ސެކިއުލާރ (ޢަލްމާނީ) މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޕާޓީތަކާ އެކު މަސައްކަތް ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ސެކިއުލާރ (ޢަލްމާނީ) މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޕާޓީތަކާ އެކު މަސައްކަތް ކުރުން

ސުވާލު: އިސްލާމީ ޓީވީ ޗެނަލެއްގައި މުފައްކިރަކު ބުނަމުންދާއަޑު އަހަރެން އަޑުއެހީމެވެ. އޭނާ ބުނަމުންދަނީ، ޢަލްމާނީންނާއި އަދި އެނޫން އެފަދަ މީސްތަކުންނާއި ދެކޮޅަށް އިސްލާމީ ޖަމާޢަތްތަކާ އެކު  މަސައްކަތް ކުރުމެވެ؟ ޙިކްމަތްތެރި ގޮތަކީ މި އެވެ. މީނާގެ ބަސްތަކަކީ ޞައްޙަ ބަސްތަކެއްތޯ އެވެ؟

 

ޖަވާބު: ނޫނެކެވެ. ތިޔައީ ޞައްޙަވެގެންވާ ގޮތެއްނޫނެވެ. އަހަރެމެން ބާޠިލްގެ އަހުލުވެރިންނާއި އެކުގައި (އެހީތެރިވެ، އެމީހުންނަށް ވާގިވެރިއެއް) ނުވާނަމެވެ. މަގުފުރެދިފައިވާ ފިރުޤާތްތަކާއި އެކުގައި މަސައްކަތް ނުކުރާނަމެވެ. އެއްވެސް ޙާލެއްގައި (އެއްވެސް އިރެއްގައި) އެބައިމީހުންނާއި އެކުގައި މަސައްކަތް ނުކުރާނަމެވެ. އަހަރެމެން އެބަޔަކާ އެކުގައި މަސައްކަތް ކުރާނީ އަހަރެމެންގެ އިޚްވާނުންނާއި އެކުގަ އެވެ. ދީނުގައި ފުރިހަމައަށް ޤާއިމްވެގެންވާ (އަހަރެމެންގެ އިޚްވާނުންނާ) އެކީގަ އެވެ. އެއީ ﷲ އަށް ކިޔަމަންގަތުމާއި، ފުރިހަމަ ސީދާ މަންހަޖުގައި ތިބި މީހުންނާއި އެކީގަ އެވެ. އަހަރެމެން މަސައްކަތް ކުރާނީ އެމީހުންނާ އެކުގަ އެވެ.


އެހެނަސް ޞައްޙަވެގެންވާ މަގު ގެއްލިފައިވާ، މަގުފުރެދިފައިވާ، އަހުލުއްސުންނަތް ވަލް ޖަމާޢަތާ ޚިލާފްވެފައިވާ ބަޔަކާ އަހަރެމެން އެކުގައި (އެހީތެރިވެ، ވާގިވެރި) ނުވާނަމެވެ. ސަބަބަކީ، (މިފަދަ ބަޔަކަށް) އެހީތެރިވުމަކީ، ފާފަކުރުމަށް އަދި ޢަދާވާތްތެރި ކަމަށް އެހީތެރިވުމެކެވެ. އަދި އެބައިމީހުން އެ ތިބި ބާޠިލް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދައްކައި ދިނުމެކެވެ.


އަދި އެއީ އެއިން އެއްވެސް މަންފާއެއް ނުކުރާނެ އެވެ.  އެމީހުން ބުނާނެ އެވެ. ކަލޭ، ކަލޭގެ ދީނުގައި ހުންނާށެވެ. ކަލެއާ އެކީގައި އަހަރެމެން ނުވަމެވެ. (ކަލެއާ ބެހޭކަމެއްނޫނެވެ.) މިއީ ޢާންމު މީހުން ބަޔާންކޮށްފައިވާ މިޘާލެކެވެ. އެހެނަސް މިއީ ޞައްޙަ ވާހަކައެކެވެ. ކަލޭ، ކަލޭގެ ދީނުގައި ހުންނާށެވެ. ކަލެއާ އެކީގައި އަހަރެމެން ނުވަމެވެ. އާއެކެވެ.


އޯޑިއޯ އަޑުއަހާލުމަށް : http://goo.gl/8uyRks