ޢިލްމުވެރިން

ބާޠިލު ޢިލްމުވެރިންނާއި ހައްޤުގެ ޢިލްމުވެރިން ފަރަޤުކުރާނީ ކިހިނަކުންތޯ؟ - أُسْتَاذ أبو أنس محمد حسن حفظه الله

ކެޓަގަރީ ޢިލްމުވެރިން

ހައްޤުގެ ޢިލްމުވެރިންނާއި ބާޠިލްގެ ޢިލްމުވެރިން ފަރަޤު ކުރުމަކީ އިސްލާމް ދީނުގެ އަޞްލެއް:

ހާޤީޤީ ޢިލްމުވެރިންނާއި ބާޠިލު ދޮގުވެރި ޢިލްމުވެރިންގެ ހަޤީޤަތް ބަޔާންކުރުމަކީ ﷲ ގެ ފޮތާއި ނަބިއްޔާ ﷺ ގެ ސުންނަތުގައި އައިސްފައިވާ އިސްލާމްދީނުގެ އެންމެ ބޮޑެތި އަޞްލު ތަކުގެ ތެރެއިން އަޞްލެކެވެ.

شَيْخُ الإِسلاَم مُحَمَّد بِن عَبْدُ الوَهَّاب رحمه الله ވިދާޅުވިއެވެ. "ޢިލްމު އަދި ޢިލްމުވެރިން ބަޔާންކޮށްދިނުމެވެ. އަދި ފިޤުހާއި ފިޤުހު ޢިލްމުވެރިން ބަޔާންކޮށްދިނުމެވެ. ޢިލްމާއި ޢިލްމުވެރިންގެ ތެރޭގައި ނުވެ، ޢިލްމާއި ޢިލްމުވެރިންގެ ގޮތުގައި ބޭރުފުށަށް ދައްކައިގެން ތިބި މީސްތަކުން ބަޔާންކޮށްދިނުމެވެ. މި އަޞްލު ﷲ ތަޢާލާ ބަޤަރާ ޞޫރަތުގެ ފުރަތަމަ އާޔަތް ތަކުގައި ބަޔާންކޮށްދެއްވާފައިވެ އެވެ. އެއީ يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ އާޔަތުން ފަށައިގެންގޮސް يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ އާޔަތާއި ޖެހެންދެނެވެ. އަދި އިތުރަށް މި އަޞްލުބަޔާންވެގެން ދަނީ : ފާޅުކަންބޮޑު ގޮތުގައި، ބަޔާންވެގެންވާ ގޮތުގައި ސުންނަތުގައި ޞަރީޙަކޮށް މިފަދައިން ބަޔާންކޮށްދޭ ބަސްފުޅުތައް އެއްވެސް އެއްޗެއް އޮޅުންފިލައިފައި ނުވާ ޢާންމު މީހުންނަށްވެސްބަޔާންވެގެންވާނޭ މިންވަރަށް އައިސްފައިވުމެވެ. އެއަށްފަހު، މިއީ އެންމެ ބީރަށްޓެހި އެއްޗެއްގެ ގޮތުގައިވެ ދިޔަ އެވެ. އަދި ޢިލްމާއި ފިޤުހު އެއީ ބިދުޢަ އަދި މަގުފުރެދިގެން ދިއުންކަމުގައި ވެގެންދިޔަ އެވެ. އެބައިމީހުންގެ އަތުގައިވާ އެންމެ ހެޔޮވެގެންވާ އެއްޗަކީ ބާޠިލްމެދުވެރިކޮށް ޙައްޤު އޮޅުވާލުމެވެ. އަދި ﷲ މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަދި އެކަލާނގެ މަދަޙައިގެ ބަސްފުޅުތައް ވަޙީކުރައްވާފައިވާ ޢިލްމު ހޯދުމުގައި މުރުތައްދު ވެފައިވާ މީހެއް ނުވަތަ މޮޔައެއް ކަމުގައި މެނުވީ ޤާއިމްވެ ދެމިއެއް ނުހުންނާނެ އެވެ. އަދި ޢިލްމަށް އިންކާރުކޮށް، ޢަދާވާތްތެރިވެ އޭގެ މައްޗަށް އިންޒާރު ދިނުމުގެ ފޮތްލިޔެ ޢިލްމު ހޯދުމުގެ މައްޗަށް ނަހީކުރާ މީހުންނަކީ އެއީ ފިޤުހުވެރިން އަދި ޢިލްމުވެރިން ގޮތުގައިވެއްޖެ އެވެ."  (الأُصُوْلُ السِّتَّة)
ނުބައި ޢިލްމުވެރިންގެ ހާލަތު ބަޔާން ކުރުމަކީ ވާޖިބެއް:

