މުސްލިމުންނަށް އޮތީ ޕާޓީތަކަށް ނުވަދެ ދުރުގައި ތިބުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މުސްލިމުންނަށް އޮތީ ޕާޓީތަކަށް ނުވަދެ ދުރުގައި ތިބުން.

ފިތުނައިގެ ވަޤުތު ތަކުގައި މުސްލިމް އަޅުތަކުންނަށް އޮތީ އެކަންތަކުން އެކަހެރިވެ ހުރުމެވެ. އަދި އެ އެންމެހައި ކަންތަކުން ވަކިވެ ދުރުގައި ހުރުމެވެ. އެއީ އެކަންތަށް ނިމިދިޔުމަށް ދާންދެނެވެ. އެއިން އެއްވެސް ކަމެއްގެ ތެރެއަށް އޭނާ ވަދެގެން ނުވާނެއެވެ. މުސްލިމް އަޅުތަކުންނަށް ވާޖިބުވެގެންވަނީ މިފަދައިން ދެމިތިބުމެވެ. ޕާޓީތަކާއި ޖަމާޢަތްތަކަކީ ނުބައި ކަންތަކަށް ނުވަތަ ފިތުނަ ތަކުގެ ތެރެއަށް ގެންގޮސްދޭ ކަމެއްގެ ގޮތުގައި ވެއެވެ. އަދި އެއީ މީސްތަކުންގެ މެދުގައި ޤަތުލުއާންމު ހިނގާދިޔުމަށް އޮތް ކަމެއްގެ ގޮތުގައި ވެއެވެ. މުސްލިމުންނަށް ވާޖިބު ވެގެންވަނީ އޭނާއަށް ކުޅަދާނަވީ މިންވަރަކަށް ފިތުނަތަކުން އެކަހެރިވެ ހުރުމެވެ. އަދި الله ގެ ހަޒުރަތުން عافية އެދި ދެންނެވުމެވެ. އަދި މުސްލިމުނަށް އެބައި މީހުންނަށް ދިމާވެފައިވާ މި ކަންތަކުން ސަލާމަތްކޮށްދެއްވުމަށް އެދި الله ގެ ހަޒުރަތުގައި ދެންނެވުމެވެ. އަދި މި ފިތުނަތަކުން ސަލާމަތްކަން ލިބިދިނުމަށް އެދި ދެންނެވުމެވެ.   
****
ފަތުވާ ނަގާފައިވަނީ : http://goo.gl/BqZhk