5 އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

23 ޑިސެންބަރ 2011- ނައިފަރު މުޙައްމަދު އިބްރާޙިމް އަދި މުޙައްމަދު މޫސާ ނައިފަރުގައި މުޒާހަރާ ކުރުން

 

ދީނާއި ޢަޤީދާގައި ސުންނަތުގެ އަހުލުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަންކަމުގެ މައްޗަށް "ދަންނަބޭކަލުން" ޢަމަލުހުރި  ގޮތާއި ބަސްމަގު

ސުވާލު: "ޤައުމެއްގެ ވެރިޔަކާ ދެކޮޅަށް ނުކުމެވިދާނެތޯ؟ އަދި އެއީ ކީއްވެގެންތޯ؟ އަދި ނުނިކުމެވޭނަމަ ނުނިކުމެވޭނީ ކީއްވެގެންތޯ؟
"އައް ޝެއިޚް" ނައިފަރު މުޙައްމަދު އިބްރާހީމްގެ ޖަވާބު: "އާދެ! އެންމެ ފުރަތަމަ ތިއީ ވަރަށް ތަފްޞީލުކޮށް ޖާވާބުދޭންޖެހޭ ސުވާލެއް. ވަރަށްތަފްޞީލުވާނެ ޙަޤީޤަތުގަ. އެންމެފުރަތަމަ ކަަމަކީ، ދީނީގޮތުން އެސުވާލު އަންނަންޖެހޭނީ ފުރަތަމަ، އެ ނިޒާމަކީ އިސްލާމީ ނިޒާމެއްތޯ ބަލާފަ. އަޅުގަނޑުމެން ވެރިން ހޮވުމާއި އަދި އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމު މިއޮތީ އިސްލާމީ ނިޒާމަކާ އެއްގޮތަކަށް ނޫން. އެ ހުރިހާބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދެން މިޘާލަކަށް މީހަކު މި ސުވާލުކުރަނީ އެގޮތަށް ވެރިޔަކާ ޚިލާފަށް ނިކުތުމަކީ ކޮބައިތޯ؟ މިހާރު މިޘާލަކަށް، މިހާރު އުފެދިފައޮތް ވެރިކަމުގެ ނިޒާމުގަ ހުއްދަކޮށްފަހުރި ކަންތައްތައް އެއީ އެމީހުން އަމިއްލައަށް، އެމީހުންނާ ޚިލާފަށް ރައްޔިތުންނަށް ނުކުމެވޭނެކަމަށް އެމީހުން ނުރުހެވިއްޖެއްޔާ، އެމީހުން އެ ވެރިމީހާއާ ދޭތެރޭ ކަމެއްގަ ނުރުހެވިއްޖެއްޔާ އެވެރިމީހާ ޚިލާފަށް ޝުޢޫރު ފާޅުކުރުމަށް މިނިވަންކަން އެބައޮތްކަމަށް، އެއީ މިހާރު މިއޮތް ނިޒާމުގައި ހުއްދަކޮށްފައޮތް ކަމެއް. މިހާރު އިސްލާމީ ނިޒާމެއްގަ، އިސްލާމީ ވެރިކަމެއްގެ ނިޒާމުގަ، ހަމައެކަނި އެންމެ ޙާލަތެއްގަ ނިކުތުން ހުއްދަ ކުރައްވާފަ، އެއީ ވެރިމީހާގެ ފަރާތުން ކުފުރު ބަވާޙެއް ފެނިއްޖެ ނަމަ ޚިލާފަށް ނިކުމެވޭނެ ހަނގުރާމައަށް. ކުފުރު ބަވާޙެއް، ފާޅުގަ ކުރުފުރެއް ފެނިއްޖެއްޔާ އޭނައާ ޚިލާފަށް ނިކުމެވޭނެ. ދެން ބޮޑެތި ފާފަ ކުރުމަކުން، ވެރިމީހާ ބޮޑެތިފާފަ، ކުފުރުނުވާފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމަކުން އޭނައާ ޚިލާފަށް ނުނިކުމެވޭނެ، އެއީ އިސްލާމީ ޝަރީޢަތުގައިއޮތްގޮތް. ދެން އަމިއްލައަށް ހަދާފައޮތް ނިޒާމެއްގަ. އަމިއްލައަށް ދީފަހުރި ހުއްދަތައް އެހުއްދަތަކަކީ، ދެން މިޘާލަކަށް، އެގޮތަށް މީސްތަކުން ދީފައޮތް ހުއްދައިގެ ދަށުން ނިކުމެގެން އެއީ ޝަރީޢަތުގަ ހުއްދަކަމެއްތޯ ސުވާލުކުރުން އެއްގޮތަކަށްވެސް އަޅުގަނޑު ނުދެކެން އެއީ ރަނގަޅުކަމެއް ކަމަށް. މިބުނީ އެސުވާލުވެސް އެއީ ރަނގަޅުކަމެއް ކަމަށް. ސަބަބަކީ އެ ނިޒާމަކީ، ފުރަތަމަ އިސްލާމީ ނިޒާމާ ގުޅުންހުރި ނިޒާމެއް ނޫން.....

