މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله

ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ

 

ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ތަޥްފީޤު ދެއްވާށި އެވެ. ޖާހިލުކަމުގެ މަތީގައި ހުރެ ފަތުވާދީ، އަދި އެފަތުވާގެ ސަބަބުން އެންމެ މީހަކު މަރުވުމުން، އެ ފަތުވާދިން މީހާގެ މައްޗަށް ނަބިއްޔާ صلى الله عليه وسلم ދުޢާ (ބަދު ދުޢާ) ކުރެއްވި އެވެ. މިއަދު މުޒާހަރާ ކުރުމަށް ގޮވާލާ މީހުންނާއި، ވެރިންނާ ދެކޮޅަށް ނުކުތުމަށް ގޮވާލާ މީހުން ދިން ފަތުވާތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެ ދާހިނދު، މިފަދަ ފަތުވާދޭ މީހުންނަށް އޮތީ ކިހިނަކުންތޯ އެވެ؟

ޖަވާބު: ތިޔަ ފަތުވާދިނީ ކާކު ހެއްޔެވެ؟ ތިއީ ފަތުވާ ދިނުމަށް އެކަށޭނެ މީހެއްތޯ އެވެ؟ އެ މަރުވެގެންދާ އެންމެންގެ މަރުވެދިއުމުގެ ފާފައާއި މީސްތަކުންނަށް ލިބޭ އެންމެހައި ގެއްލުންތައް ތަޙައްމަލު ކުރަންޖެހޭނެ އެވެ. والعياذ بالله.


އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސަކީ ކިހާވަރެއްގެ އެއްޗެއްކަން ދަނެ، ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ޢިލްމާއި ނުލައި ފަތުވާދީގެން ނުވާނެ އެވެ. އާއެކެވެ.


ޢިލްމުވެރިންނަށް ރުޖޫޢަވުން ހުއްޓެވެ. ޢިލްމުވެރިންނާއި މަޝްވަރާކުރުން ހުއްޓެވެ. ތިޔައީ ފަސޭހަކަމުގައިވާ މައްސަލައެއް ނޫނެވެ. ނުރައްކާތެރި ކަމެކެވެ. އޭގެ މައްޗަށް މުޅި އުއްމަތަށް އޭގެފަހުގައި ދަތުރުކުރާނެ ގޮތް ކަނޑައެޅެވެ. (އެފަތުވާގެ ސަބަބުން) އުއްމަތް ހަލާކުވެދިއުން ވެ އެވެ. އޭގެ ސަބަބުން އުއްމަތުގެ އަމަންއަމާކަން ވިއްސިވިހާލިވެގެންދެ އެވެ. އޭގެ ސަބަބުން ވައްކަން ކުރާމީހުންނާއި އަދި ޢަދުއްވުން ވެރިވެގަތުންވެ އެވެ.


މުޒާހަރާ ކުރުމެއް އެކަންޏެއް ނޫނެވެ. (ތިފަދަ ފަތުވާއަކީ ހަމައެކަނި މުޒާކުރުމަށް ދެވުނު ފަތުވާ އެއް ނޫނެވެ.) އާއެކެވެ. ވެރިންނާއި ދެކޮޅަށް ނުކުތުމެވެ. ކިޔަމަންގަތުމަށް އަމުރުކުރެވިފައިވާ ކަމުގެމައްޗަށް އުރެދުމެވެ. އެތަކެއް ގެއްލުންތަކެއް އޭގައިވެ އެވެ. އާއެކެވެ.

****

ފަތުވާ ނަގާފައިވަނީ : https://goo.gl/QLL83R