الإِمَام مقبل الوادعي رحمه الله (ت1422) ވިދާޅުވެފައިވެ އެވެ. ”ނުބައި ޢިލްމުވެރިންގެ ޙާލަތް ބަޔާން ކުރުމަކީ މުހިންމުވެގެންވާ ކަމެކެވެ. އެއީ އެމީހުންގެ ބަސްތަކުގެ އަވައިގައި މުޖުތަމަޢުތައް ނުޖެހި ސަލާމަތްވުމަށްޓަކަ އެވެ.“
غارة الأشرطة 2 / 405

 
ނުބައި ޢިލްމުވެރިންގެ މައްޗަށް އިންޒާރު ލިބިގަތުން:

الإِمَام مقبل الوادعي رحمه الله (ت1422) ވިދާޅުވެފައިވެ އެވެ. ”ނުބައި (މަގުފުރެދިފައިވާ) ޢިލްމުވެރިން އާ މެދު އަހަރެމެން ޙައިރާނެއް ނުވެ އެވެ. އަދި ޞޫފީންނާއި ޝީޢީންގެ ބޯތަކުގެ މަތީގައި އަޅާފައިވާ ފަގުޑި ފެނިފައި އަހަރެމެން ޙައިރާނެއް ނުވެ އެވެ. އެއީ ޖަނަވާރުން ތަކެއްގެ ބޮލުގައި އަޅާފައިވާ ފަގުޑިތަކެކެވެ.“ المصارعة  717  

ނުބައި ޢިލްމުވެރިންގެ ކިބައިން މުޖުތަމަޢު ސަލާމަތް ކުރުން ވަލިއްޔުލް އަމްރުއަށް ވާޖިބު ކަމެއް :

الإِمَام العلامة العثيمين رحمه الله (ت 1421 ) ވިދާޅުވެފައިވެ އެވެ. ”މުސްލިމުންގެ މަގުން، އެބައިމީހުންނަށް ގޯނާކުރާ އެންމެހައި ތަކެއްޗެއް ނައްތާ، ވަކިކުރުމަށް ވަލިއްޔުލް އަމްރުއަށް ވާޖިބުވެގެންވެ އެވެ. މާނައީ: ނުބައިވެގެންވާ ކޮންމެ ދާޢީ އެއް (ނުބައި ޢިލްމުވެރިން) ،ދީން ޤަބޫލު ނުކުރުމަށް ގޮވާ މީހުން އަދި ފާސިޤު ކަންތަކަށް ގޮވާ މީހުން ފަދަ މި ނުބައިކަންތައްތަކާއި، އެމީހުން އެދޭ ފާފަތަކަށް ގޮވާ އަހުލުވެރިން މަނާކުރުން ހުއްޓެވެ. (ވަލިއްޔުލް އަމްރުއަށް) މިކަންތައް ވާޖިބުވެގެންވެ އެވެ.“شرح رياض الصالحين 2 / 177

ދީން އުނގެނެން ޖެހޭނީ އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިއަހުން:

