5 ސިޔާސީ ޕާޓީ ހެދުމުގެ ނުރައްކާ، އިސްލާމް ދީނުގައި ސިޔާސީ ޕާޓި ހެދުމެއް ނެތް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސިޔާސީ ޕާޓީ ހެދުމުގެ ނުރައްކާ، އިސްލާމް ދީނުގައި ސިޔާސީ ޕާޓި ހެދުމެއް ނެތް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

މީސްތަކުންނަށް ވާޖިބުވެގެންވަނީ ސިޔާސީ ޕާޓީތައް ދޫކޮށްލުން

ސުވާލު : ބިދުޢަވެރިންނާއި މެދުގައި ދެކެންޖެހޭނީ ކޮންގޮތަކަށް ކަމާއި މެދުގައި ޝެއިޚް ދަޢުވަތް ދިނުމުގައި ޤާއިމްވާ ދާޢީންނަށް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯއެވެ. އަދި ޕާޓީ ތަކުގެ ތެރޭގައިވާ ދީނީ ޕާޓީތަކޭ ބުނާ ޕާޓީތަކަށް ވަނުމަށް ޒުވާން ކުދިންނަށް ވަނީ އަޘަރު ކޮށްފައެވެ. މިފަދަ ޒުވާނުންނަށް ޝެއިޚް ޚާއްޞަ ނަޞޭޙަތެއް ދިނުމަށް އެދެމެވެ.


ޖަވާބު : އަހަރުމެންގެ އެއްމެހާ އަޚުންނަށް ބަޔާންކޮށްދޭ ވަޞިއްޔަތަކީ ﷲ ގެ ދީނަށް ދަޢުވަތް ދިނުމުގައި ޙިކްމަތްތެރި ކަމާއި، ހެޔޮވެގެންވާ ވަޢުޟު ދިނުމުގައި އަދި ހެޔޮގޮތުގައި ޖަދަލު ކުރުމުގައި ދެމިތިބުމަށެވެ. މިއީ ﷲ އެއްމެހައި މީސްތަކުންނަށް އަމުރު ކުރައްވާފައިވާ ގޮތެވެ. އެއީ ބިދުޢަވެރިން ކަމުގައިވެ، އެބައި މީހުންގެ ބިދުޢަތައް ފާޅުކުރި ކަމުގައި ވިޔަސްމެއެވެ. އެމީހުންނަކީ ޝީޢީން ކަމުގައި ވިޔަސް އަދި އެނޫން ބައެއް ކަމުގައި ވީ ނަމަވެސް އެކަންތައް އިންކާރު ކުރުމެވެ. މުއުމިން އަޅާއަށް ފެންނަ އެންމެހައި ބިދުޢަތައް އޭނާއަށް އެކަން އިންކާރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެކަން ޝަރުޢީ ހަމަތަކުގައިވާ ގޮތުގެ މަތީން އިންކާރު ކުރަން ޖެހޭނެއެވެ.


ބިދުޢަތަކަކީ މީސްތަކުން އިސްލާމް ދީނަށް އަލަށް ގެނެސް އެ ދީނަށް ނިސްބަތް ކޮށްފައިވާ އެންމެހާ ކަންތަކެވެ. އެއީ ދީނުގައި އަޞްލުގައި ބަޔާންވެގެންވާ ކަންތަކެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. «من أحدث في أمرنا هذا ما ليس منه فهو رد » "އަހަރެމެންގެ މި ދީނުގައި ނުވާކަމެއް މި ދީނަށް އަލަށް ގެނެސްފިނަމަ، ފަހެ އެކަމެއް ވާނީ ރައްދު ވެވިގެންނެވެ." އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. «من عمل عملا ليس عليه أمرنا فهو رد» "އަހަރެމެންގެ މި ދީނުގައި ނުވާ ޢަމަލެއް އަލަށް ގެނެސް ކޮށްފިނަމަ އެޢަމަލު ވާނީ އެކަން ކުރިމީހާގެ މައްޗަށް ރައްދުވެވިގެންނެވެ." މިފަދަ ބިދުޢަ ތަކުގެ ތެރޭގައި ރާފިޟީން އިސްލާމް ދީނުގެ އެއްމެ ފުރަތަމަ ދެ ޚަލީފާއަށް ދެކޮޅު ވެރިވުން ހިމެނެއެވެ. އަދި މުޢުތަޒިލާއިންގެ ބިދުޢަ ހިމެނެއެވެ. މުރުޖީންގެ ބިދުޢަ ހިމެނެއެވެ. އަދި ޚަވާރިޖުންގެ ބިދުޢަ ހިމެނެއެވެ. އަދި ނަބއްޔާ صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަ ކުރުން ހިމެނެއެވެ. ޤަބުރު ތަކުގެ މަތީގައި ބިނާ ކުރުމާއި މިސްކިތްތަށް ހެދުން ހިމެނެއެވެ. އަދި މިނޫންވެސް އެކި ބިދުޢަތައް ހިމެނެއެވެ. އެހެން ވުމުން ވާޖިބު ވެގެންވަނީ އެބައި މީހުންނަށް ނަޞޭޙަތްތެރި ވުމެވެ. އަދި ހެޔޮގޮތް އެބައި މީހުންނަށް ދައްކައި ދިނުމެވެ. އަދި އެބައި މީހުން ގެނެސްފައިވާ ބިދުޢަތައް ޝަރުޢީ ދަލީލުތަކުން އިންކާރުކޮށް އެބައި މީހުން ޙައްޤުން އެކަހެރިވެ ޖާހިލު ކަމުގައިވާ އެންމެހައި ކަންތައްތައް މަޑުމައިތިރިކަމާއި ރިވެތިގޮތުގައި ވާ އުޞްލޫބުތަކުން އެބައި މީހުންނަށް އުގަންނައި ދިނުމެވެ. ޝަރުޢީ ގޮތުން ފާޅުކަންބޮޑު ގޮތުގައި ބަޔާންވެގެންވާ ދަލީލުތަކުންނެވެ. އެއީ އެ ޙައްޤުގޮތް އެބައި މީހުން ޤަބޫލުކުރާނެ ކަމުގެ އުއްމީދުގައެވެ.

