ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން

ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ސުވާލު: ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. މީހަކު ސުވާލުކޮށްފައިވެ އެވެ.
ސޫރިޔާއަށް ދިއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ފަހެ، އެތަނުގައި ވަނީ (ހަގުރާމައަކީ) އެއީ ޖިހާދެއްތޯ އެވެ؟

ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ. ކޮންމެ އިންސާނަކުވެސް ފިތުނަތަކުން ސަލާމަތްވެ ހުރުމަކީ އޭނާ ﷲ އަށް ޙަމްދުކުރަން ޖެހޭކަމެކެވެ. ފަހެ، ތިޔައީ ފިތުނަތަކެކެވެ. އިންސާނާ ތިޔަ ފިތުނައިގެ ތެރެއަށް ވަދެގެން ނުވާނެ އެވެ. އޭނާއަށް އޮތީ (ތިޔަ ފިތުނަތަކުން) ދުރުވެ، ވަކިވެ ހުރުމެވެ.
އެހެނަސް އޭނާ މުސްލިމުންނަށް ހެޔޮ ދުޢާ ކުރާށެވެ. މުސްލިމުންނަށް ނަޞްރުލިބުމަށް އެދި ސަލާމަތްކޮށްދިނުން އެދި، އަދި ގިނަގިނައިން ދުޢާކުރުން ހުއްޓެވެ.
އެހެނަސް އޭނާ އެތަނަށް ދިއުމަކީ، ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. (ސަބަބަކީ)


ފުރަތަމައީ : އޭނާގެ ޢާއިލާ އެވެ. އޭނާގެ މަންމަ އާއި ބައްޕަވެ އެވެ. އަދި އޭނާގެ ޢާއިލާ އެވެ.
ދެވަނައީ : ކޮންމެހެންވެސް (ވަލިއްޔުލް އަމްރު) ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ. ކޮންމެހެންވެސް ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ.
ކޮންމެހެންވެސް މި ދެ ކަންތައް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ މަންމަ އާއި ބައްޕަގެ އިޛުނަ ލިބިގެންވުމާއި، ވެރިޔާގެ އިޛުނަ އެކަމަށް ލިބިފައިވުމެވެ.
ފަހެ ތިޔައީ ފިތުނަތަކެވެ. އިންސާނާއަށް އޮތީ އެއިން ދުރުވެ، ވަކިވެ ހުރުމެވެ.
އާއެކެވެ.
***
އަޑުއައްސަވާ : http://goo.gl/TBaMsx

 

އިޚްވާނުންނޭވެ! ޢިލްމުވެރިންގެ މި ފަތުވާ ތަކާއި، ޢިލްމުވެރިންގެ މައްޗަށް ތިމާމެންގެ ނަފްސުތައް ގެންގޮސް، ރައްބާނީ ޢިލްމުވެރިންގެ ފަތުވާތައް މީސްތަކުންނަށް ވަންހަނާކޮށް އަމިއްލަ ބަސްތައް ނެރެ މީސްތަކުންނަށް ޢިލްމުވެރިން އޮޅުވާލީ، ޙައްޤު ބަސް މީސްތަކުންނަށް ފޮރުވާލީ ކޮން ބައެއްތޯ އެވެ. ސަލަފީން ތޯ އެވެ. ނުވަތަ އިޚްވާނީ ޖަމްޢިއްޔާ ތަކާއި، ޕާޓީތައް ތޯ އެވެ.


މިއީ ވިސްނައި، ނަޟަރު ހިންގައިފި ކޮށްމެ މީހަކަށް ނުހަނު ފާޅުކަންބޮޑު ބަޔާންވެގެންވާ ބުރުހާންތަކެވެ. ޢިލްމުވެރިންގެ ޤަދަރު ކުޑަކޮށް ތިމާމެން ޢިލްމުވެރިންނަށްވެ، އުއްމަތް ހާލާކުގެ ތެރެއަށް އެއްލާލީ އެވެ. ދަރިންނާއި މައިންބަފައިން، ރައްޔިތުންނާއި ވެރިން، އެއްބަނޑު އެއްބަފާ އަހުލުވެރިންގެ މެދުގައި ފިތުނަ ފަސާދަ ރޯކޮށް އެއަށް ވާގިވެރި ވީ އެވެ.