سفيان الثوري رحمه الله ވިދާޅުވެފައިވެ އެވެ. ”ޙަލާލް އާއި ޙަރާމް މި ޢިލްމުން ހޯދުމުގައި އެންމެ ބޮޑެތި، އެންމެ މަތީފަންތީގެ މަޝްހޫރުކަން ލިބިފައިވާ ޢިލްމުވެރިން ކައިރިން ނޫނީ ނުހޯދާށެވެ.“الكامل لابن عدي 1-153

ފަތުވާތައް ނަގަން ޖެހޭނީ ޢިލްމުގައި ބަޔާންވެގެންވާ ޢިލްމުވެރިންގެ ފަރާތުން:

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ފަތުވާތައް ނަގަންޖެހޭނީ (ހޯދަން ޖެހޭނީ) ޢިލްމުގައި ފާޅުވެ ޢިލްމާއި ފިޤުހުގައި ބަޔާންވެގެންވާ ޢިލްމުވެރިންގެ ފަރާތުންނެވެ.“ شرح إغاثة اللهفان 25-06-1437 ه 

ދީން އޮޅުން ފިލުވުން އޮތީ އެންމެ ވަރަޢަވެރި ތަޤްވާވެރި ޢިލްމުވެރިން އަރިއަހުން:


الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ތިބާ ވިޔަފާރި ކުރާ ތަނަކުން އެއްޗެއް ގަތުމަށް ނުވަތަ ކާރެއް ގަތުމަށް ބޭނުންވާ ހިނދުގައި ނުވަތަ ގެ އެއް އަދި އެފަދަ އެހެން އެއްްޗެއް ގަތުމަށް ބޭނުންވެ ތިބާއަށް އެ އެއްޗާ ބެހޭގޮތުން ތަޖުރިބާއެއް ލިބިފައި ނުވުމުން، އެއިން ގެއްލުން ލިބިދާނެކަމަށް، ކުށެއް ކުރެވިދާނެ ކަމަށް ބިރުހީވެ، އެކަމުގެ ތަޖުރިބާކާރުން ގެ ގާތުން ސުވާލުކޮށް އޮޅުން ފިލުވަ އެވެ.ފަހެ، ތިބާ ދީނުގެ ކަންކަމުގައި ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި، ތަޤްްވާވެރި އަހުލުވެރިންގެ އަރިހުގައި ސުވާލު ނުކުރަނީ ކީއްވެ ތޯ އެވެ؟ ދުނިޔޭގެ ކަމަކަށްވުމުން ރައްކާތެރިކަމާއި ފަރުވާތެރިކަން ހޯދާފައި، ތިބާ ދީނުގެ ކަމަކަށްވުމުން ރައްކާތެރިކަމާއި ފަރުވާތެރިވުން ނުހޯދަނީ ކީއްވެގެންތޯ އެވެ؟“من آداب المفتي و المستفتي (153)

ޢިލްމުވެރިންގެ ޤަދަރު ނުދަންނަ މީހުން ހަޖުރު ކުރަން ޖެހޭ:

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ޢިލްމުވެރިންގެ ޤަދަރު ނުދަންނަ މީހަކީ ސިކުޑި ސަލާމަތުން ހުރި މީހެއް ނޫނެވެ. (ހަމަޖެހޭ މީހެއް ނޫނެވެ.) ފަހެ، (މީސްތަކުންނަށް) ވާޖިބުވެގެންވަނީ މިފަދަ މީހުން ދޫކޮށް އެމީހުންގެ ބަސްތަކަށް އެއްވެސް ގޮތެއްގައި ނުބެލުމެވެ.“ http://goo.gl/gzsG1a

ޢިލްމުވެރިންގެ މަޖްލިސްތަކުން ޢިލްމު ޙާޞިލްކުރުމުގެ މަތިވެރިކަން:

