 ވެރިން ހެޔޮ ޢަދުލުވެރި ބައެއްގެ ގޮތުގައި ވުމުން ކިޔަމަންވުން، އެހެން ނޫނީ ކިޔަމަން ގަންނާކަށެއް ނުޖެހޭނެއޭ ބުނުން - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

ކެޓަގަރީ ވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުން

ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚް އަށް ﷲ ތަޥްފީޤު ދެއްވާށި އެވެ. މި ސުވާލުކުރާ މީހާ ބުނެ އެވެ. ވެރިންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައިވީނަމަވެސް އަދި ވެރިންނަކީ ނުބައި ނުލަފާ ފާޖިރުން ކަމުގައިވީ ނަމަވެސް ވެރިންނަށް އަޑުއަހައި ކިޔަމަންގަންނަންޖެހޭނެ ކަމުގައި އަހަރުމެންނަށް ބަޔާންވެއްޖެ އެވެ. (އެފަދައިން އަހަރެމެން ޢިލްމު ޙާޞިލް ކުރީމެވެ.) އެހެނަސް ބައެއް މީހުން ބުނެ އެވެ. "ވަލިއްޔުލް-އަމްރުވަނީ ޤުރުއާނާއި ސުންނަތުގައި ގޮތުގައިވެއްޖެ ހިނދުގައި ވެރިޔާއަށް އަހަރެމެން އަޑުއަހައި ކިޔަމަންގަންނާނަމެވެ. އެހެންނޫނީ ވެރިންނަށް އަޑުއެހުމެއް އަދި ކިޔަމަންގަތުމެން ނޯންނާނެ އެވެ." 
 

ޖަވާބު : ތިޔައީ ޚަވާރިޖުންގެ މަގެވެ. އަހުލުއް ސުންނަ ވަލް-ޖަމާޢަތުގެ ގޮތާއި ޚިލާފްވެ ޚަވާރިޖުންގެ މަގުގައި ދެމިހުރުމަށް ލޯބި ކުރަނީ ހެއްޔެވެ. ތިޔައީ ޚަވާރިޖުންގެ މަގެވެ. އާނއެކެވެ."    
*****

ފަތުވާ ނަގާފައިވަނީ : https://goo.gl/pESLui