އަހަރެންނަކީ ސަލަފީ އެކޭ ބުނުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ސަލަފިއްޔަތަށް ނިޞްބަތްވުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

އަހަރެންނަކީ ސަލަފީ އެކޭ ބުނުން

ސުވާލު: ބައެއް ޢިލްމު އުނގެނުމުގައިވާ ދަރިވަރުން (ޠުއްލާބް-ޢިލްމު) ބުނެ އެވެ. އެއްވެސް މީހަކު އަހަރެންނަކީ ސަލަފީ އެކޭ ބުނުން އެދެވިގެން ނުވެ އެވެ. ސަބަބަކީ އަމިއްލަ ނަފްސަށް ޘަނާ ކިޔުމެކެވެ.

 

ޖަވާބު: އަމިއްލަނަފްސަށް ޘަނާ ކިޔުމަށްޓަކައި ކިޔާނަމަ ހުއްދައެއް ނުވާނެ އެވެ. އާއެކެވެ. އެހެނަސް ބަޔާންކުރުމުގެ ގޮތުން، ސަބަބަކީ ދީނާއި ޚިލާފްވެގެންވާ ގިނަ ޕާޓީ ތަކާއި ޖަމާޢަތްތައް ފާޅުވެ، އެ ޖަމާޢަތްތަކާއި ޕާޓީ ތަކުން އޭނާ ބަރީޢަވުމަށްޓަކައި، އޭނާ އަހަރެންނަކީ ސަލަފީ އެކޭ ބުނެ އެވެ. އަހަރެންވަނީ ސަލަފުންގެ މަންހަޖުގައި އެވެ. (މިފަދައިން ބުނަނީ) މި އެންމެހައި ފަރާތްތަކުން އޭނާ ބަރީއަވުމަށެވެ. މިއީ (މިފަދައިން ސަލަފީ އެކޭ ބުނުމަކީ) ހެޔޮ (ރަނގަޅު) ކަމެކެވެ.

****
ފަތުވާ ނަގާފައިވަނީ : https://goo.gl/C16MiJ


އަޚުންނޭވެ. މިއަދު މީސްތަކުން ތަނެއްދޮރެއް ބެލުމެއްނެތި، ޞައްޙަ ޢަޤީދާއަކަށް އަދި ޞައްޙަ މަންޖަހަކަށް ބެލުމެއްނެތި ޖަމަޢަކުރަން ބޭނުންވާ އެންމެހައި ފަރާތްތައް "ތިމަންނަ އަކީ ސަލަފީ އެއް" މިހެން ބުނަން ބޭނުން ނުވާނެ އެވެ! ދަންނަ ހުއްޓެވެ! މިފަދައިން ބުނާ މީހުންނަކީ ޙައްޤުގެ މަތީގައި މީސްތަކުން ޤާއިމްކޮށް، ޙައްޤަށްޓަކައި ޖަމަޢަކުރުމަށް އެދޭ މީހެއް ނޫނެވެ. މިއީ ފާޅުވެ ބަޔާންވެގެންދާ ބުރުހާނެ ކެވެ. ހެއްކެކެވެ.


މިއަށްވުރެ އަޖައިބު ކުރުވަނިވި ކަމަކީ، މިއަދު ދަޢުވަތުގެ މައިދާނަށް ނުކުމެފައިވާ ގިނަ ބަޔަކު "އަހަރެންނަކީ ސަލަފީ އެއް" މިފަދައިން ބުނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނޭ ބުނުމެވެ. ﷲ ޤަންދީ ބުނަމެވެ. މިފަދަ މީހަކީ މީސްތަކުންނަށް ﷲ ގެ ޙައްޤު ދީނަށް މީސްތަކުން ޖަމަޢަކުރާ މީހެއްތޯ އެވެ؟


ދަންނަހުއްޓެވެ! ސަލަފީ ދަޢުވަތަކީ ﷲ ގެ ބާވައިލެއްވި ޙައްޤު ދަޢުވަތާއި ޙައްޤު މަޛްހަބެވެ. މިއަށް ފުރަގަސް ދީފި ކޮންމެ މީހަކީ އަމިއްލަނަފްސަށް މަގުފުރެދުން އިޚްތިޔާރު ކޮށް ޢިލްމުގެ އަހުލުވެރިން އެއްކިބާ ކޮށްފައިވާ މީހެކެވެ.