الإِمَام الحسن البصري رحمه الله ވިދާޅުވެފައިވެ އެވެ. ”ޢިލްމުވެރިންގެ މަޖްލިސްތައް ފިޔަވައި މުޅި މިދުނިޔޭގައިވަނީ ނާމާންކަމާއި އަނދިރި ކަމެކެވެ.“ جامع بيان العلم و فضله

ޢީލްމަށް އަދި ޢިލްމުވެރިންނަށް ލޯބި ކޮށްފި މީހާ ވަނީ ﷲ ލޯބިވޮޑިގަންނަވާ ކަންތަކަށް ލޯބި ކޮށްފި:

الإمام ابن القيم رحمه الله (ت 751) ވިދާޅުވެފައިވެ އެވެ .”ޢިލްމަށާއި އަދި ޢިލްމުގެ އަހުލުވެރިންނަށް ލޯބިކޮށްފި މީހާ ވަނީ ﷲ ލޯބިވެވޮޑިގަންނަވާ ކަންތަކަށް ލޯބިކޮށްފަ އެވެ.“مفتاح دار السعادة (1/435)

ހައްޤުގެ ޢިލްމުވެރިންގެ މަދުކަން:

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ .”ތިބާއަށް އިސްލާމްދީން ޞައްޙަގޮތުގައި އެނގުމަށް ދާންދެން ތިބާ ޢިލްމުވެރިންގެ ގާތުން ޢިލްމު އުނގެނޭށެވެ. ދީންވެރި ކަމުގައިއުޅޭ، ދީނަށް އުޅޭ މީހުން ވަރަށްވެސް ގިނަ އެވެ. އެހެނަސް ޞައްޙަވެގެންވާ ގޮތުގައި ދީނުގައި ހިފަހައްޓައިގެން ތިބޭ އަހުލުވެރިން މަދެވެ. މިކަމަށް ވިސްނާ ސަމާލުވާށެވެ.“ https://goo.gl/kf8yQo

ޢިލްމުވެރިންގެ ކިބައިން ޢިލްމު ނެނގުމާއި އެބައިމީހުންގެ މަޖްލިސްތައް ދޫކޮށްލުމުގެ ނުރައްކައުތެރިކަން:

محمد بن سيرين رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އެ ބަޔަކު ޢިލްމު ހޯދުން އަދި ޢިލްމުވެރިންގެ މަޖްލިސްތައް ދޫކޮށްލައިފި އެވެ. އަދި އެބައިމީހުންގެ ހަށިގަނޑު ވަރުބަލިވުމަށްދެން ނަމާދުކުރުމާއި ރޯދަ ހިފުމުގައި ދެމިތިއްބެ އެވެ. އެއަށްފަހު އެބައިމީހުން ސުންނަތާއި ޚިލާފްވި އެވެ. ފަހެ، އެހިނދުގައި އެބައިމީހުން ހަލާކުވެގެންދިޔަ އެވެ. މީސްތަކުންގެ ލޭ އޮހޮރުވި އެވެ. ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަށް ކުރެވޭ އެހެން ފަރާތެއް ނުވާ ފަރާތް ޤަންދީ ބުނަމެވެ. އެއްވެސް މީހަކު ޖާހިލު ކަމުގައި ހުރެ ޢަމަލުކޮށްފި ހިނދުގައި، އޭނާ އިޞްލާޙުކުރާ މިންވަރަށްވުރެ ފަސާދަ ކުރާނެ މިންވަރު ގިނަ ވާނެ އެވެ.“ الإستذكار لابن عبد البر 8-616

ހައްޤުގެ ޢިލްމުވެރިންގެ ސިފަތައް

 

ހައްޤުގެ ޢިލްމުވެރިންނަކީ ތަޤްވާގެ އަހުލުވެރިން:

