5 "ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް

 

ސުވާލު: السلام عليكم و رحمة الله. ފަޟީލަތުއް ޝެއިޚް އެވެ. އިތުބާރު ހިފޭ ނުހަނު ގިނަ ޢިލްމުވެރިން ބަޔާންކޮށްފައިވާ ނުހަނު ގިނަ ބިދުޢަތައް، މިޘާލަކަށް ޕާޓީ ހެދުން، މިފަދަ ބިދުޢަތަކުން (މީސްތަކުން އެއްކިބާކުރުމަށް) މީސްތަކުންނަށް އިންޒާރުދޭ މީސްތަކުން ނުހަނު މަދެވެ. އަދި ކިޔެއްތޯ އެވެ. މިފަދަ ބިދުޢަތަކަށް އިންޒާރު ދިނުމަކީ ވަޠަނުގެ އެއްބައިވަންތަކަން ގެއްލިގެންދާ ކަމެއްގެ ގޮތުގައި ބުނަމުންދާ ބަޔަކުވެސް ވެ އެވެ.
މިފައިން ބުނާމީހުންގެ ބަސްތަކާ މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިހެއްޔެވެ؟

ޖަވާބު: މި ބަސްތަކުގެ މައްޗަށް އަހަރެމެން ބަޔާންކުރާ ރައުޔަކީ، އަހަރެމެން ބުނަނީ؛ އަހަރެމެން ތަބަޢަވަނީ ޤުރުއާނާއި ސުންނަތަށެވެ. އަދި (އަހަރެމެން ތަބަޢަވަނީ) މި އުއްމަތުގެ ސަލަފުން ޤާއިމްވެ ތިއްބެވި ގޮތަށެވެ. އެވަނި މީހަކު އަދި މިވަނި މީހަކު ބުނާ ބަހަކީ، އެއީ އަހަރެމެން (ބަލަންޖެހޭ) އެއްޗެއް ނޫނެވެ.
ސީދާ ވެގެންވާ މަންހަޖުގައިވާ މީހަކީ، އެއީ އަހަރެމެންގެ އަޚެކެވެ. އޭނާއަކީ އަހަރެމެންގެ ތެރެއިންވާ، އަދި އަހަރެމެންނަކީ އޭނާގެ ތެރެއިންވާ މީހުންނެވެ.
ސީދާވެގެންވާ މަންހަޖާއި ޚިލާފްވެއްޖެ މީހަކީ، އެމީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއްނޫނެވެ. އަދި އަހަރެމެން އޭނާގެ ތެރެއިން ނުވަމެވެ. އެއީ ކޮންމެފަދަ މީހެއްކަމުގައި ވިޔަސް މެ އެވެ.

ولله الحمد (ސީދާ ވެގެންވާ މަގަކީ) ފާޅުކަންބޮޑު ގޮތުގައިވާ ބަޔާންވެގެންވާ މަގެކެވެ. އެމަހުގައި އެއްވެސް އޮޅުމެއް ނުވެ އެވެ. (އެމަގުގައި އޮޅުމެއްވެ) އެވަނި މީހަކު ޙައްޤު ގޮތުގައި ހުރެދާނެ އޭ ބުނާކަށް އެއްވެސް ޖާގައެއް ނެތެވެ. (ސީދާ ވެގެންވާ މަގަކީ) ފާޅުކަން ބޮޑުގޮތުގައި ބަޔާންވެގެންވާ މަގެކެވެ. ولله الحمد
ކުށްކޮށްފައިވާ މީހުންގެ ކުށް ބަޔާންކުރުން ކޮންމެހެންވެސް ލާޒިމްވެގެންވެ އެވެ. އެއީ މީސްތަކުންނަށް އެއިން އިންޒާރު ދިނުމަށެވެ. އެއީ އެއްވެސް ގޮތަކަށް އެމީހުން ދެރަ ނިކަމެތި ކުރުމަށް ނުވަތަ އެމީހުންގެ އަގުދަށްކޮށް ލުމަށެއް ނޫނެވެ. އެހެނަސް މީސްތަކުންނަށް އެއިން އިންޒާރުދީ، އެ ނުބައި ކުށްތަކުގައި މީސްތަކުން އެބައިމީހުންނަށް ނޭނގިތިބެ ޖެހިގެން ނުދިއުމަށެވެ.


