ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله

ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإمام العلامة الشيخ صالح الفوزان حفظه الله

ޢިލްމު ލިބި ކިޔަވައިގެން ހުރި މީހަކު މުސްލިމްވެރިންނާ ދެކޮޅަށް ނުކުމެވޭނެ އޭ ނުބުނާނެ އެވެ.

 

ސުވާލު: ޢިލްމު ހޯދާ ބައެއް ކުދިން ބުނެ އެވެ. ވަލިއްޔުލް އަމްރް އާ ދެކޮޅަށް ނުކުތުމަކީ ޢިލްމުގެ އަހުލުވެރިންގެ މެދުގައި ޚިލާފް މައްސަލަ އެކެވެ. މިކަމަށް ޝެއިޚް ވިދާޅުވާ ބަސްފުޅަކީ ކޮބައިތޯ އެވެ؟


ޖަވާބު: ދީނީ ޢިލްމު ހޯދާ ދަރިވަރެއް ތިޔަފަދަ ބަސްތަކެއް ނުބުނާނެ އެވެ. ތިޔައި ފިތުނަވެރިކަން ކިޔަވާ އެ ފިތުނަވެރިކަން ހޯދާ ދަރިވަރެކެވެ. (ޠާލިބް ފިތުނަ އެވެ.) ތިފަދަ ބަސްތައް ބުނާނީ ޠާލިބް ފިތުނަ އެވެ. (ފިނުބަވެރިކަން ކިޔަވާ އަދި ފިތުނަވެރިކަން ހޯދާ މީހެކެވެ.) ތިއީ ޢިލްމު ހޯދާ ދަރިވަރެއް ނޫނެވެ.


ތިޔައީ ޚިލާފް އުފެދިފައިވާ މައްސަލައެއް ނޫނެވެ. ތިޔައީ ޢިލްމުވެރިން އިޖްމާޢު ވެގެންވާ މައްސަލައެކެވެ. ވަލިއްޔުލް އަމްރް އަށް ކިޔަމަންވުން ވާޖިބުވެގެންވެ އެވެ. އެއްވެސް ޚިލާފެއް މިކަމުގައި ނުވެ އެވެ.


ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަން ވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއަށް އިސްވެގެންވާ ވެރިންނަށްވެސްމެ އެވެ."


ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެ އެވެ. (أوصيكم بتقوى الله والسمع والطاعة وإن تأمر عليكم عبد) "ތިޔަބައިމީހުންނަށް، ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރަމެެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވެރިއެއްގެ ގޮތުގައި އަޅަކު ވިޔަސް އޭނާއަށް ކިޔަމަންވެ އަޑުއެހުން ހުއްޓެވެ."
މި މައްސަލައަކީ ޚިލާފް މައްސަލައެކޭ ބުނާމީހާގެ ބަސްތައް ކޮބައިތޯ އެވެ. (އެކަމަށްއޮތް ދަލީލަކީ ކޮބައިތޯ އެވެ.)
ތިޔަމީހާއަކީ، އެއްގޮތަކީ އެއީ (ޖާހިލް) ޖާހިލެކެވެ. އަނެއްގޮތަކީ އެއީ (މުޟައްލިލް) މީސްތަކުން މަގުފުރެއްދުމުގައިވާ މީހެކެވެ.

****

ފަތުވާ ނަގާފައިވަނީ : https://goo.gl/chQCIj

ޢިލްމު ލިބި ކިޔަވައިގެން ހުރި މީހަކު މުސްލިމްވެރިންނާ ދެކޮޅަށް ނުކުމެވޭނެ އޭ ނުބުނާނެ އެވެ.