محمد بن سيرين رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އެ ބަޔަކު ޢިލްމު ހޯދުން އަދި ޢިލްމުވެރިންގެ މަޖްލިސްތައް ދޫކޮށްލައިފި އެވެ. އަދި އެބައިމީހުންގެ ހަށިގަނޑު ވަރުބަލިވުމަށްދެން ނަމާދުކުރުމާއި ރޯދަ ހިފުމުގައި ދެމިތިއްބެ އެވެ. އެއަށްފަހު އެބައިމީހުން ސުންނަތާއި ޚިލާފްވި އެވެ. ފަހެ، އެހިނދުގައި އެބައިމީހުން ހަލާކުވެގެންދިޔަ އެވެ. މީސްތަކުންގެ ލޭ އޮހޮރުވި އެވެ. ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަށް ކުރެވޭ އެހެން ފަރާތެއް ނުވާ ފަރާތް ޤަންދީ ބުނަމެވެ. އެއްވެސް މީހަކު ޖާހިލު ކަމުގައި ހުރެ ޢަމަލުކޮށްފި ހިނދުގައި، އޭނާ އިޞްލާޙުކުރާ މިންވަރަށްވުރެ ފަސާދަ ކުރާނެ މިންވަރު ގިނަ ވާނެ އެވެ.“ الإستذكار لابن عبد البر8-666

 

މަގުފުރެދިފައިވާ ބާޠިލް ޢިލްމުވެރިންގެ ސިފަތައް

 

ވެރިންނާއި ދެކޮޅައް ނުކުތުމާއި މުޒާހަރާތަކަށް ގޮވާ މީހުންނަނީ ޢިލްމުވެރިންނެއް ނޫން:

الإمام مقبل بن هادي الوادعي (ت 1422) رحمه الله ވިދާޅުވެފައިވެ އެވެ .” الحَمدُ لله އެވެ. ޢިލްމުގެ އަހުލުވެރިންނަކީ މިއަދުވެސް، މާދަމާވެސް އަދި މާދަމާ ނޫން އަނެއް ދުވަހުގައިވެސް ފިޠުނަވެރިކަމަށް، ހަޅުތާލުހެދުމަށް އަދި އިންޤިލާބް ކުރުމަށް ދަޢުވަތުދޭނެ (ގޮވާނެ) ބައެއް ނޫނެވެ.“المصارعة

ހަވާނަފްސުގެ އަހުލުވެރިންނާއި އެކުވެ އުޅޭ މީހަކީ ޢިލްމުވެރިއެއް ނޫން:

الإِمَام العلامة ابن باز رحمه الله (ت1419) ވިދާޅުވެފައިވެ އެވެ. ”ޢިލްމުވެރިއެއްގެ ގޮތުގައިވެ، އޭނާ ޙާޞިލްކުރި ޢިލްމުން ތަޤްވާވެރިކަން ނެތިވެ، ރިވެތި ސިޔަރަތެއް ފާޅުނުވެ އެހެނަސް މަގުގެއްލިފައިވާ ޚުރާފީ މީސްތަކުންނާ އެކުވެ، ޤަބުރަށް އަޅުކަން ކުރާ މީހުންނާ އެކުވެ، ބަގުރަލުގެ އަހުލުވެރިންނާ އަދި އެފަދަ މީސްތަކުންނާ އެކުވެއްޖެ މީހަކީ ޢިލްމުވެރިއެއް ނޫނެވެ. އަދި އެއްވެސް އިޙްތިރާމެއް ޤަދަރެއް ދިނުން ޙައްޤުވެގެންނުވެ އެވެ.“مجموع الفتاوى 240/7

الإِمَام الخَطَّابي رحمه الله ވިދާޅުވެފައިވެ އެވެ. ”ނުބައި މީސްތަކުންނާ އެކުގައި އުޅުމުން، ހެޔޮލަފާ ޞާލިޙް އަޅުތަކުންގެ މައްޗަށް ނުބައިގޮތްގޮތަށް ހީކުރުން ވާރުތަކުރެވެ އެވެ.“ العزلة ص - ٤١٦