ކުށަކީ، އެއީ ކޮންމެފަދަ މީހަކު ކޮށްފައިވާ ކަމެއްކަމެއް ކަމުގައިވިޔަސް، އެމީހަކަށް އެ ރައްދު ކުރެވޭނެ އެވެ.
އަހަރެމެން ބިދުޢަވެރިންނަށް ރައްދުދެމެވެ. އަދި ސުންނަތުގެ އަހުލުވެރިއެއް ކަމުގައި ވިޔަސް އެބައިމީހުންގެ ތެރެއިން މީހަކު ކުށް ކޮށްފިނަމަ އެމީހަކަށް ރައްދު ދެމެވެ. އެމީހަކީ އެއީ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިންވާ މީހެއްކަމުގައިވިޔަސް މެ އެވެ.


ކުށަކީ ރައްދުކުރަންޖެހޭނެ އެއްޗެކެވެ. ރައްދު ދިނުމަކީ (މީގެ މާނައަކީ) އުއްމަތް ބައިބައި ކުރުމެއް ނޫނެވެ. އުއްމަތް ޞައްޙަ މަންހަޖުގެ މަތީގައި ނޫނީ (އެކަތިގަނޑެއް) ގެ ގޮތުގައި ޖަމަޢައެއް ނުވެވޭނެ އެވެ. ބައިބައިވެ، ކުށްތައް ކޮށްފައިތިބެ، މިގޮތުގައި އުއްމަތް ޖަމަޢެއް ނުވެވޭނެ އެވެ.


اللهُ جلَّ وعلا ވަޙީކުރައްވާފައިވެ އެވެ. "كُلُّ حزبٍ بِما لديهم فرِحُون" المؤمنون: 53 “ކޮންމެ ޕާޓީއެއް އެބަޔަކު ގާތުގައިވާ ގޮތާއިމެދު އުފަލުން ތިބެ އެވެ." މިއީ އެބައިމީހުންނަށް އައިސްފައިވާ ދެރަ ނިކަމެތިވެގެންވާ ބަސްތަކެވެ.


"فَتَقَطَّعُوا أَمْرَهُم بَيْنَهُمْ زُبُراً كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ" المؤمنون: 53 "ފަހެ އެބައިމީހުންގެ ދީނުގެ ކަންތައްތައް އެބައިމީހުންގެ މެދުގައި ތަފާތު ބައިތަކަކަށް އެބައިމީހުން ބައިކުރެ އެވެ. ކޮންމެ ޕާޓީއެއް އެބަޔަކު ގާތުގައިވާ ގޮތާއިމެދު އުފަލުން ތިބެ އެވެ." މިއީ އެބައިމީހުންގެ މައްޗަށް އައިސްފައިވާ ޢައިބު، ދެރަ ނިކަމެތި ބަސްތަކެވެ.


اللهُ جلَّ وعلا ވަޙީކުރައްވާފައިވެ އެވެ. وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ" المؤمنون: 52  "އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންއިލާހު އީ ތިޔަބައިމީހުންގެ ވެރި އިލާހު އެވެ. ފަހެ، ތިޔަބައިމީހުން ތިމަންއިލާހުއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ."


އަދި އެހެން އާޔަތެއްގައިވެ އެވެ. "إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ" الأنبياء: 92 "އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންއިލާހު އީ ތިޔަބައިމީހުންގެ ވެރި އިލާހު އެވެ. ފަހެ، ތިމަންއިލާހުއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ."


އުއްމަތަކީ އެއް އުއްމަތެކެވެ. އުއްމަތެއްގެ ގޮތުގައި ސީދާވެގެންވާ މަންހަޖުގައި ނޫނީ ޤާއިމެއް ނުވެވޭނެ އެވެ. ކުށް ކުރުމުގައި، ބިދުޢަ ހެދުމުގައި، ޙައްޤުމަގު ދޫކުރުމުގައިވާ ހިނދެއްގައި (އެއް އުއްމަތެއްގެ ގޮތުގައި) ނުވާނެ އެވެ.