ދީނަށް އަލަށް ގެނެސްފައިވާ ޕާޓީ ތަކަށް ވަނުމާއި، އެ ޕާޓީ ތަކަށް ނިޞްބަތްވުން، މި އެންމެހައި ކަންތަކުގައި އަޅުތަކުންނަށް ވާޖިބު ވެގެންވަނީ މިކަންތައް ދޫކޮށްލުމެވެ.

އެއްމެހައި މީސްތަކުން ނިސްބަތްވުން އޮތީ ﷲ ގެ ފޮތަށާއި އެކަލާނގެ ނަބިއްޔާގެ ސުންނަތަށެވެ. މިގޮތުގައި އެއްމެން އެއްބައިވެ، ތެދުވެރިކަމާއި އެކީގައި، އިޚްލާޞްތެރިކަމާއި އެކުގައި ތިބުމެވެ. އެހިނދު އެބައިމީހުން ވާހުށީ މުޖާދަލާ ސޫރަތުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ޖަމާޢަތް ކަމުގައިވާ ﷲ ގެ ޖަމާޢަތުގެ ތެރޭގައިއެވެ. {أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ} "ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނީ ދިންނަވާނޭ މީހުންނެވެ." މިފަދައިން ﷲ ވަޙީކުރައްވާފައިވަނީ  އެބައި މީހުންނަށް ލިބިގެންވާ މާތް، މަތިވެރި ސިފަތަކަށް ފަހުގައިއެވެ. {لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ} "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ އިބަ ނަބިއްޔާ އެއް ނުދެކޭނެއެވެ."


ޒާރިޔާތް ސޫރަތުގައި އެބައިމީހުންނަށް ލިބިގެންވާ މާތް، މަތިވެރި ސިފަތަށް އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. {إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ. آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ. كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ. وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ. وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ} "ހަމަކަށަވަރުން ތަޤްވާވެރިން ވަނީ ސުވަރުގެ ތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އެބައިމީހުންވަނީ އެބައިމީހުންގެ ވެރި އިލާހު އެބައިމީހުންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން އޭގެ ކުރިން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. އެބައި މީހުން ނިދައި އުޅެނީ ރޭނގަޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ރޭގަނޑުގެ ފަހު ދަންގަޑީގައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރެތެވެ. އަދި ސުވާލުކޮށް އެދޭ މީހުންނަށާއި ނިކަމެތި މީސްތަކުންނަށް އެބައި މީހުންގެ މުދަލުން ޙައްޤެއް ވެއެވެ." ﷲ ގެ ޖަމާޢަތުގެ އަހުލުވެރިންގެ ސިފަތަކަކީ މިއެވެ. އެބައި މީހުންނަކީ ﷲ ގެ ފޮތް ނޫންއެއްޗަކަށް ދާނެ ބައެއް ނޫނެވެ. އަދި އެބައި މީހުން ދެމިތިބޭހުށީ ސުންނަތުގައެވެ. އަދި އެއަށް ދަޢުވަތް ދިނުމުގައެވެ. އަދި މިއުއްމަތުގެ ސަލަފުން ކަމުގައިވާ ޞަޙާބީންނާއި އެބައިމީހުންނަށް ހެޔޮގޮތުގައި ތަބަޢަވީ މީސްތަކުންގެ މަންހަޖުގައި އެބައި މީހުން ދެމިތިބޭނެއެވެ.