އަޚުންނޭވެ. މިއީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާ މެދުގައި މި "ދަންނަބޭކަލު" ދެއްވާފައިވާ ފަތުވާ އެވެ. ޙައިރާން ކަމާއި އަޖައިބުން ފުރިގެންވާ ފަތުވާ އެކެވެ. އުއްމަތުގެ ރައްބާނިއްޔަ ޢިލްމުވެރިންނާއި އިމާމުން ދުވަހަކުވެސް މި މައްސަލައިގައި ޛިކުރުކޮށްފައިވާ ޤަވާޢިދަކަށް ނުވާ، ޤަވާއިދެއް އަދި އުޞޫލެވެ.  ބާޠިލްގެ އަހުލުވެރިން ޤުރުއާނާއި ސުންނަތް ދޫކޮށްފައިވާ އަހުލުވެރިން އެބައިމީހުން އެކަންކަން ޙަލާލުކޮށް މީސްތަކުން އެބައިމީހުންގެ ބަސްތަކުގެ މައްޗަށް ލެންބުވުމަށް ގެނެސްފައިވާ ފަލްސަފީ، ޖަޒުބާތުގައި ޖެހިފައިވާ ފަތުވާތަކެކެވެ. އަޚުންނޭވެ. މި ބަސްތަކުގެ ޙަޤީޤަތާއި، މި "ދަންނަބޭކަލު" ގެ ބަސްތަކުގެ މައްޗަށް ސުންނަތުގެ އަލީގައި ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅަކީ ކޮބައިކަން ހޯދުމަށްޓަކައި މި "ދަންނަބޭކަލުގެ" ބަސްތަކާމެދު ޝެއިޚުންނާ ސުވާލު ކުރީމެވެ. އަޚުންނޭވެ. ފިލާވަޅެއް ލިބިގަތުން ހުއްޓެވެ. މިބައިމީހުންގެ ދުލުން ބޭރުކޮށްލާ ބަސްތަކުގެ ރިވެތިކަމާއި، އޮފުކަމާ އެވެ. ދަލީލު އެހެން ވާދީއެއްގައި ބާއްވައި ސުވާލަށް ދީފައިވާ ޖަވާބާއި މެދު ނަޟަރު ހިންގާލުން ހުއްޓެވެ. ކޮންފަދަ ރޭވުންތެރި އަދި ޙީލަތްތެރި ބަސްތަކެއް ހެއްޔެވެ؟

