މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން

ސުވާލު: އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަންތައް ޙައްލު ކުރުމައްޓަކައި މުޒާހަރާ ކުރުމަކީ ދަޢުވަތް ދިނުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯއެވެ؟

ޖަވާބު: އަހަރެމެންގެ ދީނަކީ ހަލަބޮލިކަމަށް އޮތް ދީނެއް ނޫނެވެ. އަހަރެމެންގެ ދީނަކީ ވަކިގޮތަކަށް ވަކި ނިޒާމަކުން، މަޑުމައިތިރި ކަމާއި، ހިތްތިރިކަމާއި އެކުގައި ޢަމަލުކުރުމަށް އޮތް ދީނެކެވެ. މުޒާހަރާ އަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. އަދި އެއީ މުސްލިމުން ދަންނަ އެއްޗެއްވެސް ނޫނެވެ. އިސްލާމް ދީނަކީ މަޑުމައިތިރި ކަމުގެ ދީނެކެވެ. ރަޙްމަތުގެ ދީނެކެވެ. ވަކި ނިޒާމެއްގައި ޤާއިމްވެފައިވާ ދީނެކެވެ. ހަލަބޮލިކަމާއި، އެކަކު އަނެކަކަށް އުނދަގޫ ކުރުމާއި ފިތުނަ އުފެއްދުމުގައި އޮތް ދީނެއް ނޫނެވެ. އިސްލާމްދީނަކީ މިއެވެ. ޙައްޤުތައް ހޯދައިދެވެނީ ޝަރުޢީގޮތުން ހޯދުމަށް އޮތްގޮތްތަކުންނެވެ. ޝަރުޢީގޮތުން އައިސްފައިވާ ގޮތްތަކުންނެވެ. ފަހެ، މުޒާހަރާ ތަކުން މީސްތަކުންގެ ލޭއޮހޮރުމާއި، މީސްތަކުން ގެ މުދާތައް ހަލާކުވެދިއުން ނޫންކަމެއް ނެތެވެ. މިއީ އެއްވެސް ގޮތެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ.
الفتاوى الشرعية في القضايا العصرية ص 140