ބައެއް މީހުންނަށް ހީވެފައިވާ ފަދައިން އެންމެން (އެއްވެސް އެއްޗަކަށް ބަލާލުމެއް ނެތި) ޖަމަޢަ ކުރުމަކީ އެއް އުއްމަތެއްގައި ދެމިތިބުމެވެ.
ނޫނެކެވެ. އުއްމަތް (އެކަތި ގަނޑެއްގެ) ގޮތުގައި ޖަމަޢަވާން ޖެހޭނީ ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ. ޤުރުއާނާއި ސުންނަތުގެ މައްޗަށް ޖަމަޢަވުމަށް މެނުވީ އުއްމަތް އެކަތި ގަނޑެއްގެ ގޮތުގައި ޖަމަޢައެއް ނުވެވޭނެ އެވެ. ކުށް ކޮށްފައިވާ މީހާ އޭނާގެ ކުށުން ރުޖޫޢަވާން ޖެހޭނެ އެވެ. މިއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އާއެކެވެ."
އަޑުއައްސަވާ : http://goo.gl/Ue4mvR

މިއަދު މި ނުބައިކަން ބޮޑުވެގެންވާ ފާޙިޝް ބިދުޢަ ގެނެސް، އޭގެ މަތީގައި ތިބެ ދީނުގެ ނަމުގައި ދުނިޔެ ހޯދަމުން ދާއިރު، އަނެއް ބަޔަކު އެބައިމީހުންނާއި އެކުގައި ބައިވެރިވެ، ތިމަންމެންނަކީ އުއްމަތުގެ ސަލަފުންނޭ ބުނުމުން އެއީ ހެޔޮގޮތްކަމުގައި ވާނެ ހެއްޔެވެ؟

 

ދުވަހަކުވެސް މި އުއްމަތުގައި އެއްވެސް ޒަމާނެއްގައިވީ ސަލަފުންނަކީ، އެއްބަޔަކު ބިދުޢަ ހެދުމުން އެއިން އެބަޔަކު ރުޖޫޢަ ނުވާ ހިނދެއްގައި އެބަޔަކާ އެކުގައި މައްސުނިވެ، އެއްބައެއްގެ ގޮތުގައި އުޅުއްވި ބައެއް ނޫނެވެ. ދީނަށް ބިދުޢަ ގެނެސް، އަދި އެފަދަ ބިދުޢައިގެ އަހުލުވެރިން ނެރެ، އެއަށް ވާގިވެރި ވުމަކީ އަބަދުވެސް ހަވާނަފްސުގެ އަހުލުވެރިންގެ ގޮތެކެވެ. އަދި އެމީހުންގެ ސީރަތް މިގޮތަށް އެބައިމީހުންގެ ފަރާތުން ބަޔާންވެގެންވެ އެވެ.

 

އެންމެހައި މީސްތަކުންނޭވެ. ޢިލްމުގެ މައިދާނުގައި މިފަދަ މަތިވިެރި މަޤާމާއި މަތިވެރިކަން ލިބިގެންވާ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް މިފަދައިން ބަޔާންކޮށްފައިވާ ހިނދުގައި ޢިލްމު ލިބިގެންވާކަމަށް ދަޢުވާކުރާ ބާޠިލު ލިބާސް ލައިގެން ހުރިކަމުގައި ބަޔާންވެގެންދަނީ މިފަދަ ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ ދިޔުމުންނެވެ.

10.2.jpg

ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސެކިއުލާރ (ޢަލްމާނީ) މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޕާޓީތަކާ އެކު މަސައްކަތް ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

މުސްލިމުންނަށް އޮތީ ޕާޓީތަކަށް ނުވަދެ ދުރުގައި ތިބުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހަދައި ޕާޓީ އަށް ނިސްބަތްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 24 ނޮވެމްބަރ 2015

ޕާޓީތައް ހެދުމުން އެއްބައިވަންތަކަމެއް ނޯންނާނެ. އެއްބައިވެވޭނީ ހަމައެކަނި ސަލަފުންގެ ގޮތުގެ މަތީގައި ތިބެގެން. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 24 ނޮވެމްބަރ 2015

ސެކިއުލާ ކޮމިއުނިސްޓު ދީނާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދެކޮޅަށް އިސްލާމީ ޕާޓީތަކޭ ކިޔާ ސިޔާސީ ޕާޓީތަކާއި ގުޅުމުގެ ޙުކުމަކީ ކޮބާ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 23 ނޮވެމްބަރ 2015

ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 23 ނޮވެމްބަރ 2015

މުޖްތަމަޢު އިޞްލާޙު ކުރުމޭބުނެ ޕާޓީ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله | 07 މެއި 2015

ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله | 29 މާރޗް 2015

ސިޔާސީ ޕާޓީ ހެދުމުގެ ނުރައްކާ، އިސްލާމް ދީނުގައި ސިޔާސީ ޕާޓި ހެދުމެއް ނެތް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 07 މާރޗް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...