5 ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް

ސުވާލު: الشيخ العلامة الإمام محمد بن صالح العثيمين – حفظه الله – އަށް. السلام عليكم و رحمة الله و بركاته . އެއަށްފަހުގައި ބުނަމެވެ. ފަޟީލަތުއް ޝެއިޚްއަށް ގިނަ ޢަދަދަކަށް ޕާޓީތަށް އެކިތަންތަނުގައި ހެދިފައިވާކަން ފޮރުވިފައި ނުވާނެއެވެ. މިކަމުގެ މައްޗަށް ޝެއިޚް މީސްތަކުންނަށް ދެއްވާ އިރުޝާދަކީ ކޮބައި ހެއްޔެވެ؟

ޖަވާބު:  بسم الله الرحمن الرحيم
 وعليكم السلام و رحمة الله و بركاتة


އެއްވެސް ޝައްކެތްނެތް ގޮތުގައި މުސްލިމުން ޕާޓީތައް ހަދައި އެބައި މީހުން ބައިބައިވެ ދިއުމަކީ ޝަރީޢަތުގައި އަހަރެމެންގެ މައްޗަށް ބަޔާންވެގެންވާ އެއްބައިވަންތަ ކަމާއި އެކަތިގަނޑެއްގައި ދެމިތިބުމާއި ޚިލާފް ވެގެންވާ ކަމެކެވެ. އެއީ މުސްލިމުންގެ ތޭރޭގައި ވުމަށް ޝައިޠާނާ ބޭނުންވާ ގޮތެވެ. އަދި އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އެކުލެވިގެން ދެއެވެ. އަދި އެއީ ނަމާދު ޤާއިމް ކުރުމުންނާއި، ﷲ ގެ މަތިން ޒިކުރުކުރުމުން އެއްކިބާކޮށްދޭ ކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ "ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހުއީ ތިޔަބައިމީހުންގެ ވެރި އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަން އިލާހުއަށް އަޅުކަން ކުރާހުށިކަމެވެ." އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވައެވެ. وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ ]المؤمنون: 52[،  "އަދި ހަމަކަށަވަރުން، މިއީ އެއް އުއްމަތެއް ކަމުގައިވާ ތިޔަބައި މީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހުއީ ތިޔަބައިމީހުންގެ ވެރި އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަން އިލާހުއަށް ބިރުވެތިވެ، ތަޤްވާވެރި ވާށެވެ." އަދިވެސް ވަޙީ ކުރައްވައެވެ. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ]آل عمران: 103[، "އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ : ﷲ ގެ ދީނުގައި) ހިފަހައްޓާށެވެ. އަދި، ވަކިވަކިވެ ނުގަންނާށެވެ."

 

އަދިވެސް ވަޙީ ކުރެއްވިއެވެ. وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ "ފާޅުވެގެންވާ ހެކިތައް އެބައި މީހުންނަށް އައުމަށްފަހު ވަކިވަކިވެ ޚިލާފްވީ މީހުން ފަދައިން ތިޔަބައި މީހުން ނުވާށެވެ. ބޮޑުވެގެންވާ ޢަޒާބެއް އެބައިމީހުންނަށް ހުށްޓެވެ."


ފަހެ، މީސްތަކުންގެ އެއްކަލިމައެއްގެ މަތީގައި ދެމިތިބުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި ބައިބައިވެ ދިއުމާއި ވަކިވެ ގަތުމުން އެއްކިބާވުމަށް މަސައްކަތް ކުރާށެވެ. ހަމަކަށަވަރުން ދެކޮޅުވެރިވުމާއި، ބައިބައި ވެގަތުމަކީ ދެރަކަމާއި، ނިކަމެތިކަން މެދުވެރިވުމަށް އޮތް ސަބަބެކެވެ.


މުސްލިމުންގެ އެންމެހައި ކަންތައް އިޞްލާޙު ކޮށްދެއްވުމަށާއި، އެބައިމީހުންގެ ކަލިމަ ޙައްޤު ގޮތުގައި އެކަތިގަޑެއްގައި ލެއްވުމަށް ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމަކަށް ކުޅަދާނަ ވެގެންވާ މަތިވެރި އިލާހެވެ.  
                                          ލިޔުނީ : محمد بن صالح العثيمين
                                                                                                    13 صفر 1419  
(مجموع فتاوى محمد بن صالح العثيمين 26 ص 447 )

ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސެކިއުލާރ (ޢަލްމާނީ) މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޕާޓީތަކާ އެކު މަސައްކަތް ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

މުސްލިމުންނަށް އޮތީ ޕާޓީތަކަށް ނުވަދެ ދުރުގައި ތިބުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހަދައި ޕާޓީ އަށް ނިސްބަތްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހެދުމުން އެއްބައިވަންތަކަމެއް ނޯންނާނެ. އެއްބައިވެވޭނީ ހަމައެކަނި ސަލަފުންގެ ގޮތުގެ މަތީގައި ތިބެގެން. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ސެކިއުލާ ކޮމިއުނިސްޓު ދީނާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދެކޮޅަށް އިސްލާމީ ޕާޓީތަކޭ ކިޔާ ސިޔާސީ ޕާޓީތަކާއި ގުޅުމުގެ ޙުކުމަކީ ކޮބާ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 23 ނޮވެމްބަރ 2015

މުޖްތަމަޢު އިޞްލާޙު ކުރުމޭބުނެ ޕާޓީ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله | 07 މެއި 2015

ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله | 29 މާރޗް 2015

ސިޔާސީ ޕާޓީ ހެދުމުގެ ނުރައްކާ، އިސްލާމް ދީނުގައި ސިޔާސީ ޕާޓި ހެދުމެއް ނެތް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 07 މާރޗް 2015

"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 06 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...