އެބައި މީހުން އެއްމެހައި ޕާޓީ ތަކަށާއި އެންމެހައި ޖަމްޢިއްޔާ ތަކަށް ދަޢުވަތް ދެނީ ﷲ ގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމަށެވެ. ޚިލާފް އުފެދޭ އެންމެހައި ކަންކަމުގައި އެ ދެ ވަޙީއަށް ރުޖޫޢަވުމަށެވެ. އެ ދެ ވަޙީއާއި އެއްގޮތްވާ ކަންތައް ޤަބޫލުކޮށް އެއީ ޙައްޤު ކަމުގައި ދެކުމެވެ. އެ ދެ ކަންތަކާއި ޚިލާފްވެއްޖެ ކަމަކީ ދޫކޮށްލުމަށް ވާޖިބުވެގެންވާ ކަމެކެވެ.


މިކަމުގައި ޢިޚްވާނުލް މުސްލިމީންގެ ޖަމާޢަތް، އަންޞާރުއް ސުންނަތް، ތަބްލީޣީ ޖަމާޢަތް ނުވަތަ އެނޫންވެސް އިސްލާމް ދީނަށް ނިސްބަތްވާ އެހެނިހެން ޖަމްޢިއްޔާ ތަކާއި ޕާޓީތަކުގެ މެދުގައި ތަފާތެއް ނެތެވެ. ދެންމެ ބަޔާންކޮށްފައިވާ ގޮތަށް އެންމެހައި މީސްތަކުން ޢަމަލުކުރުމުން އެއްމެހައި މުސްލިމުން އެކަތި ގަނޑެއްގެ ގޮތުގައި އެއްކަލިމައެއްގެ އަހުލުވެރިންގެ ގޮތުގައި އެއްޕާޓީ އެއްގެ ގޮތުގައި ދެމިތިބޭނެއެވެ. އަދި އެހިނދު އެބައި މީހުން ވެގެންދާނީ އަހުލުއް ސުންނަތް ވަލްޖަމާޢަތް ކަމުގައިވާ ﷲ ގެ ޖަމާޢަތުގެ އަހުލުވެރިންގެ ގޮތުގައި އެކަލާނގެ ދީނަށް ނަޞްރު ދިނުމުގައި ދެމިތިބި އެދީނަށް ދަޢުވަތް ދިނުމުގައި ތިބި ބައެއްގެ ގޮތުގައެވެ.

ސާފު ސީދާ ޝަރީޢަތާ ޚިލާފްވެފައިވާ އެއްވެސް ޕާޓީއަކާއި ނުވަތަ ޖަމްޢިއްޔާއަކަށް ތަޢައްޞުބުވެ ތިބުން ހުއްދައެއް ނުވާނެއެވެ

(مجموع فتاوى ابن باز ج 7  ص 182 )

 

ހަޤީޤީ ރައްބާނީ ޢިލްމުވެރިންގެ ބަހާއި ތިމާމެންނަކީ ޢިލްމުވެރިންކަމަށް ދަޢުވާކުރާ "ދަންނަބޭކަލުންގެ" ބަސް އަޅާކިޔާށެވެ!

10.2_-_Copy.jpg

ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސެކިއުލާރ (ޢަލްމާނީ) މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޕާޓީތަކާ އެކު މަސައްކަތް ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

މުސްލިމުންނަށް އޮތީ ޕާޓީތަކަށް ނުވަދެ ދުރުގައި ތިބުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހަދައި ޕާޓީ އަށް ނިސްބަތްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހެދުމުން އެއްބައިވަންތަކަމެއް ނޯންނާނެ. އެއްބައިވެވޭނީ ހަމައެކަނި ސަލަފުންގެ ގޮތުގެ މަތީގައި ތިބެގެން. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ސެކިއުލާ ކޮމިއުނިސްޓު ދީނާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދެކޮޅަށް އިސްލާމީ ޕާޓީތަކޭ ކިޔާ ސިޔާސީ ޕާޓީތަކާއި ގުޅުމުގެ ޙުކުމަކީ ކޮބާ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 23 ނޮވެމްބަރ 2015

ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 23 ނޮވެމްބަރ 2015

މުޖްތަމަޢު އިޞްލާޙު ކުރުމޭބުނެ ޕާޓީ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله | 07 މެއި 2015

ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله | 29 މާރޗް 2015

"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 06 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...