الشَّيخ عَبد الله البُخَارِي حفظه الله

ސުވާލު: ޖާމިޢަ ނިންމާފަހުރި މީހެއް ކައިރިން ސުވާލު ކުރެވުނެވެ. އެއްވެސް ޤައުމެއްގެ ވަލިއްޔުލް-އަމްރުއާ ދެކޮޅަށް ނުކުުމެވޭނެތޯ؟ އެކަމުގެ ސަބަބަކީ ކޮބައިތޯ. އަދި ވެރިޔާއާ ދެކޮޅަށް ނުކުތުން ހުއްދަނުވާނަމަ އެކަމުގެ ސަބަބަކީ ކޮބައިތޯ.
ނައިފަރު މުޙައްމަދުގެ ޖަވާބު: (ޚުލާޞާކޮށް) މިހާރު ވެރިކަން ލިބޭ ފަރާތުން ވެރިކަމަށް އަރަނީ އިސްލާމީ ނިޒާމަކުން ނޫނެވެ. އިސްލާމީ ނިޒާމެއް ނޫން ނިޒާމަކުން ވެރިކަމަށް އަރައި ހުންނަ މީހާއާ ދެކޮޅަށް ނުކުމެވޭނެތޯ އިސްލާމީ ނިޒާމުން ސުވާލުކުރަނީ ކިހިނަކުން ހެއްޔެވެ؟ އަދި މި ވަލިއްޔުލް-އަމްރު ރައްޔިތުންގެ މައްޗަށް ޤާނޫނުހަދައިފައި ވަނީ ރައްޔިތުން ވެރިޔާމެދު ނުރުހިއްޖެ ހިނދު ވެރިއާދެކޮޅަށް ނުކުތުމަށެވެ. ފަހެ، އެހެންވުމުން ވެރިއާ ހުއްދަ ދީފައިވުމުން އެއީ ހުއްދަވެގެންވާނެ ކަމެކެވެ. 
ޝެއިޚް ދެއްވި ޖަވާބު: "ސުންނަތުގެ އިމާމުން ތިޔަ ބާބުގައި ވިދާޅުވެފައިވާ ކަނޑައަޅުއްވާފައިވާ (އިޤްރާރުވެވަޑައިގެންފައިވާ) ބަސްފުޅުތައް ދަންނަ މީހަކު ތިފަދަ ބަސްތަކެއް ނުބުނާނެ އެވެ. ފަހެ، އޭނާގެ ޖަވާބަކީ ބާޠިލް ޖަވާބެކެވެ. އޭނާ އިޤްރާރުވެފައިވާ ކަންތައްތަކަކީ ޚަވާރިޖުން އިޤްރާރުވެފައިވާ ކަންތައްތަކުގެ މިޘާލުތަކުގެ ތެރެއިން މިޘާލެކެވެ. ފަހެ، އޭނާގެ ޖަވާބަށް ނަޟަރުހުންގައި ބެލުމެއްނުވެ އެވެ. އަދި ތިފަދަ މީހުންނާ ސުވާލުކުރުން ހުއްދައެއް ނުވާނެ އެވެ.
*****
ފަތުވާ ނަގާފައިވަނީ :  

الشَّيخ عَرَفَات بن حسن المُحمدِّي حفظه الله

ޝެއިޚް ދެއްވި ޖަވާބު: "ބާޠިލް ބަސްތަކެކެވެ. ވެރިއާ ދެކޮޅަށް ނުކުތުމަކީ އެއިން ބޮޑެތި ފަސާދަ ނުކުންނަ ކަމެކެވެ. މީސްތަކުންގެ ލޭ އޮހޮރުވިގެން ދިއުމާއި މިސްތަކުންގެ އަބުރު ނަގާލެވިގެންދެ އެވެ. އެއީ ޝޫރާއިން ވެރިކަމަށް އެރުން ކަމުގައި ވީނަމަވެސް ނުވަތަ ޙަރާމްވެގެންވާ އިންތިޚާބުން ވެރިކަން ލިބުނުކަމުގައިވީ ނަމަވެސް މިއެންމެހައި ގޮތްތަކުގައިވެސް، ވެރިޔާއާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވެ އެވެ."
*****
ފަތުވާ ނަގާފައިވަނީ :

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...