މިއީ ކޮންމެފަދަ ނަމެއްކިޔާފައިވިޔަސް އެމީހުންގެ ޙަޤީޤަތެވެ.

ikhwani_nishaan-Js_fikuru.png
މި އިންސާނާ ބުނެފައިވަނީ ސަލަފީން މިކަމުގައި ބައިވެރިވާ ވާހަކަ އެވެ. މިއީ ކޮންފަދަ ތެދުވާހަކައެއްތޯ އެވެ. މިދުނިޔެ މަތީގައި ސަލަފީ ދަޢުވަތުގެ ޢިލްމުވެރިންގެ ތެރެއިން މި ފިތުނައިގައި ބައިވެރި ވުމަށް ގޮވާލީ ކޮންޢިލްމުވެރި އެއްތޯ އެވެ؟

 

އިޚްވާނުންނޭވެ! الشيخ صالح الفوزان މިއީ، ފިތުނަވެރިކަމެއް، ދިއުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ގޮތުގައި ބުނުމުން އެފަތުވާއަށް ނިޞްބަތްކޮށް މި ވީޑިއޯގައި ފެންނާނީ، އިޚްވާނީންގެ އެއްލީޑަރި سعد البريك (ސަޢުދު އަލް-ބުރައިކް)  ، الشيخ صالح الفوزان ދެރަ ނިކަމެތިކޮށް، އަގުދަށްކޮށް ބުނެފައިވަނީ  
 "އެބައިމީހުން ވެއްޓިގެން އެދިޔައީ ހަމަ، ފިތުނައިގެ ތެރެއަށެވެ."

އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ އަގު ދަށްކޮށް، އެ ޢިލްމުވެރިންގެ ހައިބަތު ދެރަކޮށް ހަދައިފައިވާ މި މީހުންނަށް ޝީޢީ ރާފިޟީންނަށް ރާފިޟީ އިމާމުންނަށް ނިޞްބަތްކޮށް، ބުނެފައިވަނީ އެއީ އިމާމުންނެވެ.

ރާފިޟީންގެ އެއް ލީޑަރު ކަމުގައިވާ الصفار އަށް ނިސްބަތްކޮށް سعد البريك (ސަޢުދު އަލް-ބުރައިކް) ބުނެފައިވަނީ "އަހަރެމެންގެ އަޚް ،،،،، ފަޟީލަތުއް ،،،،، އަލް-އިމާމް" މި ވީޑިޔޯއިން އެކަން ފެނިގެން ދާނެ އެވެ.  goo.gl/TBaMsx
އާއެކެވެ. އެއްވެސް ޒަމާނެއްގައި މިބައި މީހުންނަކީ ޢިލްމުވެ އަހުލުވެރިންނަށް ޤަދަރެއް ދިން ބައެއް ނޫނެވެ.

 

އިޚްވާނުންނޭވެ. އެންމެހައި ޒަމާންތަކުގައި، އިޚްވާނީންގެ ޙާލަތަކީ މި އެވެ. ޢިލްމުވެރިންނަށް ތަބަޢަވާ ބައެއް ކަމުގައި ބޭރުފުށަށް ދެއްކި ނަމަވެސް، އުއްމަތަށް ފާޅުވާ ބޮޑެތި މައްސަލަތަކުގައި ފަތުވާ ނެރޭ މީހުންނަކީ އެ ރައްބާނީ ޢިލްމުވެރިންނާއި ޚިލާފަށް މި އިޚްވާނީންނޭވެ.


ދަންނަހުއްޓެވެ. މިއީ ޢިލްމުވެރިންނަށް ތަބަޢަ ވުމުގައި، އަދި ޢިލްމުގެ އަހުލުވެރިންނާއި ޚިލާފްވުމުގައި ފެންނަންއޮތް ނުހަނު ވަރުގަދަ މިޘާލެކެވެ.

*****

 

20170122-Syria-sjfikur1.jpg

20170122-Syria-sjfikur2.jpg

20170122-Syria-sjfikur3.jpg