަޑުއައްސަވާ : http://t.co/lkIUQsOlYO