ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله

ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

الإمام أحمد بن حنبل رحمه الله ދީނުގެ އުޞޫލްތައް ބަޔާންކޮށް ވިދާޅުވެފައިވެ އެވެ.
”وَإِقَامَةُ اَلْحُدُودِ إِلَى اَلْأَئِمَّةِ مَاضٍ ޙައްދު ޤާއިމްކުރުން ތާއަބަދަށް އޮތީ އިމާމުންނަށެވެ.أصول السنة لإمام أحمد

 

ގޮތެއް ފޮތެއް ނެތި  މީސްތަކުން ނުކުމެ ހައްދު ޤާއިމްކުރުމުން ނުކުންނާނީ ދީނަށް ނަފްރަތު ކުރުމާއި ފިތުނަ

ސުވާލު: ނަބިއްޔާ صلّى الله عليه وسلّم ގެ މައްޗަށް ކާޓޫން ކުރެހި ކަމުގައި އެނގިފައިވާ ކާފަރު މީހާ ޤަތުލުކޮށްލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟  
ޖަވާބު: ކާފަރު މީހާ ޤަޠުލުކުރުމަކީ އެއީ ހެޔޮވެގެންވާ މަގެއްނޫނެވެ. ތިއިން ނުކުންނާނެ ނަތީއްޖާއަކީ މުސްލިމުންގެ މައްޗަށް ނުބައިކަންތައްތައް އިތުރު ވެގެން ދިއުމާއި މުސްލިމުންގެ މައްޗަށް ރުޅިވެރިކަން އިތުރުވުމެވެ.

އެހެނަސް އެކަންތަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ގޮތަކީ، އެބައިމީހުންގެ ޝުބުހާތްތަކަށް ރައްދު ދިނުމާއި، އެބައިމީހުންގެ ނުބައި މުޑުދާރުކަން ބަޔާންކޮށްދިނުމެވެ.
 

އެހެނަސް އަތުން (ބާރުގެ ބޭނުންކުރުން) ނަސްރުވެރިކަން ހޯދުމާއި، ހަތިޔާރުގެ ބާރުން ނަސްރުވެރިކަން ހޯދުމަކީ މުސްލިމް ވެރިންނަށް އޮތް ކަމެކެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދުކޮށްގެން ހޯދަން ޖެހޭ ކަމެކެވެ.
 

ފަތުވާ :   http://goo.gl/qNOJc

***