މީހަކާ ދިމާލަށް ތިޔައީ ޚަވާރިޖެކޭ ބުނެވޭނީ ކޮންއިރަކު ތޯ އެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ޚަވާރިޖުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މީހަކާ ދިމާލަށް ތިޔައީ ޚަވާރިޖެކޭ ބުނެވޭނީ ކޮންއިރަކު ތޯ އެވެ؟

ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. މި ސުވާލުކުރާ މީހާ ބުނެފައިވެ އެވެ. މީހަކާ ދިމާލަށް ޚަވާރިޖެކޭ ބުނެވޭނީ ކޮންއިރެއްގަތޯ އެވެ؟ ޚަވާރިޖުންގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމުން، އެހިނދު އެއީ ޚަވާރިޖުންގެ ތެރެއިންވާ މީހެއް ކަމުގައި ވާނެ ތޯ އެވެ؟ ނުވަތަ ޚަވާރިޖުންގެ އެންމެ ހައި ކަންތައްތަކެއް ޢަޤީދާގައި ޤަބޫލުކޮށް އަދި ޚަވާރިޖުންގެ އެންމެހައި ޢަމަލުތަކެއް ކުރަންޖެހޭނެ ތޯ އެވެ.


ޖަވާބު: ޚަވާރިޖުންގެ ޢަމަލުތަކުގެ ތެރޭގައިވާ ޢަމަލެއް ކޮށްފި މީހެއް އަދި ޚަވާރިޖުންގެ ބަސްތައް ބަޔާންކޮށްފި މީހަކީ، ފަހެ، ހަމަކަށަވަރުން އޭނާ އަކީ ޚަވާރިޖެއް ކަމުގައި ވާނެ އެވެ. ޚަވާރިޖުންނަކީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުންނަ، ވެރިންނަށް ކިޔަމަންގަތުމުން ނުކުންނަ ބައެކެވެ. މީސްތަކުންގެ ތެރެއިން މީހަކު މި ޢަޤީދާ ޤަބޫލުކޮށްފި ހިނދުގައި ނުވަތަ މިފަދައިން މުސްލިމުންގެ ވެރިޔާމެދުގައި ޢަމަލުކޮށްފި ހިނދުގައި، ފަހެ އޭނާއަކީ ޚަވާރިޖެއް ކަމުގައިވާނެ އެވެ.


އަދި ހަމައެފަދައިން ޝިރުކު ކުރުން ނޫން އެހެނިހެން ބޮޑެތި ފާފަތަކުގެ މައްޗަށް މުސްލިމުން ކާފަރުކުމަކީ، ޚަވާރިޖުންގެ މަޛްހަބެވެ. ފަހެ، މީހަކު، މުސްލިމުންގެ ތެރޭގައިވާ އެންމެ މުސްލިމަކު ޝިރުކުކޮށްގެން ނޫން އެހެން ފާފައެއްކުރުމުން ކާފަރުކޮށްފި ހިނދުގައި، ފަހެ، އޭނާއަކީ އެހިނދުގައި ޚަވާރިޖުންގެ ތެރެއިންވާ މީހެއްކަމުގައި ވާނެ އެވެ. މިއީ ޚަވާރިޖުންގެ މަޛްހަބެވެ. نسأل الله العافية.


މިއަމުރުން އިންސާނާއަށް ބަޔާންވެގެންދަނީ، ޞައްޙަ ޢަޤީދާ ކިޔަވައި އުނގެނި ކިޔެވުމާއި އަދި ﷲ ގެ ދީނުގައި ފިޤުހުވެރި ވުމެވެ. އަދި ފަސާދަވެފައިވާ ޖަމާޢަތްތަކާއި، ބިދުޢަވެރި ޖަމާޢަތްތަކާއި ދުރުވުމާއިި އަދި ފުރިހަމައަށް ފައިތިލަ ޘާބިތުވެފައިނުވާ، ފުރިހަމައަށް ޙައްޤު މަޢުރިފާވެފައިނުވާ މީހާ އެބައިމީހުންގެ ފޮތްތައް ނުކިޔުމެވެ.
އޭނާއަށް ވާޖިބުވެގެންވަނީ، ޞައްޙަ ޢަޤީދާ ޢިލްމުގެ އަހުލުވެރިންގެ ކިބައިން އުނގެނި ދަރިވަރުވުމެވެ. އަދި އެގޮތުގައި ދީނުގައި ފިޤުހުވެރިވުމެވެ. އެއީ މިފަދައިން ބާޠިލްގެ ތެރެއަށް ވަދެގެން ނުދިޔުމަށްޓަކަ އެވެ.
 
****

ފަތުވާ ނަގާފައިވަނީ : http://goo.gl/NH62NO