ޕާޓީތައް ހަދައި ޕާޓީ އަށް ނިސްބަތްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ޕާޓީތައް ހަދައި ޕާޓީ އަށް ނިސްބަތްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

އެންމެހައި މީސްތަކުންނަށް ވާޖިބު ވެގެންވަނީ ޤުރުއާން އަދި ސުންނަތަށް أهل السنة و الجماعة ގައި ދެމިތިބުމެވެ. އަދި އެންމެނަށް ވާޖިބުވެގެންވަނީ އެންމެން އެކުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެބައިމީހުން އަމިއްލަ ނަފްސަށް ތިމަންމެންނަކީ އަހުލުއް ސުންނަ ނުވަތަ ސަލަފުއް ޞާލިޙުންނަށް ނިސްބަތް ވުމެވެ.


(އެހެނަސް) އިޚްވާނުލް މުސްލިމީންގެ (Muslim Brotherhood) ޕާޓީ އަށް ވަނުމާއި ނުވަތަ ތަބްލީޣީން ޖަމާޢަތް ހެދުމާއި، އަދި މިފަދަ މި ނޫންވެސް ގޮތްތަކަށް ޕާޓީ ހެދުމަށް އަހަރެން ނަޞޭޙަތްތެރި ނުވަމެވެ. މިއީ ގޯހެކެވެ. (ނުބައެކެވެ.)


އެހެނަސް އަހަރެން އެންމެހައި ފަރާތްތަކަށް ނަޞޭޙަތްތެރިވަނީ އެންމެން އެކަތި ގަނޑެއްގެ ގޮތުގައި އެއްބައެއްގެ ގޮތުގައި ވުމަށެވެ. އެއް ޖަމާޢަތެއްގެ ގޮތުގައި ވުމެވެ. އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަޞިއްޔަތް ކުރުމުގައި ވެ އެގޮތުގައި ލޯބި ކުރުމެވެ. އަދި އެންމެން އަހުލުއް ސުންނަތް ވަލް-ޖަމާޢަތަށް ނިސްބަތްވުމެވެ. ޙައްޤު މަޤަކީ މި އެވެ.

 

****
ފަތުވާ ނަގާފައިވަނީ : http://t.co/BsoJA7q6NN/s/Gcws

 

އިޚްވާނުންނޭވެ!

މިއީ އިސްލާމްް ދީނުގައި ޕާޓީ ހަދައި އެ ޕާޓީތަކަށް ނިސްބަތްވުން އެއީ ގޯހެއްކަމުގައި އަދި އެއީ ކޮށްގެންވާނޭ ކަމެއް ނޫން ކަމުގައި މި ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އިމާމް الإمام عبد العزيز بن عبد الله بن باز رحمه الله  ވިދާޅުވެފައިވާ ބަސްފުޅެވެ.


މިއަދު ތިމާމެންނަށް އެބަޔަކަށް ވާގިވެރިވެ، އެމީހުންނަށް މަސައްކަތްކޮށް ދިނުމުން އެމީހުންގެ ފަރާތުން ލިބޭ އަމިއްލަ މަޞްލަޙަތަށް އިސްލާމްދީނުގައިވާ ޙައްޤު ދޫކޮށް މީސްތަކުންނަށް ޢިލްމުވެރިންގެ މަގު އެކަހެރިކޮށް، ހަަރާންކޯރުވެ، ޙައްޤުފޮރުވައި އަދި ޙައްޤުގެ ބަދަލުގައި ބާޠިލް މީސްތަކުންނަށް ޒީނަތްތެރި ކުރާބަޔަކު ތިބިކަން ދަންނަ ހުއްޓެވެ.
މި މީސްތަކުންނަށް މުންކަރާތް މުންކަރާތުގެ ގޮތުގައިވަނީ، އެކަމެއްގައި އަމިއްލަ މަޞްލަހަތު އޮންނަ ކަމެއްގަ އެވެ. ކޮންމެހެން އަމްރު-މަޢުރުފް އަދި މުންކަރާތް ނަހީކުރުން އޮތީ ﷲ އާއި އެއިލާހުގެ ރަސޫލާގެ ދީނަށްވީތީ އެއް ނޫނެވެ.


އިޚްވާނުންނޭވެ! މިއަދު ރާއްޖޭގައި ދީނީ ކަމަކަށް ހަދައި، ޢިލްމުވެރިންނަށް ގޮންޖަހައި ހަދައިފައިވާ ޢަދާލަތު ސިޔާސީ ޕާޓީ އަކީ މުންކަރާތެއް ކަމާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައި މީސްތަކުންނަށް ނަޞޭޙަތްތެރިވެފައިވާ ފަދައިން ނަޞޭޙަތްތެރިވީ ކޮން ބައެއްތޯ އެވެ؟


ތިޔަ އެންމެހައި އަޚުންނާއި އުޚުތުން މިކަމަށް ރައްކާތެރިވެ، ސަމާލުކަން ހޯދުން ހުއްޓެވެ. މިއީ ޙައްޤު ފޮރުވާ ކަމާއި، އަދި ޙައްޤު ޙައްޤުގޮތުގައި އެއަށް ނަޞްރުވެރި ނުވާކަމުގައި ބަޔާންވެގެންވާ ދަލީލެކެވެ. ޢިލްމުވެރިންގެ ބަސްފުޅު ތަކާއި މި "ޝަމީމް" ގެ ވާހަކަތައް އަޅާ ކިޔާލުން ހުއްޓެވެ!

 

10.2_-_Copy.jpg